ފިނޭންސް މިނިސްޓަރު ޒަމީރު ވެސް ވިދާޅުވެފައި ވަނީ، ދިވެހިން ހައްޖަށް ފޮނުވުމަށް އުފައްދާފައިވާ ކުންފުނިން ގެސްޓް ހައުސް ހިންގުން ފަދަ ވިޔަފާރިތަކަށް ވަނުމުގެ ނަތީޖާ ރަނގަޅު ނުވާނެ ކަމަށް.
މީގެ ކުރިން ބޭއްވި ރަސްމިއްޔާތެއްގައި އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް ވާހަކަދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
07 އޯގަސްޓް 2025 - 14:19
ހައްޖު ކޯޕަރޭޝަނުން ޓޫރިޒަމް ވިޔަފާރިއަށް ވަންނަން އެއްވެސް ގޮތަކަށް ތާއީދު ނުކުރައްވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
އޭނާ އެހެން ވިދާޅުވީ، ރާއްޖެ އިން މީހުން ހައްޖަށް ފޮނުވުމަށް އުފައްދާފައިވާ ސަރުކާރުގެ ކުންފުނިން ސަރުކާރަށް ފައިދާވާނެ ގޮތް ހެދުމަށް ކަމަށް ބުނެ ހަލާލު ޓޫރިޒަމަށް ވަކި ކުންފުންޏެއް އުފައްދައި މާފުށީގައި ހޮޓަލެއް އަޅައިދޭނެ ބަޔަކު ހޯދަން އިއުލާން ކުރުމާ ގުޅިގެންނެވެ.
އެކަމާ ގުޅިގެން މިނިސްޓަރު "މިހާރު" އަށް ވިދާޅުވީ ހައްޖު ކޯޕަރޭޝަނުން ސިޓީ ހޮޓަލެއް އިމާރާތްކޮށް، ޓޫރިޒަމްގެ ވިޔަފާރި އަށް ވަނުމާ އޭނާ ކަނޑައެޅިގެން ދެކޮޅު ކަމަށެވެ. އެކަމުގައި ކޯޕަރޭޝަނުން މިނިސްޓްރީއާ އެއްވެސް މަޝްވަރާއެއް ކޮށްފައި ނުވާ ކަމަށް ޝަހީމް ވިދާޅުވި އެވެ.
ހައްޖުގެ ކަންކަމަށް މީގެ 12 އަހަރު ކުރިން ހާއްސަ ކުންފުންޏެއް އުފެއްދީ ވެސް އިސްލާމިކް މިނިސްޓަރަކަށް ޝަހީމް ހުންނެވި ދުވަސްވަރުގަ އެވެ. އެއީ، ހައްޖަށް ގެންދާނެ ކަމަށް ބުނެ އެތައް ބައެއްގެ އަތުން ފައިސާ ނެގުމަށް ފަހު ލަނޑުދިން މައްސަލަތަކެއް ފެންމަތިވުމުންނެވެ.
ޝަހީމް ވިދާޅުވި ގޮތުގައި ރިސްކު ބޮޑު ކަންކަމުގެ ތެރެއަށް ހައްޖު ކޯޕަރޭޝަނުން ނުވަދެ، އެ ފަންޑު މެނޭޖު ކުރެވޭނެ ގޮތްތައް ހުންނާނެ ކަމަށެވެ.
"އަޅުގަނޑާ ސަރުކާރުން ހައްޖު ކޯޕަރޭޝަން ހަވާލުކޮށްފައި އޮންނަނީ. މަޖިލީހަށާއި ވަޒީރުންގެ މަޖިލީހަށް ވެސް ޖަވާބުދާރީވާ ގޮތަށް އޮންނަނީ އަޅުގަނޑު. ނަމަވެސް، ތި ކަންކަމާ އެއްވެސް މަޝްވަރާއެއް އަޅުގަނޑާ ކޮށްފައެއް ނުވޭ. ތިކަން ދާ ގޮތެއް ތިކަމުގެ ފީސިބިލިޓީއެއް އަޅުގަނޑު ނުދެކެން،" ޝަހީމް ވިދާޅުވި އެވެ.
ހައްޖު ކޯޕަރޭޝަނުން އިއްޔެ ބުނީ ހޮޓާ އަޅާނީ "މާފުށީ އިސްލާމިކް ޓޫރިޒަމް ޕްރައިވެޓް ލިމިޓެޑް" (އެމްއައިޓީ) ގެ ޕްރޮޖެކްޓެއްގެ ގޮތުގައި ކަމަށެވެ. އެމްއައިޓީއަކީ ހައްޖު ކޯޕަރޭޝަންގެ ސަބްސިޑަރީ ކުންފުންޏެކެވެ.
