މާލެ- އޮކްޓޯބަރު 22، 2021: އިންޑިއާ ސިފައިން ރާއްޖޭން ބޭލުމަށް ގޮވާލައި އިދިކޮޅުން މާލެގައި ބޭއްވި ހިނގާލުމުގެ ތެރެއިން. އިންޑިއާއާ އެކު ވާ އެއްބަސްވުންތަކުގެ ސަބަބުން ރާއްޖޭގެ މިނިވަންކަން ގެއްލޭ ކަމަށް އިދިކޮޅުން ބުނޭ--- ފޮޓޯ: ނިޝާން އަލީ / މިހާރު
03 ނޮވެމްބަރ 2021 - 14:43
އިންޑިއާއާ އެކު ހަދަމުން ގެންދާ އެއްބަސްވުންތަކުގެ ސަބަބުން ޖެހެނީ ދަންތުރައެއްގައި ކަމަށް ބުނެ އެފަދަ އެއްބަސްވުންތަކުގެ ސަބަބުން ގައުމަށް ނުރައްކާވެފައިވާ ކަމަށް، ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ނެރުނު ބަޔާނުގައި ބުނެފި އެވެ.
ނަސްރުގެ ދުވަހުގެ ތަހުނިޔާ ފޮނުވައި އެ ކޯލިޝަނުން ނެރުނު ބަޔާނުގައި ބުނީ މީގެ 33 އަހަރު ކުރިން ބަޑި ހިފައިގެން ރާއްޖެ އަރައި ގައުމުގެ މިނިވަންކަން ނަގާލަން ބަޔަކު މަސައްކަތް ކުރި ގޮތަށް ނޫނަސް މިއަދު ވެސް ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް ގެއްލުން ވާނެ އެތައް ކަމެއް އެބަހުރި ކަމަށެވެ.
ރާއްޖޭގެ ހަރު މުދާ ވިއްކަމުންދާ ކަމަށާއި އަޑި ނޭނގޭ ގޮތްގޮތަށް އިންޑިއާ ސަރުކާރާ އެކު ދިވެހި ސަރުކާރުން ވަމުންދާ އެއްބަސްވުންތަކުގެ ސަބަބުން ދަންތުރަތަކެއްގައި ޖެހެމުންދާ ކަމަށް ބަޔާނުގައިވެ އެވެ.
"އިންޑިއާގެ އަސްކަރިއްޔާ އަށް ރާއްޖޭގައި ވަޒަންވެރިވެ ތިބެވޭ ގޮތަށް އިންތިޒާމުތައް ހަމަޖައްސަމުން ގެންދާ ގެންދިއުން ފަދަ އެތައް ކަމަކުން ގައުމުގެ މިނިވަންކަމާއި އިސްތިގުލާލަށް ހިތަށް ވެސް ގެންނަން ނޭނގޭ ފަދަ ގެއްލުންތައް ދަނީ ކުރިމަތިވަމުން،" ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައި ބުނީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ގެއްލި ބޭރު ބައެއްގެ އުނގަށް ގައުމު ވެއްޓި ހުސްވެފައިވާ ކަމަށެވެ.
ނޮވެމްބަރު 3، 1988 ގައި ދިން އުދުވާނީ ހަމަލާގެ އެއް ބަތަލު ޝަހީދު ހުސައިން އާދަމް ފަދަ ދަރިންތަކަކަށް މިއަދު ބޭނުންވެފައިވާ ކަމަށް ބަޔާނުގައިވެ އެވެ.
އިންޑިއާ އެކު ވަމުންދާ އެއްބަސްވުންތަކުގެ ސަބަބުން މިނިވަންކަން ގެއްލިއްޖެކަމަށް އިދިކޮޅުން ބުނެ އަބަދުވެސް އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި އިންޑިއާ ސިފައިން ރާއްޖޭގައި ގާއިމުވެ ތިބެވޭނެ ގޮތްތައް ހަމަޖައްސާ ކަމަށް ބުނެ އެކަމާ ދެކޮޅަށް އަޑު އުފުލަ އެވެ.
ލަންކާގެ ހަނގުރާމަވެރި ބަޔަކާ ގުޅިގެން ދިވެހިންގެ ބަޔަކު ދިން ހަމަލާގައި އިންޑިއާ ސިފައިން ވަނީ ދިވެހި ސަރުކާރުގެ އެދުމަށް ރާއްޖެ އައިސް އަސްކަރީ އެހީ ދީފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުލުނުވެރިޔާ
04 November 2021
އަހަރެންނަށް ހީވަނީ ޕޕޕ އަށް ވުރެ ނުރައްކާ ބައެއް މިގައުމަކަށް ނެތްހެން އިންޑިއާއިން ރާއްޖެއަށް އެއްވެސް ނުރައްކަލެއް ނެތް ދެންވެސް ބައިތުލްމާލު ދަވާލާނީ ހަމަ ކަލޭމެން ޕާޓީން ފ އަތޮޅު ވިއްކާލަން ނިންމީވެސް ހަމަ ކަލޭމެން
1234
04 November 2021
މިނިވަންކަމޭ، ޤައުމޭ ނަޞްރުގެ ދުވަހޭކިޔާ ޗެނެލް 13 ގަ ތިބެގެން ކިޔަނީ ޔާމީނު މިނިވަންކުރާށޭ ؟
4321
04 November 2021
ކިތަންމެ ބާރުކުރިއަސް އެވާހަކަ ދައްކާނެ.
