ރިޕޯޓް / ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާ

އިންޓެލިޖެންސް އިދާރާތަކުގައި ބާގަނޑުތަކެއް، މައުލޫމާތު ބަދަލެއް ނުކުރޭ!

ރައީސް ނަޝީދަށް ދިން ހަމަލާއަށް ފަހު އެމަނިކުފާނަށް ފަރުވާ ދިން އިރު އޭޑީކޭ ސަރަހައްދުގައި ސިފައިނާއި ފުލުހުން ހަރަކާތްތެރިވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މިދިޔަ މެއި 6 ގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލައާ ގުޅިގެން ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ތައްޔާރު ކުރި އިންކުއަރީ ރިޕޯޓުން އެނގިގެން ދިޔަ އެއް ކަމަކީ އެމަނިކުފާނަށް ނުރައްކާ އޮތްކަން އެނގި ތިބެ އެ މައުލޫމާތުގެ މައްޗަށް ބިނާކޮށް އެމަނިކުފާނަށް އެކަށީގެންވާ ހިމާޔަތެއް ނުދެވޭ ކަމެވެ. މިކަމާ ހެދި، ހަމަލާ ދިން ރެއިން ފެށިގެން އިންޓެލިޖެންސް އިދާރާތަކަށް ފާޑުކިޔަމުން ދިޔަ އެވެ.

ޓެރަރިޒަމްގެ ގާނޫނުގައިވާ ގޮތުން އިންޓެލިޖެންސް އެއް ކުރާ ފަސް އިދާރާއަކީ ސިފައިންނާއި، ފުލުހުންނާއި، އެމްއެމްއޭ އާއި ކަސްޓަމްސް އަދި އިމިގްރޭޝަނެވެ. އިންޓެލިޖެންސް މައުލޫމާތު އެއް ކުރުމާއި ދިރާސާ ކުރުމުގެ ގާބިލުކަން ގާއިމްކޮށް، އެއް ކުރާ މައުލޫމާތުތައް ދެން ހުރި އިދާރާތަކަށް ދޭން ވާނެ ކަމަށް ގާނޫނުގައިވެ އެވެ.

ނަމަވެސް އިންކުއަރީން ހާމަވީ އެއް މުއައްސަސާ އާއި އަނެއް މުއައްސަސާއާ ދެމެދު މައުލޫމާތު ބަދަލު ކުރާނެ ގޮތުގެ އުސޫލުތަކެއް ހަދާފައި ނެތް ކަމެވެ. ބައެއް މުއައްސަސާތަކުގެ އެތެރޭގައި މައުލޫމާތު ދައުރު ކުރާނެ ގޮތުގެ އުސޫލުތަކެއް ނެތްކަން ވެސް އެނގިގެން ދިޔަ އެވެ.

ނިޒާމުގައި ނުބައްދައި ހުރި ގިނަ ބާގަނޑުތަކެއްގެ ސަބަބުން މައުލޫމާތު ބަދަލު ނުކުރެވި، ރައީސް ނަޝީދަށް ދިން ހަމަލާ ކުރީބައިގައި ހުއްޓުވޭ ގޮތެއް ނުވެ އެމަނިކުފާނުގެ ފުރާނަފުޅު ނުރައްކަލަށް ހުށަހެޅިގެން ދިޔަ އެވެ.

ސިފައިންގެ ތެރޭގައި އިންޓެލްގެ މައުލޫމާތު ދައުރެއް ނުވޭ

ރައީސް ނަޝީދަށް ހަމަލާއެއް ދޭން އުޅޭ ކަމުގެ މައުލޫމާތު ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ޑިފެންސް މިނިސްޓަރު މާރިޔާ އަށް ދެއްވުމުން އެކަން ސީރިއަސްކޮށް ނަގާފައި ނުވާތީ މާރިޔާ އަށް ފާޑުކިޔުން އަމާޒުވެފައިވެ އެވެ. އެ މައުލޫމާތު ޑިފެންސް މިނިސްޓަރާ ހިއްސާ ކުރުމަކީ ގާނޫނު ދަންނަ ކަމެއް ނޫން ކަމަށް މާރިޔާ ވިދާޅުވެފައިވެ އެވެ. އެފަދަ މައުލޫމާތެއް ޑިފެންސް މިނިސްޓަރަށް ލިބުުމުން އެ މައުލޫމާތު އެއްވެސް ފަރާތަކާ ހިއްސާ ކުރުން ގާނޫނު ލާޒިމު ނުކުރާ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.

މާރިޔާ އަމަލު ކުރެއްވި ގޮތަކީ ވެސް ބައެއް މީހުން ދެކޭ ގޮތުގައި މައުލޫމާތު ހިއްސާ ކުރުމުގައި އިންޓެލިޖެންސް އިދާރާތައް ފެއިލްވި ކަމުގެ ހެއްކެކެވެ. އެއީ އޭނާއަށް ލިބުނު މައުލޫމާތު ސިފައިންގެ ދަށު ރޭންކުތަކާއި ކަމާ ބެހޭ ޑިޕާޓްމެންޓުތަކާ ވެސް ހިއްސާކޮށްފައި ނެތީމަ އެވެ.

ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ 241 ކޮމިޓީގެ އިންކުއަރީއަށް މައުލޫމާތު ދެއްވަނީ -- ފޮޓޯ/ ރައްޔިތުންގެ މަޖިލިސް

އިންކުއަރީގައި ރިޕޯޓުގައި ފާހަގަކޮށްފައި ވަނީ، އެމްއެމްޑީއެފްގެ އެެތެރޭގެ ޑިޕާޓްމެންޓުތަކުގައި އަދި ޑިޕާޓްމެންޓުތަކުގެ ތެރޭގައި މައުލޫމާތު ދައުރު ކުރާނެ ގޮތުގެ އުސޫލެއް ހެދިފައި ނޯންނަ ކަމެވެ. އަދި ޑިޕާޓްމެންޓުތަކުގެ ތެރޭގައި އެންމެ އެދެވޭ ގޮތަށް މައުލޫމާތު ބަދަލުކުރެވިފައި ނުވާކަން ފާހަގަކޮށްފައިވެ އެވެ. އެކަމުގެ ސަބަބުން މުވައްޒަފުންނަށް ޒިންމާ އަދާ ކުރެވޭނެ އަދި ޒިންމާ އުފުލަން ލާޒިމު ކުރާނެ ގޮތެއް ކަނޑައެޅިފައި ނެތް ކަމަށް ބުނެފައިވެ އެވެ.

އެފަދަ އުސޫލެއް އެކުލަވާލެވި އެއަށް ރަނގަޅަށް އަމަލު ކުރަމުން ގެންދިޔަ ނަމަ ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅޭ ކަމުގެ މައުލޫމާތު އެހެން މުއައްސަސާއަކަށް ދެވި އެ އަމަލެއް ހުއްޓުވުމުގެ ފުރުސަތު ފަހިވީސް ކަމަށް ރިޕޯޓުގައިވެ އެވެ.

"ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅޭ ކަމުގެ މައުލޫމާތު މުއައްސަސާތަކުގެ މެދުގައި ބަދަލު ކުރެވި، އެ މުއައްސަސާގެ މައްޗަށް ގާނޫނު ލާޒިމު ކުރާ ކަމެއް ކުރަން ޖެހޭނެކަން ފާހަގަ ކުރެވެ އެވެ. އަދި އެކަމުގެ ނަތީޖާއެއްގެ ގޮތުން ޓެރަރިޒަމްގެ އަމަލެއް ހިންގުމުގެ ކުރިން އެފަދަ އަމަލުތައް ހުއްޓުވުމުގެ ފުރުސަތު ފަހިވެގެންދާނެ އެވެ." އެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

އިންކުއަރީގައި ފާހަގަ ކުރި އެއްކަމަކީ ކްލޯސް ޕްރޮޓެކްޝަން ޔުނިޓަކުން ދޭ މައުލޫމާތު ކޮމާންޑް ސްޓްރަކްޗާގެ މައްޗަށް ނުދާ ކަމެވެ. އަދި މަތީ ރޭންކުތަކުން ދަށު ރޭންކުތަކަށް ދޭން ޖެހޭ މައުލޫމާތު ނުފޯރާ ފަހަރު ވެސް ދާ ކަމަށް ބުނެފައިވެ އެވެ.

"މިފަދަ ނިޒާމެއް އޮތް ނަމަ، އަދި އަމަލު ކުރަން ޖެހޭ އުސޫލުގެ ތެރެއިން ރަނގަޅަށް އަމަލު ކުރަމުން ގެންދިޔަ ނަމަ ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅޭ ކަމުގެ މައުލޫމާތު މުއައްސަސާތަކުގެ މެދުގައި ބަދަލު ކުރެވި، އެ މުއައްސަސާގެ މައްޗަށް ގާނޫނު ލާޒިމު ކުރާ ކަމެއް ކުރަން ޖެހޭނެކަން ފާހަގަ ކުރެވެ އެވެ." ރިޕޯޓު

ނަޝީދު ކާރުކޮޅަށް އަރުއްވަނިކޮށް އެ މަނިކުފާނަށް އަމާޒުކޮށް، ބޮމެއް ގޮއްވައިލުމަށް ފަހު މާލޭގެ އެކި ސަރަހައްދުތަކުގައި ސިފައިން ހަތިޔާރާއެކު ފޯރިމަރަނީ:-- ފައިލް ފޮޓޯ: ނިޝާން އަލީ /މިހާރު

ރައީސް ނަޝީދަށް ހަމަލާއެއް ދިނުން "އިމިނެންޓް" ނުވަތަ އެއީ ކޮންމެ ވަގުތެއްގައި ހިނގާފާނެ ކަމެއް ކަމަށް އެމަނިކުފާނުގެ ތްރެޓް އެސެސްމެންޓުގައި ބަޔާންކޮށްފައި އޮތް ނަމަވެސް، ތްރެޓް އެސެސްމެންޓާ ގުޅިގެން ޑީއައިއެސްއިން ދީފައިވާ އެއްވެސް ރެކޮމެންޑޭޝަނެއް ކްލޯސް ޕްރޮޓެކްޝަން ޓީމު ނުވަތަ ގާޑުންގެ ޓީމަށް އަންގައިފައެއް ނުވެ އެވެ. ބޮޑީ ގާޑުންނަށް އެންމެ އެކަށީގެންވާ މިންވަރަށް މަސްއޫލިއްޔަތު އަދާ ކުރެވޭ ވަރަށް އެ މީހުންނަށް މައުލޫމާތު ދީފައެއް ވެސް ނުވެ އެވެ.

"ރައީސް މުހައްމަދު ނަޝީދުގެ ކްލޯސް ޕްރޮޓެކްޝަން ޓީމުގެ މެމްބަރުންގެ ތެރެއިން ވަކި މައުލޫމާތެއް އެނގެން ޖެހޭ މީހާއަށް އޭނާގެ މަސްއޫލިއްޔަތު އަދާ ކުރުމަށް އެނގެން ޖެހޭ މިންވަރަށް އެ މައުލޫމާތު ދީފައި ނުވާކަން ފާހަގަ ކުރެވެ އެވެ." ރިޕޯޓުގައިވެ އެވެ.

މުއައްސަސާތައް އެއް ގަލަކަށް އަރައި މައުލޫމާތު ބަދަލެއް ނުކުރޭ

ޓެރަރިޒަމްގެ ނުރައްކަލެއް އުޅޭ ކަމުގެ މައުލޫމާތެއް ލިބުމުން މުއައްސަސާތަކަށް އެއް ހަށިގަނޑެއްގެ ގޮތުގައި މަސައްކަތްކޮށް އެ ނުރައްކަލެއް ހުއްޓުވުމުގެ ފުރުސަތު ލިބޭނީ ލިބޭ އިންޓެލިޖެންސް މައުލޫމާތު އަނެއް މުއައްސަސާއާ ހިއްސާ ކުރެވިގެންނެވެ. އެފަދަ މައުލޫމުތައް ބަދަލު ކުރުމަށް އެކަމާ ގުޅޭ އުސޫލެއް ވެސް މުހިންމެވެ.

އެފަދަ އުސޫލެއް ހެދުން ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގައި މަތިކޮށްފައި އޮންނަނީ ހޯމް މިނިސްޓްރީ އަށެވެ. ނަމަވެސް، އިންކުއަރީގައި ފާހަގަކޮށްފައި ވަނީ އެފަދަ އުސޫލެއް އެ މިނިސްޓްރީން އެކުލަވާލާފައިވާ ނުވާ ކަމެވެ. އެހެންވެ، އެއް މުއައްސަސާއިން އަނެއް މުއައްސަސާ އަށް މައުލޫމާތު ދޭނެ ގޮތެއް ސީދާ ކަނޑައެޅި ލިޔެވިފައެއް ނޯވެ އެވެ.

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ 241 ކޮމިޓީގެ އިންކުއަރީއަށް މައުލޫމާތު ދެއްވަނީ -- ފޮޓޯ/ މަޖިލިސް

މިކަމާ ގުޅިގެން އިންކުއަރީ އިން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲއާ ސުވާލު ކުރުމުން އޭނާ ވިދާޅުވެފައި ވަނީ އެއީ މިހާރު ކުރިއަށްދާ މަސައްކަތެއް ކަމަށެވެ. ނަމަވެސް، އެކަން ލަސްވާ އެއް ސަބަބުގެ ގޮތުގައި އޭނާ ފާހަގަ ކުރެއްވީ އިންޓެލިޖެންސް އެއް ކުރާ މުއައްސަސާތަކަށް ބައެއް ކަންކަމުގައި އެއްބަސްވުމަކަށް އާދެވިފައި ނެތުމެވެ.

އިމްރާން ވިދާޅުވެފައި ވަނީ އިންޓެލިޖެންސް ބަދަލު ކުރާ އިދާރާތަކުގެ މެދުގައި ލީޑު ނަގާނެ އިދާރާއެއް ކަނޑައެޅުމާ މެދު އިދާރާތަކުގެ މެދުގައި ދެބަސްވުމާއި ބަހުސް އޮތުމަކީ އުސޫލު ލަސްވާ އެއް ކަން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ފުލުހުންނާއި ސިފައިންނާއި ކައުންޓާ ޓެރަރިޒަމް ސެންޓަރާ ދެމެދު ބޮޑެތި ހިޔާލުތަފާތުވުންތަކެއް އެބަ ހުއްޓެވެ. އެއިން ކޮންމެ އިދާރާއެއް ވެސް ލީޑު ނަގަން ވިއްދާލައިފަ އެވެ. ނަމަވެސް، ލީޑު ނަގާނީ ފުލުހުން ކަމަށް އިމްރާން މިހާރު ވަނީ ނިންމަވައިފަ އެވެ.

ވަކި އުސޫލެއް ނެތް ނަމަވެސް، މި އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި ގެޒެޓު ކުރި ޓެރަރިޒަމާ ބެހޭ އާންމު ގަވައިދުގައި ޓެރަރިޒަމްއާ ބެހޭ އިންޓެލިޖެންސް މައުލޫމާތު ބަދަލު ކުރުމާ ބެހޭ ބާބެެއް ވަނީ ހިމަނައިފަ އެވެ. އިމްރާން ވިދާޅުވެފައި ވަނީ އެ ބާބުން ބާރުލިބިގެން މުއައްސަސާތަކުގެ މެދުގައި މައުލޫމާތު ބަދަލު ކުރާނެ ގޮތުގެ އޮނިގަނޑެއްގެ ޑްރާފްޓެއް ލީޑު އެޖެންސީ ކަމަށްވާ ފުލުހުން އެކުލަވާލައިފައިވާ ކަމަށެވެ.

ނަޝީދު ކާރުކޮޅަށް އަރުއްވަނިކޮށް އެ މަނިކުފާނަށް އަމާޒުކޮށް، ބޮމެއް ގޮއްވައިލުމަށް ފަހު މާލޭގެ އެކި ސަރަހައްދުތަކުގައި ފުލުހުން ހަތިޔާރާއެކު ފޯރިމަރަނީ:-- ފައިލް ފޮޓޯ: ނިޝާން އަލީ

ނަމަވެސް، އެ އޮނިގަނޑު ވެސް ނުނިމިގެން އުޅެނީ ދެބަސްވުންތަކާ ހެދި އެެވެ. އޭގައިވާ ބައެއް ކަންކަމާ މެދު އަދިވެސް މުއައްސަސާތަކަށް އެއްބަސް ނުވެވޭ ކަންކަން ހުރި އިރު ލީޑު އެޖެންސީއެއްގެ ގޮތުގައި ފުލުހުން އޮތުމަކީ ވެސް އިމްރާން ވިދާޅުވި ގޮތުގައި އަދިވެސް ބަހުސް ކުރެވެމުންދާ ކަމެކެވެ.

ރައީސް ނަޝީދަށް ހަމަލާއެއް ދޭން އުޅޭ ކަމުގެ މައުލޫމާތު ޑިފެންސް މިނިސްޓަރަށް ލިބިވަޑައިގަތެވެ. އެކަނިކުފާނަށް ފާރަލިކަން ވެސް ސިފައިންނަށް އެނގެން އެބަ އޮތެވެ. އިންޒާރުތަކާ ހެދި އެކަނިކުފާނަށް ހަމަލާއެއް ދިނުމަކީ "އިމިނެންޓް" ކަމެއް ކަމަށް ވެސް އޮތީ ލަފާ ކުރެވިފަ އެވެ. އެ ހުރިހާ ކަމެއް އެނގި ތިބެވެސް އެކަށީގެންވާ ރައްކާތެރި ކަމެއް ނުދެވުނެވެ. ބައެއް އާންމުން ވެސް ދެކޭ ގޮތުގައި ހުރިހާ ކަމެއް ވެސް އަތުން ދޫވީ މައުލޫމާތު ހިއްސާ ނުކުރެވުމުންނެވެ.

26 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 25%
icon sad icon sad 25%
icon angry icon angry 50%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އ‫ިމިނެންޓް

11 July 2021

ފ‫ުލުހުން ލީޑް އެޖެންސީ އެއް ގޮތުގައި ކަނޑއޅައިފިނަމަ އަނެއްކާވެސް ކުރާނީ ބަގާވާތް, ވަކި އެޖެންސީ އެއް ގާއިމް ކުރަންވީ , އެޖެންސީ އޮންނަން ވާނީ ޑިފެންސްގެ ދަށުގަ އެޖެންސީގެ އެންމެ އިސްމީހަކަށް ހުންނަންވާނީ ބްރިގޭޑިއަރ ފެންވަރުގެ މީހެއް މިހާރު ތިޔަކަމަށް އެންމެ އެކަށޭނަ ބޭފުޅަކީ ބ.ޖެނެރަލް ނިލާމް އެބޭފުޅާއަށް ތިޔަކަން ވެދާނެ

The name is already taken The name is available. Register?

ނޯޔަރ

10 July 2021

ޑިފެންސް މިނިސްޓަރަކަށް ވަކީލުކަމުގެ ހުނަރު ހުރި މީހަކު ލިއަސް އެކަމުގެ އެއްވެސް ބޭނުމެއް ކުރެވިފައިނުވާތަން ތިކަމުން ހާމަވޭ. މަގާމަށް އެންމެ ގޮތަކުން ނޫން އެތައް ގޮތަކުން ކުފޫހަމައެއްނުވޭ. މީހަކަށް އަދި އަމުދުން އެހާ ދަންނަ ގާތް މީހަކަށް ދޭން އުޅޭ ހަމަލާއެއްގެ ވާހަކަ އެހެން މީހަކު ހިއްސާކުރުމުން އެކަމާ އަޅާނުލުމަކީ ފަރުވާކުޑަކަމުގެ އިންތިހާ. ގައުމުގެ ސަލާމަތީ އެހެން ކަންކަން ބެލޭނެވަރާ މެދުވެސް ސުވާލު އުފެދޭ.

The name is already taken The name is available. Register?

މާހިރު

10 July 2021

ޢާއްމުކޮށް ކޮންމެ ތަނެއްގައިވެސް މޮޅުވާނީ ވާހަކައެވެ. ކަންކަން ހުންނަގޮތް ބަލާއިރު ހުންނާނީ ވަރަށް ދޯދިޔާކޮށެވެ.

The name is already taken The name is available. Register?

ސައިޚް

10 July 2021

މާރިޔާ އަމަލުކުރިގޮތް ވަރަށް ގޯސް، ޑިފެންސް މިނިސްޓަރަށް އެނގުމުން އެކަންއެއޮތީ ސަރުކާރުގެ ކަމާ ގުޅުންހުރި ނަޝީދުގެ ސެކިއުރިޓީއަށް އެންގިފަކަމަށް ބަލަން ޖެހޭ، ޑިފެންސް މިނިސްޓަރަށް ތިއޮތީ ޒިންމާނޭންގިފަ، ތަސައްރަފުވެސް ނުފުދިފަ، އިސްތިއުފާދީ،

The name is already taken The name is available. Register?

