ނާޒިމް: އިންތިގާލީ ކައުންސިލްގެ ރައީސަކަށް ކުރިމަތިލެއްވީ ނާޒިމް އެކަނި ކަމަށް އެ ޕާޓީން ބުނޭ.
03 އޮކްޓޯބަރ 2021 - 23:07
ރާއްޖޭގައި އޮންނަ ވަކި މީހަކު ވަށައި އެނބުރޭ ސިޔާސީ ޕާޓީގެ ނިޒާމް ބަދަލުކޮށްލާނެ ކަމުގެ އުއްމީދާ އެކު އުފައްދާ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ވަގުތީ ރައީސްގެ މަގާމަށް ދަގެނތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ކުރިމަތިލައްވައިފި އެވެ.
އެ ޕާޓީގެ އިންތިގާލީ ކައުންސިލަށް މެމްބަރުން ކުރިމަތިލާން ހުޅުވާލި މުއްދަތު މިއަދު ހަމަވިއިރު ޕާޓީގެ ރައީސަކަށް ނާޒިމް ފިޔަވައި އިތުރު އެއްވެސް ބޭފުޅަކު ކުރިމައްޗެއް ނުލަ އެވެ. އެހެންކަމުން، އެންއެންޕީގެ ވަގުތީ ރައީސަކަށް އޭނާ މިވަނީ އޮޓޮމެޓިކުން ހޮވިވަޑައިގެންފަ އެވެ.
އެކި ސަރަހައްދުތަކަށް ހާއްސަކޮށް އެ ޕާޓީގެ ހަ ނައިބުން ހޮވާއިރު، މި މަގާމްތަކަށް 9 ބޭފުޅަކު ކުރިމަތިލެއްވި އެވެ.
އިޢުލާން: މޯލްޑިވްސް ނެޝަނަލް ޕާޓީގެ އިންޓެރިމް އެގްޒެކެޓިވް ކައުސިލްގެ މަޤާމުތަކަށް ކުރިމަތިލުމުގެ މުއްދަތު މިއަދަށް ވަނީ ހަމަވެފައެވެ.
— Maldives National Party (@MNP_Secretariat) October 3, 2021
މަޤާމުތަކަށް ކުރިމަތިލީ ފަރާތްތަކުގެ ތަފްޞީލު pic.twitter.com/QSyXvy9Pir
އެމްއެންޕީއަކީ "އެއް ބޭފުޅަކު ވަށައި އެނބުރޭ" ފިކުރު ދޫކޮށް، އެހެން ސިޔާސީ ޕާޓީތަކާ ހިލާފަށް ހުރިހާ އެންމެނަށް ވެސް ފުރުސަތު ލިބޭ ޕާޓީއެއް ކަމަށް އެ ޕާޓީގެ އިސް މެންބަރުން ވަނީ ވިދާޅުވެފަ އެވެ. މި ޕާޓީގެ ލީޑަޝިޕްގައި އެންމެ ގިނަ ވެގެން ފުރުއްވޭނީ ދެ ދައުރު ކަމަށް އަސާސީ ގަވާއިދުގައި ލިޔާނެ ކަަމަށް ވެސް ވަނީ އިއުލާންކޮށްފަ އެވެ.
ކުރިއަށް އޮތް 2023 ގައި ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެ ކަމަށާއި އެ އިންތިހާބު ކާމިޔާބުކޮށް ވެރިކަމަށް ވެސް އަންނާނެ ކަމަށް އެ ޕާޓީން ބުނެ އެވެ.
އެމްއެންޕީ އުފައްދަން އިއުލާންކުރިތާ ދެ މަހެއްހާ ދުވަހުގެ ތެރޭގައި 5،000 މީހުން ހޯދައި އިލެކްޝަންސް ކޮމިޝަނަށް ވަނީ ހުށަހަޅައިފަ އެވެ. މަޖިލީހުގެ މެމްބަރުންތަކެއް އިސްވެ ތިބެ އުފައްދަވާ ޕާޓީގެ އަމާޒަކީ މި އަހަރު ނިމޭއިރު 10،000 މެމްބަރުން ހަމަކުރުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބގ ނާޒިމް
04 October 2021
އިންޑިޔާގެ ނަންބަރ ވަން އޮޕްޝަން. އިންޑިިޔާގެ މިލިޓަރީ ޑިކްޓޭޓަރ ސިޕްގެ ބެލުމުގެ ދަށް ދިވެހި ޤައުމު ލުމަށްޓަކައި ބގ ނާޒިމް ހޮވާދެއްވާ. ޤައުމު އިންޑިޔާއަށް ހިބަކޮއް ދިވެހިން އިންޑިޔާގެ މީހުންނަށް ނޯކިރި ކުރަން ތައްޔާރު ވެލައްވާ. ސަޕޯޓް ފޮރ މޯޑީ ނެސަނަލް ޕާޓީ.
ަސދަސދަސދ
04 October 2021
ރާޢްޖޭގެ ރައީސްކަމަށް ނާޒިމްގައިގަ މަދުވަނީ އެއްމެ ކަމެއް. އެއީ މިސަރުކާރަށް ވުރެ ބޮޑަށް އިންޑިއާ އާއި ގުޅުން ބަދަހިމީހަކަށްވީމަ. މިގައުމަށް ބޭނުންވަނީ މިގައުމު އެއްމެފުރަތަމަ ދެން ހުރިހާ ގައުމަކާއި އެއްވަރަކަށް ގުޅުން ބެލެންސްކޮށްގެން އުޅެން އިނގޭ ރައީސެއް.
ކަނބިލި
04 October 2021
އާ މީހުން ލީޑަރުން ގޮތުގައި ސިޔާސީ މައިދާނަށް ނުކުތުމަކީ ރަނގަޅުކަމެއް. ވެރިކަމަކީ ވަކިބައެއްގެ ހައްގެއް ނޫން.ވަކި އާއިލާއަކަށް އޮންނަންޖެހޭ ކަމެއް ނޫން. މިއީ ރާއްޖޭގައި އޮންނަންޖެހޭނެ ހަގީގަތަކީ
ރަދީފްއޮފިޝިއަލް
04 October 2021
ބްރޯ 2023ގަ މަހަށް ނުވަތަ މުޑިކާށިހޮވަން.ކުރިން މަވެސް މީނައަށް ތައީދުކުރިން ، ނަމަވެސް ތާއިދު އަނބުރާ ނަގައިފިން.
ށަވިޔަނި
04 October 2021
އެބައިމީހުން ދައްކާ ވާހަކަތަކާ އެއްގޮތަށް ކަންތައްވާނެކަމުގެ އުއްމީދު ނުކުރަން. އެހެންވެ ކުރާކަންތަކުން އެއްވެސް ހައިރާންކަމެއް ނުލިބޭ. މަކިޔެވި ސިޔާސީ ފޮތުން ތިކަންތައް ހިނގާގޮތް ތަޖުރިބާކާރުން ބުނެފައިވާ ގޮތް މާކުރިން އެނގިފަވަނީ. އެއް ސިއްކައެއްގެ ދެފުށް ތިއީ. ނުވަތަ ރުފިޔާއެއްގެ ދެފުށް.
އެނދިމަރިޔަނބު
04 October 2021
ހައިރާންވެ، އަންތަރީސްވެ، އާޝޯޚުވެއްޖެ، ހަމަ ހީވެސް ނުކުރާގޮތެއް ތިވީ! ބީބީސީއިން ބްރޭކިން ނިއުސްގަ މިވާހަކަ.
ކަބައްޑި
04 October 2021
މީ މިސްރުގެ ސީސީ. ވަރަށް ރައީސްކަން ބޭނުންވެގެން އުޅޭ މީހެއް.
ސަސު
04 October 2021
ތިޔައީ ސީނު ކަރަންކާގޭ ނާޒިމް މިރާއްޖޭގެ ވެރިކަމަށް ކުރިމަތިލާން އުފައްދާ ޕާޓީއެއް.
ވަސަންތީ
04 October 2021
ބާއީންނަކަށް މިގައުމުގައި ޖާގައެއް ނެތް.
ބަސަންތީ
04 October 2021
މާދަމާވެސް އެމްޑީޕީއާ ކޯލިޝަން ހަދާލައިފިނަމަ ތިޔަ ކިޔާ ބާޣީކަން ކެނޑިގެން ހިނގައިދާނެ. އެހާ ފަސޭހައިން ލަގަބުތައް ފުހެވޭނެ ރަބަރެއް އެއީ.
އަލި
04 October 2021
ރައީސްކަން ބޭނުންވެގެން ޕާޓީ ހަދާމީހާދޯ ރައީސް ކަމަށް ކުރިމަތިލާނީވެސް