ޚަބަރު

ރާއްޖޭގައި ހުންނަވާ އިންޑިއާ ސަފީރު ބަދަލުކުރަނީ ޔޫއޭއީއަށް

ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރު "މިހާރު" އާ ވާހަކަ ދައްކަވަނީ.

އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދިރު، ޔޫއޭއީގެ އާ ސަފީރަކަށް ހަމަޖައްސަން އެ ގައުމުގެ ސަރުކާރުން މިއަދު ނިންމައިފި އެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ބުނި ގޮތުގައި އޭނާ މި މަގާމާ ވަރަށް އަވަހަށް ހަވާލުވެވަޑައިގަންނަވާނެ އެވެ.

ރާއްޖޭގެ ސަފީރުކަމާ ސަންޖޭ ހަވާލުވެވަޑައިގަތީ މާޗް 5، 2019 ގަ އެވެ.

ޔޫއޭއީގެ އާ ސަފީރުކަމަށް ސަންޖޭ ހަމަޖެއްސެވިއިރު، އިންޑިއާއިން ރާއްޖެއަށް ވެސް ވަނީ އާ ސަފީރެއް ހަމަޖައްސައިފަ އެވެ. އާ ސަފީރުކަމަށް އައްޔަން ކުރަން ނިންމާފައި ވަނީ މިހާރު އިންޑިއާ އިން އޮމާނަށް ކަނޑަޅާފައި ހުންނެވި ސަފީރު މުނޫ މަހާވަރު އެވެ.

އޭނާ މަގާމާ ހަވާލުވެވަޑައިގަންނަވާނެ ތާރީހެއް އަދި ނުބުނެ އެވެ. ނަމަވެސް ވަރަށް އަވަހަށް އޭނާ މަގާމާ ހަވާލުވެވަޑައިގަންނަވާނެ ކަމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ކުރިން ވަނީ ބުނެ އެވެ.

މި ސަރުކާރު އައި ފަހުން ރާއްޖެ އާއި އިންޑިއާގެ ގުޅުން ވަނީ ވަރަށް ވަރުގަދަކޮށްފަ އެވެ. އަދި ކުރިއަށްވުރެ އިތުރަށް ރާއްޖެއަށް އަންނަނީ އެކި މަޝްރޫއުތަކުގައި އެހީވަމުންނެވެ. މި ސަރުކާރުގެ އެންމެ ބިޔަ ޕްރޮޖެކްޓް ކަމަށްވާ މާލެ އާއި ވިލިމާލެ އާއި ތިލަފުށި އަދި ގުޅީފަޅު ބްރިޖަކުން ގުޅާލުމުގެ މަސައްކަތް އިންޑިއާ ސަރުކާރުގެ ލޯނު އެހީގައި ވަނީ ފަށައިފަ އެވެ.

10 ކޮމެންޓް, 8 ރިއެކްޝަންސް

icon happy icon happy 38%
icon sad icon sad 0%
icon angry icon angry 63%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޗަކަ

02 November 2021

ހާވާނެ ހަޑިއެއް ހާވާ ނިންމާފަ އެދިއައީ. ނުގުޑާނެވަރުގެ ފައުންޑޭޝަނެއް އަޅާފަ އެދިއައީ. ދެން ވާނެޔޯ އެހެން މީހަކަށްވެސް. އެވަރު ކޮށްދީފަ އެ ދިއައީ.

The name is already taken The name is available. Register?

ސަކީނާ

02 November 2021

ކޮންމެ މީހަކު ސަފީރަކަށް ހުއްޓަސް ހަދާނީ ހަމަ އެކައްޗެއް. އެކި އެކި ސިފަސިފައިގައި އަޅުވެތި ކުރުން ނޫން ކަމެއް ނެތް.

The name is already taken The name is available. Register?

ހުސެން3241111

02 November 2021

ރާއްޖެ އަޅުވެތި އިންޑިޔާއިން ކުރިއޭ ކިޔާފަ އިންޑިއާދެކެ ރުޅިއައުމުގެ ބޭނުމެއް ނެތް މައުމޫނުގެ 30 އަހަރުގަވެސް އިންޑިއާ އޮތް އިންޑިޔާ ނޫނީ ޗައިނާއެއްވެސް އަޅުވެތި ނުކުރޭ ! އޭރު ދިން އެހީތައް މަދެއްނޫން.. ޖަޕާނުންވެސް ކިހާ އެހީއެއް ދިނީ ސުކޫލުތައް އަޅާ އެތައް ކަމެއް. މައްސަލަ އަކީ ރާއްޖޭގެ މި ފަހުން ވެރިކަން ކުރި މީހުންގޮސް އެގައުމުތަކުގެ ތޮއްވަރިއައް ވަނީމަ ! ކުރަން އެންމެ ރަގަޅު ނޫން އެގްރީމަންޓަތައް ހެދީމަ !

The name is already taken The name is available. Register?

އެއްވަރުތަ

02 November 2021

މައުމޫން އިރާ މިހާރާ އަޅާ ބަލާއިރު ދުނިޔޭގަ ހިނގާ ކަންކަން އެއްގޮތްތަ؟

The name is already taken The name is available. Register?

ޕުކަޕާލާ

02 November 2021

ދެން ރާއްޖޭގެ ޕްރޮޖެކްޓްތައް މުޅިންވެސް ލިބޭނީ ނަމުގައި "ޑުބާއި" އަސްލު އިންޑިޔާ ފަޑުއްކަ ކުންފުނިތަކަށް، ސަންޖޭ އަށް ބޮޑުތަނުން ކަޓުލިބޭގޮތަށް

The name is already taken The name is available. Register?

ބޯލީރާޖާ

02 November 2021

އަނެއްކާ ޔޫއޭއީއައް ކިހާވަރެއްކޮއްލާނެބާ މިތަނައްވުރެމާމުއްސަނދި ބަޔެއް ޔޫއޭއީ އަކީ

The name is already taken The name is available. Register?

ސަަންޖޭ

01 November 2021

ރާއްޖެ ކަހަލަ ކުޑަ ޤައުމެއް އިންޑިއާއަށް އަޅުވެތި ކުރެވުނީމަ މީނަ ހީކުރީ މިކަހަލަ ބޮޑު ޤައުމެއްވެސް އަޅުވެތި ކުރެވޭނެ ކަމަށް، ތަ؟ ސަންޖޭ ކަލޭ ހަނދާން ނައްތާލަ، އިސްލާމީ ޤައުމުތަކަށް ކަލޭ ދާއިރަށް ހަމަ ބޭޒާރު ވާނީ، ކަރަޕްޝަން ހައްދު ފަހަނަ އަޅާފަ ހުރި މީހެއް، މާ ރަނގަޅުވާނެ ޤައުމުގަ ހުރި މައްސަލަ ތައް ހައްލު ކުރަން ދިޔައްޔާ، ދުނިޔޭގެ އެއްވަނަ ރޭޕް ، ކަރަޕްޝަން އެއްވަނަ،

The name is already taken The name is available. Register?

ބޮޑުމީހާ

01 November 2021

ރާއްޖެ އިންޑިއާގެ ސްޓޭޓަކަށް ހަދައިދިނީތީ ޔޫއޭއީއަށް އެ ބަދަލުކޮށްލީ،

The name is already taken The name is available. Register?

ރަދީފު ބިން ރަފައިދާ

01 November 2021

އެހެންވީމާ ސުދިރަށް މިލިބުނީ ޕުރޮމޯޝަނެއްދެއްތޯ؟

The name is already taken The name is available. Register?

ނަސީ

01 November 2021

ސަޅިއެއް ނުން އެތަނުން ލޯނުނަގައިގެން ރައްޖެ ދަރިވާލީމާ ނިމުނީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454