26 އޮކްޓޯބަރ 2021 - 06:36
ކްލަބްހައުސް ގޮތަށް އޯޑިއޯ މުއާމަލާތްތަކަށް ޓްވިޓާ އިން މިދިޔަ އަހަރުން ފެށިގެން ލިމިޓެޑްކޮށް ތައާރަފުކުރި "ސްޕޭސެސް" ފީޗާ" އާންމުކޮށް ދޫކޮށްލައިފި އެވެ.
ޓްވިޓާ އިން ބުނީ މިހާރު އެންޑްރޮއިޑާއި އައިއޯއެސްގެ ހުރިހާ އަހުލުވެރިންނަށް ވެސް އެ ފީޗާ ބޭނުން ކުރެވޭނެ ކަމަށެވެ. "ސްޕޭސެސް" އަކީ ޓްވިޓާ ފޮލޯވަރުންގެ މެދުގައި އާންމުކޮށާއި ޕްރައިވެޓްކޮށް ވެސް މުއާމަލާތްކުރެވޭ ގޮތަށް ދޫކޮށްލި ފީޗާއެކެވެ.
މި ފީޗާ ގެންނަކަން ޓްވިޓާ އިން އިއުލާންކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ. އެކަމަކު އޭރު އަހަރުގެ ފަހުކޮޅު "ސްޕޭސް" ދޫކުރީ ޓްވިޓާ އިން ކަނޑައަޅާފައި އޮތް ވަކި މިންވަރަކަށް ފޮލޯވަރުން ތިބި މީހުންނަށެވެ. މިހާރު ތަފާތަކީ އޯޑިއޯ ޗެޓް ފީޗާ އޮތީ ޓްވިޓާ ބޭނުންކުރާ އެންމެންނަށް ވެސް ހުޅުވާލެވިފައި ކަމެވެ.
the time has arrived -- we’re now rolling out the ability for everyone on iOS and Android to host a Space
— Spaces (@TwitterSpaces) October 21, 2021
if this is your first time hosting, welcome! here’s a refresher on how pic.twitter.com/cLH8z0bocy
"ސްޕޭސެސް" ފެށުމަކީ އަސްލު ކްލަބްހައުސް އެވެ. އަދި ދެ އަހަރު ވެސް ނުވާ އެޕަކީ މިހާރު ސޯޝަލް ޕްލެޓްފޯމްތަކުގެ ތެރެއިން ވަރަށް ބޮޑު ކުރިއެރުމަކާއި މަގުބޫލު ކަމެއް ހޯދަމުން އަންނަ އެއްޗެކެވެ. އެގޮތުން އެހެން ސޯޝަލް އެޕްތަކުން ކްލަބްހައުސްގެ ފީޗާތައް ނަކަލުކުރަން ފީގަޅާފައިވެ އެވެ.
ޓްވިޓާގެ "ސްޕޭސެސް" އަކީ އޭގެ މިސާލެކެވެ. މި ފީޗާ އަދި ބޭނުން ނުކުރާ ނަމަ ޓްވިޓާ އިން ކިޔައި ދީފައި އޮތް އިރުޝާދުތަކާ އެއްގޮތަށް މީގައި ހުރި ވަރެއް ތަޖުރިބާކޮށްލުން ރަނގަޅުވާނެ އެވެ. މިހާރު ޗެޓް ރޫމެއްގައި 13 މީހުންނާ އެކު އަނގަތަޅާ ލެވޭނެ އެވެ.
ޓްވިޓާ އަކީ ވެސް ގިނަ ބައެއްގެ މެދުގައި ވަރަށް މަގުބޫލު ޕްލެޓްފޯމަކަށް ވާތީ ހަމަގައިމު ވެސް އޭގެ "ސްޕޭސެސް" އަކީ ވަރަށް ބޭނުންތެރި ފީޗާއަކަށް ވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy