އެމްއެންޕީ އިންތިހާބުގައި ވާދަކުރި ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫނާއި ކުރީގެ ޖެންޑާ މިނިސްޓަރު ސިދާތާ ޝަރީފް.
08 އޮކްޓޯބަރ 2021 - 20:25
މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ މަތި އުތުރު ރީޖަންގެ ނައިބު ރައީސްކަމަށް ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފު އަދި އެ ޕާޓީގެ އަންހެނުންގެ ވިންގްގެ ލީޑަރަކަށް ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން މިއަދު އިންތިހާބުކޮށްފި އެވެ.
އެ ދެ ބޭފުޅުން އެ މަގާމުތަކަށް ކަނޑައެޅީ، ކުރީގެ ޑިފެންސް މިނިސްޓަރު އަދި ދަނގެތީ ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް އިސްވެ އުފައްދަން މަސައްކަތް ކުރައްވާ ސިޔާސީ ޕާޓީ، އެމްއެންޕީގެ ވަގުތީ އެގްޒެކްޓިވް ކައުންސިލަށް މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގަ އެވެ.
މިއަދު ކުރިއަށް ގެންދިޔައީ މަތި އުތުރު ރީޖަންގެ ނައިބު ރައީސާއި އަންހެނުންނަށް ހާއްސަ ކޮށްފައިވާ ނާއިބު ރައީސާއި އަންހެނުންގެ ވިންގްގެ ލީޑަރާއި ޒުވާނުންގެ ވިންގްގެ ލީޑަރުގެ އިތުރުން ކައުންސިލްގެ މެންބަރު ކަމަށް 14 ބޭފުޅަކާއި އަދި ކައުންސިލުން އަންހެނުންނަށް ހާއްސަކުރި ހަތް ގޮނޑިއަށް މީހުން އިންތިހާބުކުރުމުގެ ވޯޓުލުމެވެ.
ޝިދާތާ ކާމިޔާބުކުރެއްވި މަތި އުތުރު ރީޖަންގެ ނާއިބު ރައީސް ކަމަށް އޭނާއާ އެކު ކުރިމަތިލެއްވީ ޓީވީ ޕްރެޒެންޓަރު އަހުމަދު އަނޫޝް އާއި އާއި މުހައްމަދު ސައީދެވެ. ޖުމުލަ 276 މީހުން ވޯޓުލިއިރު، ޝިދާތާ ކާމިޔާބުކުރެއްވީ 137 މީހުންގެ ވޯޓުންނެވެ. އަނޫޝަށް 118 ވޯޓު ލިބުނުއިރު، ސައީދަށް ހޯއްދެވުނީ 21 ވޯޓެވެ.
އެމްއެންޕީ އުފެއްދުމަށް ބާއްވާ ބައްދަލުވުމުގައި ފާސްކުރެވުނު ޕާޓީގެ ދިދަ pic.twitter.com/3f6lOUlAXc
— Maldives National Party (@MNP_Secretariat) October 8, 2021
އެމްއެންޕީގައި ހަ ނާއިބު ރައީސުން ތިއްބަވާނެ އެވެ. ވަދާކުރާނެ އިތުރު މީހަކު ނެތިގެން، އިންތިހާބަކާ ނުލައި ހަތަރު ނާއިބު ރައީސުން މިހާރު ވަނީ ހޮވިފަ އެވެ؛ އެއީ އުތުރު ރީޖަންގެ ނާއިބު ރައީސަކަށް ހުސައިން އިސްމާއީލާއި މެދު ރީޖަންގެ ނާއިބު ރައީސަކަށް ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް އާއި މެދު ދެކެނު ރީޖަންގެ ނާއިބު ރައީސަކަށް ތިމަރަފުށި ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒާއި ދެކުނު ރީޖަނަށް ސައިރިކްސްގެ ޗެއާމަން އަހުމަދު ޝަރީފެވެ.
އަންހެން ވިންގުގެ ލީޑަރަށް ތިން ބޭފުޅަކު ވަދާކުރެއްވިއިރު، ދުންޔާ އެ މަގާމަށް އިންތިހާބުކުރީ 207 މީހުންގެ ވޯޓުންނެވެ. އެ މަގާމަށް ދެން ވާދަކުރި އައިޝަތު އަބްދުﷲ އަށް 43 ވޯޓު އަދި އައިޝަތު ހުސެއިން މަނިކަށް 11 ވޯޓު ލިބުނެވެ.
