ޚަބަރު / ކްރިމިނަލް ކޯޓް

ޒިޔާދަށް ކުރާ ދައުވާގެ މައްސަލަ ނިމުމަކާ ގާތަށް

ޑރ. ޒިޔާދު: އޭނާގެ މައްޗަށް ކުރާ ދައުވާގެ މައްސަލަ ނިމުމަކާ ގާތަށް ވަނީ ގޮސްފައި --- ފޮޓޯ/މިހާރު

ކުރީގެ އިސްލާމިކް މިނިސްޓަރު އަހުމަދު ޒިޔާދު ބާގިރުގެ މައްޗަށް ދައުވާގެ އަޑުއެހުންތައް ނިމުމަކާ ގާތަށް ގޮސްފި އެވެ.

ރަސްމީ ހައިސިއްޔަތުން ނަހަމަ ގޮތުގައި ބޭނުން ކުރުުމުގެ ދައުވާ ޒިޔާދުގެ މައްޗަށް ކުރަނީ ޒިކުރާ މިސްކިތް ހުރި ބިިމުގައި އިމާރާތެއް އެޅުމަށް އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލުކުރި މައްސަލައިގަ އެވެ. ޒިޔާދުގެ އިތުރުން އިސްލާމިކް މިނިސްޓްރީގެ އެންޑޯސްމަންޓް ސެކްޝަންގެ އޭރުގެ ވެރިޔާ އިބްރާހިމް އަބްދުﷲ ސައީދުގެ މައްޗަށް ވެސް އެ މައްސަލައިގައި ދައުލަތުން ދައުވާކުރެ އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ދެ ފަރާތުން ހެއްކާބެހޭ ގޮތުން ވާހަކަ ދައްކައި ނިމުމުން، އެ މައްސަލަ ބައްލަވާ ގާޒީ މުހައްމަދު މިސްބާހު ވިދާޅުވީ، ދެން އޮންނާނީ ޚުލާސާ ބަޔާން ހުށަހެޅުން ކަމަށެވެ. ޚުލާސާ ބަޔާން ހުށަހެޅުން މިއަދު ކުރިއަށް ގެންދަން ޒިޔާދާއި އިބްރާހިމްގެ ފަރާތުން އެދުނަސް، ގާޒީ ނިންމެވީ އެ ބައި ދެން އޮންނަ އަޑުއެހުމުގައި ކުރިއަށް ގެންދިއުމަށެވެ. އެހެންވެ، ދެ ފަރާތުން ވެސް އެކަމަށް ތައްޔާރުވާން ގާޒީ އެންގެވި އެވެ.

ޚުލާސާ ބަޔާނަށް ފަހު އިތުރު ކަމެއް ސާފުކުރަން ނުޖެހޭ ނަމަ ދެން އޮންނާނީ ހުކުމް އިއްވުމެވެ.

ހެއްކާބެހޭ ގޮތުން ވާހަކަ ދައްކަމުން ދައުލަތުން ބުނީ އެއްބަސްވުމުގައި ޒިޔާދާއި އިބްރާހިމްގެ ނަމުގައި ކޮށްފައިވާ ސޮއިތަކާއި އެ ދެ ބޭފުޅުންގެ ސޮއި ދިމާވާ ކަމަށް ފުލުހުންގެ ފޮރެންސިކް ތަހުލީލުތަކުން އެނގޭ ކަމަށެވެ. އެ އެއްބަސްވުމުގެ ސަބަބުން ދައުލަތަށް ފައިދާ ނުވާ ކަމަށާއި ފައިދާ ލިބިގެން ދިޔައީ އެސްޖޭ ކޮންސްޓްރަކްޝަނަށް ކަމަށް ދައުލަތުން ބުންޏެވެ. ޒިޔާދާއި އިބްރާހިމްގެ ފަރާތުން ހުށަހެޅި ދިފާއީ ހެކިންގެ ހެކިބަސް ބަލައިނުގަނެވޭނެ ކަމަށް ދައުލަތުން ބުނެ އެވެ.

