މާފުށި ހިއްކި ސަރަހައްދުގެ ގޮނޑުދޮށް ހިމާޔަތްކޮށް ނިންމާފައި. އެރަށަށް ބޭނުންވާ 25 ހެކްޓަރުގެ ބިން ހިއްކާފައިވޭ--ފޮޓޯ:އެމްޓީސީސީ
24 އޮކްޓޯބަރ 2021 - 11:17
ކ. މާފުށީގެ އަލަށް ހިއްކި ސަރަހައްދުގެ ގޮނޑުދޮށް ހިމާޔަތްކުރުމަށް ތޮށިލައި، ނިންމާލައިފި އެވެ.
އެމްޓީސީސީން ބުނީ މި މަސައްކަތް ނިމުނީ މިދިޔަ މަހުގެ ތެރޭގައި ކަމަށެވެ. ގޮނޑުދޮށް ހިމާޔަތްކުރަން ރިވެޓްމެންޓް ޖަހައި، ނިންމާލި އިރު އެ ރަށަށް ބޭނުންވާ 25 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް މިދިޔަ ޖޫން މަހު އެމްޓީސީސީން ވަނީ ނިންމައިފަ އެވެ.
މިދިޔަ އަހަރުގެ އޮގަސްޓް މަހު މަސައްކަތް ފެށި މި ޕްރޮޖެކްޓަށް 118 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. މި ބިމަކީ މާފުއްޓަށް ދިމާވެފައިވާ ބިމުގެ ދަތިކަން ހައްލު ކުރުމަށް ހިއްކާފައިވާ ބިމެކެވެ. މާފުއްޓަކީ ލޯކަލް ޓޫރިޒަމް އެންމެ ފުޅާ ދާއިރާއެއްގައި ކުރިއަރަމުން އަންނަ ރަށަށް ވާއިރު އަލަށް ހިއްކި ބައިން ވިޔަފާރިތަކަށް ބިން ދޫކުރުމަށް ވަނީ ނިންމައިފަ އެވެ.
ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތުގެ ދަށުން 1،100 މީޓަރުގެ ސަރަހައްދެއްގައި ބޮޑު ހިލައިގެ ރިވެޓްމެންޓް ޖަހާފައިވެ އެވެ.
މާފުށީގެ ބިން ހިއްކާފައިވަނީ އާންމު ގޮތެއްގައި ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގެ ބިން ހިއްކާ ގޮތާ ތަފާތުކޮށެވެ. އެ ރަށުގެ ބިން ހިއްކީ ރަށުގެ ވަށައިގެން އޮންނަ ގޮނޑުދޮށް ސަރަހައްދު އެއްކޮށް ނުގެންލޭނެ އެހން ވަކިން އޮންނަ ބިމެއްގެ ގޮތުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮރަލް
24 October 2021
ރަށްރަށުން ގޯތި ހޯދަން ފޯމް ލާއިރު މާލޭ ގެ އާއްމު މީހުން ކުރި މަތި ލީމަ ޝަރުތު ހަމަ ނުވެގެން ގޯތި ނުލިބޭ މައްސަލަ ބަލާލަ ދީ ބަލާށެވެ. އެކަމަު މާލޭ ވެރީން ނާއި ސިޔާސީ މީހުންނަށް ބޮޑެތި ބިން ރަށްރަށުން ދީފަ އެބަ ހުއްޓެވެ.
ޝޯމޭން
24 October 2021
މާފުށީގަ ހިއްކާފަ އޮތް ބިމުން ރާއްޖޭގެ އެހެން ރަށްރަށުގެ ރައްޔިތުންނަށް ދޭންބުނީމަ މާފުށީރައްޔިތުން ނުކުމެ ބޮޑާހާކާލާ އިރަށް އެކަން އެމީހުންބޭނުންވާގޮތައް ނިމޭ އުސޫލު މާލޭސަރަހައްދުން ހިއްކާފަޅުތަކުން މާލޭ ރައްޔިތުން ގޯތިގެދޮރު ދޭންބުނީމަ ނޯންނަނީ ކީއްވެތަ؟ ބަލަ ކޮންމެސްތާކުން އަހަރުމެންނަށްވެސް ދީބަލަ. މިތަނުންވެސް އަހަރުމެންނަކަށް ނުލިބޭ. ރަށަކުންވެސް ނުލިބޭ. ދެން ކަނޑުފައްތަންވީނު އަހަރުމެން.