- އަންހެނުންނަށް ހާއްސަ ކޮށްފައިވާ ރައީސް ކަމަށް، މިރުފަތު އިސްމާއިލް ޝަފީގް
- ޒުވާނުންގެ ވިންގު ލީޑަރު ކަމަށް، އުމެއިރު އަހްމަދު
- ކައުންސިލްގެ 14 މެމްބަރުގެ ގޮނޑި އަށް، އަސްރާ އަހްމަދު، މުހައްމަދު މަނިކު، މުހައްމަދު ހާނިމް، ހުސެއިން ފަޔާޒް، އިބްރާހިމް ޝަބާހު، އަހްމަދު ރިޔާޒް، އަހަމްދު ސާލިމް ސައީދު، މުހައްމަދު ނިޒާމް، އަހްމަދު އަމްޖަދު، އިބްރާހިމް މުހައްމަދު، އަބްދުﷲ ޝުހޫދު، އަޝްރަފު މުހައްމަދު އަލީ އަދި އަލީ އަބްދުލް ލަތީފް.
- ކައުންސިލްގެ އަންހެނުންނަށް ހާއްސަކުރި ހަތް ގޮނޑި އަށް، އައިމިނަތު ޝާއިދާ، އިފާ ޝަރީފް، އައިމަނަތު އަޒީމާ، އައިޝަތު ޝައްމާ، ސިޔާމާ އަލީ، ފާތިމަތު ނާޒީން އަދި ފާތިމަތު ރިފާއު.
އެމްއެންޕީގެ އިންތިގާލީ ކައުންސިލަށް ކުރިމަތިލާން ހުޅުވައިލި މުއްދަތު ހަމަވިއިރު، ޕާޓީގެ ރައީސަކަށް ނާޒިމް ފިޔަވައި އިތުރު އެއްވެސް ބޭފުޅަކު ކުރިމައްޗެއް ނުލަ އެވެ. އެހެން ކަމުން، އެންއެންޕީގެ ވަގުތީ ރައީސަކަށް އޭނާ ވަނީ އޮޓޮމެޓިކުން ހޮވިވަޑައިގެންފަ އެވެ.
އެމްއެންޕީ އުފެއްދުމަށް ބާއްވަމުން އަންނަ ބައްދަލުވުމުގައި މިއަދު ވަނީ އެ ޕާޓީގެ ދިދަ އާއި ނިޝާނާއި ޕާޓީގެ އަސާސީ ގަވާއިދާއި އަދި ޕާޓީގެ އޮނިގަނޑު ވެސް ފާސްކޮށްފަ އެވެ.
އެމްއެންޕީގެ ނިޝާނުން ރަމްޒުކޮށްދޭ މާނަ pic.twitter.com/JtstTdnE7f
— Maldives National Party (@MNP_Secretariat) October 8, 2021
އެމްއެންޕީއަކީ "އެއް ބޭފުޅަކު ވަށައި އެނބުރޭ" ފިކުރު ދޫކޮށް، އެހެން ސިޔާސީ ޕާޓީތަކާ ހިލާފަށް ހުރިހާ އެންމެނަށް ވެސް ފުރުސަތު ލިބޭ ޕާޓީއެއް ކަމަށް އެ ޕާޓީގެ އިސް މެންބަރުން ވަނީ ވިދާޅުވެފަ އެވެ.
ކުރިއަށް އޮތް 2023 ގައި ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކަމަށާއި އެ އިންތިހާބު ކާމިޔާބުކޮށް ވެރިކަމަށް ވެސް އަންނާނެ ކަމަށް އެ ޕާޓީން ބުނެ އެވެ.
އެމްއެންޕީގެ އިންތިހާބުގައި މިއަދު ބަޔަކު ވޯޓަށް އަތް އުފުލައިގެން.---ފޮޓޯ: ނިޝާން އަލީ/މިހާރު
އެމްއެންޕީ އުފައްދަން އިއުލާނު ކުރިތާ ދެ މަހެއްހާ ދުވަހުގެ ތެރޭގައި 5،000 މީހުންގެ ސޮއި ހޯދައި އިލެކްޝަންސް ކޮމިޝަނަށް ވަނީ ހުށަހަޅައިފަ އެވެ. މަޖިލީހުގެ މެމްބަރުންތަކެއް އިސްވެ ތިބެ އުފައްދަވާ ޕާޓީގެ އަމާޒަކީ މި އަހަރު ނިމޭއިރު 10،000 މެމްބަރުން ހަމަކުރުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކަނބިލި
09 October 2021
ތިޔަ މީސްމީހުން ލުމުން ތިޔަ ޕާޓީގައި ކުރަފިއެޅީ. ބޭނުންވަނީ އައު މޫނުތަކެއް. އަމަލުން ނަތީޖާނެރޭނެ ބަޔަކު. ދިިމަދިމާލުން ފެއިލްވެފައި ބޭކާރު އަނގަތަޅާ މީހުން ލީމާ ފެއިލްވާނީ. ރާއްޖޭގައި ހުނަރުވެރި ގާބިލުމީހުން މަގާމުތަކަށް ގެންނަންޖެހޭނީ
ލައިކޮ
09 October 2021
ހުސް ފެއިލްޑް މީހުން. އާމޫނުތަކެއް ފެންނަން ބޭނުން.
