ރިޕޯޓް / މީހުން

މުޅި އާއިލާގެ ދިރިއުޅުން ބަދަލުކޮށްލި "ފިރޯށި" ލޮނުމިރުހުގެ ޖާދޫގެ ވާހަކަ!

އެ ވިޔަފާރީގެ ފައިދާ އިން ކޮންމެ ކުއްޖަކަށް މިހާރު ވަނީ އެޕާޓްމަންޓެއް ހޯދައި ދީފައި. ރަޝީދާއި ނަސީމާ ވެސް ވަނީ ރިއަލް އެސްޓޭޓަށް އިންވެސްޓްކޮށް ކުރިމަގަށް މާލީ ރައްކާތެރިކަން ހޯދާފައި.

ރަޝީދު އާއި ނަސީމާ "މިހާރު" އަށް އިންޓަވިއުދެނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

އިސްމާއީލް ރަޝީދާއި ނަސީމާ އަބްދުލްޣަފޫރުގެ ހުރިހާ ވެސް އުއްމީދެއް ގުޅިފައި އޮތީ އެ ދެމަފިރިންގެ ހަތް ކުދިންނަށް ރަނގަޅު ދިރިއުޅުމެއް ހޯދައިދިނުމާ އެވެ. އެ މަގުސަދުގައި ބައެއް ކުދިން ވަރަށް ޅަ އުމުރެއްގައި ރަޝީދުގެ މަންމަ ކައިރި އަށް މާލެ އަށް ކިޔަވަން ފޮނުވި އެވެ. ދެމަފިރިންގެ މަސައްކަތަކީ އުފަން ރަށް ދ. މީދޫގައި ތިބެގެން އާމްދަނީ ލިބޭނެ ކަންކަން ކުރުމެވެ. ފާނަ ގެންގުޅުމާއި ވަޑާމުގެ މަސައްކަތުން ފެށިގެން ގެސްޓުންނަށް އެއްޗެހި ވިއްކުމާއި ކަންމަތީ ފިހާރައެއް ހިންގުން ފަދަ އެތައް ކަމެއް ކުރި އެވެ.

އެކަމަކު ރަޝީދުގެ ދޮންބައްޕަ ނިޔާވެ، މަންމަ އަށް ބުރަބޮޑުވުމުން 2003 ގައި އެ ދެމަފިރިން ނިންމީ އެ ހުރިހާ ކަމެއް ދޫކޮށްލައި ކުދިންނަށްޓަކައި މާލެ ބަދަލުވުމަށެވެ. މާލޭގައި ތިބެގެން އާމްދަނީ ހޯދުމަށްޓަކައި، މައްޗަންގޮޅީ ސަހަރާ ކައިރީގައި "ފިރޯށި" ނަމުގައި ކުޑަކުޑަ ފިހާރައެއް ރަޝީދު ހުޅުވި އެވެ. ނަސީމާގެ މަސައްކަތަކަށްވީ އެ ފިހާރައިގައި ވިއްކުމަށް ގޭގައި އެކިއެކި އެއްޗެހި ތައްޔާރު ކުރުމެވެ. ގުޅަ ހެދުމާއި ކިއްލި ތެޅުމާއި ސަނާމުގާއި ފެހިމުގާއި ބަދަން ހަނާކުރުމުގެ އިތުރަށް އޭނާ ފޯއް ވެސް ކޮށި އެވެ.

