ފުލުހުންގެ ރަސްމިއްޔާތެއް ކުރިއަށް ދަނީ: އޮފިސަރުން ވަކިކުރި މައްސަލަ ވަނީ ސިވިލް ކޯޓަށް ހުށަހަޅާފައި.
11 އޮކްޓޯބަރ 2021 - 12:47
ތުހުމަތުތަކަކާ އެކު، ފުލުހުންގެ ހިދުމަތުގެ އިސް ސަފުން ވަކިކުރަން ނިންމި އޮފިސަރުންގެ ޝަރީއަތް ލައިވް ކޮށްދޭން ސިވިލް ކޯޓުގައި އެދިއްޖެ އެވެ.
ފުލުހުންގެ އާ ގާނޫނުގެ ދަށުން އެކުލަވައިލި ބޯޑުން ވަނީ ހަތް އޮފިސަރަކު ވަކިކުރަން ނިންމައިފަ އެވެ. މި ނިންމުމާ މެދު ހިތްހަމަނުޖެހިގެން ފަސް އޮފިސަރުން ވަނީ ކޯޓަށް މައްސަލަ ހުށަހަޅައިފަ އެވެ.
ކޯޓުން ގޮތެއް ކަނޑައެޅުމުގެ ކުރިން އޮފިސަރުން ވަޒީފާ އިން ވަކިކުރުމުގެ އެއްވެސް ކަމެއް ނުކުރުމަށާއި ވަޒީފާ އަދާކުރުމަށް ހުރަސްއެޅޭ ފަދަ އެއްވެސް ކަމެއް ނުކުރުމަށް ފުލުހުންނާއި ޕޮލިސް ބޯޑު އަދި ކަމާގުޅޭ ހުރިހާ ފަރާތްތަކަށް އަމުރުކޮށްދޭން އެ މައްސަލައިގައި އެދިފައިވެ އެވެ. އެކަމަކު ކޯޓުގައި އެ މައްސަލަ އޮއްވައި، ދެ އޮފިސަރުން ވަކިކޮށް، ހަތަރު އޮފިސަރަކަށް 10 ދުވަހުގެ ނޯޓިސް އިއްޔެ ވަނީ ދީފަ އެވެ.
ވަކި ކުރަން ނިންމި އޮފިސަރުން: - އެސިސްޓެންޓް ކޮމިޝަނަރު ފަރުހާދު ފިކުރީ. - އެސިސްޓެންޓް ކޮމިޝަނަރު އަހުމަދު މުހައްމަދު. - އެސިސްޓެންޓް ކޮމިޝަނަރު މުހައްމަދު ޖަމްޝީދު. - ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ ޝަރީފް. - ޗީފް ސުޕްރިންޓެންޑެންޓް އަހުމަދު ޝުހާދު. - ސުޕްރިންޓެންޑެންޓް މުހައްމަދު ދާއޫދު. - ސުޕްރިންޓެންޑެންޓް އިސްމާއިލް ޝަމީމް.
އޮފިސަރުންގެ ފަރާތުން ދިވެހި ޗެމްބާސްއިން ހުށަހެޅި މައްސަލަ ޑިސްޕިއުޓް މަރުހަލާގައި ހައްލު ނުވުމުން މިހާރު ވަނީ ޝަރީއަތަށް ހުށަހަޅައިފަ އެވެ. ފުރަތަމަ އަޑު އެހުން އަންނަ ހޯމަ ދުވަހަށް ވަނީ ތާވަލްކޮށްފަ އެވެ.
ފަސް އޮފިސަރުން ތަމްސީލްކުރާ ދިވެހި ޗެމްބާސްގެ ވަކީލު މަރިޔަމް ނިހާޔަތު ސިވިލް ކޯޓަށް ފޮނުއްވި ސިޓީގައި، އެ މައްސަލަ ލައިވްކުރަން އެދިވަޑައިގަތް އެއް ސަބަބަކީ އާއްމު މަސްލަހަތު ހިމެނުމެވެ. އަނެއް ސަބަބަކީ ގާނޫނުއަސާސީގެ 42 ވަނަ މާއްދާގައި ބަޔާންކުރާ އަދުލުވެރިކަމާއި ހަމަހަމަކަމާ އެކު ޝަރީއަތް ކުރެވޭ ކަން ކަށަވަރު ކޮށްދިނުމުގެ ގޮތުން ކަމަށް ނިހާޔަތު ވިދާޅުވެފައިވެ އެވެ.
