ބީއެމްއެލްގެ ސީއެފްއޯ ކަމުން ވަކިވި ނަންދަނަ ސެނެވިރަތުނެގެ. ފޮޓޯ: ބީއެމްއެލް
16 އޮކްޓޯބަރ 2025 - 15:15
ބޭންކް އޮފް މޯލްޑިވްސްގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) ނަންދަނަ ސެނެވިރަތުނެގެ އޭނާގެ މަގާމުގެ ދައުރު ހަމަކުރުމަށް ފަހު ބީއެމްއެލް އިން މިއަދު ވަކިވެއްޖެ އެވެ.
އޭނާ މަގާމުން ވަކިވެވަޑައިގަތީ 11 އަހަރު ބޭންކްގައި ހިދުމަތް ކުރެއްވުމަށް ފަހު އެވެ.
ބީއެމްއެލް އިން ބުނީ ބީއެމްއެލްގެ ފައިނޭންސްގެ ޑިވިޝަނަށް ނަންދަނަ ގެނެސްދެއްވި ބޮޑެތި ފަހި ބަދަލުތަކަށް ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފު ޝުކުރުއަދާކުރެއްވި ކަމަށެވެ.
އެ ބޭންކުން ބުނީ ނަންދަނަ ކޮށްދެއްވި ހިދުމަތް ފާހަގަކޮށް ބީއެމްއެލްގެ ބޯޑް ޑިރެކްޓަރުންނާއި މެނޭޖްމެންޓާއި މުވައްޒަފުން ވެސް ޝުކުރުއަދާކުރެއްވި ކަމަށެވެ.
އޭނާ ބީއެމްއެލްއާ ގުޅުނީ ޖެނުއަރީ 2014 ގަ އެވެ.
ބީއެމްއެލްގެ ފައިނޭންސް ޑިވިޝަނުގައި މިހާރު ވެސް ހަތަރު ޗާޓަޑް އެކައުންޓުން މަސައްކަތް ކުރާ ކަމަށް އެ ބޭންކުން ބުންޏެވެ. އަދި ބޭންކުގެ އޮޑިޓް ޑިޕާޓްމަންޓްގައި ދެ ޗާޓަޑް އެކައުންޓަންޓުން ވަޒީފާގައި އެބަތިބި ކަމަށް ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މުހައްމަދު ސައީދ
16 October 2025
ބޭނުންހާ ގޮތެއް ހަދަން އެއްބަސް ކުރުވަން އުދަގޫވަތީ ބޭރުކޮއްލި ވައްތަރު ޖަހަނީ
އަފްރާސިޔާބު
17 October 2025
ދިވެހިންނަށް ވަޒީފާ ދިނުމަށް ބޭރު މީހުން ބޭރުކުރަނީ.
ކޮސް
16 October 2025
ނިދިން ހޭލަބަލަ! ދިވެހި ސީ.އީ.އޯ އެއް ލާއިރަށް މުޅި ބޭންކު ގަޑުބަޑުކުރަމުންދާ މަންޒަރު ބަލަން. 5 އަހަރު ނިމޭއިރު ބޭންކު ބަންދު ކުރަންޖެހޭ ހާލަތަށް ދާނެ. ބޭންކު ހިނގަނީ ކަސްޓަމަރުން ބޭނުންވާ ގޮތަކަށްނޫން.
ހަމްނާ
16 October 2025
މި ބޭފުޅާ މަގާމުން ބޭރު ކޮށްލީ. ސަރުކާރުން ބޭން ހާ ސަކަރާތް ނުޖަހާތީ.
ޑެބީ
16 October 2025
ރައީސްމީހާ ބެންކު ހިންގަން ދިމާކުރީމަ ބޭންކިން ދަންނަ ޕްރޮފެޝަނަލް މީހުން ނުތިބޭނެދޯ މަޑުންނެއް.
އޮނަރަބްލް އަފީފު ދީދީ
16 October 2025
ބޭންކް އޮފް މޯލްޑިވްސް ޕަބްލިކް ލިމިޓެޑް ކުންފުންޏަކަށް ވީދުވަހުން ފެއްޓިގެން ބެންކްގެ ސީއީއޯ ކަމުގެ މަޤާމަށާއި ބެންކްގެ ޑިޕާޓްމަންޓް ތަކުގެ ވެރިންނަށް ބޭރު މީހުން ހަމަޖައްސާ ތާއަބަދު އެމީހުން މަޤާމް ގައި ބޭތިއްބުމަށާއި އޮޑިޓަރު ވެސް ބަދަލުވިޔަ ނުދީ ހިފަހައްޓަމުން އަންނަނީ އެމީހުންގެ މަސްލަޙަތު އޮތް އަމިއްލަ ބޭންކެއް ހިންގާ ބޭންކް އޮފް މޯލްޑިވްސް ގެ ގިނަ އަދަަދެއްގެ އާންމު ޙިއްސާގަނެ ބޯޑް މެންބަރުކަށް ވެގެން އުޅޭ މަހުޖަނެއްގެ އާއިލާގެ ފަރާތުން.
އިހްސާސް
16 October 2025
ދިވެއްސަކު ނުވީދޯ ތިމަޤާމާ ޙަވާލުވާނެ...
ޟޫށޤޅީ
16 October 2025
ބޭރު މީހުންތައް ލައިގެން މުޅި ގައުމު އޮތީ ހަރާބުކޮށްފައި
ޙެހެހޭ
16 October 2025
ތި ވިދާޅުވީ ފެނަކަ ކޯޕަރޭޝަން އަދި އާރުޑީސީ ކަހަލަ ކުންފުނިތައް ހަރާބުވީ ބޭރުމީހުން ހިންގަންތިބީމައޭދޯ.. ދިވެހި ދައުލަތް ހިންގަންތިބީ ދިވެހިން އެކަމު މުޅިގައުމު ދަރަނިވެރިވެ މިއޮއް ހަރާބުވަނީ
ދެންއަޅޭ
16 October 2025
މިއޮށްފަދަ ބަވަނަވަމުން އަންނަ ޒަމާނުގައި ތިއީ ދައްކާ ޒާތުގެ ވާހަކަތަ އަޅެ؟ "ގްލޯބަލައިޒޭޝަން" ކިޔާ އަޑު އަހަންތަ؟ "ޑައިވާސިޓީ" ކިޔާ އަޑު އަހަންތަ؟
ދިވެހީން
16 October 2025
ހެހެހެ ހަމައެކަނި ދިވެހިން ލައިގެން ރަނގަޅުވިތަނެއް ބުނެބަލަ