ނަސީމާ ތައްޔާރުކުރި އަނެއް ބާވަތަކީ އޭރު ފިހާރަފިހާރައިގައި އާއްމުކޮށް ވިއްކަން ނުހުންނަ އެއްޗެއް ކަމަށްވާ ލޮނުމިރުހެވެ. ރަށުގައި ލޮނުމިރުސް ފުނޑައި އުޅުނު ރެސިޕީ އަށް އޭނާ އެ ތައްޔާރުކޮށް، ކުދި ރަބަރު ޕެކެޓުގައި ބަންދުކޮށް ފިހާރައިގައި ވިކޭތޯ ބެހެއްޓި އެވެ. ފިހާރަ އަށް ވަންނަ މީހުންނަށް ރަހަ ދައްކަން ފެށި އެވެ. އެންމެ ފުރަތަމަ އެ ލޮނުމިރުހުގެ ރަހަ ބެލި މީހާ ވެސް އެ މީރު ވެގެން އޭގެ ޕެކެޓްތަކެއް ގަތެވެ. އެއީ މިއަދު މުޅި ރާއްޖެ އަށް މަޝްހޫރު އަދި ރަޝީދާއި ނަސީމާގެ ދިރިއުޅުން އެކީ އެކަށް ބަދަލުކޮށްލި "ފިރޯށި" ބްރޭންޑުގެ ލޮނުމިރުހުގެ ފެށުމެވެ. އެ ލޮނުމިރުސް ވިއްކަން ނުހުންނަ ފިހާރައެއް މިއަދު މާލޭގައި މަދުވާނެ އެވެ. ރަށްރަށުގައި ވެސް އެހާމެ މަގުބޫލެވެ. ރިސޯޓުތަކަށް ވެސް ގެންދެ އެވެ. މަސްފިހުމަށެވެ. ކުޅުޅު ރޯސް ކުރުމަށެވެ. ރިހަ ކެއްކުމަށެވެ. ގަރުދިޔަ އާއި ބަތާ އެކު ކާށެވެ. އެ ހުރިހާ ކަމަކަށް ވެސް މިއަދު "ފިރޯށި" ލޮނުމިރުހަކީ މަޖުބޫރު މާއްދާއެކެވެ.

ނަސީމާ "މިހާރު" އަށް އިންޓަވިއުދެނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

އެ ލޮނުމިރުހުގެ މީރުކަމާ އެއްވަރަށް، އޭގެ ފަހަތުގައިވާ ވާހަކަ ވެސް ރީތީ އެވެ. ދިވެހި އާދައިގެ ފަންތީގެ ދެމަފިރިއަކު އެ ނޫން ގޮތެއް ނެތިގެން، ހުރިހާ ކަމެއް ދޫކޮށްލާފައި ދަރިންނަށްޓަކައި މާލެ ފައިބައި ތިބެގެން ނުފޫޒުގެ އަތެއް ނެތި ފަށައި، ފައްކާކޮށް، ކާމިޔާބުކުރި މި ބްރޭންޑުގެ ވާހަކައަކީ ސައްތައިން ސައްތަ ދިވެހި "ސަކްސެސް ސްޓޯރީ" އެކެވެ. ރަށުގައި ރަނގަޅަށް ހިނހިނގައި ހުރި ވިޔަފާރިއެއް ދޫކޮށްލާފައި މާލެ އައިސް އަލުންބަލުން ފެށޭނެ ކަމަށް ރަޝީދުގެ ހިތުގައި އޮތް ޔަގީން ކަމާއި އިތުބާރަކީ "ފިރޯށި" އުފަންވުމުގެ އަސްލެވެ.

"ރިސްކެއް ނުނަގާ މިތާނގައި ކިހިނެއް ކަމެއް ކުރާނީ؟،" ރަޝީދު ބުންޏެވެ.

"އަޅުގަނޑުމެން ގަބޫލުކުރީ މާލެ އައިސް ވެސް ވިޔަފާރި ކުރެވޭނެ ކަމަށް."

އަނެއް ސަބަބަކީ ކޮންމެ ކަމެއް ކުރަން ނަސީމާ ފަސްނުޖެހުމެވެ. ދަރިން ބަލަމުން، ކައްކައި ކާން ހަދަމުން، ގޭތެރޭގެ އެހެން މަސައްކަތްކުރަމުން އަދި ރަޝީދު ސްކޫލް ދޮށަށާއި ބާޒާރަށް ދާ ގަޑީގައި ސޭޓުކަން ވެސް ކުރަމުން ނަސީމާ ދިޔައީ ވިކޭނެހެން ހީވާ ކޮންމެ އެއްޗެއް ހަދަމުންނެވެ. އަނެއްކޮޅުން ނަސީމާގެ ލޮނުމިރުހުގެ ޖާދޫގައި އިސާހިތަކު މީހުން ޖެހެން ފެށުމުން ވަކި އުފެއްދުމެއްގެ ގޮތުގައި ބްރޭންޑްކޮށް އެ ވިއްކޭ ތަން ރަޝީދުގެ ދުރުމި އަށް ދިޔައީ އަރަމުންނެވެ.

