ތ. ތިމަރަށުށްޓާއި ލ. ފޮނަދޫގައި ސިޓީ ހޮޓާ ތަރައްގީކޮށް ހިންގާނެ ބަޔަކު ހޯދަން ޓޫރިޒަމް މިނިސްޓްރީން ބިޑަށް ހުޅުވާލަައިފި އެވެ.
ޓޫރިޒަމް މިނިސްޓްރިން އިއްޔެ ކުރި އިއުލާނެއްގައިވާ ގޮތުން ސިޓީ ހޮޓަލެއް ތަރައްގީކޮށް ހިންގަން ތިމަރަފުށިން ދޫކުރަނީ 26،480.67 ސްކޮޔާ މީޓަރުގެ ބިމެކެވެ. އިއުލާނުގައިވާ ގޮތުން ސިޓީ ހޮޓާ ގިންގަން އެ ބިން 50 އަހަރަށް ކުއްޔަށް ހިފަން ރާއްޖޭގެ އިންވެސްޓަރުންނާއި ބޭރުގެ އިންވެސްޓަރުންނަށް ވެސް ބިޑް ކުރެވޭނެ އެވެ.
ބިޑް ކާމިޔާބުކުރާ ބަޔަކަށް، އެތަނުގައި ހޮޓާ އަޅައި ހިންގަން ފަށަން ލިބޭނީ ދެ އަހަރު ދުވަހުގެ މުއްދަތެކެވެ.
އެ ތަނުގެ ލީސް އެކްއިޒިޝަން ކޮސްޓްގެ ގޮތުގައި ދައްކަން ޖެހޭނީ 100،000 ޑޮލަރެވެ. އެއާ އެކު ބިޑް ސެކިއުރިޓީގެ ގޮތުގައި ރާއްޖޭގެ ބޭންކެއްގައި 25،000 ޑޮލަރު ބަހައްޓަން ޖެހޭނެ ކަމަށް ވެސް ޓޫރިޒަމް މިނިސްޓްރީގެ އިއުލާނުގައި ބުންޏެވެ.
އެ މަޝްރޫއާ ބެހޭ މައުލޫމާތު ދޭން ދެ ޕްރީބިޑް މީޓިން ބާއްވާނެ އެވެ. ފުރަތަމަ މީޓީން ބާއްވާނީ ޑިސެމްބަރު މަހުގެ ފުރަތަމަ ދުވަހު ހެނދުނު 10:00 ގަ އެވެ. ދެވަނަ މީޓިން ބާއްވާނީ ޑިސެމްބަރު 17 ވަަނަ ދުަވަަހު ހެނދުނު 10:00 ގަ އެވެ.
ބިޑް ހުށަހެޅުމުގެ ސުންގަޑިއަކީ ޖެނުއަރީ ހަތް ވަނަަ ދުވަހުގެ ހެނދުނު 9:00 އެވެ.
ފޮނަދޫން ދޫކުރަނީ ތިން ބިން
ލ. ފޮނަދޫގައި ޓޫރިސްޓް ހޮޓާތަކެއް އަޅާނެ ބަޔަކު ހޯދަން ޓޫރިޒަމް މިނސިްޓްރީް ކުރި އިއުލާނުގައިވާ ގޮތުން އެ ރަށުން ދޫކުރަނީ ތިން ބިމެކެވެ. އެއީ 32،129 އަކަފޫޓުގެ ބިމަކާއި 33،801 އަކަފޫޓުގެ ބިމަކާއި 26،736 އަކަފޫޓުގެ ބިމެކެވެ.
އެ މަޝްރޫއާ ބެހޭ މައުލޫމާތު ދޭން ދެ ޕްރީބިޑް މީޓިން ބާއްވާނެ އެވެ. ފުރަތަމަ މީޓީން ބާއްވާނީ ޑިސެމްބަރު މަހުގެ ފުރަތަމަ ދުވަހު ހެނދުނު 10:00 ގަ އެވެ. ދެވަނަ މީޓިން ބާއްވާނީ ޑިސެމްބަރު 17 ވަަނަ ދުަވަަހު ހެނދުނު 10:00 ގަ އެވެ.
ބިޑް ހުށަހެޅުމުގެ ސުންގަޑިއަކީ ޖެނުއަރީ ހަތް ވަނަަ ދުވަހުގެ ހެނދުނު 9:00 އެވެ.
ދެ މަޝްރޫއުގެ ވެސް ބިޑް ޑޮކިއުމެންޓް، އަންނަ އާދީއްތަ ދުވަހުން ފެށިގެން ޖެނުއަރީ 6 ވަނަ ދުވަހާ ހަމައަށް ކޮންމެ ދުަވަހަކު ވެސް ހެނދުނު 9:00 އިން މެންދުރުފަހު 1:00 އަށް ވިއްކާނެ އެވެ.