ދުނިޔެ / ކޮންޒާވެޓިވް ޕާޓީ

ވަޅިން ހަމަލާދީ އިނގިރޭސި ޕާލަމެންޓް މެންބަރަކު އަވަހާރަކޮށްލައިފި

ލަންޑަން (އޮކްޓޯބަރު 15) - އިނގިރޭސި ވިލާތުގެ ޕާލަމެންޓުގެ ކޮންޒަވެޓިވް މެންބަރެއް ކަމަށްވާ ސާ ޑޭވިޑް އަމެސް އަށް ވަޅިން ހަމަލާދީ އަވަހާރަކޮށްލައިފި އެވެ.

ފުލުހުން ބުނީ ސާޑޭވިޑް ނިސްބަތްވާ ދާއިރާގައި ދިން މި ހަމަލާއާ ގުޅިގެން 25 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ފައްޅި އަކުން ހައްޔަރު ކުރި އެ މީހާގެ އަތުން ވަޅިއެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ. އަދި މި ހާދިސާގައި އެހެން މީހަކަށް ޝައްކު ނުކުރާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ސައުތުއެންޑް ވެސްޓް ތަމްސީލް ކުރައްވާ ޑޭވިޑް އަވަހާރަކޮށްލާފައި ވަނީ ދާއިރާގެ މެންބަރުންނާ ވަކިވަކިން ބައްދަލުވުންތަކެއް ބާއްވަމުން ގެންދަވަނިކޮށެވެ.

ޑޭވިޑް، 69، ގެންދަވަނީ 1983 ވަނަ އަހަރުން ފެށިގެން ޕާލަމެންޓުގެ މެންބަރުކަން ކުރައްވަމުންނެވެ. އަދި މިހާރު ވެސް ކައިވެނި ބައްލަވައިގެން އުޅުއްވާ ޑޭވިޑަށް ފަސް ބޭފުޅުން ލިބިވަޑައިގެންފައިވެ އެވެ.

ޑޭވިޑަކީ ވޭތުވެދިޔަ ފަސް އަހަރު ތެރޭ އިނގިރޭސިވިލާތުގައި އަވަހާރަކޮށްލި ޕާލަމެންޓުގެ ދެ ވަނަ މެންބަރެވެ. ލޭބާ ޕާޓީގެ ޕާލަމެންޓުގެ މެންބަރެއް ކަމަށްވާ ޖޯ ކޮކްސް ވަނީ 2016 ވަނަ އަހަރު އަވަހާރަކޮށްލައިފަ އެވެ. ކޮކްސް ވެސް އަވަހާރަކޮށްލާފައި ވަނީ ދާއިރާގެ މެންބަރުންނާ ބައްދަލު ކުރައްވަނިކޮށެވެ.

އިނގިރޭސި އެމްޕީންނަށް ކޮން ކަހަލަ ސެކިއުރިޓީއެއް؟

އިނގިރޭސި ޕާލަމެންޓުގެ މެންބަރުން ޕާލަމެންޓުގައި ތިއްބަވާ އިރު ސްޕެޝަލިސްޓް އާމްޑް ޕޮލިސް ޑިޕާޓްމަންޓެއް ކަމަށްވާ ޕާލަމެންޓަރީ އެންޑް ޑިޕްލޮމެޓިކް ޕްރޮޓެކްޝަނުން ހިމާޔަތް ދެ އެވެ. ނަމަވެސް ގިނަ މެންބަރުން ދާއިރާތަކުގެ މެންބަރުންނާ ބައްދަލު ކުރަންދާއިރު ކްލޯޒް ޕްރޮޓެކްޝަން ސެކިއުރިޓީއެއް ނުގެންގުޅެ އެވެ. ދާއިރާތަކުގެ މެންބަރުންނާ ވަކިވަކިން ބައްދަލުކުރާއިރު ސެކިއުރިޓީއާ ގުޅޭ ގޮތުން ޕާލަމެންޓުން މެންބަރުންނަށް ލަފާދެ އެވެ. ސަލާމަތީ ގޮތުން މެންބަރުން އަޅާ ބައެއް ފިޔަވަޅުތަކަށް ޕާލަމެންޓުން ޚަރަދު ކުރެ އެވެ.