"އެ ކާ މީހެއް ވެއްޖިއްޔާ އޭގެން ނެއްޓޭ ގޮތެއް ނުވޭ. އެހެންވެ އޭރުއްސުރެ ދިޔައީ ވިސްނަމުން މީތި ފުޅާކުރަން." ރަޝީދު ބުންޏެވެ.

ރަޝީދު "މިހާރު" އަށް އިންޓަވިއުދެނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

އެ މަގުސަދުގައި ދެމަފިރިން އިތުރު މިކްސްޗަރު ހޯދައި ލޮނުމިރުސް ތައްޔާރުކުރާ އަދަދު ގިނަކޮށް އެހެން ބައެއް ފިހާރަފިހާރައިގައި ވެސް ވިއްކަން ބެހެއްޓި އެވެ. ހުޅުމާލޭ ބާބަކިއު ސަރަހައްދަށް ގޮސް މަސްފިހެން ތިބޭ މީހުންނަށް ވެސް ރަހަ ދައްކައި މާކެޓް ކުރަން ފެށި އެވެ. އެ ހިސާބުން ޑިމާންޑް ވަރަށް ބޮޑަށް މައްޗަށް ދިޔަ އެވެ.

ފިހާރައިގެ ދެބައިކުޅަ އެއްބައި 2012 ގައި ލޮނުމިރުހަށް ބަދަލުކުރި އެވެ. އެކަމަކު ވަރަށް ޒަމާނީ އުސޫލުންނެވެ. ނަސީމާގެ ނަމުގައި "ފިރޯށި ލޮނުމިރުސް" ރަޖިސްޓަރީކޮށް އޭގެ ދަށުން ލޮނުމިރުސް ތައްޔާރުކުރުމުން ރަޝީދުގެ ނަމުގައިވާ "ފިރޯށި" ފިހާރައިން އެ އުފެއްދުން ގަނެ ހޯލްސޭލްކޮށާއި ރީޓެއިލްކޮށް ވިއްކާނީ އެވެ.

އަޅުގަނޑުމެން ހުރިހާ އެއްޗެއް ދޫކޮށްލާފައި މާލެ އައީ ދަރީންގެ އުފަލަށް. އެކަން މިއޮތީ ﷲގެ ރަހުމަތްފުޅުން ހާސިލްވެފައި. އެއީ ހުރިހާ ވެސް އުފަލަކީ،"--- ނަސީމާ

އެ ހިސާބުން ވިޔަފާރި ފުޅާކުރާނެ އިތުރު އުކުޅެއް ވެސް ހޯދި އެވެ. މުޅި އާއިލާގެ މަސައްކަތަކަށް ބަދަލުކުރި އެވެ. ކުދިން ކިޔަވައި ނިމުމާ އެކު، ވިޔަފާރީގެ އެ ކުދިން ބައިވެރިކުރަން ފެށި އެވެ. މިއަދު "ފިރޯށި" ބްރޭންޑުގެ ލޮނުމިރުސް އުފެއްދުމުގެ ހުރިހާ މަރުހަލާއެއްގައި ކުދިން އުޅެ އެވެ. އިދާރީ މަސައްކަތް ވިޔަސް، ލޭބަލްކުރުން ކަމަށް ވިޔަސް، މާކެޓްކުރުން ކަމަށް ވިޔަސް ޑެލިވަރީ ކުރުން ކަމަށް ވިޔަސް އަދި ފިހާރައިގެ ވަތްގަނޑު ބެލެހެއްޓުން ވިޔަސް ރަޝީދާއި ނަސީމާއާ އެކު އެ ދެމަފިރިންގެ ކުދިން ބައިވެރިވެ އެވެ. ރަޝީދު ބުނި ގޮތުގައި ވިޔަފާރީގެ ކާމިޔާބީގެ ސިއްރަކީ އެއީ އެވެ. އެކަމަކު އަދިވެސް ލޮނުމިރުހުގެ ރެސިޕީ އާއި ފޯމިއުލާ އޮންނަނީ ހަމައެކަނި އެ ދެމަފިރިންގެ އަތުގަ އެވެ.

