20 އޮކްޓޯބަރ 2021 - 07:11
އެމެރިކާގެ މަޝްހޫރު ރެޕާ އަދި ބިލިއަނަރު ކަންޔޭ ވެސްޓް ނަން "ޔޭ" އަށް ބަދަލު ކުރަން ކޯޓަށް ހުށަހެޅި މައްސަލާގައި ހޯމަ ދުވަހު ގޮތެއް ނިންމައިފި އެވެ.
ލޮސް އެންޖެލިސްގެ ސުޕީރިއާ ކޯޓަށް އޮގަސްޓް މަހުގެ 24 ގައި ނަން ބަދަލުކުރަން ހުށަހެޅުމާ ގުޅިގެން އެ މައްސަލާގައި ކޯޓުން ނިންމީ ކަންޔޭ އެދުނު ގޮތަށް ނަން ބަދަލުކޮށް ދިނުމަށެވެ. އެގޮތުން ފަނޑިޔާރު މިޝެލް ވިލިއަމްސް ވިދާޅުވީ އަމިއްލަ ސަބަބުތަކަަށްޓަކައި ނަން ބަދަލުކުރަން ކަންޔޭ ހުށަހެޅި ހުށަހެޅުން ބަލައިގަންނަ ކަމަށާއި އޭނާ ބޭނުންވާ ގޮތަށް "ޔޭ" އަށް ނަން ބަދަލުކޮށްދޭ ކަމަށެވެ. އެ ނަމުގެ ކުރިއަށް އަދި ފަހަތަކަށް ވެސް އިތުރު އެއްވެސް ނަމެއް ނެތެވެ.
Kanye West Officially Changes His Name To “Ye,” With Judge’s Approval Today https://t.co/hIfEk4dADr
— Deadline Hollywood (@DEADLINE) October 18, 2021
އަމިއްލަ ސަބަބުތަކަކާ ހުރެ ނަން ބަދަލުކުރަން ކަންޔޭ ކޯޓަށް ހުށަހެޅި ނަމަވެސް އެއީ ސީދާ ކޮން ސަބަބުތަކެއް ކަމެއް ސާފެއް ނުވެ އެވެ. އެކަމަކު "ޔޭ" އަކީ އަބަދު ވެސް ކަންޔޭ އެ ނަމަކާ ވަރަށް ދޯޅު ނަމެކެވެ. އެ ނަމުގައި 2018 ގައި އޭނާ އަލްބަމެއް ވެސް ނެރުނެވެ. އަދި އޭނާގެ ޓްވިޓާގެ އެކައުންޓްގެ ނަމަކަށް ވެސް "ޔޭ" ބޭނުން ކުރާތާ ވެސް ދުވަސްތަކެއް ވެއްޖެ އެވެ،
މިލްކިއްޔާތު 1.8 ބިލިއަން ޑޮލަރަށް އަރާ ކަންޔޭ ކުރިން ބުނެފައިވާ ގޮތުގައި ކަންޔޭ ވެސްޓް ކިޔުމުގެ ކުރިން ވެސް އޭނާ އަކީ "ޔޭ" އެވެ
މިދިޔަ އަހަރު ބޭއްވި އެމެރިކާގެ ރިޔާސީ އިންތިހާބުގައި ވެސް ވާދަކުރި ކަންޔޭ، 44، ގެ ނަން ބަދަލުކުރި އިރު، އޭނާގެ ގާތުން ވަރިވާން އަންހެނުން ކިމް ކާޑޭޝަން އޮތީ ފެބްރުއަރީ މަހު ކޯޓަށް ހުށަހަޅައިފަ އެވެ. އެ ކައިވެންޏަށް ހަތަރު ދަރިން އެބަތިއްބެވެ. އެއީ ނޯތު ވެސްޓް 7، ސެއިންޓް ވެސްޓް، 5، ޝިކާގޯ ވެސްޓް، 3، އަދި ޒަލްމް ވެސްޓް، 2، އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy