ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަނީ. އޭނާ މިއަދު ވިދާޅުވީ ރަށްގިރުމުގެ މައްސަލަައަށް އަވަސް ހައްލެއް ނެތް ކަމަށް. ފޮޓޯ: ރައްޔިތުންގެ މަޖިލީހުގެ އިދާރާ
13 އޮކްޓޯބަރ 2021 - 11:20
ރާއްޖޭގެ ގިނަ ރަށްތަކަށް ކުރިމަތިވެފައިވާ ރަށްގިރުމުގެ މައްސަަލައަށް ރަނގަޅު އަދި އަވަސް ހައްލެއް ނެތް ކަަމަށް ހައުސިން އަދި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރުންނާ ސުވާލުކުރުމުގެ ވަގުތުގައި މެމްބަރުން ކުރި ސުވާލުތަކަށް ޖަވާބުދެއްވަމުން އަސްލަމް ވިދާޅުވީ ގޮނޑުދޮށްތައް ހިމާޔަތްކުރުމަށް ތޮށިލުމަކީ ހައްލެއް ނޫން ކަމަށެވެ. ގިރަމުންދާ ސަރަހައްދެއްގައި ތޮއްޓެއް ލުން ފަދަ ފިޔަވަޅެއް އެޅީމާ އެ މަސައްކަތުގެ ސަބަބުން ނުކުންނަ ނަތީޖާ އަދި މާ ގޯސް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ރަށްރަށުގައި ބަނދަރު ހެދީމާ ރަށްރަށަށް ވާ ގޮތް އެބަ އެނގޭ. ބިން ހިއްކީމާ ވާ ގޮތް އެބައެނގޭ. ތޮއްޓެއް ލީމާ ދެެން އޮންނަތަން އެބަ ގިރާކަން އެބަ އެނގޭ،" އަސްލަމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގޮނޑުދޮށް ހިމާޔަތްކުރަން ކުރާ މަސައްކަތްްތަކުގެ ނަތީޖާ އެނގޭ ވަރަށް ރާއްޖޭގައި މިހާރު އެފަދަ މަސައްކަތްތައް ހިންގިއްޖެ ކަމަށާއި ނަމަވެސް ރާއްޖޭގައި ވިސްނުން ހުންނަނީ އެ ވަގުތަކު ބޭނުންވާ ކަމެއް އަވަހަށް ކުރާ ގޮތަށް ކަމަށެވެ. އޭގެ ސަބަބުން ފަހުން ވާނެ ގޮތަކާ މެދު ވިސްނުމެއް ރާއްޖޭގައި ނޯންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަސްލަމް ވިދާޅުވި ގޮތުގައި ގޮނޑުދޮށް ހިމާޔަތްކުރުމަށް ކުރާ މަސައްކަތުން ނުކުމެދާނެ ނަތީޖާތައް ދެނެގަތުމަށް ކުރަން ޖެހޭ ދިރާސާތައް ކުރުމުގައި ރާއްޖޭގެ ގާބިލުކަން ވަރަށް ކުޑަ އެވެ. އޮންނަ ހަމަ އެކަނި ކަމަކީ އެންވަޔަރްމެންޓަލް އިމްޕެކްޓް އެެސެސްމެންޓް ހެދުން ކަމަށާއި އެކަމަކު އެއީ ވެސް "ކަޓް ޕޭސްޓް" އުސޫލުން ކުރާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. ރާއްޖޭގެ ގޮނޑުދޮށްތައް ހިމާޔަތްކުރުމުގެ މަސައްކަތް، ދުނިޔޭގެ މޫސުމަށް އަަންނަ ބަދަލުތަކުގެ ސަބަބުން އިތުރަށް އުނދަގޫވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ބ.ދަރަވަންދޫގެ އަތިރިމަތި ގިރާލާފައި.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
"އަޅުގަނޑުމެންނެއް ފިިޒިކަލް މޮޑެލިން އެއް ނުހަދަން. ނިއުމެރިކަލް މޮޑެލިން އެއް ނުހަދަން. ދެން އަޅުގަނޑުމެންގެ އީއައިއޭ ޕްރޮސެސްއެއް އޮވޭ. ގިނަ ފަހަރަށް އެއީ ކަަޓްޕޭސްޓް އެއްޗެއް،" އޭނާ ވިދާޅުވި އެވެ.
