ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުން ބައިވެރިވެވަަޑައިގަންނަވަނީ. ސިވިލް ސާވިސްގެ ޕާފޯމެންސް އޮޑިޓެއް ހަދަން އެދެން މަޖިލީހުން މިއަދު ފާސްކުރި. ފޮޓޯ: ރައްޔިތުންގެ މަޖިލީހުގެ އިދާރާ
20 އޮކްޓޯބަރ 2021 - 18:54
ސިވިލް ސާވިސްގެ ޕާފޯމެންސް އޮޑިޓެއް ހަދަން އޮޑިޓާ ޖެނެރަލްގެ އޮފީހުގައި އެދެން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ސިވިލް ސާވިސްގެ ޕާފޯމެންސް އޮޑިޓެއް ހަދަން މަޖިލީހުން އެދެން ފާސްކުރީ، އޮޑިޓާ ޖެނެރަލްގެ އޮފީހުން އަންނަ އަހަރަށް ލަފާކުރާ ބަޖެޓް ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓް މަޖިލީހުން މިއަދު ފާސްކުރި އިރު އެ ރިޕޯޓް ގަ އެވެ. އޮޑިޓް އޮފީހުން އަންނަ އަހަރަށް ލަފާކުރި ބަޖެޓް މަޖިލީހުގެ މާލިއްޔަތު ކޮމިޓިން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓަށް އެ އިސްލާހު ހުށަހުޅުއްވީ ހުޅުދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އިލްޔާސް ލަބީބެވެ.
އޭނާ ހުށަހެޅުއްވި އިސްލާހުގައި އޮތީ "ސިވިލް ސާވިސް ގައި މުވައްޒަފުންގެ ޕާފޯމެންސް އޮޑިޓެއް ހެދުމުގެ މަސައްކަތް، 2022 ވަނަ އަހަރުގެ އޮޑިޓާ ޖެނެރަލްގެ އޮފީހުގެ ވޯކް ޕްލޭންގައި ހިމަނައި، އެ މަސައްކަތްތައް ފެއްޓުމަށް" އޮޑިޓާ ޖެނެރަލްގެ އޮފީހުގައި ދެންނެވުމަށެވެ. އެ އިސްލާހަށް ތާއީދުކުރެއްވީ ދާންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ޔައުގޫބް އަބްދުﷲ އެވެ.
އިލްޔާސް ހުށަހެޅުއްވި އިސްލާހު ފާސްކުރީ ވޯޓްގައި ބައިވެރިވެވެވަޑައިގެންނެވި 49 މެމްބަރުންގެ އިއްތިފާގުންނެވެ. އެ އިސްލާހާއި އެކު މާލިއްޔަތު ކޮމިޓީގެ ރިޕޯޓް ވެސް ފާސްކުރީ 49 މެމްބަރުންގެ އިއްތިފާގުންނެވެ.
ސިވިލް ސާވިސް މުވައްޒަފުުންގެ ޕާފޯމެންސް އޮޑިޓެއް ހެދުމަކީ މެމްބަރުން އެދިވަޑައިގަންނަވާ ކަމެއް ކަމަށާއި، ބަޖެޓް ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓުގައި ހުށަހެޅުމެއްގެ ގޮތުގައި އެކަން ހިމެނިދާނެ ކަަމަށް މިއަދުގެ ޖަލްސާގައި ފުރަތަމަ ވިދާޅުވީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.
"ޕާފޯމެންސް އޮޑިޓެއް، ސަރުކާރު މުވައްޒަފުންގެ، ކޮންމެ އަހަރަކު ނުހެއްދެވުނު ނަމަވެސް ވީ މިންވަރަކުން ހައްދަވަމުން ގެންދެވުމަކީ ވަރަށް މުހިއްމު ކަމެއްގެ ގޮތުގައި މެމްބަރުން ފާހަގަކުރައްވާ،" އެމަނިކުފާނު ވިދާޅުވިި އެވެ.
އޮޑިޓާ ޖެނެރަލްގެ އޮފީހަށް އަންނަ އަހަރަށް ލަފާކުުރާ ބަޖެޓް އެ އޮފީހުން މަޖިލީހަށް ހުށަހެޅި އިރު އެދިފައި އޮތީ 118.7 މިލިޔަން ރުފިޔާގެ ބަޖެޓަކަށެވެ. އެކަމަކު މަޖިލީހުން ފާސްކުރީ އެ ބަޖެޓް 90.3 މިލިޔަން ރުފިޔާއަށް ކުޑަކޮށްގެންނެވެ. އިލްޔާސް ހުށަހެޅުއްވި އިސްލާހުގައިވާ މަސައްކަތަށް ވަކި އަދަދެއްގެ ފައިސާ، ބަޖެޓްގައި ހިމަނައިފައެއް ނުވެ އެވެ.
މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މީގެކުރިން ވެސް އެދުނު ގިނަ އޮޑިޓްތައް އޮޑިޓާ ޖެނެރަލްގެ އޮފީހުން ވަނީ ވަރަށް އަަވަހަށް ނިންމައިފަ އެވެ. އެ އޮފީހުން އަންނަ އަހަރަށް ލަފާކޮށްފައިވާ ބަޖެޓް ދިރާސާކޮށް ކޮމިޓީން އެކުލަވައިލި ރިޕޯޓަށް މިއަދުގެ ޖަލްސާގައި ކުރި ބަހުސްގައި ބައެއް މެމްބަރުން އޮޑިޓާ ޖެނެރަލް އަށް ޝުކުރު އަދާކުރެއްވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހޫމް
22 October 2021
އެބަ ރަނގަޅުވޭ، 100 އަކުން ކިހާ ވަރެއް ނުކުންނާނެބާ. ކާކުބާ 100% ދެނީ މަސައްކަތަށް ތިތަންތާ
ފައުހާ
21 October 2021
އޮޑިޓެއް ހަދާފަ ފޮނުވިޔަސް ވާނުވާ އިނގޭނީ ތިތަނުން ދެތިން މީހަކަށް
ޅަގުއްތު
20 October 2021
މަޖިލިސް މެމްބަރުން ނުކުމެ އޮފީސްތައް ހިންގީމަ ވީނު...އެމްޑީޕީ ނުފޮރުއްޕާން ކޮންމެ ދައުރެެއްގަ އަންނާނެ
އެއޮޑިޓް
21 October 2021
އޮޑިޓެއްކުރާ ވާހަކަ ބުނީމަ ބިރުގަތީތަ. ތަންތަނުގެ ހާލަތު ބަލައި އޮޑިޓްކުރުމުން ދެންވެސް ރަނގަޅުކުރަން އިނގެނީ.
ހާމަ333
20 October 2021
ފުރަތަމަ ނުހައްގުވާވަރުގެ ބޮޑުމުސާރަ ނަގައިގެންތިބޭ ސިޔާސީ މަގާމުތަކުގެ ޕާފޯމަންސް އޮޑިޓެއް ހަދަން މަށަށް ފެންނަނީ...ރައްޔިތުން ހޮވާފަ ވެރިންނަށް ލީމާ ދެން ކަންކަން ނުވެ އެންމެ ފަހުން ކުޑަކުޑަ އުޖޫރަލިބޭ އާދައިގެ ސިވިލްސާވިސް މުވައްޒަފު ބޮލަށް ހުރިހާ ކަމެއް ކަނޑާލުން އެއީ ބަލައިގަނެވޭނެ ކަމެއްނޫން...ވެރިން ކުރުވީމަ މުވައްޒަފުން ކުރާނެ...ހިންގަން ނޭގި ތެޅިތެޅި ތިބެ އެމްޑީޕީގެ ސަރުކާރު ކޮންމެ ފަހަރަކު ނިމެނީ...
އެނދިމަރިޔަނބު
20 October 2021
ރައްޔިތުން ނުކުމެ މަޖްލިސް ސައިޒް ކުރަން ވެއްޖެހެން ހީވަނީ.
ޝަރޫ
20 October 2021
ސިވިލް ސާރވިސް އަކީ މުޅިން ސިޔާސީވެފައޮތްތަނެއް! އޮވާލާ
ބައި
20 October 2021
ސިވިލްސާވިސް އުވާލަބަލަ. ދެން ތި މަޖުލީހުގައި ތިބި ބަޔަކު ބޭނުންވާ ބަޔަކު ލައްވައި މަސައްކަތް ކުރުވަބަލަ. ކިހާބޮޑު ނުހޮރުއްޕާނެއް މިއީ.
ކިންގް އޮފް މަހަލްދީބް
20 October 2021
ފުރަތަމަ ތިހެން ބުނާމީހުން އޮޑިޓްކޮއްބަ
ހިބިރިންބެއްޔާގެ ޅަތުއްތު
20 October 2021
އޮޑިޓެއްހަދައިފިއްޔާ ޓުރާންސްޕޯޓުވާނެ އެންމެކަޑަ އެއްތަނަށް.
މުންޑުބުރި
20 October 2021
ބޭކާރު އިދާރާއެއް. ސިވިލް ސަރވިސްގެ ކަމެއް ބެލެހެއްޓެނީއެއް ނޫން. މުޅި ތަނުގައި މާވަރުގަދަ ޑީޖީއެއްގެ ހަތަރެސްފައި ހިއްޕާފައި އޮންނަ ތަނެއް.