ދުނިޔެ / ސޫދާން

ސޫދާނު ސިފައިން، ބޮޑުވަޒީރު ހަމްދޫކު ހައްޔަރުކޮށްފި

ސޫދާންގެ ބޮޑުވަޒީރު އަބްދުﷲ ހަމްދޫކު

25 އޮކްޓޯބަރ 2021 - 09:56

3 comments

ސޫދާނު ސިފައިން މިއަދު ފަތިހުން ފެށިގެން އެ ގައުމުގެ ވެރިރަށް ޚުރުތޫމްގައި ހިންގަމުން އަންނަ ހަރަކާތްތަކުގެ ތެރެއިން، އެ ގައުމުގެ ބޮޑުވަޒީރު އަބްދުﷲ ހަމްދޫކް ހައްޔަރުކޮށް ގޭ ބަންދުގައި ބަހައްޓައިފި އެވެ.

ސޫދާންގެ އަލް ހަދަސް ޓީވީން ބުނި ގޮތުގައި މިއަދު ފަތިހު ގިނަ އަދަދެއްގެ ސިފައިން، ބޮޑުވަޒީރުގެ ގެ ކައިރި އަށް ގޮސް، އެ ސަރަހައްދު ވަނީ ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. އަދި އެ ގެއަށް އެއްވެސް މީހަކު ވަނުން ސިފައިން ވަނީ މަނާކޮށްފަ އެވެ.

ސޫދާނުގައި މަދަނީ ވެރިކަމެއް ގާއިމުކުރުމުގެ މައްސަލައިގައި، ސިޔާސީ ފަރާތްތަކާއި އަސްކަރިއްޔާގެ އިސް ވެރިންނާ ދެމެދު މަސްރަހު ހޫނުވެފައި ވަނިކޮށް، އެ ގައުމުގެ ސިފައިން މިއަދު ފަތިހުން ފެށިގެން ވެރިރަށް ޚުރުތޫމްގެ މަގުތަކަށް ނުކުމެ، ސިޔާސީ ބައެއް އިސް ފަރާތްތައް ވަނީ ހައްޔަރުކޮށްފަ އެވެ.

ބައެއް ރިޕޯޓްތައް ބުނާ ގޮތުން، ސިފައިން ހައްޔަރު ކުރި މީހުންގެ ތެރޭގައި ސިނާއީ އުފެއްދުންތެރިކަމާ ބެހޭ ވަޒީރު އިބްރާހީމް އައްޝައިޚް އާއި ވެރިރަށް ޚުރުތޫމްގެ ގަވަރުނަރު އައިމަން ނަމްރު ހިމެނެ އެވެ. ސިޔާސީ ބައެއް ފަރާތްތަކުން ބުނާ ގޮތުގައި ވެރިރަށުގެ މަގުތަކުން މިހާރު ފެންނަމުން ދަނީ، ސިފައިން ވެރިކަމުގެ މައްޗަށް އަތްގަދަކުރަން އުޅޭ މަންޒަރެވެ.

ދެ ބޭފުޅުންގެ އާއިލާ އިން މައުލޫމާތު ދިން ގޮތުގައި ސިނާއީ އުފެއްދުންތެރިކަމާ ބެހޭ ވަޒީރާއި ޚުރުތޫމްގެ ގަވަރުނަރު ހައްޔަރު ކުރީ، އެ ދެބޭފުޅުން ގޭގައި އުޅުއްވަނިކޮށް، ކުއްލިއަކަށް ގެއަށް ވަދެގަތް ސިފައިންގެ ބައެކެވެ.

އެ ދެ ބޭފުޅުންގެ އިތުރުން، ވެރިކަން ހިންގާ މަޖިލީހުގެ މެމްބަރު މުހައްމަދު އަލްފައްކީ އާއި އިންފޮމޭޝަން މިނިސްޓަރު ހަމްޒާ ބަލޫލް ވެސް ހައްޔަރުކޮށްފި ކަމުގެ ކަށަވަރު ނޫން ހަބަރުތަކެއް މިހާރުވަނީ ފެތުރިފަ އެވެ.

މިހާރު އެކުލަވާލާފައިވާ ވެރިކަން ހިންގާ މަޖިލީހުގެ ފަރާތުން ކަނޑައަޅާފައި ހުރި ބޮޑުވަޒީރު އަބްދުﷲ ހަމްދޫކުގެ ހާއްސަ މުޝީރު ފައިސަލް މުހައްމަދު ސާލިހް ވެސް، ސިފައިން އައިސް ހައްޔަރުކޮށްފައިވާ ކަމަށް ވަނީ ހަބަރު ފެތުރިފަ އެވެ.

ވެރިރަށް ޚުރުތޫމްގައި ހުންނަ އަލްޖަޒީރާގެ ނޫސްވެރިޔާ ބުނި ގޮތުގައި ވެރިރަށުން މިހާރު ވަނީ އިންޓަނެޓްގެ ހިދުމަތް މެދުކަނޑާލައިފަ އެވެ. އަދި ބްރިޖްތަކާއި ބިންގަރާސް މަގުތައް ވެސް މިހާރު ވަނީ ސިފައިންގެ ބެލުމުގެ ދަށުން ބަންދުކޮށްފަ އެވެ. އަދި ފޯނުގެ ހިދުމަތަށް ވެސް ކޮންމެވެސް ވަރަކަށް ބުރޫއަރާފައިވާ ކަމަށްވެ އެވެ.