މަގުމަތިން

10 July 2021

ހަމަލާއެއް އަމާޒުވި ސަބަބުވެސް ބަލަންޖެހޭ

The name is already taken The name is available. Register?

ފައިގާ

10 July 2021

މާރިޔާ އަދި އިމްރާނަކީވެސް މަގުމަތީ މުޒާހާރާކޮށް ވެރިކަން ވައްޓާލަން ފައްކާކޮށްފާތިބި ދެބޭފުޅުން. އެހެންކަމެއް ރަނގަޅަށް ކުރެވޭނެކަމަކަށް ނުބެލެވޭ.

The name is already taken The name is available. Register?

ބާގަނޑުސަރުކާރުދޯ

10 July 2021

މުޅި ސަރުކާރުގައި ހުސް ބޮޑެތި ބާގަނޑު ތަކޭ އިންޑިއާ އިން ހިލޭ ޗާރޓް ކުރަހާދެއޭ ބުނެ ރައްޔިތުންނަށް ރޯ ބުހުތާނު ދޮގު ހަދައިގެން އިންޑިއާ އިން އެންމެ ފަހުން ދިވެހި ސަރުކާރުން މިޖެހެނީ ޗާރޓް ތައް ގަންނަން އެގޮތުން ކޮންމެ އަހަރަކު 25 މިލިއަން ޑޮލަރު ދޭން ޖެހޭ ކައްޕަޅި އިންޑިއާ އަށް ޗާރޓްސް ތައް ގަންނަން ދެން އިންޑިއާ އިން ހަދިޔާ ކުރި ވާރޭވެހޭ ކައްޕަޅި ހެލިކޮޕްޓަރު ގަނޑު ބަލަހައްޓާ މީހުންގެ މުސާރަ އަށް މަހަކު 150 މިލިއަން ޑޮލަރު ދޭން ޖެހޭ އިންޑިއާ

The name is already taken The name is available. Register?

ތެލުލި ކަމަނަ

10 July 2021

އަޅުގަޑު 2017 ގައި ޕްލިހުންނަށް ހުށައެޅި މައްސަލައެއް ކުރީގެ ފިރިމީހާ އަށް ޕޮލިހުންނަށް ދިން ބާޔާން އޭނާއަށް ދައްކާފައޮތީ ޕްލިސްގެ ނޯވޭ އެއްވެސް ޕްރޮފެޝަނަލަނިޒަމް އެއް.

The name is already taken The name is available. Register?

ސަސި

10 July 2021

މިހާ ބޮޑަށް ފެއިލް ވިމާވެސް ޑިފެންސް މިނިސްޓަ، ހޯމް މިނިސްޓަރ މަގާމުގާ ބައިތިއްބާތި ތި ވާހަކަ ތަކުގަ މާ ބޮޑު އޮއްޓަރެއް ނެތް

The name is already taken The name is available. Register?

ހަސަދު

10 July 2021

އިންޓެލިޖަންސް ގައި ބާގަނޑު، ގައުމުގައި ފަސާދަ، ވަޒީފާ ދިނުމުގައި ކޮރަޕްޝަން، މުޅި ގައުމުގައި ކޮރަޕްޝަން، ވައްކަން، އޮފީސް ތަކުގެ ސީނިޔާ މެނޭޖްމަންޓް ގައި ދާއިރާ އެއްވެސް ވަރަކަށް ނެގޭ މީހުން، އިންސާފް ނެތް. ދިވެހިންނަށް ވުރެ ބަންގާޅުން ގިނަ ވެއްޖެ. މިހިރަ ކަންކަން އިސްލާހު ވޭތޯ ސަރުކާރެއް ގެންނަނީ، އެހެނަސް އަންނަ ކޮންމެ ރައީސަކު ރަތް ދޫލަމަތީ ހިންގަވާފާ، އަމިއްލަ އެދުން އިސްކުރައްވާ ޓަމް ނިންމަނީ. ނިނޫން ދުވަހެއް ފެންނާނެބާ!!!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454