ރަޝީދު "ފިރޯށި" ލޮނުމިރުސް ފެކްޓަރީ ދައްކާލަނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

"އެންމެ ފުރަތަމަ މަދު އަދަދަކަށް ތައްޔާރުކުރިއިރު ބޭނުންކުރި މިންތަކަށް ބަލައިގެން، ގިނައިން ތައްޔާރުކުރާއިރު އެ ބޭނުންވާނެ ފޯމިއުލާ ހަދަނީ އަޅުގަނޑު. އެ އަށް ބަލައިގެން ހުރިހާ އެއްޗެއް ކިރާނީ އަޅުގަނޑުގެ އަންހެނުން. އެ ދެ މަސައްކަތުގައި އިތުރު އެއްވެސް މީހަކު ނޫޅޭނެ،" ސާފުކުރުމާއި އުފުލުން ފަދަ މަސައްކަތެއް ފިޔަވައި އެހެން ކަމެއްގައި ބިދޭސީއަކު ވެސް މަސްއޫލު ނުވާ މި ވިޔަފާރިއާ ބެހޭގޮތުން ރަޝީދު ބުންޏެވެ.

"އޭގެ ފަހުން ވެސް އެއްކުރުމާއި މުގުރުމުން ފެށިގެން ވިއްކަން ލުމާ ހަމަޔަށް ވެސް ހުރިހާ ކަމެއް ކުރާނީ މިގޭ ކުދިން. ގިނަ ދިވެހީންނަށް ނުހިފެހެއްޓޭ އެފަދަ ކަންކަން އަޅުގަނޑުމެން ހިފަހައްޓަން."

އަނެއް ސިއްރަކީ ވިޔަފާރި ފުޅާވެ، ބޮޑު މުއްސަނދިކަމެއް ލިބުނަސް މިކަމަށް ސަމާލުކަން ކުޑަކޮށްފައި އެހެން ދިމަދިމާލަށް ނުދިއުމެވެ. ނަސީމާ ބުނީ "ފިރޯށި" ލޮނުމިރިހުގެ ކާމިޔާބަކީ ކަސްޓަމަރުން ދިން އިތުބާރު ކަމަށާއި އެކަމަށް އަބަދުވެސް އިހުތިރާމުކުރާނެ ކަމަށެވެ.

"އަޅުގަނޑުމެން އެހެން މަސައްކަތެއް ކުރިޔަސް ކުރާނީ މިކަން ކޮށްފައި ވަގުތެއް އޮވެއްޖެއްޔާ،"

ރަޝީދު ވެސް ބުނީ މިއީ ވިޔަފާރިއަކަށް ވިޔަސް އެންމެ ބޮޑު އަމާޒަކީ ބޮޑު ފައިދާއެއް ނެރުމަށް ވުރެ ކަސްޓަމަރުންނަށް ހިތްހަމަޖެހުން ގެނެސްދިނުން ކަމަށެވެ. އޭނާ ބުނީ ވިޔަފާރި ފުޅާވުމުން އަވަހަށް ގިނަ ފައިސާ ހޯދަން އުފެއްދުމުގެ އަގުބޮޑުކުރާ މީހުން ތިބޭ ކަމަށާއި އެކަމަކު އެފަދަ ކަމެއް ކުރަން ހިޔާލަށް ވެސް ނާންނަ ކަމަށެވެ.

"މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ބޮޑު ވިޔަފާރިވެރިއަކު ބުނި ރޯދަ މަހަށް އަގު ބޮޑު ނުކުރަންހޭ؟ އަޅުގަނޑު ބުނިން ނުކުރާނަމޭ. ބުނީމާ ބުނީ ކަލެޔަށް ވިޔަފާރި ނޭނގެނީއޭ،" ރަޝީދު ބުންޏެވެ.

ނަސީމާ ބުނީ ލިބޭ ފައިސާ އަށް ވުރެ އުފާވެރިކަން ބޮޑީ ގަންނަ މީހުންގެ ފަރާތުން ލިބޭ ލޯބިން ކަމަށެވެ.

"ގިނަ މީހުންނަކަށް ނޭގޭނެ އަޅުގަނޑުމެން ކަމެއް މި ލޮނުމިރުސް ހަދަނީ. އެކަމަކު އެނގުނީމާ އައިސް ބައެއް މީހުން އެބަހުރި ބައްދާލާފައި،" ނަސީމާ ބުންޏެވެ.

