ކަރެކްޝަންސްގެ އޮފިޝަލުންތަކަކާ އެކު ހޯމް މިނިސްޓަރު އިމްރާން ވާހަކަދައްކަވަނީ: -- ފޮޓޯ: ކަރެކްޝަނަލް ސާވިސް
25 އޮކްޓޯބަރ 2021 - 13:24
ޣައިރު ހާޒިރުގައި ހުކުމްކޮށްފައި ތިބި 400 އަށް ވުރެން ގިނަ މީހުން ދައުލަތަށް ނުހޯދިގެން ހުކުމް ތަންފީޒު ނުކުރެވި އެބަތިބި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން މިއަދު ބުނެފި އެވެ.
ހުކުމް ތަންފީޒު ނުވެ ތިބި މީހުންގެ ތަފްސީލް ޖުޑިޝަރީ ކޮމިޓީން ހޯދީ އެ ކޮމިޓީން ދިރާސާކުރަމުން އަންނަ، ޝަރީއަތް ނިމެންދެން ޕާސްޕޯޓު ހިފަހައްޓާފައިވާ ފަރާތްތަކުގެ މައްސަލައާ ގުޅިގެންނެވެ.
ޖުޑީޝަރީ ކޮމިޓީން އެދިގެން ކަރެކްޝަންސް އިން ފޮނުވާފައިވާ މައުލޫމާތާ ހަވާލާދީ ކޮމިޓީގެ މުގައްރިރު އިމްތިޔާޒު ފަހުމީ ވިދާޅުވި ގޮތުގައި ހުކުމް ތަންފީޒުނުކުރެވި 422 މީހުން އެބަ ތިއްބެވެ.
އޭގެ ތެރޭގައި 2006 ވަނަ އަހަރު ހުކުމްކޮށްފައި ތިބި ފަރާތްތަކާއި މި އަހަރު ހުކުމްކޮށްފައި ތިބި ފަރާތްތައް ވެސް ހިމެނޭ ކަމަށް ވިދާޅުވި އެވެ.
މިއަދުގެ ޖުޑީޝަރީ ކޮމިޓީގައި އިމްތިޔާޒު ވާހަކަދައްކަވަނީ--- ފޮޓޯ:މަޖިލިސް
އޭނާ ވިދާޅުވީ "ކުރީ ޒަމާނުގައި" ޣައިރު ހާޒިރުގައި ގިނަ ހުކުމްތައް ކޮށްފައި ހުންނަނީ ގާނޫނުއަސާސީއާ ތައަރުޒުވާ ގޮތަށެވެ.
"އެހެންވީމަ އެކަހަލަ [ގާނޫނާ ހިލާފަށް ގައިރު ހާޒިރުގައި ހުކުމްކޮށްފަ ހުރި] މައްސަލަތަކުގައި ހާއްސަގޮތެއްގައި ޕާސްޕޯޓު ހިފެހެއްޓުމުގެ ބޭނުމެއް އެބަ އޮތްތޯ ގާނޫނީ ހަމައެއްތޯ އެއީ. ހުކުމް ތަންފީޒެއް ނުކުރޭ އަދި ތަންފީޒު ކުރުމަށްޓަކައި މަސައްކަތް ކުރެވުނު ކަމެއް ނުކުރެވޭ ކަމެއް ވެސް ނޭނގެ. އެހާ ގިނަ ދުވަސް ފާއިތުވެއްޖެ،" އިމްތިޔާޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ގާނޫނުއަސާސީއާ ތައާރުޒުވާ ގޮތަށް ހުކުމްކޮށް، ތަންފީޒު ނުކުރެވި ތިބި 287 ފަރާތެއްގެ ޕާސްޕޯޓު ހިފަހައްޓާފައިވާ ކަމަށް، މިިދިޔަ އަހަރު ހޯމް މިނިސްޓްރީން ކޮމިޓީއާ ހިއްސާކުރި ތަފާސްހިސާބުތަކުން ދައްކަ އެވެ.
އޭނާ ވިދާޅުވީ ޣައިރު ހާޒިރުގައި ހުކުމް ކޮށްފައިވާ ފަރާތްތަކުގެ ތެރެއިން މިހާރު ޕާސްޕޯޓު ހިފަހައްޓާފައިވާ ފަރާތްތަކަކީ ކޮބައިކަން ހޯދުމަށް މިއަދު ހޯމް މިނިސްޓްރީގައި އެދޭނެ ކަމަށެވެ.
