ކ. ގުރައިދޫ ފަޅުގައި ތަރައްގީ ކުރާ ޕިކްނިކް އައިލެެންޑް-- ފޮޓޯ: އެމްޓީސީސީ
22 އޮކްޓޯބަރ 2021 - 11:30
ކ. ގުރައިދޫ ފަޅުގައި ތަރައްގީކުރާ ޕިކްނިކް އައިލެންޑަށް ބޭނުންވާ ބިން ހިއްކައި ނިންމާލައިފި އެވެ.
އެ މަޝްރޫއު ހަވާލު ކޮށްފައިވާ އެމްޓީސީސީން ބިން ހިއްކުމުގެ މަސައްކަތް ނިންމައިލީ މިދިޔަ ސެޕްޓެމްބަރު މަހު އެވެ.
ޕިކްނިކް އައިލެންޑަށް ބޭނުންވާ ބިން ހިއްކަން 13.4 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާއިރު، 1.7 ހެކްޓަރުގެ ބިން ހިއްކައި ބޮޑުހިލައިގެ ރިވެޓްމަންޓާއި ގްރޮއިން ޖެހުމުގެ މަސައްކަތް ވެސް ވަނީ ނިންމާލައިފަ އެވެ.
ގުރައިދޫ ބިން ހިއްކި ސަރަހައްދު-- ފޮޓޯ: އެމްޓީސީސީ
ޕިކްނިކް އައިލެންޑުގެ އިތުރުން އެމްޓީސީސީން ވަނީ ގުރައިދޫގެ ބިން ހިއްކުމުގެ މަސައްކަތް ވެސް މިދިޔަ މަހު ނިންމާލައިފަ އެވެ. އެއީ އެ ރަށުގެ 15 ހެކްޓަރުގެ ބިމާއި ބޮޑު ހިލައިގެ ރިވެޓްމަންޓް ޖެހުމެވެ.
ގުރައިދޫ ބިން ހިއްކުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލު ކޮށްފައިވަނީ 85.04 މިލިއަން ރުފިޔާއަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަކުނިބޯ
24 October 2021
ޢަކަފޫޓެއް -/73ރ މިއީ ރާއްޖޭގެ ރިކޯޑްއަގެއް އަގުބޮޑުކަމުގެ ގޮތުން
ޙިނި
22 October 2021
ހާދަ ރީއްޗޭ ތިޑިޒައިން، އަދި ފުރިހަމަވާނެ އެފެންނަ ކަޅު ބޮޑުހިލަ ތަކުގަ ހުދު ދަވާދު ލާފަ ބީޗް އާ އެއުލަ ކޮއްލީމަ.
ކުޗީ
22 October 2021
ގުރައިދޫ ، މާފުށި ، ދިއްފުށި ، .... މިހުރިހާ ރަށެއްގެ މީހުންނަށް ގޯތި ލިބޭ އަދި މާލޭ ސަރަހައްދުގައި އަޅާ ކޮތަރުކޮށިތަކުން ކޮށި ވެސް ލިބޭ. ރަށުގަ ގެސްޓް ހައުސް އަޅާފަ އައިސް މާލޭގަ އުޅެފަ ވީކެންޑަށް ޗުއްޓީ އަށް ރަށަށް.
ގުދުގުދާބެއްޔާ
22 October 2021
ތިޔަ ވިދާޅުވީ އަސްލު ގަޤީގަތެއް! މިރަށްރަށުން ގޯތި ހޯދާ ގެސްޓްހައުސް އަޅާފައި މާލެއައިސް ހިޔާފުލެޓް ހޯދައިގެން އެތިބީ! މާލޭ ރައްޔިތުން އެތިބީ ކާފަގެގެ އަށްބަޔަށް އެއަށްބައި އަނެއްކާވެސް ބައްޕަގެ ބައި 6 ބަޔަށްބަހާ ކުޑަގޮޅިއެއްގައި! މިފަހަރު ފިސާރި ރީތިކޮއް އެމްޑީޕީ ވެރިކަމަށް ހޮވައިދޭނަން! 2023 ވަނަ އަހަރު އިބޫ މެންތިބެންޖެހޭނީ ޔާމީނު އޮތްގޮތައް ގޮޅިއެއްގަ! ވަރަށްބައިވަރު އެމްޑީޕީ ބޮޑުން ދާނެ ޖަލަށް!
ހަސަންކަލޯ - އައްޑޫސިޓީ
23 October 2021
ގުދުގުދާބެއްޔާ ބުތަންތަ ވާހަކައެއް. ނިއުޒީލެންޑުން ލަންޑަނުން ސިންގަޕޫރު އަދި އޮސްޓްރޭލިއާ އަށް ދަތުރު ކުރާ ދިވެހިންނަށް އިގޭނެ ކ.އަތޮޅު މާލޭ މީހުނަށް ލިބުނު ފުލެޓް ތައް ރާއްޖެތެރޭ މީހަކަށް ކުއްޔަށްދީފައި ލިބޭ ލާރިގަނޑަށް މާލޭ މީހުން ދިރިއުޅެނީ މިތަންތަނުގައިކަން. ދެން ކޮން ބޭކާރު ވާހަކައެއް ތިދައްކަނީ.