އޮފިސަރުންގެ ފަރާތުން ކޯޓަށް މައްސަލަ ހުށަހެޅީ ފުލުހުންގެ މުއައްސަސާގައި ހިދުމަތްކުރުމުގައި ދިގު މާޒީއެއް އޮތް އެ އޮފިސަރުން ވަކިކުރަން ނިންމުމުގައި ބޭއިންސާފު ކަންކަން ހިނގާފައިވާ ކަމަށް ތުހުމަތުކޮށެވެ. ދިފާއުގައި ބަސްބުނުމަށާއި ޖަވާބުދާރީވާން ފުރުސަތު ނުދީ ކަންކޮށްފައިވާ ގޮތުން އޮފިސަރުންގެ ދުސްތޫރީ އަދި ގާނޫނީ ހައްގުތަކެއް ގެއްލިފައިވާ ކަމަށް ވެސް އޮފިސަރުން ވިދާޅުވެ އެވެ.
ފުލުހުންގެ އިސް ސަފުގައި ތިބި އޮފިސަރުންތަކެއް ވަކިކުރަން ނިންމީ، އާ ގާނޫނާ އެކު އެކުލަވައިލި ހަތް މެމްބަރުންގެ ބޯޑުން ހަތަރު މަސް ތެރޭގައި ފުލުހުންގެ އިސް ސަފަށް ހަރުދަނާ ބަދަލުތައް ގެނައުމަށް ކަނޑައަޅާފައިވާތީ އެވެ.
އޮފިސަރުން ވަކިކުރަން ނިންމައި ޕޮލިސް ބޯޑުން ނެރުނު ބަޔާނުގައި ބުނެފައި އޮތީ، ޕޮލިސް ކޮމިޝަނަރު ފިޔަވައި ސުޕްރިންޓެންޑެންޓުން ފެށިގެން މަތީ ރޭންކްތަކުގެ އޮފިސަރުން، ފުލުހަކަށް ވީތީ އެ މީހުންނަށް ލިބިދީފައިވާ ބާރާއި އިހްތިޔާރު ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭތޯ ބަލާފައިވާ ކަމަށެވެ. ލާއިންސާނީ އަނިޔާވެރި އަމަލެއް އަދި ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަތަކާ ގުޅިގެން ބަލަން ޖެހޭ ކަންކަން ވެސް ބެލި ކަމަށެވެ. އޮފިސަރުންތަކެއް ވަކިކުރަން ބޯޑުން ސީޕީ އަށް ލަފާދިނީ އެ ކަންކަމަށް ރިއާޔަތް ކޮށެވެ.
އެކަމަކު އޮފިސަރުން ދެކެވަޑައިގަންނަވާ ގޮތުގައި ގާނޫނެއް ހެދީ އަދި ބޯޑުގެ ނިންމުން އައީ ވެސް ވަކި އޮފިސަރުންތަކަކަށް އަމާޒު ކޮށްގެންނެވެ. އާ ގާނޫނުގެ ކުރިން ވެސް ފުލުހުންގެ ހިދުމަތުގައި އިދާރީ ފިޔަވަޅު އެޅޭ ކަމަށާއި ގާނޫނު ފަހުން ހަދައި ވަކި އޮފިސަރުންތަކެއްގެ މައްސަލަ ބެލުމަކީ އިންސާފެއް ނޫން ކަމަށް އެ އޮފިސަރުން ވިދާޅުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްޑޫޅް
12 October 2021
ބައެއް މީހުންގެ ސަރިޔަތް ލައިވް ކޮށްފަ އަނެއް ބައެއްގެ ސަރިޔަތް ލައިވް ނުކޮށް ދޫކުރުމަކީ، ހަމަހަމަކަން ގެއްލި، ނިޔާއަނިޔާ އަށް ކިލަނބުކަން އަންނާނެ ކަމެއް.
ޕިގްސް
12 October 2021
ގަލޮޅު ދަނޑުގަ ޝަރީއަތް ބާއްވަން ފެންނަނީ. ސަޕޯޓަރުންނަށް ޓިކެޓު ވިއްކާނީ.
ސަމްޕްރަސް
11 October 2021
ފުލުހުންނަކަށް އަދިވެސް ނުވިިސްނޭ އެމީހުންގެ ވަޒީފާގެ ސީރިއަސްކަމެއް. ކުރީއްސުރެ އޮތް ސަގާފަތަކީ ބޭނުން ގޮތަކަށް ބޭނުން ކަމެއް ކޮށްގެން އުޅުން. ވަޒީފާއަށް ފަރުވާކުޑަ ކުރުމާ ކަޓުގަ އުޅުމާ މަސައްކަތަށް ފަރުވާކުޑަ ކުރުމަކީ ފުލުހުންގެ ތެރެއިން އާންމުންނަށްވެސް ފެންނަ ކަންކަން. މިސާލަކަށް ވިސްނާލަބަލަ ފުލުހުން މިއުޅޭ ފާޑަށް މިގައުމުގެ ނަރުހުންނާ ޑޮކްޓަރުން އުޅެން ފަށައިފި ނަމަ ވާނެ ގޮތް. ފުލުހުންގެ އިހުމަލުންވެސް ގައުމަށް ހަމަ ވަރަށް ގެއްލުން ވެއްޖެ.
މުލޭ
11 October 2021
ވަޒީފާއަށް ފަރުވާ ކުޑަ ބަޔަކު އެންމެ މަތީ ރޭންކްތަކާ ހަމައަށް ދިއުން މިއީ އަރަތެއް.
1828
11 October 2021
ފުލުހުންގެ ތެރެއިން ވަޒީފާއަށް ފަރުވާ ކުޑަ ފަރާތްތަކާމެދު ފިޔަވަޅު އަޅާ. އެހެންވީމައި ތިޔަ ވިދާލުވި ވާހަކަ ޤަބޫލެއް ނުކުރެވޭ. ނަމަވެސް ފުރޮންޓް ގައި އުޅޭ ފުލުހުން ޑިއުޑީ ގަޑީގައި ފުލުހުންގެ މަރުކަޒުތެރޭގައި ސިނގެރޭޓް ބުއިމުގައި ގިނަވަގުތު ހޭދަކުރޭ. މިއީ ފުލުހުންވެސް ދެބަސްނުވާނެ ހަޤީޤަތެއް.
ބިލް ކުލިންޓަން
11 October 2021
ފުލުހުންގެ އަގުވައްޓާލަން މަސައްކަތްކުރާމީހުން މިފަހަރު އޮރިޔާންވާނެ.
ޒާހިރު-ރާއްޖެތެރެ
11 October 2021
ފެބުރުއަރީ 7 ގަ ޓީވީމޯލްޑިވްސްއައް ވަނީ ޔަގީނުން ވެސް އާދައިގެ ރައްޔިތުނެއްނޫން. ހަމަ ސިފައިންނާއި ފުުހުން... އެމީހުނައް އަމުރުކުރިބަޔަކުވެސް ތިބޭނެ
ޢެދުރުބެ
11 October 2021
އެއްވެސް އޮ ފިސަަަރަކު އެ ފަދަ ކަމެއް ކޮށް ފައިނުވާނެ ކަމަށް ނުބުނުމަކީ ހައިރާންވާ ކަމެއް. އެހެންމީހުންވެސްކުރިއޭ. މައްސަލަ ބަލަނީ އަހަރެމެންނަށް ޓާގެޓް ކޮށްގެންނޭ.
ސަދަން
11 October 2021
މަރިޔަމް ނިހާޔަތު ކިހިނެއްބާ މި މައްސަލަ އަކީ އާންމު މަސްލަހަތު ހިމެނޭ މައްސަލައެއް ކަމުގައި ނިންމީ؟ މައްސަލަ އާންމު މަސްލަހަތާ ގުޅޭ އެއްވެސް ހަމައެއް ބުނެ ނުދީ ހަމަ ހުރެލާފަ ތިހެން ބުނާ ކަމަށް ވަންޏާ ހުރިޙާ ވެސް މައްސަލައަކީ އާންމު މަސްލަހަތު ހިމެނޭ ކަންކަން. ދެން ދައުލަތުން ބޮޑު ހަރަދު ކޮށްގެން އަނެއްކާވީ އެ މައްސަލަތައް ލައިވް ކުރަން. ކުރަން ތިޔަ އުޅޭ ކަމަކީ ޑްރާމާއެއް ކުޅެ ގައުމުގަ އަނެއްކާވެސް ހަމަ ޖެހުން ނަގާލާ ފުލުހުން ލައްވާ ސަކަރާތެއް