އެމްއާރްއެމުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފާރިސް ވާހަކަ ދައްކަވަނީ: ޕާޓީގެ މެމްބަރުން އިތުރުކުރުމުގެ މަސައްކަތް ވެސް ކުރައްވާނެ ކަމަށް ވިދާޅުވި. -- ފޮޓޯ: އެމްއާރުއެމް
07 އޮކްޓޯބަރ 2021 - 12:19
އާ ލީޑަޝިޕުގެ އިސްކަމަކީ ޕާޓީއަށް މެމްބަރުން އިތުރުކުރުމުގެ މަސައްކަތް ފުރަތަމަ ފެށުމަށް ވުރެން ރައްޔިތުންނަށް ފައިދާވާ އެޖެންޑާއެއް އެކުލަވާލުން ކަމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް)ގެ ރައީސް ފާރިސް މައުމޫން އިއްޔެ ވިދާޅުވެއްޖެ އެވެ.
ބައްޕާފުޅު، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޒައީމަކަށް ހުންނެވި އެމްއާރުއެމްގެ ކޮންގްރެސްއަށް ފަހު ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ފާރިސް ވިދާޅުވީ ޕާޓީގައި މިވަގުތު މެމްބަރުން މަދު ކަަމަށާއި މެމްބަރުން އިތުރުކުރަން ޖެހޭ ކަމަށެވެ. އީސީގެ ދަފްތަރު ދައްކާ ގޮތުން އެ ޕާޓީގައި މިވަގުތު ތިބީ 3،401 މެމްބަރުންނެވެ.
މެމްބަރުން އިތުރުކުރުމަށް ވުރެން އިސްކަންދީގެން މިވަގުތު ކުރަމުން އަންނަނީ، ފާރިސް ވިދާޅުވި ގޮތުގައި، ގައުމުގައި ގާއިމްކުރަން ބޭނުންވާ އެޖެންޑާ ފުރަތަމަ ޕާޓީގެ ތެރޭގައި ކަނޑައެޅުމެވެ.
"އަޅުގަނޑުމެން ބޭނުންވަނީ މި ކުރެވޭ މަސައްކަތަކީ ރަނގަޅަށް ކުރެވޭ މަސައްކަތެއްކަން އެންމެ ގަބޫލުކުރުން،" ފާރިސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސިޔާސީ މަގުސަދެއް ހާސިލުކުރުމަށް، އެ ޕާޓީން ގަބޫލުކުރާ އުސޫލުތައް ދޫނުކުރާނެ ކަމަށެވެ. ޕާޓީގެ އަމާޒަކީ މިންތީގެ ތަފާތުކުރުން ނައްތާލައި އިންސާފުން އަމަލުކުރާ ޕާޓީއެއްކަން ސާބިތުކޮށްދިނުން ކަމަށް ވިދާޅުވި އެވެ.
ރަނގަޅު ވާހަކައެއް ހިފައިގެން ރަނގަޅު މަގްސަދެއްގަ ބަޔަކު މަސައްކަަތް ފަށައިފިއްޔާ އަޅުގަނޑުމެންނަށް ތާއިދުކުރާ މީހުން ވެސް އިތުރުވާނެ، އަޅުގަނޑުމެންނާ ގުޅެން ބޭނުންވާ މީހުން ވެސް އިތުރުވާނެ. -- ފާރިސް
އޭނާ ވިދާޅުވި ގޮތުގައި ރަނގަޅު ފުރުސަތުތަކާ އެކު ރައްޔިތުންނާ ހަމައަށް ފުރިހަމަ އެޖެންޑާއެއް ގެންނާނެ އެވެ. ޕާޓީއަށް މެމްބަރުން އިތުރުކުރާނީ އޭގެ ފަހުން އިހްލާސްތެރިކަމާ އެކުގައި ކަަމަށް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލުތުފީ
08 October 2021
ތިއީ ދިވެހިން 30 އަހަރު ތަޖުރިބާ ކޮށްފައިވާ އެޖެންޑާއެއް. ކޮންމެ 5 އަހަރަކުން ކަޑަޖެހި ސިޔާސަތު. ކަތީބުން ލައްވާ ވޯޓްފޮށި ފެޅި ސިޔާސަތު. ޝަރުޢީ ނިޒާމުގެ އެންމެ ފަހުބަސް ރައީސްއޮފީހުން ވިދާޅުވި ސިޔާސަތު. މިއަދުވެސް ތިއުޅެނީ ބޯވައެއްހެން ހުރިހާ ސިޔާސީ ޕާޓީއަކަށް ފައެއް އެއްލައިގެން. މިވަރުން ފިދޭނެކަމަށް ހީކުރަން.
ވަން
08 October 2021
އަހރެން މީ އަބަދުވެސް އެމްޑީޕީ ހިޔާލާއި ފިކްރު ގެ މީހެއް އެކަމަކު ކުރީދުވަހު އިލެކްޝަން ކަމިޝަންގެ ގެސޔާސީ ޕާޓީ ދަފްތަރު ބެލިއިރު އޮތީ ތިޕާޓީ ލިސްޓަށް އަރުވާފައި . ޔަގީނުންވެސް ކޮއްމެވެސް މީހަކު ހިންގާފައި އޮތް ގޮތްކުޑަ މުޑުދާރު އަމަލެއް.
ކަނބިލި
07 October 2021
އެޖެންޑާއަކަށް ވާނީ ޢާއިލީ ވެރިކަން ދެމެހެއްޓުމެއް ނޫންތޯ. ރައްޔިތުން ޚިޔާލު މިހާރު ބަދަލުވެއްޖެ
ލީލާ ބަންސާލީ
07 October 2021
"ސައިޒު ކުޑަޔަސް އިސްކަންދޭނީ ފުރިހަމަ ޖެންޑާ އުވާލަން." ފުރަތަމަ މަށަށް ހެޑިންކިޔާލެވުނީ މިހެން.
ރޯމިއޯ އެންޑްޖޫލިޔަޓް
07 October 2021
ހައްހާ! އަހަރެންނަށް ވެސް ވީ ހަމަ ތިހެން
ބުނެލީި
07 October 2021
ރިއަލިޓީއާއި ވަރަށް ދުރުގައި ތިބިކަން ފެންނަނީ.
7686
07 October 2021
ކަލޯ އެހެން ކަމަކާ އުޅެބަލަ. މިހާރަކު ބަލާގަންނަ މީހުނެއް ނޫޅޭ