އެގޮތުން ދިފާއީ ހެކިން ދީފައިވާ ހެކިބަހުގައި ބުނާ ވާހަކަތަކަކީ ތަހުގީގު މަރުހަލާގައި ފާހަގަ ކޮށްފައި ނެތް ވާހަކަތަކެއް ކަމަށާއި ބައެއް ހެކިން ބުނާ ވާހަކަތަކާ މެދު ސުވާލު އުފެދޭ ކަމަށް ދައުލަތުން ބުންޏެވެ. އަދި އެސްޖޭ ކުންފުންޏާއި އިސްލާމިކް މިނިސްޓްރީއާ ދެމެދު ބަދަލުކުރި ކަމަށް ބުނާ އީމެއިލްތަކެއްގެ ވާހަކަ ދިފާއީ ހެކިން ބުންޏަސް، އެފަދަ އީމެއިލްތަކެއް ތަހުގީގަށް ލިބިފައިނުވާ ކަމަށާއި އެހެންވެ، އެއީ އަސްލު އެއްޗެއް ކަމާ މެދު ސުވާލު އުފެދޭ ކަމަށް ވެސް ދައުލަތުން ބުންޏެވެ.

ޒިޔާދާއި އިބްރާހިމްގެ ވަކީލު ނޫރުއްސަލާމް އަބޫބަކުރު ވިދާޅުވިގޮތުގައި، ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލުކުރި ކަމަށް ދައުލަތުން ބުންޏަސް، ދައުލަތަށް ގެއްލުންވީ މި ސަރުކާރުން އެއްބަސްވުން ބާތިލް ކުރުމުންނެވެ. އެހެންވެ، ސިވިލް ކޯޓުން ވެސް އެގޮތަށް ހުކުމް ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ މަޝްރޫއު އެސްޖޭ ކުންފުންޏާ ހަވާލުކުރީ ފިނޭންސް މިނިސްޓްރީގެ އެދުމުގެ މަތިން ރައީސް އޮފީހުން ކަމަށާއި ލިޔުންތަކުން އެކަން ފެންނަން އެބައޮތް ކަމަށާއި އެއީ ބަހުސް ކުރެވެން ނެތް މިންވަރަށް ސާފު މައްސަލައެއް ކަމަށް ނޫރު ވިދާޅުވި އެވެ.

ނޫރު ވިދާޅުވީ ދިފާއީ ހެކިންގެ ހެކިބަސް ބަލައި ނުގަނެވޭނެ ކަމަށް ބުންޏަސް، ހެކި ބަލައިނުގަތުމަށް ކުރިން ދައުލަތުން ހުށަހަޅާފައި ނެތް ކަމަށެވެ. އަދި ބައެއް ހެކިންނަކީ އެ މުއާމަލާތުން ފައިދާ ލިބުނު ބައެއް ކަމަށް ދައުލަތުން ބުނާއިރު މަނީ ލޯންޑްރިން ފަދަ ބޮޑެތި މައްސަލަތަކުގައި ދައުލަތުގެ ފަރާތުން ވެސް އެފަދަ ހެކިން ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން މަނީ ލޯންޑްރިންގެ މައްސަލަތަކުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ދައުލަތުގެ ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވާ ކަން އޭނާ ފާހަގަ ކުރެއްވި އެވެ.

މީގެ އިތުރުން އެސްޖޭ ކުންފުންޏާއި އިސްލާމިކް މިނިސްޓްރީއާ ދެމެދު ބަދަލުކުރި އީމެއިލްތަކެއް ހުރި ކަމާ މެދު ދައުލަތުން މިހާރު ސުވާލު އުފެއްދިޔަސް، އެ އީމެއިލްތައް ހޯދަން ތަހުގީގީ މަރުހަލާގައި ދައުލަތުން މަސައްކަތް ނުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެސްޖޭއާ އެކު ހެދި އެއްބަސްވުމުގައި މައްސަލާގައި ޒިޔާދާއި އިތުރު މީހަކަށް ދައުވާ ކުރާއިރު، އެ އެ އެއްބަސްވުން މި ސަރުކާރުން ވަނީ ބާތިލު ކޮށްފަ އެވެ. އެ އެއްބަސްވުން ބާތިލްކުރި މައްސަލާގައި އެ ކުންފުނިން ވަނީ ބަދަލު ހޯދަން ދައުވާކޮށްފަ އެވެ.

2 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 100%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދެކެފަރިތަ

28 September 2021

ޑރ.ޒިޔާދަކީ ތެދުވެރި ބޭފުޅެއް.

The name is already taken The name is available. Register?

ސީޒަން ޖެކްޝަން

28 September 2021

މީނާގެ ކުށް ސާބިތުވެއްޖިއްޔާ ފޮނުވަންޖެހޭނީ ޔާމީނުގޮޅިއަށް. ކޮންމެސްކޮންމެސް ޔާމީނުގެއަކަށްނޫން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454