ބިޒްނަސް ޕޯޓަލްއިން ދައްކާ ގޮތުގައި މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ރަޖިސްޓަރީ ކުރި ކުންފުނީގެ މެނޭޖިން ޑިރެކްޓަކީ، ހައްޖު ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ވެސް ހުންނެވި މުހައްމަދު ޝިހާބެވެ. އެމްއައިޓީގެ ޑިރެކްޓަރުންގެ ގޮތުގައި ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލާއި ހައްޖު ކުންފުނީގެ އެހެން ބައެއް އިސްވެރިން ހިމެނިވަޑައިގަންނަވަ އެވެ.
މާފުށީގައި ހޮޓަލެއް އަޅައިދޭނެ ބަޔަކު ހޯދަން އިއުލާނުކުރިއިރު، ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވަނީ، ދިވެހިން ހައްޖަށް ފޮނުވުމަށް އުފައްދާފައިވާ ކުންފުނިން ގެސްޓް ހައުސް ހިންގުން ފަދަ ވިޔަފާރިތަކަށް ވަނުމުގެ ނަތީޖާ ރަނގަޅު ނުވާނެ ކަމަށް ވިދާޅުވެފަ އެވެ.
ނަމަވެސް، ޝަކީލް ވިދާޅުވީ ކޮންމެ ހައްޖުވެރިއަކަށް ލައްކައެއްހާ ރުފިޔާ ހަރަދުވާ ކަމަށެވެ. އެކަމަކު، އެ ހިދުމަތް ދިނުމަށް މި ވަގުތު އާއްމުންގެ އަތުން 69،000ރ. ނަގާތީ ބާކީ ހުރިހާ ކަމަކަށް ކުންފުނީގެ ބަޖެޓުން އިތުރަށް 30 މިލިއަން ރުފިޔާ ހަރަދުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެހެންވެ، ފައިދާވާ ކުންފުންޏަކަށް ހެދުމަށްޓަކައި ހައްޖު ކޯޕަރޭޝަނުން ވަނީ އާއްމުންނަށް ގަނެވޭ ގޮތަށް ހައުސިން މަޝްރޫއެއް ފަށަން ނިންމައިފަ އެވެ. އެ އިމާރާތުގެ ޑިޒައިންގެ މަސައްކަތްތައް ކުރަން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ވަނީ ސަރުކާރުގެ އެފްޑީސީއާ ވެސް ހަވާލުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝަކީލުގެހަފީޒާ
08 August 2025
މޮޅެއްނު ވާހަކަ! ހުރިހާ ހައްޖު ކޯޓަތައް ކަޅާކޮށްލާފަ މިބުނަނީ، ހައްޖަކުން ފައިދާއެއް ނުވެޔޭ! ބަލަގަ ޝަކީލަށް ވާނުވާ އެނގޭތަ! ހައްޖު ކޯޕަރޭޝަން އުފެއްދީކީ އަންބޮނޑި ބަނދެ މުއްްސްނދިވާކަށް ނޫނޭ! ހެޔޮ އަގުގަ ހައްޖާއި ޢުމްރާއަށް މީހުން ގެންދަން.. މީގެ ކުރިންވެސް ހައްޖަކީ މާބޮޑު ފައިދާއަކަށް ކުރަ ކަމެއް ނޫން، ހައްޖުގައި ލިބޭ ގެއްލުން ފޫބައްދަނީ ޢުމްރާގެ ދަތުރުތަކުން. މިހާރު ކޮޕަރޭޝަނަކީ އެންމެ އަގުބޮޑު އުމްރާ ކުންފުނި، ގެއްލުންވާންޖެހޭ ސަބަބެއް ނެތް
ތުއްތުބޭބެ
08 August 2025
ޝަހީމަށް އެނގިވަޑައިނުގެން ހިގާކަށްވާނަމަ އެނގިވަޑައިގަތުމުން ހުއްޱިވަންޖެހޭނެ
ށަހީމު
08 August 2025
ށަކީލް ގެ ބެލެނިވެރިއަކީ ސަހީމު ވިމާ އަހާނުލާ ތިކަން ނުވާނެ
ސަލިމް
08 August 2025
އަނެއް ޕޮލްކޯ އާއި ސިފްކޯ. ކޯކޯ ހެދުން ހުއްޓުވަންޖެހޭ. ދައުލަތަށް ވަރަށް ގެއްލުން ބޮޑުކަމެއް.