އެއަށްފަހު ޣައިރު ހާޒިރުގައި ކުރިން ކޮށްފައި ހުރި ހުކުމްތަކަކީ ގާނޫނާ އެއްގޮތަށް ކޮށްފައި ހުރި ހުކުމްތަކެއްތޯ ބެލުމަށް ފަހު، އެފަދަ ފަރާތްތަކުގެ ޕާސްޕޯޓު ހިފަހައްޓާފައި ބެހެއްޓޭނެތޯ ބަލައި ކޮމިޓީން ރިޕޯޓު އެކުލަވާލުމަށްފަހު މަޖިލީހުގެ ތަޅުމަށް ހުށަހަޅާނެ ކަމަށް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަހުތާން
26 October 2021
އެ މީހުން ހޯދަން ބޭނުންނުވާތީ އެއީ ދޫކޮށްފައިވާ ބައެއް!
ބޮޑުމީހާ
25 October 2021
ވަރުގަދަ ސެކިއުރިޓީއާއިއެކު ބޮޑުތަޅު އަޅުވާފަ ހުންނަ ތިޖޫރީން ވަަގަށް ފައިސާނެގޭ. މުޖްތަމައުގައި އުޅޭ މީހުން ނުހޯދޭ
އަހްމެތް އަލްޕް
25 October 2021
މި ހަބަރު ކިޔާލީމާ ދޭހަވަނީ މައްސަލައަކީ ހުކުން ތަންފީޒު ކުރަންޖެހޭ ބަޔަކުގެ ހުކުން ތަންފީޒު ނުވިޔަސް އެމީހުންނަށް ރާއްޖެއިން ބޭރަށް ފުރައިގެން ދެވެން ވާނެޔޭ! އެހެންވީމާ އެގޮތަށް ހެދީމާ އެނިމުނީތާ.
ޝަފީރު
25 October 2021
ދައުލަތަށް ނުހޯދިގެނެއްނޫން . ދައުލަތް ހިންގުމުގެނަމުގައި ދައުލަތް ދިރުވާލާމީހުންނަށް ފެންނާނީ ދައުލަތުގެ މުދާ. މީހަކު ނުފެންނާނެ. ހައްޤާ އިންސާފު ދެލޮލަށް ލައިގެން ދޮލަނގަކާ ތިލަފަތެއް ހިފައިގެން ދައްޖާލުވެސް އަރާނީ
ޑޭޑީ ކަބު އާއެގީ
25 October 2021
ލޯ ކަނު ދައުލަތް ބައެއް ފަހަރަށް ބައެއް މީހުންނަށް އުފެދެއެވެ އެގަދަ ހާލަތުގައި ކުރިމަތީ ހުއްޓަސް ހިފާ ހައްޔަރުކުރާ މީހުންނަކަށް ނުފެންނާނެ ކޯޓު އަމިރުދެން އެއޮތީ ނެރެވިފަ ތާއެވެ ޒަމާނެއް މިއަށް ވުރެ ނާއިންޞާފު ނުވާނޭ ދެކިފަ ގުޑުގުޑާ ދޫންޏަށް ޖެއްސި ޙަލުން އެކަނި ވެސް
ރަދީފްއޮފިޝިއަލް
25 October 2021
ވަރަށް ތާހިރު ވާހަކަތަކެއް.އެހެން ނޫންތޯ؟! އަހަރުމެންގެ ގައުމު މިއީ އިންޑޮނޭޝިޔާގެ ބޯނިއޯ ، މެލޭޝިޔާގެ ސަރަވާކް ފަދަ ބޮޑެތި ޖަންގަލީ ހިމެނޭ ސަރަހައްދެއް ނޫން.އިންޑިޔާގަ ސަންޑަލްވުޑް ސްމަގުލް ކުރުމުގަ އުޅުނު ކޫސޭ މުންނިސާމީ ވީރައްޕަން އުޅުނު 36 އަހަރުވަން ދެން ފިލައިގެން ޖަންގަލީގަ.އިންޑިޔާ އެއީ ބޮޑު ގައުމަކަށްވީމަ އެގޮތަށް އުޅެވެން ވެސް އޮތް.ނަމަވެސް ރާއްޖޭގެ 400 މީހުން ނުފެނިގެން އުޅޭވާހަކަ ބުނީމަ އެއީ ޖޯކެއް.ވ.ވެދުން
ގުޑުގުޑާ
25 October 2021
ފްލެމިންގޯ ހިފައި އެ ވިއްކަންއުޅުނު މީހާ ފެނިއްޖެނުން.ސަރުކާރުން ބޭނުންވީމަ ބޭނުންކަމެއް ކުރާނެ.ރައްޔިތުން އަމިއްލަ ބޮލުން ވިސްނީމަ އެނގޭނީ..ޕާޓީއެއްގެ ވެރިންނާ އަމިއްލަ ސިކުނޑި ހަވާލުކުރުން ހުއްޓާލަންވެއްޖެ.
ރަދީފު ބިން ރަފައިދާ
25 October 2021
އިމްރާނު އިސްތިއުފާ! ހަމީދު އިސްތިއުފާ!