ޚަބަރު / އަބްދުﷲ ޝާހިދު (ކުރީގެ ފޮރިން މިނިސްޓަރު)

ރައީސްގެ ދައުވަތަށް ޝާހިދު ރާއްޖެ އަށް، ރަސްމީ ވާހަކަތައް ވެސް ބާއްވަވާނެ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ޖަލްސާގެ ރައީސް ޝާހިދު އިއްޔެ ރަސްމީކޮށް ބައްދަލުކުރެއްވުމުގެ ހަވާސާގެ ތެރެއިން ދެ ބޭފުޅުން އެކުގައި ނުރަސްމީ ވަގުތު ކޮޅެއްގައި.---ފޮޓޯ: ރައީސް އޮފީސް

އދ. ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރާއްޖެ އަށް ރަސްމީ ދަތުރެއް ކުރައްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވި ދައުވަތު ގަބޫލު ކުރައްވައި އަންނަ ބުދަ ދުވަހު ރާއްޖެ ވަޑައިގަންނަވަން ނިންމަވައިފި އެވެ.

ރައީސް އޮފީހުން މިރޭ ބުނީ ހަތަރު ދުވަހުގެ ރަސްމީ ދަތުރުގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ވެސް ޝާހިދު ބައްދަލުކުރައްވައި ރަސްމީ މަޝްވަރާތައް ބާއްވަވާނެ ކަމަށެވެ.

އަންނަ ހޮނިހިރު ދުވަހާ ހަމައަށް ރަސްމީ ދަތުރުފުޅުގައި ޝާހިދު ރާއްޖޭގައި މަޑުކުރައްވާއިރު، މިއީ އދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސްގެ މަގާމާ އޭނާ ހަވާލުވެވަޑައިގެންނެވި ފަހުން ރާއްޖެ އަށް ކުރައްވާ ފުރަތަމަ ދަތުރު ވެސް މެ އެވެ.

ރަސްމީ ދަތުރެއްގައި ރާއްޖެ ވަޑައިގަންނަވަން ޝާހިދަށް ރައީސް ދައުވަތު ދެއްވީ، އދ. ގެ އާންމު މަޖިލީހުގެ ރައީސް ކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު ދެ ބޭފުޅުން އެކީގައި އެމެރިކާގެ ނިއު ޔޯކްގައި ބޭއްވި ބައްދަލުވުމެއްގަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ޖަލްސާގެ ރައީސް ޝާހިދު އިއްޔެ ފޮޓޯއަކަށް ހުއްޓި ވަޑައިގެން.---ފޮޓޯ: ރައީސް އޮފީސް

އދ. ގެ އާންމު މަޖިލީހުގެ ސަގާފަތް ހަމަޖެހިފައި އޮންނަ ގޮތުން ނަމަ އެ މަޖިލީހުގެ ރައީސްގެ މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު، ކޮންމެ ބޭފުޅަކު ވެސް އެންމެ ފުރަތަމަ ރަސްމީ ދަތުރެއް ކުރައްވާނީ އެ ބޭފުޅެއްގެ އަމިއްލަ ގައުމަށެވެ. ނަމަވެސް އެ ދަތުރު ކުރައްވާނީ އެ ގައުމަކުން ރަސްމީކޮށް ދައުވަތު ދިނުމުންނެވެ.

އދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސްގެ މަގާމާ މިދިޔަ މަހުގެ 14 ގައި ރަސްމީކޮށް ހަވާލުވެވަޑައިގެންނެވި ޝާހިދު އެ މަގާމު އެއް އަހަރުގެ މުއްދަތަށް އަދާކުރެއްވިޔަސް ރާއްޖޭގެ ހާރިޖީ ވަޒީރުކަމުގެ މަސްއޫލިއްޔަތާއި ޒިންމާ ވެސް ނަންގަވާނެ އެވެ.

އދ. ގެ އާންމު މަޖިލީހުގެ ރައީސަކީ އެ މަގާމުގެ ހައިސިއްޔަތުން މުސާރަ ލިބިވަޑައިގަންނަވާ ބޭފުޅެއް ނޫނެވެ. ނަމަވެސް ދަތުރުފަތުރާއި އެމެރިކާގައި ހުންނެވުނުގެ ހަރަދު ބަލަހައްޓާނީ އދ. އިންނެވެ.

60 ކޮމެންޓް, 41 ރިއެކްޝަންސް

icon happy icon happy 10%
icon sad icon sad 2%
icon angry icon angry 83%
icon wow icon wow 0%
icon inlove icon inlove 5%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކުޑައިންޑިއާ

05 October 2021

ތިޔަ ދަތުރުގައި މިގައުމުގައި ވަގުތީ ގޮތުން ފޮރިން މިނިސްޓަރުކަން ކުރާ ސަންޖޭ ސުދީރުއާ ބައްދަލުކުރަން ހަމަޖެހިފަ އެބައޮތްބާ؟

The name is already taken The name is available. Register?

ގަމާރު

05 October 2021

ކޮމެންޓް ގަމާތުންތައް މިފަހަރުވެސް ހެޑްލައިން ކިޔާލުމަށްފަހު ކޮމެންޓް ކުރަންފެށީ

The name is already taken The name is available. Register?

ބޯގޯސްޒޯން

05 October 2021

ކޮމެންޓުތައް ކިޔާލީމަ އިނގޭ ލިޔަންކިޔަން ދަންނަ ކޮންމެ މީހަކީ އަސްލު ލިޔަންކިޔަން ދަންނަ މީހުނެއް ނޫންކަން. އާޓިކަލްގައި އެއޮތީ މިކަމާ ބެހޭ ލައްކަ ތަފްސީލް. ޝާހިދު ރާއްޖެ އެއަންނަނީ އ.ދ. ގެ އަމީން އާންމުގެ ހައިސިއްޔަތުންކަމާއި މިކަމަކީ އެތަކެއް ޒަމާނުންސުރެ ކޮންމެ އެސް-ޖީއެއްވެސް އޭނަގެ ޤައުމުގެ އެންމެ އިސްވެރިޔާގެ ދައުވަތަކަށް ފުރަތަމަ ރަސްމީ ދަތުރުކުރާކަމާއި އޭނާގެ މަޤާމުގެ ހައިސިއްޔަތުން ކުރާހާ ދަތުރެއްގެ ހަރަދު ބަލަހައްޓާނީ އ.ދ. އިން ކަން.

The name is already taken The name is available. Register?

ސާފުކޮށްލަދީބިލި

05 October 2021

އެސް-ޖީއޭ؟ ތިއޮތީ މާބޮޑަށް ކިއިގެން ވާނުވާ އެނގިފަ. އދ.ގެ އެސްޖީ އާ އަބްދުﷲ ޝާހިދު އެހުރި މަގާމާ އެއީ އެއް މަގާމެއް ނޫންކަން ބޯގޯސްޒޯންއަށް އެނގޭބާ؟ އެހެން ގައުމުތަކުން އދ.ގެ އާއްމު މަޖްލިހުގެ ރައީސްކަމަށް ހޮވޭ މީހަކު އެއިރަކު އެ ގައުމެއްގަ ހުރި ބޮޑު މަގާމު ދޫނުކޮށް އެގޮތަށް ބަގުޑިބައްދައިގެން ތިބޭބާ؟

The name is already taken The name is available. Register?

ސުރުޚީ

05 October 2021

ސުރުޚީ ޖަހަން ވާނީ މިހެން. "ރާއްޖޭގެ ޚާރިޖީ ވަޒީރު ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަންނަވަނީ"

The name is already taken The name is available. Register?

އަލިބެ2

05 October 2021

އަހަރެމެން އަތުން ނަގާ ޓެކްސް ފައިސާ މިގޮތަށް ތަޅާ ބުރުވަނި ( މިވެސް ހަމަ ކަރަޕްސަން)، އިބޫ އަމިއްލަ ލާރިން މިދަތުރުގެ ހަރަދުދީ ބަލަ އަޅެ

The name is already taken The name is available. Register?

ފޮނިޓައްޕު ހަސަނު

05 October 2021

މިމީހުން ހާދަ މޮޅޭ ޑްރާމާ ޖައްސަން. ޝާހިދު މިފަހަރު މާލެ ވަޑައިގަތީމަ ވާނެ މާލޭ މަސްމާރުކޭޓާއި، ވަޅޯމަސް މާރުކޭޓާއި، ސަލްޓަން ޕާކާޢި، ހުޅުމާލެ، އަދި އާޓިފިޝަލް ބީޗް ދައްކާލަން ގެންދަން. އަދި ބަހައްޓަން ވާނީ ފެންވަރު ރަނގަޅު ރިޒޯޓެއްގައި.

The name is already taken The name is available. Register?

ހިމާރުލްގައުމު

05 October 2021

ގިޑިގެ ހަދާ އަވަށު ވާދައަށް މަގުތަކުގަ ވެލި ލައި މުރީދުބޭމެން ގްރޫޕް ލައްވާ ބެރުޖަހައި ތާރަ ޖަހައި އަންބާ ކިޔާ ނިކަން ހިންގާލަންވާނެ. އަދި މިމަނިކުފާނުގެ އިސްތިގުބާލަށް އަޅުގެނަޑުމެންގެ ޙާރިޖީ ވަޒީރު އަބްދާހި ޝާހިދު މިނިސްޓްރީ ކުރިމަތީ ކާޕެޓް އަޅައި ލިފްޓްވެސް ބަހައްޓަން ޖެހޭނެ.

The name is already taken The name is available. Register?

ބަސަރާބެ

05 October 2021

މީ ބަސަރާއަށް ކަދުރުވިއްކުން .

The name is already taken The name is available. Register?

ބަބުރަންޖީ ހާޖީ

05 October 2021

ސޭކުސްތާނުގެ ތިބާވަތުގެ ކަންކަން ހިނގާނެއެވެ. ހިތްވަރުކޮށްލާށެވެ. ފަހުން ރަނގަޅުވާނެއެވެ.

The name is already taken The name is available. Register?

ސިމްރ

05 October 2021

ރާއްޖޭގެ ފޮރިންމިނިސްޓަރ ސާހިދު އާ ،އ.ދ އާއްމު މަޖިލީހުގެ ރައީސާ ހާދަވައްތަރޭ! އެދެބޭފުޅުން ބައްދަލުކުރައްވާ ގޮތައްތޯ އޮތީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454