ބީއެމްއެލްގެ މުވައްޒަފުންތަކެއް، ބެސްޓް އެމްޕްލޯޔާ އެވޯޑް ލިބުނު މިއީ ހަތަރު ވަނަ ފަހަރު--ފޮޓޯ:ބީއެމްއެލް
07 އޮކްޓޯބަރ 2021 - 13:15
ވޯލްޑް އެޗްއާރުޑީ ކޮންގްރެސް އާއި އެމްޕްލޯޔާ ބްރޭންޑިން އިންސްޓިޓިއުޓުން ދޭ ޝަރަފުވެރި އެވޯޑް "އޭޝިއާސް ބެސްޓް އެމްޕްލޯޔާ ބްރޭންޑް އެވޯޑް" ގެ ހަތަރު ވަނަ ފަހަރަށް ބީއެމްއެލް އަށް ލިބިއްޖެ އެވެ.
ބީއެމްއެލް ބުނީ މި އެވޯޑް ލިބުނީ ކުންފުނި ހިންގުމުގައި ގެންގުޅޭ ސިޔާސަތުތަކާއި ވަޒީފާ ދިނުމާއި މުވައްޒަފުން ތަމްރީނު ކުރުން އަދި ހުނަރުވެރި މުވައްޒަފުން ވަޒީފާގައި ދެމެހެއްޓުމަށް ބޭންކުން ކުރަމުން އަންނަ މަސައްކަތުގެ ސަބަބުން ކަމަށެވެ.
ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި ވެސް މުވައްޒަފުންނަށް ބޭނުންވާ ކަންކަން ފުރިހަމަކުރުމަށް ބޭންކުން ކޮށްފައިވާ މަސައްކަތްތައް ވަނީ ފާހަގަކޮށްފަ އެވެ. މި އެވޯޑް ބޭންކާ ހަވާލުކޮށްފައިވަނީ މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
ވޯލްޑް އެޗްއާރުޑީ ކޮންގްރެސް އެެވޯޑަކީ މުވައްޒަފުންނާ ގުޅޭ ކަންކަމުގައި މުއައްސަސާތަކުން އަމަލުކުރަމުން އަންނަ އެންމެ ރަނގަޅު ސިޔާސަތުތަކަށް ރިއާޔަތްކޮށް އެކިއެކި ދާއިރާތަކަށް ބަހާލައިގެން ކޮންމެ އަހަރަކު ވެސް ދޭ އެވޯޑެކެވެ.
ހިއުމަން ރިސޯސް އިންޑަސްޓްރީގައި ފާހަގަކޮށްލެވޭ ފަރާތްތަކެއް މި އެވޯޑްގެ ޖަޖިން ޕެނަލްގައި ހިމެނެ އެވެ. އެޗްއާރްގެ ދާއިރާއިން ހޯދާފައިވާ ކާމިޔާބަށް ބަލައި ކުންފުނިތަކަށް އެވޯޑް ދެ އެވެ.
ބޭންކުން އޮންލައިންކޮށް ބައިވެރިވި މިއެވޯޑް ހަފްލާގައި ބޭންކުގެ ފަރާތުން މި އެވޯޑާ ހަވާލުވެފައިވަނީ ހެޑް އޮފް ޓެލެންޓް އެންޑް ޓޯޓަލް ރިވޯޑްސް، މުޙައްމަދު މާއިޒާއި ހެޑް އޮފް ބްރާންޗަސް އެންޑް ސާވިސް ސެންޓާސް، ހުސައިން ރަޝީދުގެ އިތުރުން ހެޑް އޮފް ކަސްޓަމާ ޕޭމަންޓްސް އެންޑް ސެޓްލްމަންޓް ހުޒާތު އަލީ އެެވެ.
ބީއެމްއެލްގެ ޕީޕަލް އެންޑް ޗޭންޖް ޑައިރެކްޓާ ސަހާ ވަހީދު ވިދާޅުވީ ހަތަރު ވަނަ ފަހަރަށް މި އެވޯޑް ލިބުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
"ކޮވިޑް-19 ގެ ސަބަބުން ބޭންކުގެ އޮޕަރޭޝަންސް އަށް ކުރި ނޭދެވޭ އަސަރާއެކު އަޅުގަނޑުމެންގެ އެންމެ މުހިންމު އަމާޒަކަށްވީ އަޅުގަނޑުމެންގެ ސްރެޓަޖީގައި ކަނޑައަޅާފައިވާ ގޮތަށް މަސައްކަތްތައް ބައްޓަންކުރުމާއި ހުނަރުވެރި މުވައްޒަފުން ވަޒީފާއަށް ޝައުގު އުފައްދާ ވަޒީފާގައި ދެމެހެއްޓުން،" އޭނާ ވިދާޅުވި އެވެ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެކްސިް
09 October 2021
ކިހާވަރަކަށް ވިއްކި އެވޯޑެއް؟
އައްބާސްއާދިލު
07 October 2021
އޮންލައިންކޮށް ބޭއްވި ރަސްމިއްޔާތުގައި އެވޯޑާ ހަވާލުވާން ވަރުގަދަ 3 ވެރިން. ކަލޯގަޔާ، މި މީހުން ދުވަހަކުވެސް މެޗުއަ ވާނެބާ؟
ޑރ މުރާދު
07 October 2021
ޖޯކް އޮފް ދަ ސެންޗަރީ. މިހެން މިބުނީ ބޭންކުގައި 10 އަހަރު އުޅެ ތަޖުރިބާކޮށްފައި
ރަދީފްއޮފިޝިއަލް
07 October 2021
މަރުހަބާ ބީއެމްއެލް.މަރުހަބާ މަރިޔަމް.ކޯލް ސެންޓަރަށް ގުޅައިގެން 15 މިނިޓްވާއިރުވެސް ފޯނަށް ޖަވާބެއް ނުލިބޭ.ދެރަ ދޯ މިހެން ވީމަ. ވ.ވެދުން
ޑައިރީ
07 October 2021
ބީ އެމް އެލް ކަސްޓަމަރެއްގެ ހައިސިއްޔަތުން ހިދުމައްތަވެސް ރަގަޅުކަމަ ފާހަގަ ކުރެވޭ. މަރުހަބާ ބީ އެމް އެލް
ރަދީފްއޮފިޝިއަލް
07 October 2021
ބްރޯ ވީއަޕީ ކަސްޓަމަރެއް ތޯ؟؟