"ވަރަށް ގިނަ ކޮމެންޓްސް ލިބޭ. އެއް ދުވަހަކު މީހަކު ބުނި އޭނާ މެލޭޝިއާ އަށް ދަމުން އަންހެނުން ގާތު ހަދިޔާއަކަށް ކޯނޗެއްހޭ ގެންދަންވީމާ ބުންޏޭ ފިރޯށި ލޮނުމިރުސް ތައްޓެއް ގެނެސްދޭށޭ. އެހެން ދުވަހަކު މީހަކު ގުޅާފައި ބުނި ތިމަންނަ ދަރިފުޅު މިއަދު ނުކެޔޭ ތި ނެތިގެން. އެހެން ބުނެލާ ބުނުމުން ވަރަށް ހިތްހަމަޖެހުން ލިބޭ."

"ފިރޯށި" ލޮނުމިރުސް ހަދާ ފެކްޓަރީގައި ބޭނުންކުރާ ސޫޓް. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

އެ ހުރިހާ އުފާވެރި ބަސްތަކާ އެކު ދެމަފިރިންގެ އެންމެ ބޮޑު ސަމާލުކަމެއް ދެނީ ރަހަ ހިފެހެއްޓުމަށާއި ފެންވަރު ހިފެހެއްޓުމަށެވެ. ލިބޭ ފައިދާ އިން ވަރަށް ބޮޑު ބައެއް، އެކަމަށް އިންވެސްޓް ކުރެ އެވެ. މިހާރު ލޮނުމިރުސް ތައްޔާރު ކުރަނީ އެކަމަށް ހާއްސަކޮށް ގާއިމްކޮށްފައިވާ ފެކްޓަރީ ސްޓައިލް ތަނެއްގަ އެވެ. އެއްފަހަރާ 15 މެޝިން ބޭނުން ކޮށްގެން 75 ކިލޯގެ ލޮނުމިރުސް ތައްޔާރު ކުރެވޭ އަދި ހަފުތާއަކަށް ބަލާ ނަމަ ގާތްގަނޑަކަށް ދެ ޓަނު އުފެއްދޭ ވަރުގެ ގާބިލުކަން ހުރި އެ ކުޑަކުޑަ އެކަމަކު ޕްރޮފެޝަނަލް ފެކްޓަރީ އަށް ވަދެވޭނީ ހާއްސަ ސޫޓަކާއި ފައިވާނަކަށް އަރައިގެންނެވެ. ތައްޔާރު ކުރާ ތަނާއި ބަންދު ކުރާ ތަނާއި ފިނިކޮށް ގުދަން ކުރާ ތަން ހުންނަނީ ވަކިންނެވެ. އެ ތައްޔާރުކުރުމުގެ އެކި މަރުހަލާތައް ހުންނަނީ އެކި ދުވަސްދުވަހަށް ބަހައިފަ އެވެ.

"ފިހާރައަކަށް ލާއިރު ވެސް އަޅުގަނޑުމެން ބަލަން އެ ފިހާރައަކީ އަޅުގަނޑުމެން ބޭނުންވާ ކޮލިޓީގައި ފިނިކޮށް އެ ބެހެއްޓޭނެ ތަނެއްތޯ. ދޯންޏަކުން ގެންދާއިރު ވެސް ބަލަން އޭގައި ފިނިކުރެވޭނެ ނިޒާމެއް ހުރިތޯ،" ރަޝީދު ބުންޏެވެ.

"ރަހަ އާއި ކޮލިޓީ ގެއްލޭނެ އެއްވެސް ކަމެއް ދޫކޮށްނުލެވޭނެ."

ރަޝީދު އާއި ނަސީމާ، އެދެމަފިރިންގެ ހަތް ކުދިންނާ އެކު. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

އެ ހުރިހާ ކަމަކީ "ފިރޯށި" ލޮނުމިރުސް ކާމިޔާބު އުފެއްދުމަކަށް ވުމުގެ ސިއްރުތަކެވެ. އެކަމަކު އެންމެ ބޮޑު ސިއްރަކީ އެ ދެމަފިރިންގެ ވަރުގަދަ އަޒުމާއި ހީވާގި ކަމާއި މުރާލިކަމާއި ކެރުމެވެ. އޭގެ ސަބަބުން މިއަދު ދިރިއުޅުން އެތައް ގުނައެއް ތަނަވަސްވެއްޖެ އެވެ.

