ރިޕޯޓް

މޮނިކޮން ޓެގް: ކުރީ ސަރުކާރުން ކުރި ސަމާސާއެއްތަ؟

ފުރަތަމަ 100 ދުވަހުގެ ތެރޭގައި އެއްފަހަރާ 300 މީހުންގެ ފައިގައި ޓެގް ހަރުކޮށް ބެލެހެއްޓުމުގެ ކެޕޭސިޓީ ކުންފުނީގައި ހުންނަން ޖެހޭ. އެއް އަހަރުގެ ތެރޭގައި އެއްފަހަރާ 1،000 މީހުން، ދެ އަހަރުގެ ތެރޭގައި އެއްފަހަރާ 3،000 މީހުންގެ ފައިގައި ޓެގް ހަރުކުރުމުގެ ގާބިލްކަން ހުންނަން ޖެހޭ

ކޯޓު އަމުރަކަށް މޮނިކޮން ޓެގް ހަރުކޮށްފައި: ރަނގަޅަށް ދިޔަ ކަމެއް ނޫން

ކުށްވެރިން މޮނީޓަކުރުމަށް އެ މީހުންގެ ފައިގައި މޮނިކޮން ޓެގް ހަރުކުރުމަށް ކުރީ ސަރުކާރުން އަމިއްލަ ކުންފުންޏަކާ އެކު ވެފައިވާ އެއްބަސްވުމަކީ، އެގޮތަށް އެކަން ކުރެވޭނެ، އަދި ބުއްދީގެ ހަމަތަކުން ބެލިޔަސް ތަންފީޒު ކުރެވޭ ވަރުގެ އެއްބަސްވުމެއް ނޫން ކަން "މިހާރު" އަށް އެނގިއްޖެ އެވެ.

"މިހާރު" އަށް ލިބިފައިވާ ބައެއް މައުލޫމާތުތައް ބުނާ ގޮތުން، ނޮވެމްބަރު 9، 2015 ގައި ސްޓެލްވާޓް ޕްރައިވެޓް ލިމިޓެޑާ އެކު ސަރުކާރުން 10 އަހަރު ދުވަހަށް ވެފައިވާ އެއްބަސްވުމަކީ އެއީ އެ ކުންފުންޏަށް ވެސް އަދި ދައުލަތަށް އުފުލަން ޖެހުނު ވަރަށް ބޮޑު ބުރައެކެވެ. ފައިސާގެ ގޮތުންނާއި ރާއްޖޭގެ ގާނޫނީ އޮނިގަނޑު އޮތް ގޮތާއި ކުށްވެރިންގެ އަދަދާއި ވަސީލަތްތައް ހުރި ގޮތުން ވެސް އެއީ ކުރެވޭ ވަރުގެ ކަމެއް ނޫން ކަން ލިބިފައިވާ މައުލޫމާތުތަކުން އެނގެ އެވެ. އެކަން އެހެން އޮއްވައި، ހަތަރު ފަރާތަކުން ބިޑްކުރި މި މަސައްކަތަށް އެޑްވާންސްކޮށް 500،000ރ. އެ ކުންފުންޏަށް ދީ ޓެގް ހަރުކުރުކޮށް ކުށްވެރިން މޮނީޓާ ކުރުމުގެ މަސައްކަތް އެ ދުވަހު ވަނީ އެ ކުންފުންޏާ ހަވާލުކޮށްފަ އެވެ.

އެ ކުންފުންޏާ ކުށްވެރިން މޮނީޓާ ކުރަން ހަވާލުކޮށްފައި ވަނީ ފުލުހުންގެ އެހީތެރިކަން ހޯދާ ގޮތަށް، އަދި ކުށްވެރިންގެ ހަރަކާތްތައް ފުލުހަށް ރިޕޯޓް ކުރާ ގޮތަށެވެ. ކަމެއް ހިނގައިފި ނަމަ އެކަމަކަށް އެޓެންޑް ވަނީ ފުލުހުންނެވެ.

މި މަސައްކަތަށް ސްޓެލްވާޓް އިން ހުށަހަޅާފައިވާ އަގަކީ ކޮންމެ ޓެގަކަށް ދުވާލަކަށް 50ރ. އެވެ. ހަލާކުކޮށްލާ ކޮންމެ ޓެގަކަށް 4،150ރ. އަދި ގޭގައި ބަހައްޓާ އާރްއެފް ސިސްޓަމަށް 7،850ރ. އެވެ.

ކުށްވެރިންގެ ފައިގައި ޓެގްް ހަރުކޮށް އެކަން ބެލެހެއްޓުމަށް ޓަކައި ހިންގި މި ޕްރޮގްރާމް މިގޮތަށް ކުރިއަށް ނުދާނެތީ މި ސަރުކާރުން މިހާރު ވަނީ މި އެއްްބަސްވުން ބާތިލް ވެސް ކޮށްފަ އެވެ. އެނގިފައިވާ ގޮތުގައި މި މައްސަލަ ހައްލުކޮށްފައި ވަނީ އެ ކުންފުންޏާ ސަރުކާރާ އެކު ވާހަކަދައްކައި، އޭގެ ބުރަ ދައުލަތުން ނަގަން ނުޖެހޭ ގޮތަށެވެ.

