ވިޔަފާރި / މޯލްޑިވްސް ހައްޖު ކޯޕަރޭޝަން

މާފުށީގައި ހޮޓަލެއް އަޅައިދޭނެ ބަޔަކު ހޯދަން ހައްޖު ކޯޕަރޭޝަނުން އިއުލާނުކޮށްފި

މާފުށީގެ މަތިން ނަގާފައިވާ ފޮޓޯއެއް: ހައްޖު ކޯޕަރޭޝަންގެ ސިޓީ ހޮޓާ މި ރަށުގައި އިމާރާތް ކޮށްދޭން ބޭނުންފާ ފަރާތްތަކުން ރަޖިސްޓަރީ ވާން މިހާރު ވަނީ ހުޅުވާލާފައި.---ފޮޓޯ: މިހާރު

ކ. މާފުށީގައި ސިޓީ ހޮޓަލެއް އަޅައިދޭނެ ބަޔަކު ހޯދަން ހައްޖު ކޯޕަރޭޝަނުން މިއަދު އިއުލާންކޮށްފި އެވެ.

އެ އިއުލާނުގައި ވަނީ ރާއްޖޭގައި އެންމެ ފުޅާދާއިރާގައި ގެސްޓް ހައުސްގެ ވިޔަފާރިކުރާ ރަށުގައި އަމިއްލަ ހަރަދުގައި ހޮޓަލެއް އެޅުމަށް ޝައުގުވެރިވާ ރާއްޖެ އަދި ބޭރުގެ ކުންފުނިތަކުން އަންނަ ހަފުތާގެ ބުދަ ދުވަހުގެ ކުރިން ހައްޖު ކޯޕަރޭޝަންގައި ރަޖިސްޓަރީވާން މުހުލަތެއް ދީފަ އެވެ.

ރަޖިސްޓަރީވުމަށް ފަހު އަނބުރާ ނުލިބޭ ގޮތަށް 30،000ރ. ނުވަތަ 2،000 ޑޮލަރުގެ ފީއެއް ބުދަ ދުވަހުގެ ކުރިން ދައްކަން ޖެހެ އެވެ. އެ އަށް ފަހު، ބިޑު ހުޅުވުން އޮންނާނީ އަންނަ މަހުގެ 11 ވަނަ ދުވަހު އެވެ.

ހައްޖު ކޯޕަރޭޝަނުން ބުނިގޮތުގައި ހޮޓާ އަޅާނީ "މާފުށީ އިސްލާމިކް ޓޫރިޒަމް ޕްރައިވެޓް ލިމިޓެޑް" (އެމްއައިޓީ) ގެ ޕްރޮޖެކްޓެއްގެ ގޮތުގަ އެވެ.

އެމްއައިޓީއަކީ ހައްޖު ކޯޕަރޭޝަންގެ ސަބްސިޑަރީ ކުންފުންޏެކެވެ.

ބިޒްނަސް ޕޯޓަލްއިން ދައްކާ ގޮތުގައި މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ރަޖިސްޓަރީ ކުރި ކުންފުނީގެ މެނޭޖިން ޑިރެކްޓަކީ މުހައްމަދު ޝިހާބެވެ. ޢެއީ ހައްޖު ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ވެސް މެ އެވެ. އެމްއައިޓީގެ ޑިރެކްޓަރުންގެ ގޮތުގައި ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލާއި ހައްޖު ކުންފުނީގެ އެހެން ބައެއް އިސްވެރިން ހިމެނިވަޑައިގަންނަވަ އެވެ.

މާފުށީގައި ހޮޓަލެއް އަޅައިދޭނެ ބަޔަކު ހޯދަން އިއުލާނުކުރިއިރު، ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވަނީ، ދިވެހިން ހައްޖަށް ފޮނުވުމަށް އުފައްދާފައިވާ ކުންފުނިން ގެސްޓް ހައުސް ހިންގުން ފަދަ ވިޔަފާރިތަކަށް ވަނުމުގެ ނަތީޖާ ރަނގަޅު ނުވާނެ ކަމަށް ވިދާޅުވެފަ އެވެ.

ރައްޔިތުންގެ މަޖިލީހުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ޒަމީރު ވިދާޅުވީ، ސަރުކާރު ހިއްސާވާ ކުންފުންޏެއް ނަމަ އެ ކުންފުނި ހާއްސަ ވެފައިވާ ދާއިރާގެ ތެރޭގައި މަސައްކަތް ބެހެއްޓުން މުހިންމު ކަމަށެވެ.

ހައްޖު ކޯޕަރޭޝަނަކީ މީހުން ހައްޖަށް ފޮނުވަން ލިބޭ ފަންޑު މެނޭޖް ކުރުމުގެ މަސައްކަތް ކުރާ ކުންފުންޏެއް ކަމަށާއި އެކްސެސް ފަންޑު ހުރި ނަމަ ސްޕެޝަލިސްޓުންނާ ހަވާލު ކޮށްގެން ކަންކަން ކުރުމުން އޭގެ ފައިދާ ކުންފުންޏަށް ބޮޑުވާނެ ކަމަށް ޒަމީރު ވިދާޅުވި އެވެ.

"ޓޫރިޒަމަށް އިންސްވެސްޓު ކުރާ ނަމަ ޓޫރިޒަމަށް އިންވެސްޓް ކުރެވޭނެ ކުންފުނިތައް އެބަހުރި ސަރުކާރުގެ. ހުރިހާ ކުންފުނިތަކުން، އެޗްޑީސީ ހައްޖު ކޯޕަރޭޝަން އަދި ފެނަކަ އާއި އެންމެން ގެސްޓް ހައުސް އާއި ރިސޯޓު ހެދީމާ ނަތީޖާ ރަނގަޅެއް ނުވާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ނަމަވެސް، ޝަކީލް ވިދާޅުވީ ކޮންމެ ހައްޖުވެރިއަކަށް ލައްކައެއްހާ ރުފިޔާ ހަރަދުވާ ކަމަށެވެ. އެކަމަކު، އެ ހިދުމަތް ދިނުމަށް މި ވަގުތު އާއްމުންގެ އަތުން 69،000ރ. ނަގާތީ ބާކީ ހުރިހާ ކަމަކަށް ކުންފުނީގެ ބަޖެޓުން އިތުރަށް 30 މިލިއަން ރުފިޔާ ހަރަދުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެންވެ، ފައިދާވާ ކުންފުންޏަކަށް ހެދުމަށްޓަކައި ހައްޖު ކޯޕަރޭޝަނުން ވަނީ އާއްމުންނަށް ގަނެވޭ ގޮތަށް ހައުސިން މަޝްރޫއެއް ފަށަން ނިންމައިފަ އެވެ. އެ އިމާރާތުގެ ޑިޒައިންގެ މަސައްކަތްތައް ކުރަން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ވަނީ ސަރުކާރުގެ އެފްޑީސީއާ ވެސް ހަވާލުކޮށްފަ އެވެ.

50 ކޮމެންޓް, 31 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 97%
icon wow icon wow 0%
icon inlove icon inlove 3%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފައްކާ

07 August 2025

މައްކާގަ ހޮޓަލެއް އަޅާދޭނެ ބަޔަކު ކީއްވެތަ ނުހޯދަނީ. މާފުއްޓަށްވުރެ އެތަނަށް ދާ ގެސްޓުންނެއް ވަކި މަދެއްނުވާނެ. މާ އިސްލާމިކް ޓޫރިޒަމަކަށް އޭރުންވާނީ

The name is already taken The name is available. Register?

އެހެންވީމާ

07 August 2025

މާފުށީ އިސްލާމިކް ޓޫރިޒަމްއޭ ކިއީމަ އެބަ ދޭހަވޭ މިހާރު މާފުށީގަ އޮންނަނީ އިސްލާމިކް ނޫން ޓޫރިޒަމޭ. ރަސްމީކޮށް މިގައުމުން ބޭރު، އިސްލާމިކް ކަންކަން ނެތް ރަށަކަށް އެރަށް ހަދައި ނިންމީތަ؟ ބިކިނީލާ އުޅޭ އެކަކުވެސް ތިޔަ އަޅާ ހޮޓަލުގަ ނުތިބޭނެތަ؟

The name is already taken The name is available. Register?