އެ ދެމަފިރިން ވިޔަފާރި ފެށުމުގެ މަގުސަދަކަށްވި، ދަރިންނަށް ރަނގަޅު މުސްތަގުބަލެއް ހޯދައިދިނުމުގެ ބޭނުން ވެސް ފުދިއްޖެ އެވެ. އެ ވިޔަފާރީގެ ފައިދާ އިން ކޮންމެ ކުއްޖަކަށް އެޕާޓްމަންޓް ހޯދައި ދީފި އެވެ. އަދި އެ ދެމަފިރިން ވަނީ ރިއަލް އެސްޓޭޓަށް އިންވެސްޓްކޮށް ކުރިމަގަށް ވެސް މާލީ ރައްކާތެރިކަން ހޯދައިފަ އެވެ.

"އަޅުގަނޑުމެން ހުރިހާ އެއްޗެއް ދޫކޮށްލާފައި މާލެ އައީ ދަރީންގެ އުފަލަށް. އެކަން މިއޮތީ ﷲގެ ރަހުމަތްފުޅުން ހާސިލްވެފައި. އެއީ ހުރިހާ ވެސް އުފަލަކީ،" ނަސީމާ ބުންޏެވެ.

އިންޓަވިއު ނިންމާލުމަށް ފަހު ހަތް ކުދިންނާ އެކު ގްރޫޕް ފޮޓޯއެއް ނަގަން ތައްޔާރުވަމުން ނަސީމާ ބުނެލި އެވެ.

"މި އެންމެން.... ފިރިމީހާ އާއި ދަރީންނާއި ވަރަށް ހިތްވަރު ކޮށްގެން އެންމެންގެ އެހީއާ އެކު މިހިސާބަށް އާދެވުނީ."

49 ކޮމެންޓް, 282 ރިއެކްޝަންސް

icon happy icon happy 7%
icon sad icon sad 2%
icon angry icon angry 2%
icon wow icon wow 1%
icon inlove icon inlove 88%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ވޭމަންޑޫ

13 January 2025

އެންމެ ފުރަތަމަ ތި ފިރޯށި ފިހާރަޔަށް ލޮނުމިރުސް ހަދައިގެން ގެންދިޔައީ އަވައްޓެރި މީހެއް މީތި ހައިގަ ހިފުމުން. ގެންނަ މީހާއަތުން ތައްޔާރުކުރާނޭގޮތް އޮޅުންފިލުވާ ފަހުން ގެންދިއުމުން ބުނީ މިހާރު އަހަރެން ލޮނުމިރުސް ހަދާގެން ވިއްކަނީއޭ ބުނި ދެން ނުގެންނާށޭބުނި ވީމާ މީހެއްގެ ފަރާތުން ލިބުނު ކުރިއެރުމެކެވެ ނުބުމުނުން ވަރައްދެރަވޭ އަމިއްލައަށް ފެށިކަމެކޭ ބުނަން ލަދެއްވެސް ނުގަނޭތަ ކާރި ހިސާބު ގަނޑު މީހުންނަށް މިކަން އިނގޭނެ.؟ މީ ހަގީގަތް.!

The name is already taken The name is available. Register?

ޏަނާ

13 January 2025

ލޮނުމިރުހަކީ މަ ކާ އެއްޗެއް ނޫން… އެކަމަކު މިވީ ގޮތުން ތީގެ ރަހަ ބަލަންޖެހޭ އެބަ! ދިވެހިން މާ ލޮނު ގަދަކޮށް ކާތީވެ ލޭ މައްޗަށް ދިއުމާއި ހިތުގެ ބަލިތައް ގިނައީ! ގަރުދިޔައާ ބަތަށްވެސް އަޅާލަނީ ލޮނުމިރުސް ވިއްޔާ!

The name is already taken The name is available. Register?

ހެޔޮނުވާނެ

12 January 2025

ކާމިޔާބަށް އެދެން.. އަދި ބައެއް ދިވެހީންގެ ހަސަދަވެރިކަމާއި އެސްފީނާގެ ނުބައިކަމުން ސަލާމަތްކޮއްދެއްވުންއެދި ދުޢާކުރަން.. ބައެއް ދިވެހިންގެ އޮންނާނީ މަސައްކަތެއްކޮއްގެން ކުރި އެރުމަށް ވުރެ މަސައްކަތުން ތަނަވަސްވެފަވާ މީހުންގެ މަސްކެއުމާއި އެމީހުން ދެކެ އަންނަ ރުޅިން އަބުރު ކަތިލުން..ދިވެހިން ކުރި ނާރަނީ އެހެންވެ..ހަސަދަވެރިވާ ވަގުތުވެސް ބޭކާރުނުކޮށް ފައިދާހުރި ގޮތުގަ ބޭނުން ކޮއްބަލަ..