ދެ އަހަރުގެ ތެރޭގައި 3،000 މީހުންގެ ގައިގައި ޓެގް ހަރުކުރުމުގެ ކެޕޭސިޓީ

އުމަރު ނަސީރުގެ ހޯމް މިނިސްޓަރު ކަމުގައި، އެ މިނިސްޓްރީ އާއި ސްޓެލްވާޓް އާ ދެމެދު ވެފައިވާ އެއްބަސްވުން ބުނާ ގޮތުން، އެޑްވާންސް ފައިސާ ހަވާލުކުރާތާ 100 ދުވަހުގެ ތެރޭގައި އެއްފަހަރާ 300 މީހުންގެ ފައިގައި ޓެގް ހަރުކޮށް ބެލެހެއްޓުމުގެ ކެޕޭސިޓީ ކުންފުނީގައި ހުންނަން ޖެހެ އެވެ. އަދި އެއް އަހަރުގެ ތެރޭގައި އެއްފަހަރާ 1،000 މީހުން، ދެ އަހަރުގެ ތެރޭގައި އެއްފަހަރާ 3،000 މީހުންގެ ފައިގައި ޓެގް ހަރުކޮށް ބެލެހެއްޓުމުގެ ގާބިލްކަން ހުންނަން ޖެހެ އެވެ.

ކުރީގެ ހޯމް މިނިސްޓަރު އުމަރު: މޮނިކޮން ޓެގް މަސައްކަތް ފެއްޓެވުމުގައި މުހިންމު ރޯލެއް އަދާކުރެއްވި -- ފައިލް ފޮޓޯ: މިހާރު

އެކަމަކު އެ ކުންފުނިން އެގްރިމެންޓް ބާތިލް ކުރުމާ ހަމައަށް [އެގްރިމެންޓް ބާތިލްކުރީ މިއަހަރުގެ ތެރޭގައި] ޓެގް ހަރުކުރި މީހުންގެ އަދަދަކީ އެންމެ 34 އެވެ. އެއީ 7،310 ދުވަސްކަން [ޓެގް ބޭނުންކުރި ވަގުތާ އެކު ކަން] ލިބިފައިވާ މައުލޫމާތުތަކުން އެނގެ އެވެ.

ސްޓެލްވާޓް އަކީ މި މަސައްކަތް ސަރުކާރުން އިއުލާން ކުރުމުން، މިކަމާ ބެހޭ ޑެމޮންސްޓްރޭޝަން ދެއްކި ހަމައެކަނި ކުންފުންޏެވެ. މި މަސައްކަތަށް އެހެން ތިން ފަރާތަކުން ކުރިމަތިލީ ނަމަވެސް، އެ ކުންފުނިތަކުން އެ މަސައްކަތްކުރާ ގޮތުގެ ޑެމޮންސްޓްރޭޝަން ދައްކާފައިވާ ކަމުގެ އެއްވެސް ލިޔެކިޔުމެއް ސަރުކާރަކު ނެތެވެ. މި މަސައްކަތް ކުރުމަށް ސްޓެލްވާޓް އާ ހަވާލުކޮށްފައި ވަނީ އުމަރު ނަސީރު އިސްވެ އިންނެވި ތިން މެމްބަރުންގެ ކޮމެޓީއަކުން ޑެމޮންސްޓްރޭޝަންތައް ބެލުމަށް ފަހު އެވެ.

މަސައްކަތް ފެށުމަށް އެޑްވާންސްކޮށް ފަސް ލައްކަ ރުފިޔާ ދީފައި ވަނީ އެ ފަރާތުން އެ ހިދުމަތް ދިނުމަށް ފަހު ހުށަހަޅާ ކޮންމެ ބިލަކުން 10 ޕަސެންޓް އުނިކުރާ ގޮތަށެވެ. އަދި މަސައްކަތް ލަސްވަމުން ދާ ނަމަ ގެއްލުމުގެ ބަދަލުގައި ފަސް ޕަސެންޓް ކަނޑާ ގޮތަށެވެ. މި މަސައްކަތް އިސްކޮށް މޮނީޓާ ކުރާ ގޮތަށް އޭރު ހަމަޖައްސާފައި ވަނީ އިންސްޕެކްޓަ އޮފް ކަރެކްޝަންސް ސާވިސް އެވެ.

ބޮޑެތި އިހުމާލުތަކެއް، މަސައްކަތް ކުރިއަކަށް ނުދިޔަ!