14 ކޮމެންޓް, 13 ރިއެކްޝަންސް

icon happy icon happy 8%
icon sad icon sad 54%
icon angry icon angry 15%
icon wow icon wow 0%
icon inlove icon inlove 23%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

38 އަހަރު ފަސާދަ

16 October 2021

38 ޔިއަރސް އިން ޕާލަމަންޓް؟ ވަރަށް ގަނޑު ގަނެފަ ހުންނާނެތާ؟ ވަރަށް ނުފޫޒުވެސް އޮންނާނެތާ؟

The name is already taken The name is available. Register?

ދެރަ

16 October 2021

މީޑިމޮކުރަސީގެންނަން އުޅޭ ގައުމުތަކުގެ ހާލަތު! އެލެކުސް ދެން އެގައުމަތް ދާނެކަމެއްނެތް! މިތާ މަޑުކުރޭ.

The name is already taken The name is available. Register?

ސޯ މާލި

16 October 2021

ޑިމޮކުރަސީ އައި ބީރަށްޓެހި ގައުމުތަކުން އިއުރަޕަށް ހިޖުރަކުރުން އެބަޖެހޭ ހުއްޓުވަން.

The name is already taken The name is available. Register?

މުންޑުބުރި

16 October 2021

ހާދަ ހަރުކަށިފިކުރުގެ މީހުން ގިނަ ގައުމެކޭ...

The name is already taken The name is available. Register?

ސޯމިލް

16 October 2021

ސޯމާލިއާ ފަދަ ގައުމުތަކުގެ ހަރުކަށި ފިކުރު މީހުންވެސް ބޭނުންވަނީ އިނގިރިސޭ ވިލާތުގެ އަރާމު ދިރިއުޅުން. އެކަމަކު އެމީހުންގެ ހަރުކަށި ސިކުނޑިތަކަށް ކެތެއް ނުކުރެވޭ މީހުންނަށް ހަމަލާ ނުދީ. މީގެން އިނގެނީ އިނގިރޭސިން ވަކި ބަޔަކު އެގައުމަށް ހިޖުރަކުރުން މަނާ ކުރަންވީކަން.

The name is already taken The name is available. Register?

ޏާއްކޮ

16 October 2021

ސޯމިލް - ރޭސިސްޓު ވިޔަސް ބޮޑުވަރު އިނގޭ. ފުރަތަމަ އިނގިރޭސިން ކައިރި ބުނެބަލަ ސޯމާލިޔާ ތަންތަނަށް ބޮން ނާޅަބަލާށޭ. އޭރަކުން އެތާ އުޅޭ މީހުން ހިޖުރައެއް ނުކުރާނެ.

The name is already taken The name is available. Register?

ހާމިދު ޝާހިދު

16 October 2021

ޑޭވިޑް އެމިސް އަކީ ރާއްޖެ އަށް ޑިމޮކްރަސީ ގެނައުމަށް ކުރި މަސައްކަތުގައި އިނގިރޭސި ޕާލިމެންޓް މެދުވެރިކޮށް ރާއްޖޭގެ މައްސަލ އެޖެންޑާކޮށް މިރޮނގުން ވަރަށް މަސައްކަތް ކޮށްދެއްވި ބޭފުޅެއް. ޑރ ޝަހީދާއި ރައީސް ނަޝީދު އާއެކުވެސް މަސައްކްތް ކިރެއްވި. މިއީޗރާއްޖެޢަށްވެސް ލިބުނު ވަރާށްބޮޑު ދެރައެއް.

The name is already taken The name is available. Register?