The name is already taken The name is available. Register?

ފޫހި

12 January 2025

މީގެ ކޮމެންޓްކުރާ މީހުން ނަށް ހީވަނީ މާލެއައިމައޭ އެމީހުން މުއްސަދިވީ. މަށަށް ވިސްނުނީ އެހެނެއްނޫން. ހިތްވަރާއެކު މަސައްކަތް ކޮށް އެމީހުން ކުރި މަސައްކަތް މާތް ﷲ ކާމިޔާބުކޮށްދެއްވީ. މަށަށް ވިސްނުނީ ރަށުގައިރީތިކުޑަ ފެކްޓަރީއެއް ހަދައިގެން މާރަނގަޅު އުފެއްދުންތައް އުފައްދައިގެން ހަމަ ވިއްކޭނޭ. މިސާލަކަށް ތެލުލިފަތް. ދިވެހި އެކިކަހަލަ އުފެއްދުން ތައް އުފެއްދިދާނެ. އެކަމަކު ގިނަ މީހުން މަސައްކަތެއްފަށާފައި ހަވާލުކުރަނީ ބިދޭސީންނާ އެހިސާބުން އެފުޑެނީ

The name is already taken The name is available. Register?

ޕްރޫވެން

11 January 2025

ފިރޯށި ލޮނު މިރުސް އީޖާދު ކުރި މީހުން ގޮތަށް ދެން ވެސް ރާއްޖެތެރޭ ގައި އެފަދަ އެހެން ކަންކަން ކުރާ އެންމެން އެމެންގެ ވިޔާފާރި ކާމިޔާބު ކުރަން ބޭނުންނަމަ މާލެ ސަރަހައްދަށް ބަދަލުވާންވީއޭ ޒުވާން މަސްވެރިޔާ އަދި ދަނޑުވެެރިޔާ ވެސް ބަދަލުވާންވީއޭ މާލެ ސަރަހައްދަށް އަދި ސަރުކާރުން އެމެންނަށް މާލެ ސަރަހައްްދުން ތިލަފުށިން ގޯތި ދޭށޭ މާބޮޑު އަގެއް އެމެން އަތުން ނުނަގާ އެއިރުން މާލެ ބަދަލުވާނީ ރާއްޖޭގެ އެމެރިކާ އަށޭ އިޓްސް ބީން ޑިޓެކްޓެޑް އެން ޕްރޫވެން

The name is already taken The name is available. Register?

މުޙައްމަ

12 January 2025

އެހެންވީމާ މާލެ ސަރަޙައްދުގައި ފަޤީރަކު ނުހުންނާނެތާ ؟

The name is already taken The name is available. Register?

އައިމިނާ

11 January 2025

ﷲމާޝާ އިތުރު ކާމިޔާބީއަށް އެދެން. ދިރިއުޅުމުގައި ބަރަކާތްލައްވާ ހެޔޮގޮތް މިންވަރު ކުރެއްވުމަށް އެދެން.

The name is already taken The name is available. Register?

raajje

11 January 2025

އައިމިނާ: ރަނގަޅުގޮތަކީ ماشاء الله، މިފަދަ ބަސްތަކާ ކަލިމަތައް ފަރުވާކުޑަކޮށްލާފަ ނުބައިކޮށްލިޔުމަކީ ކުރެވޭނެކަމެއްނޫން، ކޮށްގެންވާނެކަމެއްނޫން

The name is already taken The name is available. Register?