މިއަދު
09 October 2021
ސިޔާސީ ޕާޓީއެއް އުފެއްދުމުގެ.ކުރިން މަވެސް ނާޒިމުއަށް ވ ސަޕޯޓުކުރިން ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތާއެކު ނެގުނު ބިތުފަންގިން ނާޒިމުގެ ހަޤީގަތް ހާމަވާންފެށި ހިސާބުން އެސަޕޯޓް ގެނަސް ހަމަ ރޔ އަށް ވެދުމަށް ދީފިން
ހުރަވީ
09 October 2021
ހުސް އެއްބަޔަކު ދޯ، ފުޅިޔާ ލޭބަލް މިބަދަލުވަނީ.
އަބްޑޫޅް
09 October 2021
މިވީގޮތުން، ހަގީގަތުގަ ގައްޔޫމުގެ ތިން ޕާޓީ މިހާރު މިއޮތީ. މާކެޓް ސްޕްލިޓް ކޮށްލީ. ގަމާރު ރައްޔިތުމީހާ އަށް ހީވާނީ ތަފާތު ތިން ޕާޓީއޭ. މީ މާކެޓް ޝެޔާ 101 ގެ އެންމެ އަސާސީ އެއް ފިލާވަޅު. ޒައީމުގެ ބޮލުގަ އަދިވެސް މިހިރީ މީދާކޭ އުނބެއް ނޫން ދޯ؟
ނިޝްވަތު
09 October 2021
މި މިރުފަތު ނުހޭކޭ ޕާރޓީއެއް އަޅެ ބުނެބަލަ. މަޖުލީހަށް ކުރިމަތުލާން އެމްޑީޕީ ޕްރައިމަރީއިން ބަލިވީމަ ޖޭޕީއަށް. ކައުންސިލަށް ކުރިމަތިލާން މުއިއްޒުފަހަތުން ޕީޕީއެމްއަށް ދެން މިހާރު ކްލާސް މޮނީޓަރުކަންވިޔަސް ވަޒީފާގަނޑެއްލިބޭތޯ ނާޒިމްސޯ ފަހަތުން. ލަދުން ބޯހަލާކު.
މިއައްވުރެ ގާބިލްކުދިން
09 October 2021
މިދެކުދިންނަށް މިގައުމުން ފުރުސަތުތަކެއް ދެވިއްޖެ. ރައްޔިތުންނަށާއި ގައުމަށްލިބުނީ ކޯޗެއް. އުޅޭނެ މިއައްވުރެ ގާބިލްކުދިން ރާއްޖޭގަ.
ޗޮސްބެ
08 October 2021
ކޮބާ މައްސަލަޔަކީ، ސިދާތާވެސް މިހާރު ހުންނަނީ ހުހަށް، ކޮންމެސް ޕާރޓއަކަށް ވަދެލީމަ ފޫހިފިލާނެނު.
ޓޮއިލެޓް
08 October 2021
އެންމެންޕީ، ތީ ހާދަ މަޖާ ނަމެކޭ. ޖަލްސާބަލަން ތިބި ކުދިންތައް ދުއްވައިގަތީ ފާހާނަޔާ ދިމާލަށް.
ބޮޑުމީހާ
08 October 2021
ފާރިޝް ބައްޕަ މައުމޫން ޕާޓީގަ، ދުންޔާ ނާޒިމް ޕާޓީގަ، ގައްސާން ޔާމިން ޕާޓީގަ، ޔުމްނާ އިބޫ ޕާޓީގަ މިގޭ ދެމީހަކު އެއްޕާޓީއަކު ނެތް. ކޮންމެ ވެރިކަމަކަށް ހެޔޮވަރު