ސިޔާސީ ފަރާތްތައް ހައްޔަރުކުރާ ކަމުގެ ހަބަރު ލިބުމާ ގުޅިގެން، އާންމުންގެ ބައެއް މީހުން މިހާރު ދަނީ މަގުތަކަށް އެއްވަމުންނެވެ. ވެރިރަށް ޚުރުތޫމްގެ މެދުތެރޭ ސަރަހައްދަށް ދިއުމަށް ބައެއް މީހުން މިސްރާބު ޖަހާފައިވާ އިރު، ސިފައިން ވަނީ ބައެއް މަގުތައް ބަންދުކޮށްފަ އެވެ.

ސިފައިންގެ ހަރަކާތްތައް ހުރި ގޮތަށް ބަލާއިރު، ގައުމުގެ ވެރިކަން ސިފައިންގެ ބާރުގެ ދަށަށް ގެންދަން އުޅޭ ކަމުގެ މަންޒަރުތަކެއް ފެންނާތީ، އަސްކަރީ އިންގިލާބެއް ގެނައުން ހުއްޓުވުމަށްޓަކައި އާންމުން މަގުތަކަށް ނުކުމެ އަޑު އުފުލުމަށް މިހާރު ދަނީ، އިދިކޮޅު ފަރާތްތަކުން ގޮވައިލަމުންނެވެ.

ސޫދާންގެ ކުރީގެ ރައީސް އުމަރު އަލް ބަޝީރުގެ ވެރިކަމާ ދެކޮޅަށް އާންމު ރައްޔިތުން މަގުތަކަށް ނުކުމެ އެތައް މަހެއް ވަންދެން ކުރި މުޒާހަރާތަކާ ގުޅިގެން، އެ ގައުމުގެ ސިފައިން ވަނީ އެޕްރީލް 11، 2019 ގައި ބަޝީރުގެ ވެރިކަން ވައްޓާލައި އޭނާ ގޭ ބަންދުކޮށްފަ އެވެ.

އޭގެ ފަހުން، އޮގަސްޓް 20، 2019 އިން ފެށިގެން އެ ގައުމުގައި މިހާތަނަށް ވެރިކަން ކުރަމުން އަންނަނީ، ސޫދާން ސިޔާދަތީ ކަންސިލްގެ ނަމުގައި އުފައްދާފައި އޮންނަ ވެރިކަންކުރާ މަޖިލީހަކުންނެވެ. އެ މަޖިލީހުގައި 14 މެމްބަރުން ހިމެނޭ އިރު، އޭގެ ތެރޭގައި ހިމެނެނީ މަދަނީ ނުވަ ބޭފުޅުންނާއި އަސްކަރިއްޔާ އިން ކަނޑައަޅާ ފަސް މެމްބަރުންނެވެ.

ސޫދާނުގައި މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވުމަށް 39 މަސް ދުވަހުގެ މުއްދަތެއް މިހާރު ވަނީ ކަނޑައަޅައިފަ އެވެ. އެ މުއްދަތުގައި ސިޔާދަތީ ކައުންސިލުން ވެރިކަން ކުރާއިރު، އޭގެ ތެރެއިން ފުރަތަމަ 21 މަސް ދުވަހުގެ ތެރޭގައި އެ ކައުންސިލްގެ ވެރިޔާގެ މަގާމުގައި ހުންނަވާނީ، ކައުންސިލްގައި ހިމެނޭ އަސްކަރީ ބޭފުޅުން ކަނޑައަޅުއްވާ މެމްބަރެކެވެ. އަދި އެންމެ ފަހު 18 މަސްދުވަހުގެ ތެރޭގައި ވެރިއަކަށް ހުންނަވާނީ ކައުންސިލްގައި ހިމެނޭ މަދަނީ ބޭފުޅުން ކަނޑައަޅުއްވާ މެމްބަރެކެވެ.

3 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 50%
icon wow icon wow 50%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަބްޑޫޅް

25 October 2021

އެ މަނިކުފާނުގެ ގެކޮޅަށް ނުވީ ސިފައިންގެ ހައްޔަރުގަ ހުރީމަތަ؟ ކަލޭމެންގެ އެޕާތައިޑު ހާދަހާ ބޮޑޭދޯ؟ ކޯޓުން ބަންދަށް ޖެހީ ކިތައް ދުވަސް؟

The name is already taken The name is available. Register?

ރަދީފްއޮފިޝިއަލް

25 October 2021

އުމަރު އަލް ބަޝީރު ބޭރުކޮށްގެން ވަކި ކުރިއެރުމެއް ލިބިއްޖެ ބާ!!

The name is already taken The name is available. Register?

ރަދީފު ބިން ރަފައިދާ

25 October 2021

ބޯހަލާކު. ރާއްޖެ އަބަދުވެސް ނަންވާނީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454