ކަނބިލި
08 August 2025
ބަލަ ސިޔާސަތުތައް ނިންމަނީ ވެސް ހައްޖު ކޯޕަރޭޝަނުންތައް؟ އިސްލާމިކް މިނިސްޓްރީގެ ދައުރެއް ނެތީތޯ ސިޔާސަތުތައް ކަނޑައެޅުމުގައި. ދޯދިޔާކޮށް ހުރި ކަންކަމުގެ ތެރެއިން ދާކަމެއް ދޯ
އަލްއުސްތާޒް
08 August 2025
ޙައްޖު ކޯޕަރޭޝަނުން ގެއްލުންވާ ވާހަކަ ޝަކީލު ދެއްކެވީ. ޢެގެއްލުން ފޫބެއްދިދާނެގޮތް. ހައްޖު ކޯޕަރޭޝަނުން ގެއްލުމުގަ ހިންގަންޔާ އެފައިސާ އެހެން މީހުން ދައްކާފައިވާ ފައިސާއިން އުނިކޮށް، ޕިރަމިޑް ސްކީމަކަށް ބަދަލުވަމުންގޮސް، ،ސަރުލާރު ބަޖެޓުން ހަރަދުކުރަންޖެހުމަކީ ފެންނައޮތް މަންޒަރެއްކަން އެނގޭތީ، ޝަކީލުމެންފަދަ ބިޒުނަސް ދަންނަ މީހުން ކުންފުނި ސަލާމަތްކުރުމަށް ކުރާ މަސައްކަތައް ސާބަސް. އިސްލާމީ މިނިސްޓަރާ ރިޕޯޓްކުރަންޖެހޭ ކުންފުންޔެއް ނުހުންނާނެ.
ގާތްގަނޑަކަށް މުޅި ރާއްޖެ ބައިވެރިވާނެ.
08 August 2025
ޖެމްކިއުގެ އިސްލާމިކް ވާޝަނެއް ހިންގަންވީނުންތޯ، ފަހު ޒަމާންވީމަ ހުއްދަކޮށްލަން އެހާ އުނދަގުލެއްވެސް ނުވާނެ ދެއްތޮ.
މަމޮޅު
07 August 2025
ވިޔަފާރީގެ ވިސްނުމުން ބަލާއިރު ތިއީ ހަމަރަގަޅު ކަމެއް. ޓުއަރިޒަމަކީ ހަލާލު ވިޔަފާރިއެއް މާފުށީގަ ރަލާ އޫރުމަހެއް ނުވިއްކާ. ދެން ޝަހީމް ތިކަމާ ދެކޮޅު ހަދަންޖެހޭ ސަބަބެއްނެތް.
އެބަވޭ
07 August 2025
މާ އެބަ ކަންބޮޑުވޭ ތިޔަ ކުންފުންޏަކަށް ކިޔާ ނަމަކާ ހެދި. މާފުށީގައި ދެން ތިބީ މުސްލިމް ނޫން ބަޔަކު ހިންގާ ވިޔަފާރިތަކެއްތަ؟ އެތަނުގަ ހިންގާ އެހެން ގެސްޓްހައުސް ވިޔަފާރިތައް ވަނީ ދީނުން ބޭރުވެފަތަ؟ ރަސްމީކޮށް އަންގާލީމަ މިގައުމުގަ ދެން ތިބި ރަށްތަކުގެ މީހުންނަށް އެނގޭނީ. އިސްލާމިކޭ ކިޔައިގެން ދީނާ ބީރައްޓެހި ކޮންމެ ކަމެއް ދީނުގެ ތަރަހައިގެ ތެރެއަށް ވައްދަން އުޅުން ހުއްޓާލަންޖެހޭ. މާދަމާ އިސްލާމިކް ޔޯގާއޭ ކިޔާފަ އެންމެން އިރުއަރާތަނަށް ގޮސްދާނެ
ކުޑަކުޑަ
07 August 2025
އޭރުން ސަރުކާރު ހަރަދުގައި ދާ މޯހުންގެ ނަމުގައި ބަޖެޓުން ކަނޑައަޅާބައި ކުޑަވެ ޖީބަށް ވާންނަ ބައި ކުޑަވާނެއެއްނު