ހައްޖު ވެރިޔާ

07 August 2025

ހައްޖު ކޯޕަރޭޝަންގައި ބޮޑުންނަށް ތިބެނީ ހަމަ ކޮރަޕްޓް ވެފައި ތިބޭބައެއް. މީގެ ކުރިންވެސް ހައްޖަށް މީހުން ދަނީ 25 ވަރަކަށް ދުވަސްވޭ. އެކަމަކު މިހާރު އެގެންދަނީ ހަމަ ސޭމް ޕްރައިޒް ގައި 15 ވަރަކަށް ދުވަހަށް. ހައްޖު އުމްރާ އަށް ނަރުހުން އަދި ޑޮކްޓަރުން ވެސް ގެންދަނީ އެމީހުން ބޭނުން މީހުން، ރައްޓެހިން. އިއުލާން ކުރަނީ ނަމަކަށް. ހުރިހާ ކަމަކުން ހައްދުފަހަނަ އަޅާފަ.

The name is already taken The name is available. Register?

ބީމާ

07 August 2025

މާފުށީ ކައުންސިލް އާއި ރައްޔިތުން މިކަމާއިމެދު ފުންކޮށް ވިސްނާތީ، މިއަންނަނީ ދުރާލާ ރޭވިގެން މާފުށީގެ ޓޫރިޒަމް ހަލާކުކޮށްލަން.

The name is already taken The name is available. Register?

މޮޑަން

07 August 2025

މިހާތަނަށް ނެތް ސަރުކާރު ހިއްސާވެގެން ހޮޓަލެއް، ރިޡޯޓެއް ފައިދާވާގޮތަށް ހިންގިފައެއް. ކަރަޕްޝަން ބޮޑުވާނެ. އަމިއްލަ މީހުން ހިންގާ ގޮތަކަށް ނުހިންގޭނެ. އެސްޓީއޯއިން ވެސް އުޅުނު ފައިވްސްޓަރ ހޮޓަލެއް އަޚައިގެން ހިންގަން. އެކަމެއްވެސް ނުވި. ކޮބާ އެމްޓީޑީސީ. ކޮބާ ޝަނަގްރިއްލާ ވިލިގިލި؟ ތިއީ ލާރި ކާން ކުރާހާ ކަންތަށް. އެންމެ ފަހުން ހައްޖުވެރިންގެ ފައިސާކޮޅު ތަޅާ ބުރުވާލާނީ.

The name is already taken The name is available. Register?

ވާނުވާ އަނީ

07 August 2025

އެންމެ ފުރަތަމަ ހައްޖު ކޯޕަރޭޝަން އުފެއްދި އިރު ކިޔެއްނޫންތަ މައްކާއިން ހޮޓަލެއް ގަންނަން ހައްޖުގެ އަގުހެޔޮކުރަން؟

The name is already taken The name is available. Register?

ވިތަލި

07 August 2025

ސަރުކާރުން ކުދިމެދު ފަންތީގެ ވިޔަފާރިތަކަށް ވަނުމަކީ އޭގެ ގެއްލުން ވަރަށް ބޮޑުވާނެ ކަމެއް ! އަދި ހާއްސަކޮށް ހައްޖުކޯޕަރޭސަނުން މީހެއް ހައްޖައްފޮނުވާށޭ ކިޔާފައި ތިފަދަ ކައްތައް ކޮއްގެން ނުވާނެ!

The name is already taken The name is available. Register?

900000

07 August 2025

ކަލޯ އެންމެ ފައިދާވާނީ ރިސޯޓްގައި ހުޅުވާ ބާ ވިޔަފާރިން. ދެން އޫރުމަސް. ކީކޭ ބުނާނީ. ދެން ގޮވަން ހުރި އަވަގުރާނަތައް ގިނަކަމުން ހުއްޓާލީ. މީހުން އަނގަގޮއްވަން އުޅޭ ބައެއްމީ

The name is already taken The name is available. Register?

ސަފސަ

07 August 2025

މާފުށިއަށްތޯ މިހާރު ހައްޖާޖީން ދާންޖެހެނީ؟

The name is already taken The name is available. Register?

‫އޮނަރަބްލް ވާންޗޯ

07 August 2025

‫ލޮލް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454