އަހްމަދުު

11 January 2025

ކިތަންމެ މީރުނަމަވެސް މިލޮނުމިރުސް އުފައްދައިގެން ވިއްކަނީ ދިވެހިރާއްޖޭގައި މުދާ ވިއްކުމާބެހޭ ގާނޫނާއި ގަވާއިދާ ޚިލާފަށް. ތަކެތި އުފައްދައިގެން ވިއްކާއިރު އޭގެނަމާ އެ އުފައްދާފައިހުރިބައިތަކާ (އެބަހީ އިންގްރެޑިއަންސް) އަދި އުފެއްދި ތާރީޚާއި މުއްދަތު ހަމަވާތާރީޚްވެސް ލޭބަލް ކުރެވިފައި ހުންނަންވާނެ. މިކަންކަމެއް ލޭބަލްގައި ނުހުރޭ. މިފަދަ ތަކެތި ވިއްކާނަމަ އެއްލައްކަ ރުފިޔާއިން ޖުރިމާނާ ކުރެވޭނެކމަށްވެސްއޮވޭ.

The name is already taken The name is available. Register?

މާމާޖީ

11 January 2025

ޔަގީނުން އަޖިނަމޮޓޯ އަޅާ. ސޯ އައިޑޯންޓް ލައިކް ފިރޯޝި

The name is already taken The name is available. Register?

އަހްމަދަށް ތިއޮތީ ޙަސަދަވެރި ވެފިފައި

11 January 2025

އަހްމަދުގެ މި ކޮމެންޓް ކިޔާފައި ތެދެއްތޯ ބަލަން މިގޭ ފްރިޖްގައި ހުރި ފިރޯށި ލޮނުމިރުސް ތަށި ބަލައިލި އިރު، ތަށީގެ އަރިމަތީގައި ހިއްޕާފައި އިން ލޭބަލްގައި، އޭގައި ހިމެނޭ ބާވަތްތަކާއި، އުފެއްދި ތާރީޚާއި، އެތާރީޚުން ފެށިގެން 6 މަސްތެރޭ ބޭނުން ކުރުން ރަނގަޅުވާނެ ކަމަށް ލިޔެފައި އެބައޮތެވެ.

The name is already taken The name is available. Register?

ލޮނުޕެކެޓު

12 January 2025

މަގޭ ގަތް ތަށީގައި ހުރި ގައިމު. ކަލޭ ކޯއްޗެއް އަނެއްކާ ގަނެގެން ތިއުޅެނީ؟

The name is already taken The name is available. Register?

raajje

11 January 2025

މިވާހަކައިންއަޅުގަނޑުވެސް ހިތްވަރުލިބިގެންފިން، ރަޝީދުއާއި ނަސީމާގެ ތިޔަކާމިޔާބާމެދުއުފާކުރަން، އަދި ރަނގަޅުކޮށްލަންވީކަމެއްވެސް އަޅުގަނޑު ފާހަގަކޮށްލާނަން، ފިރޯށިލޮނުމިރުހުގެ ރެސަޕީ ސިއްރުކުރުމަކީ އެއްވެސްމައްސަލައެއްނޫން، އެއީ ކޮންމެބަޔަކުވެސް އެކަންކުރާނެގޮތް، ނަމަވެސް އެޔަށްއަޅާފައި ހުންނަ އެއްޗެހިބޭރުގައި ލިސްޓުކުރަންޖެހޭކަމަށް އަޅުގަނޑުދެކެން، އަދި ހާއްސަގޮތަކަށް ބަންދުކުރުންވެސް ރަނގަޅުވާނެ، އެއީ ޑިމާންޑުއޮންނަ އެއްޗެހީގެފޭކު އުފައްދާނެތީ!

The name is already taken The name is available. Register?

ފަކީރާ

11 January 2025

އަޖިނަމޮޓޯ ރަހަ ވަރަށް ގަދަ

The name is already taken The name is available. Register?

ފަކީރު

11 January 2025

ތީ ވަރށް ބޮޑު ތެދުފުޅެއް. އަޅުގަނޑު ދަންނަ ގިނަ ފިރޯޝި ލަވާސް ތިބެނީ މި މިޔަށް އެޑިކްޓް ވެފަ. ޔައުނީ އަޖިނަމޮޓޯ ވަރަށް ގަދަޔަށް އަޅައޭ

The name is already taken The name is available. Register?

މުސްތަޤްބަލް

11 January 2025

ލޮނުމިރުހުގެ ރެސިޕީ ކީއްވެ ކުދިންނަށް ދަސްކޮށްނުދެނީ؟ އޭރުން ދެމަފިރިން ދުނިޔޭގައި ނެތް ދުވަހުވެސް އެކުދިންނަށް ވިޔަފާރި ހިންގޭނެއެއްނު.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454