ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު، އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް، ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅުއްވަނީ. ސަރުކާރުގެ 11 ކުުންފުންޏެއް އުވައިލުމުގެ މަސައްކަތް ވަނީ ފަށާފައި.
31 އޮކްޓޯބަރ 2021 - 12:02
ސަރުކާރުގެ 100 ޕަސެންޓް ހިއްސާވާ 10 ކުންފުންޏަކާއި 30 ޕަސެންޓް ހިއްސާވާ ކުންފުންޏެއް ހިމަނައިގެން 11 ކުންފުންޏެއް އުވާލުމުގެ މަަސައްކަތް ކުރިއަށް ދާ ކަމަށް ސަރުކާރުން ބުނެފި އެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގެ ތަފްސީލުތައް ހިމެނޭ ބަޖެޓް ފޮތުގައި ވާގޮތުން 11 ކުންފުންޏެއް އުވާލުމުގެ މަސައްކަތް މިހާރު ފަށާފައިވާ އިރު، 19 ކުންފުންޏެއް މިހާރު ވެސް ވަނީ އުވާލައިފަ އެެވެ. ބަޖެޓް ފޮތުގައި ބުނެފައިވާ ގޮތުގައި ސަރުކާރުގެ ހިއްސާވާ ކުންފުނިތައް އުވައިލުމާ މެދު ގޮތެއް ކަނޑައަޅަނީ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕޮރަޓައިޒޭޝަން ބޯޑް (ޕީސީބީ)އިންނެވެ. ކުންފުންޏެއް އުވައިލަން އެ ބޯޑުން ނިންމަނީ މާލީ ޕާފޯމެންސް ރިވިއުކުރާއިރު ޕާފޯމެންސް ދަށް ނަމަ އެވެ.
1- މޯލްޑިވްސް ނެޝަނަލް ޝިޕިން ލިމިޓެޑް (އެމްއެންއެސްއެލް)
2- ވޯކްސް ކޯޕަރޭޝަން ލިމިޓެޑް
3- ހިތަދޫ ޕޯޓް ލިމިޓެޑް
4- ގަން އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް
5- ކުޅުދުއްފުށި ޕޯޓް ލިމިޓެޑް
6- ކޫއްޑޫ ފިޝަރީޒް މޯލްޑިވްސް ލިމިޓެޑް
7- ފެލިވަރު ފިޝަރީޒް މޯލްޑިވްސް
8- ވިލިނގިލި އިންވެސްްޓްމެންޓް ޕްރައިވެޓް ލިމިޓެޑް
9- މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން
10- ހަޒާނާ މޯލްޑިވްސް
11- ނެޝަނަލް އިންވެސްޓްމެންޓް މެނޭޖްމެންޓް ކޮމްޕެނީ ލިމިޓެޑް
އުވާލުމުގެ މަސައްކަތް ފަށާފައިވާ އެ ކުންފުނިތަކުން ކުރަން ކަނޑައެޅި މަސައްކަތްތައް މިހާރުވެސް ކުރަމުން އަންނަނީ ސަރުކާރުގެ އެހެން ކުންފުނިތަކަކުންނެވެ. މީގެ ތެރެއިން ހިތަދޫ ޕޯޓްސް ލިމިޓެޑަކީ އައްޑޫ ވިޔަފާރި ބަނދަރު ހިންގަން އުފެއްދި ކުންފުންޏަކަށް ވާއިރު، އެ ބަނދަރު މިހާރު ހިންގަނީ އެމްޕީއެލް އިންނެވެ. ކުޅުދުއްފުށި ޕޯޓް ލިމިޓެޑުން، ކުޅުދުއްފުށި ވިޔަފާރި ބަނދަރު ހިންގަން ކުރިން ރޭވި ނަމަވެސް، އެ ބަނދަރު ވެސް މިހާރު ހިންގަނީ އެމްޕީއެލް އިންނެވެ.
އުވާލުމުގެ މަސައްކަތް ފަށާފައިވާ މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއާރްޑީސީ)ގެ ބަދަލުގައި ރޯޑްސް ޑިވެލޮޕްމެޓް ކޯޕަރޭޝަން (އާރްޑީސީ)ގެ ނަމުގައި އާ ކުންފުންޏެއް ވަނީ އުފައްދައިފަ އެވެ.
ކޫއްޑުއާއި ފެލިވަރު ވަކި ދެ ކުންފުންޏަކުން ހިންގަން އުފެއްދި ދެ ކުންފުނި އުވާލަނީ ކުރިއެކޭ އެއްގޮތަށް، އެ ދެ ފެކްޓްރީ ވެސް މިފްކޯއިން ހިންގާތީ އެވެ.
ބަޖެޓް ފޮތުގައި ބުނެފައިވާ ގޮތުގަައި މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރާއި ދެވަނަ ކުއާޓަރުގައި ސަރުކާރުގެ 13 ކުންފުންޏަކުން ނެޓް ލޮސް ރެކޯޑްކޮށްފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަށީދު
01 November 2021
ކޮބާ ޓްރޭޑް ނެޓް؟ ކޮން ބޭނުމެއް ކުރާ ކުންފުންޔެއް އެއީ؟
މީޗް
31 October 2021
އެކަމް އިހައްދުވަހު ނޫހުން ފެނުނު އެމް އެން އެސް އެލް ގެ ފުރަތަމަ އާގު ބޯޓު މާލެ އަންނަ ވާހަކަ.
ރަނގަޅުކޮށްލަދެނީ
01 November 2021
އެއީ މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެމްއެސް) ކިޔާ އަލަށް އުފައްދައިގެން އުޅޭ ކުންފުންޏެއްގެ ބޯޓު. އެމް.އާރ.ޑީ.ސީ އުވާލާފަ އާރ.ޑީ.ސީ އުފެއްދި އުސޫލު ހަމަ. މަށަށް ހީވަނީ ޖަރީމާތައް ފޮރުވަން މިވެރިން ކުރާ ކަމެއްހެން މީ
ބޮޑުމީހާ
31 October 2021
މިކަން ހަބަރަށް އެރިތާވެސް އަހަރުވެއްޖެ
ކޮރަލް
31 October 2021
އުވާލުމުގެ ކުރީން އޮޑިޓް އެއް ކުރަން ޖެހެ އެވެ. އަދި ކޮރަޕްޝަންގެ އަމަލެއް ހިންގާފަ ވާނަމަ އެމައްސަލަ ބަލަން ޖެހެ އެވެ. ނޫނީ ބޮޑުންގެ ބަޔަކު ހިމާޔަތް ކުރެވެނީ އެވެ.
އަހްމަދު ވިލާ
31 October 2021
އާރު ޑީ ސީ ވެސް އުވާލާ ލިސްޓްގަ ހިމަނާލަންވީ. އެއީވެސް ކަމެއްވާބައެއް އުޅޭތަނެއް ނޫންވިއްޔަ
އޮނަރަބްލް އަފީފު ދީދީ
31 October 2021
އަހަރީ ހިސާބުކަރުދާސްތަކުން ކޮންމެގޮތަކަށް ދެއްކިކަމުގައިވިޔަސް Equatorial Atmosphere އައްޑޫސިޓީގައި އޮތް ޝަންގްރިލާޒް ވިލިގިލި 15 އަހަރު ދުވަހަށް "ގެއްލުމުގައި ހިންގާން" މަޝްހޫރު ހޮޓަލްޗެނަލެއް ކަމުގައިވާ ޝަންްްރިލާ ޤުރޫޕް އޮވެދާނެކަމަކަށް ބުއްދި ޤަބޫލުނުކުރޭ. # އެހެންކަމުން ތިގޮތަށް "ގެއްލުންވާތީ ކަމަށްބުނެ" ކުންފުނިއުވާލާ ރިސޯޓްވިއްކާލަން ދިމާކުރާއިރު ރިސޯޓަށް ރަނގަޅުއަގުނުލިބިދާނެތީ ކަމުގެޙަޤީގަތްއެގުން ވަރަށްމުހިންމު. މިކަން ހާމަކުރޭ.
އޮނަރަބްލް އަފީފު ދީދީ
31 October 2021
ގޭންއެއަރޕޯޓްސް ކަމްޕަނީގެ KASA Holding ޙިއްސާއަށް ކިހިނެއްތޯ ވެގެންދާނީ؟! އަނެއްކާ ބަދަލުގެގޮތުގައި ޗަމްޕާ ޤުރޫޕަށް ދައުލަތުން އެތައްމިލިޔަން ޑޮލަރު ދޭންނުޖެހޭގޮތަށް ޤާނޫނީ އިމުގެތެރެއިންތޯ ތިކަން ކުރަމުންދަނީ. # ދައުލަތާއި ޝަންގްރިލާޒް ގުޅިގެން އުފެއްދި ވިލިގިލި ރިސޯޓްހިންގި ކުންފުނިއުވާލުމުގެކުރިން ދައުލަތަށް އާމްދަނީއެއް ޓެކްހެއްނުލިބޭއިރު ކުލިވެސްދައްކާފައިނުވަނީ ޙަޤީގަތުގައިވެސް 15 ވަރަކަށް އަހަރު "ގެއްލުމުގައި" ރިސޯޓްހިންގީމަތޯ އިގެންޖެހޭ.
މަހޭން
31 October 2021
ކޮންމެވެސް މޮޅު ވާހަކައެއް ދައްކައިގެން ހަބަރައް އެރޭތޯ ބަލާތީ
ރާއިދު
31 October 2021
ކޮބާ މޯލްޑިވްސް އިންޓަގްރޭޓެޑް ޓުއަރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން. ދައުލަތުގެ ފައިސާއިން ހިންގާ އެންމެ ބޭކާރު ކުންފުނި
ޕީސީބީ
31 October 2021
އަޅެ މިއީ މިހާރުވެސް އުވާލުމުގެ މަރުހަލާގައި ހުރި ކުންފުނިތަކެއް ނޫންތަ އަމީރު ބެ؟ މިއީ އާ ޚަބަރެއް ނޫން، ދޯ؟