ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ބައެއް މެންބަރުން މިދިޔަ އަހަރު އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގައި. -- ފޮޓޯ: އަހްމަދު އަވްޝަން/މިހާރު
28 ސެޕްޓެމްބަރ 2021 - 23:39
ދައުލަތުގެ ކުންފުނިތަކުގައި އޮތީ މައުލޫމާތު ހިފެހެއްޓުމުގެ ސަގާފަތެއް ކަމަށާއި އެކަމުން ކޮރަޕްޝަނަށްް މަގުފަހިކުރާ ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން މިއަދު ބުނެފި އެވެ.
ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްްގުގެ ދުވަސް ފާހަގަކުރަން ނެރުނު ބަޔާނެއްގައި ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ބުނީ ރާއްްޖޭގައި އަސާސީ ހިދުމަތްތައް ދިނުމުގެ މައިގަނޑު ދައުރެއް އޮތީ ދައުލަތުގެ ކުންފުނިތަކަށް ކަމަށެވެ. އެކުންފުނިތަކުގެ ހާމަކަމާއި ހުޅުވިފައިވާ މިންވަރު އަންގައިދޭ ކަމަކީ އެތަންތަނުން މައުލޫމާތު ހޯދައި ލިބިގަތުން ފަސޭހަ ވެފައިވާ މިންވަރު ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ. މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ތެރެއަށްް ކުންފުނިތައް ނުވަންނަ ކަމަށް ބައެއް ކުންްފުނިތަކުން ބުނާ ބުނުމަށް ވެސް ޓްރާންސްޕޭރެންސީގެ ބަޔާނުގައި ފާޑުކިޔާފައިވެ އެވެ.
."ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރޭގައި އަދިވެސް އޮތީ ކޮރަޕްޝަނަށް މަގުފަހިކުރާ މައުލޫމާތު ހިފެހެއްޓުމުގެ ސަގާފަތެކެވެ. އަދި، މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ތެރެއަށް ނުވަންނަަކަމަށް ބުނެ ސަރުކާރު ހިއްސާވާ ގިނަ ކުންފުނިތަކުން ކުރަމުންދާ މަސައްކަތްތަކަކީ ރައްޔިތުންނަށް ގާނޫނުއަސާސީއިން ކަށަވަރުކޮށްދީފައިވާ ހައްގަކަށް ގޮންޖެހުމެވެ."
ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ދައުލަތުން ސީދާ ގޮތުން ނުވަތަ ފައިސާއާއި ވަސީލަތްތައް ދޭ އިރު، އެއީ ދައުލަތުގެ މަސްއޫލިއްޔަތު އަދާކުރަމުން އަންނަ މުއައްސަސާތަކެއް ކަމަށް ވެސް ޓްރާންސްޕޭޭރެންސީގެ ބަޔާނުގައި ބުންޏެވެ. އެހެން އެކަން އޮތް އިރު މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ތެރެއަށް އެ ކުންފުނިތައް ނުވްނަނަކަމަށް ބުނުން ބަލައިނުގަންނާނެ ކަމަށް ބުންޏެވެ.
ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުމަށް އެންމެ މުހިންމު ކަމަކީ، އެ ޖަމިއްޔާއިން ބުނި ގޮތުގައި މުއައްސަސާއެއްގެ ހާމަކަން އިތުރުކުރުމާއި އެންމެނަށް ފަސޭހައިން މައުލޫމާތު ހޯދައި ލިބިގަނެވޭނެ ގޮތްތަކެއް ހަމަޖެހިފައި އޮތުމެވެ. ސަރުކާރު ހިއްސާވާ ކުންފުނިތައް ހިންގުން ހަރުދަނާ ކުރުމަށް މަޝްވަރާކުރަން 2019 ވަނަ އަހަރު ބޭއްވި މަހާސިންތާާގައި، ކޮރަޕްޝަން މުޅިން ނައްތައިލަން ކުންފުނިތަކުން ވެފައިވާ އިގުރާރު އެ ބަޔާނުގައި ހަނދާންކޮށްދީފައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙިނި
29 September 2021
ކޮންމެ ޕާޓީއެއް (ވަކިން ޙާއްސަ ކޮއް ޕީޕީއެމް) ވެރިކަމުގަ އޮތަސް އެސްއޯއީ ގައި އޮތީ ކޮރަޕްޝަން،. ޙަރަދު ބޮަޑުކުރި ވަރަކައް ޖީބައް ގިނައިން އެޅޭއެޅޭނީ. ކުޑަ މިސާލެއް އަހަރުު ނިމެންވާއިރައްް ކަމެއް ބޭނުންވިޔަސް ނުވިޔަސްްނސަރުކާރު އޮފީސް ތަކުގެ ބަޖެޓު ހުސްކުރުން، މިވެސް އޮފީސް ތަކުގަ ހަރަދު ކުރަން ގެންގުޅޭ ސަގާފަތެއް.
ނަނަނަނ
29 September 2021
ރަށްރަށުގަ ޕާޓީ މެމްބަރަކު ހުރެެއްޖެއްޔާ އެމީހަކަށް ސަރުކާރުގެ ކޮންމެވެސް ކުންފުންޏަކުން އޮތީ ވަޒީފާ ދީފަ. އެއީ ތިޔަ ބުނާ ގަރާރެއްގަ ސޮއެކުރި ފަހުން. މިހާރު އެއްވެސް ރަށެއްގަ ނުހުންނާނެ ސަރުކާރުގެ ކުންފުންޏަކުން ކޮންމެވެސް ވަޒީފާއެއް ނުލިބޭ އެއްވެސް މެމްބަރެއް. ވަރަށް ހަމަޖެހިލާފަ ތިބެނީވެސް.
ގާދިރު
29 September 2021
ވަކި ސަރުކާރެއް ނޫން ހުރިހައި ސަރޔކާރެއްގަ ވެސް މިތަންތާގަ އޮންނަނީ ވައްކަން ކުރުމުގެ ސިޔާސަތެއް
ހުސެންދީ
29 September 2021
ޓްރާންސްޕޭރންސީ މޯލްޑިވްސް އަންނި ކޮޅަށް ޖެހިއްޖެ. މިއޮށް ހުރިހާދުވަހަކު މައްސަލައެއް ނުފެނޭ. ދެން އަނގަ ފެޅިއެ. މައި ތިއިރިއެއް ނުވާނެ އަންނިއަށް ވެރިކަން ލިބުމުގެ ކުރިންނެއް
ކޮރަލް
29 September 2021
މަތީ މަގާޟް ތަކުގަ ތައުލީމާ ތަޖުރިބާ ނެތް ސިޔާސީ މީހުންނެވެ. އެމީހުންނަށް ވަޒީފާ ދިނުމުގަ ޝަރުތެއް ނެތެވެ. މައްސަލަ އަކީ އެއީ އެވެ. ސަރުކާރު އޮފީހެއްގެ ވަޒީފާ އެއް ލިބެނީ ޑިގްރީ އޮވެގެންނެވެ.
ޓުރާ ްސް
29 September 2021
މައުލޫމާތު ހިފެހެއްޓުމުގެ މާނަޔަކީ ކޮރަޕްޝަން އޮތުމެއްނޫން! ޢެސްއޯއީ ތަކުގެތެރޭގައި ބޭރު ހިއްސާދާރުން ހިމެނޭގޮތަށް ޕްރައިވެޓައިޒް ކުރެވިފައިވާ ކުންފުނިތައް ހިމެނޭ! ގިނަ ކުންފުނިތަކުން ވިޔަފާރި ކުރަމުންދާއިރު ކޮންމެ އަހަރެއްގައިވެސް އޯޑިޓް ކުރެވި ރިޕޯރޓް އާންމު ކުރެވޭ. ކޮރަޕްޝަން އޮތްކަމައް. ވިދާޅުވާއިރު ކޮރަޕްޝަންގެ ތަފާސް ހިސާބެއްް ބުނެއެއް ނުދެވޭ.. ފެންވަރު ދަށް އެސްއޯއީތަކުގެ އަގު ވައްޓާލުމަތްޓަކައި ލިޔެފައިވާ ފެންވަރުދަށް އާރޓިކަލް އެތް.
ކަންދެއްކުން
29 September 2021
ސަރުކާރުގެ ކުންފުނިތައް ނުވަތަ ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި ކޮރަޕްޝަން ހުރިނަމަ، އެކަން އޭސީސީން ބަލާނެ. މަޖިލިސް އެސްއޯއީ ކޮމިޓީން ބަލާނެ. ޕްރައިވަޓައިޒޭޝަން ކޮމިޓީން ބެލެން އެބަ އޮތް. ބޯޑު ޢައްޔަން މިކުރަނީ ރައީސް އޮފީހުން، މި ހުރިހާ ތަނެއްގެ ތިބީ ޓްރާންސްޕޭރެންސީ މީހުން. ކަމެއްވީމަ ދޯ ކޮރަޕްޝަން ނުފެންނަނީ
ބޮލްބީތާ
29 September 2021
އާ ދެލޯ އަނދިރި ވީމަ ނުފެންނަނީ
އިސްތިއުފާ
29 September 2021
ށަރުކާރު އިސްތިއުފާ އިސްތިއުފާ އިސްތިއުފާ
އަދުހަމް ޓީއެމް
29 September 2021
ޓްރާންސްޕޭރެންސީ މަންދޫބެއް އައިކޮމް ބޮޑު މީހާއަށް ލާފަ، ބަޔާން ނެރުންވެސް ލަދު. ތިވެސް ހަމަ ނުފޫޒު ފޯރުވުން. އައިކޮމްއިން ބުނަން ބޭނޫންވާ އެއްޗެއްހި ޓްރާންސްޕޭރެންސީ ލައްވާ ބުނުވަނީ "ޓްރާންސްޕޭރެންޓް" ގެ "ކަން" ދައްކަން.
ދުކްތޫރް
29 September 2021
މާޝާﷲ