އުރީދޫގެ މޫލީ ވެބްސައިޓުން އުރީދޫ އައިފޯން ޕްރީ އޯޑާ ކުރެވޭނެ
08 އޮކްޓޯބަރ 2021 - 19:04
އެޕަލް ކުންފުނިން އެންމެ ފަހުން ނެރުނު އައިފޯން 13 އަށް ޕްރީ އޯޑަރު ކުރުމުގެ ފުރުސަތު އުރީދޫން ހުޅުވާލައިފި އެވެ.
އެ ކުންފުނީގެ އޮންލައިން ވެބްސައިޓް "މޫލީ" މެދުވެރިކޮށް އައިފޯން 13 ޕްރޯ، އައިފޯން 13 ޕްރޯ މެކްސް އާއި އައިފޯން 13 މިނީ އަށް މިހާރު ޕްރީ އޯޑަރު ކުރެވޭނެ އެވެ.
ރީތި އާ ޑިޒައިންތަކެއް ހިމެނޭ، އައިފޯނު 13 ގެ މޮޑެލްތަކުގައި ވާދަވެރި ކެމެރާ ސިސްޓަމްތަކަކާއި ޕްރޯ މޯޝަން ސުޕަ ރެޓިނާ އެކްސްޑީއާރް ޑިސްޕްލޭ ހިމެނެ އެވެ. މި ފޯނުގެ ބެޓަރި ލައިފް ވެސް ވަނީ އިތުރަށް ފުރިހަމަ ކޮށްފަ އެވެ.
އައިފޯނު 13 ސީރީޒްގެ ފޯނުތަކުގައި ހިމެނޭ އެޕަލްގެ އޭ-15 ބަޔޮނިކް ޗިޕަކީ މިހާތަނަށް ސްމާޓްފޯނެއްގައި ބޭނުންކޮށްފައިވާ އެންމެ ހަލުވި ޗިޕެވެ.
Access denied | www.moolee.mv used Cloudflare to restrict access
މޫލީ ވެބްސައިޓް
އިއްޔެ އިން ފެށިގެން މޫލީގެ ވެބްސައިޓް މެދުވެރިކޮށް، ކަސްޓަމަރުންނަށް އައިފޯނު 13 ގެ މޮޑެލްތައް ޕްރީއޯޑަރު ހުޅުވާލުމާ އެކު ގިނަ އަދަދެއްގެ ކަސްޓަމަރުން މިހާރު ވެސް ވަނީ އޯޑަރު ކޮށްފަ އެވެ. އަދި އިތުރު ފަރާތްތަކަށް ވެސް ޕްރީ އޯޑަރު ކުރުމުގެ ފުރުސަތު ހުޅުވާލާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އިބުރާ
10 October 2021
އަގު ވެސް ޖަހާލި ނަމަ..،