ކެނެޑީ

16 October 2021

އާނ ތިޔައީ ރާއްޖެއަށް ލިބުނު ވަރަށް ބޮޑުދެެރައަށް. ރާއްޖޭގެ ގިނަމީހުން ތިކަމާ މިއަދު އޮތީ ރޯން ގެއިންނުނިކުމެ

The name is already taken The name is available. Register?

ރާނޫމުންޑުލި

16 October 2021

މިހުންނަނީ ރާއްޖޭ ޓެރަރިޒަމޭ ކިޔާފަ ގޭސް އަނބުރާ ގައުމުގެ ހާލަތު.

The name is already taken The name is available. Register?

ސޯމަލި

16 October 2021

މި ހަމަލަ ދިނީ ސޯމާލިއާއިން އެގައުމަށް ހިޖުރަ ކުރި މީހެއް. ގެސް ހިސް ރިލިޖަން.

The name is already taken The name is available. Register?

ނޯނީޑް ޓް ގެސް

16 October 2021

މޯޓިވޭޝަން އަކީ ކޮބައިތޯ ބެލުން ރަނގަޅު........ ޕްރޮބެބްލީ އިޓްސް ޑާރޓީ ޕޮލިޓިކްސް ؟.........

The name is already taken The name is available. Register?

ކެނެޑީ

16 October 2021

އޭ ސޯމަލި ތިޔަގޮތަށް ރިލިޖަން ވާހަކަ އަދިނެތް ދެއްކޭކަށް ލަންކާގެ ބޮޑުބަލާ ހިޓްލަރު އިންޑިއާގެ އާރުއެސްއެސް ޔޫގޯސްލާވިއާގެ މިލޯސަވިޗް އިޒުރޭލުގެ ޒަޔަނިސްޓް މިޔަންމާގެ ބުދިސްޓުން ވައިޓް ސުޕްރިމަސީ އަދި އިހުޒަމާނުގެ ކްރިސްޓިއަން ޓްމްޕްލާސް މިއީ ހައްތަހާވެސް ފެނެޓިކުން. ފެނެޓިކުންނަކީ ކޮންމެ ދީނެއްގަ އަދި ކޮންމެ ފަލްސަފާއެއްގަވެސް އުޅޭ ބައެއް. ދީނަކީ އެބައިމީހުންގެ ޖަރީމާތައް ޖަސްޓިފައިކުރަން ގެންގުޅޭ ހަތިޔާރެއެއް. އެއީ ދީންތަކުގެ މައްސަލައެއްނޫން.

The name is already taken The name is available. Register?

ރާނޫމުންޑުލި

16 October 2021

އިނގިރޭސިވިލާތުގަ އަހަރަކު 24 ހާސް ކުދިންނަށް ގޯނާކޮށްގެން ރިޕޯޓުކުރާކަމަށްވޭ، އެވްރެޖްކޮށް ދުވާލަކު 2 މީހުން މަރާ، 170 ހާސް މީހުން ވީނުވީއެއްނޭނގި ގެއްލިގެން ރިޕޯޓުކުރޭ، އެއީ ހައްތާ ސޯމާލިއާމީހުންތަ. ޖެފްރީ އެޕްސްޓެއިން ކުޑަކުދިން ގޮވައިގެން އެނބުރި ގޭސްގަނޑުތެރޭ ރާނީގެ ދަރި އެބަ ހިމެނެއޭ އެއޮންނަނީ ދުނިޔޭގެ ނޫސްތަކުގެ ފަލަސުރުހީގަ.

The name is already taken The name is available. Register?

ރާނޫމުންޑުލީ

16 October 2021

ޓެރަރިޒަމަށް އެންމެ މަޝްހޫރު އައިއާރުއޭ އެއީ ސޯމާލިއާ ބައެއްތަ، މާގުރެޓު ތެޗާ މަރަން ބޮންގޮއްވީ ސޯމާލިއާމީހެއްތަ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454