ގޮނޑޮދޮށްތައް ހިމާޔަތްކުރުމަށް ޓަކައި ތޮށިލުމަކީ އެކަމަށް ވަރަށް ބޮޑު ހަރަދެއް ހިނގާ ކަމެއް ކަމަށާއި ރާއްޖޭގެ ހުރިހާ ރަށެއްގެ ގޮނޑުދޮށްތައް އެގޮތަށް ހިމާޔަތްކުރަން ހަ ބިލިޔަން ޑޮލަރަށް ވުރެ ގިނަ ފައިސާ ހަރަދުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަސްލަމް މިއަދު މަޖިލީހަށް ވަޑައިގެންނެވީ ކ. ދިއްފުށީގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަސައްކަތް އޮތް ހިސާބެއް ބައްލަވަން ތުލުސްދޫ ދާއިރާގެ މެމްބަރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވުމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒަވިޔަނި
13 October 2021
ރ. ކިނޮޅޮހުގެ ބަނދަރަށް އެރަށުގެ ތުޑީގެ ވެލިގަނޑުވަންތައް ރައްޔިތުންނަށް އެގުނީ އެކަމާ އެރަށުގެ ރައްޔިތުން އިހުތިޖާޖްކުރުމުން. ތިމިނިސްޓްރީން އެކަމާއި އަޅާނުލާ ތިލަމާލެ ބްރިޖާ އައްޑު އަތޮޅު ނުހިއްކިގެން އުޅުނީ. މިހާރު އެމް.ޓީ.ސީ.ސީ. ލައްވާ އެވެލިގަނޑު ތިނަގަނީ އެއްވެސް ދިރާސާއެއްް ބެލުމެއް ނެތި. ބީލަމުގެ އުސޫލުންވެސް ބޭރުން. ކުޑަމިނުން ތިމިނިސްޓްރީގެ އިންޖިނިައރަކުވެސް އެތަނަށް ނުގޮސް އެކްސްކަވޭރެއް އާޒިމު ފޮނުވައިގެން އެތަން ކޮނެނަގަނީ.
13އޮކްޓޯބަރު
13 October 2021
ހުރިހާ ސިޔާސީ މީހުން އެއްގަލަކަށް އަރާ އެއްބަސްވާންޖެހޭ މިފަދަ މައްސަލަތަކުގައި. ކޮންމެ 5 އަހަރަކުން އަރާ ބަޔަކު ރައްޔިތުންނަށް އޮޅުވާލުން ހުއްޓާލަންޖެހޭ. ހައްލަކީ އެއްފަސްކުރުން ކަމާ އެކަމަށް ސިޔާސީ ހުރިހާ ފިކުރުތަކުން އެއްބަސްވާގޮތަށް އަދި ވެރިކަން ބަދަލުވުމުން އެޕްލޭން ބަދަލުނުކުރެވޭނެ ގޮތަށް ދިގުމުއްދަތުގެ ޕްލޭނެއް އެކަމަށް ހަދަންޖެހޭ. މިގައުމުގެ ތަރައްގީގެ ކަންކަން ފަހަރަކު ކޮޅަކަށް ޖަހާ ބޯޅައަކަށް ހަދައިގެން ވަނީ ވަރަށް ބޮޑެތި ގެއްލުން
ސަސި
13 October 2021
ދަރިފުޅާ އަސްލަމު، އެކޮއި އަމިއްލައަށްް ވިސްނާލަފަ ބުނެބަލަ ތިޔަ މިނިސްޓްރީން، މިނިސްޓަރަކަށް އަސްލަމު ހުރެގެން އަވަހަށްވެސް ލަހުންވެސް ކަމަކަށް ގެނެވުނު ހައްލެއް.
ދޮންބީފާނު
13 October 2021
ކުރީ ސަރުކާރާހެދިތަ؟
ކޮލަމާހުއްޓާ
13 October 2021
ހައްލަކީ ބިން ބޮޑު ރައްތަކެއް ފާހަގަކޮއް އެރައްތަކުގައި ޕްލޭންތަކެއް ހަދައި އަބާދީ އެއްފަސް ކުރުން.. ކުދި ކުދި ކޮންމެ ރަށެއްގައި މީހުން އުޅެމުން އެރަށްތަށް ޙިމާޔަތްކުރަން އަދަބު އުޅެން ޖެހޭނީ..މުޅީ ރާއްޖޭގެ އާބާދީ 50 ވަރަކަށް ރަށަށް މަދުކުރަން މާސްޓަރ ޕްލޭނެއް ހަދަންވީ..
ބޮކިބެ
13 October 2021
އެމީހަކު ރަށް އެމީހަކު ސަލާމަތް ކުރާށޭ ބުނާ ބީދައިން ބުނުން ބޮޑު ގޯހެއް އެފަދަ ރަށްރަށުން ވާރު ޔައުނީ ޖީއެސްޓީ ދެއްކުން ހުއްޓާލާ
ސީޒަން ޖެކުހަން
13 October 2021
މީއެއްވެސްކަމެއް އަވަހަށްކުރާން އުޅޭމީހެއްނޫން. ވެރިމީހާވެސް އަބަދު އެހުންނަނީ ކޫލުމޯޑުގާ.
ތީ ހަލާކު
13 October 2021
ތި މީހާ ބޭރުކުރަން ފެނޭ