ގަލަދުން
04 November 2021
ތީނެތް ނުރްއްކްލެއްގެ ދަޅަދައްކައިގެން އިދިކޮޅުން ކުޅޭ ޑްރާމާއެއް ހުރިހާވެސް ބޭނުމަކީ ރައްޔިތުން ލޭކައްކުވައިގެން ބަގާވާތެއް ކުރެވޭތޯބެލުން އެހެން އެއްވެސް ބޭނުމެއް ނެތް
1828
04 November 2021
ބަޢާވަތް ތިޔަކިޔާނީ 1988 ނޮވެމްބަރު 03 ވަނަ ދުވަހު ގެ ހާދިޘާއަށް ތޯ؟
ބަލަދުން
04 November 2021
ކުރިން ނެތޭ ކިޔާފަ މާރިޔާވެސް އެންމެ ފަހުން އެބުނީ ސިފައިން އެބަ ތިއްބޭ. ދެފަހަރު ހަމައަށް އެކައްޗެއް ނުކިއިގެން އުޅެނީ އެތައް ކަމެއް ސިއްރުކުރާތީ
ޢަރުތަ
04 November 2021
ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ނެރުނު ބަޔާނުގައި، އިންޑިއާއާ އެކު ހަދަމުން ގެންދާ އެއްބަސްވުންތަކުގެ ސަބަބުން ޖެހެނީ ދަންތުރައެއްގައި ކަމަށް ބުނި ފަދައިން، 3 ނޮވެމްބަރުގަ ދިވެހިންގެ "ފޮށާގނޑު" ނުގެއްލި ދިވެހިންނަށް ދިވެހިންގެ ވަތަން ސަލާމަތްކޮށްދިނީވެސް އިންޑިއާ މީހުންނޭ ބުނިނަމަ ވަރަށް ސަޅިވީސް، އިންޑިއާއުޓް ނަމަވެސް ޙަޤީޤަތަށް ވަނީ ބައެއް ކަންތައްތަކެއް ނޫން. ހުރިހާ ޙަޤީޤަތަކީވެސް ހަމަ ޙަޤީޤަތް.
ކަރުތަ
04 November 2021
އޭރުގެ އިންޑިއާއެއް ނޫން މިހާރު އެއޮތީކީ. މިހާރު އެއޮތީ މިގައުމުގެ ލޭ ބޮއި ހުރިހާ ފޮނިކޮޅު ދަމާލަން ތައްޔާރަށް އޮތް އިންޑިއާއެއް.
ބޭރުކުރޭ
03 November 2021
އިންޑިއާ ސިފައިން މިގައުމުން ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ
މިއަދު
03 November 2021
3 ނޮވެމަބަރގެ އުދުވާނީ ހަމަލާއިން ރާއްޖެ ސަލާމަތް ކޮށްދިނުމަށް އައި އިންޑިޔާސިފައިން ރާއްޖެއިން ބޭލުނީ 50 މިލިއަން ރުފިޔާދީގެންކަމަށްވާނަމަ އެމީހުންގެ އިހުލާސްތެރިކަމަކީކޮބާ?
1828
04 November 2021
އޭރުވެސް އިންޑިއާ ސިފައިން އައީ މިޤައުމުން ފައިބަ ގޮތަކަށް ނޫން. މައުމޫންގެ ހިކުމަތްތެރިކަމުން، އެމީހުންގެ ކޮމާންޑަރަށް 50 މިލިއަން ޑޮލަރު ދީފައި، އިންޑިއާ ސަރުކާރަށް ނޭނގޭގޮތަށް ފޭބީ. އެކަމާ އިންޑިއާއިން އެ ކޮމާންޑަރުގެ މައްސަލަވެސް ބެލި. މިއީ ދެބަސްނުވެވޭނެ ހަޤީޤަތް.
ތެދެއް މިބުނީ
03 November 2021
ރަށުތެރެއިން އެހެން ކަމަކާ އުޅޭ
ނުރުހުން
03 November 2021
އެމްޑިޕީން ވަކިވާން ޖެހިއްޖެ ކަޑަ ޕާޓިއެއް.
ދިވެހިން އެމްޑީޕީ
03 November 2021
ހެޔޮނުވިސްނޭ ބަޔަކު އެމްޑިޕީގަ ތިބިކަމުގަ ވީނަމަވެސް. ގިނަ މީހުން ބެނުން ވަނީ ޕީޕީއެމްގެ ސަފައް އަރަން.
ޝޮކްތެރެޕީ
03 November 2021
ހަގީގަތުގަވެސް ރާއްޖޭގެ މިނިވަން އަމިލްލަވަންތަކަމައް ހުރިނުރައްކަލެ މީ. ފަހުބަސް އިންޑިޔާއިން ބުނަން ޖެހޭހިސާބަކީ ދިވެހިން ބަލައި ގަންނާނެ ކަމެއްނުން. އިންޑިޔާ އައުޓް.