މި މަސައްކަތަށް ބިޑަ ހުޅުވާލި އިރު ވެސް ގަވައިދާހިލާފަށް އެތައް ކަމެއް ކުރިކަން ވަނީ ފާހަގަވެފަ އެވެ. ލިބިފައިވާ މައުލޫމާތުތައް ބުނާ ގޮތުން، މި މަސައްކަތް އިއުލާން ކުރުމާ ހިސާބުން ފެށިގެން ހަވާލު ކުރުމާއި އަދި އޭގެ ފަހުން ހިނގައިދިޔަ ބައެއް ކަންތައްތަކުގައި ވެސް، މިކަމުގެ ފުރިހަމަ ތަހުގީގަކަށް ބޭނުންވާ ލިޔެކިޔުމެއް ފެންނާކަށް ނެތެވެ. އޭގެ ތެރޭގައި، ސްޓެލްވާޓް އަށް މި މަސައްކަތް ލިބުނީ ކީއްވެކަން ވެސް އެއީ ސުވާލެއްގެ ތެރޭގައި އޮތް ކަމެކެވެ.

ކޯޓު އޯޑަރަށް މޮނިކޮން ޓެގް ހަރުކޮށްފައި

ސްޓެލްވާޓް އިން ބިލްްތައް ހުށަހަޅާފައިވާ އިރު، އެކި ބިލްތަކުގައި ކޯޓު އަމުރު ނެރުނު ދުވަސް އެކި ފަހަރު އެކި ގޮތަށް ޖަހައި، އެއް ބިލް ނަންބަރެއްގައި ތަފާތު ބިލްތައް ވެސް ހުށަހަޅާފައި ވެ އެވެ. އަދި މި މައްސަލަ ބެލުމަށް އޭސީސީން މަސައްކަތް ކުރިޔަސް އެކަމާ ބެހޭ ބައެއް ލިޔެކިޔުންތައް ނުލިބުނު ކަމަށް އެތަނުގެ ބައެއް މުވައްޒަފުން ބުނެފައިވާ ކަން ވެސް ލިބިފައިވާ މައުލޫމާތުތަކުން އެނގެ އެވެ. އެހެންވެ، މި މައްސަލައިގެ ތެރޭގައި ހިނގައިދިޔަ ކަންތައް އޮތީ ބޮޑު އޮޑިޓަކަށް ގޮސްގެން ކަން ވެސް "މިހާރު" އަށް ލިބިފައިވާ މައުލޫމާތުތަކުން އެނގެ އެވެ.

ޓެގް ހަރުކުރުމުގެ މައްސަލަތައް ބޮޑުވެ، ފެބްރުއަރީ 12، 2018 ގައި ބޭއްވި މޮނިކޮން އެޑްވައިޒަރީ ކޮމެޓީންް ވަނީ މި އެއްބަސްވުމުގެ ނޯޓިސް ދޭން ނިންމައިފަ އެވެ. އަދި އެއްބަސްވުން އުވާލުމަށް، އޭގެ ހަފުތާއެއްހާ ދުވަސް ފަހުން އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސް އަށް މެމޯއަކުން ވަނީ އަންގައިފަ އެވެ.

އެއްބަސްވުން ބާތިލްކުރަން ޖެހުނު މައިގަނޑު ސަބަބުތައް

އެއްބަސްވުމުގެ ނޯޓިސް ދިނުމުގެ ކަންތައްތަކާ އެކު ސްޓެލްވާޓް ކުންފުންޏާ އެކު، ކަމާ ބެހޭ ފަރާތްތަކުން ދެ ބައްދަލުވުމެއް ބޭއްވި އެވެ. އޭގެ ތެރެއިން އެއް ބައްދަލުވުމުގައި އޭރުގެ ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ވެސް ބައިވެރިވެ ވަޑައިގަތެވެ. އެއް ބައްދަލުވުމުގައި ކުންފުނިން ފާހަގަކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި، ރަށްރަށަށް ދަތުރުކޮށްގެން މިކަން ކުރުމަކީ ހަރަދު ދެކޮޅު ނުޖެހޭ ކަމެއް ކަމާއި މިކަމަށް ކޮށްފައިވާ އިންވެސްޓްމަންޓް ރިކަވާ ވަމުން ނުދާ ކަން ހިމެނެ އެވެ. އަދި އެއްބަސްވުމުގައި ހިމެނޭ ކަންތައްތަކުގެ ސަބަބުން ކުންފުންޏަށް ލިބޭ މާލީ ގެއްލުންތަކަށް މިނިސްޓްރީ އަށް ހައްލު ހޯދައިނުދެވުނު ކަމަށް ކުންފުނިން ބުނެފައިވެ އެވެ.

އެ ކުންފުނިން ފާހަގަކޮށްފައިވާ ކަންކަމުގެ މައްޗަށް ސަރުކާރުން ދިން ޖަވާބުގެ ތެރޭގައި، ކުންފުނިން އެކަށީގެންވާ ގޮތަކަށް މަސައްކަތް ނުކުރާތީ ހައި ކޯޓުގެ އަމުރުތައް ވެސް ތަންފީޒު ނުވާ ކަމަށް ބުނެފައި ވެ އެވެ. އަދި މިކަމުގައި އޮތް ހައްލަކީ ސުލްހަވެރި ކަމާ އެކު އެއްބަސްވުން އުވާލުން ކަމަށް ވާތީ، މިކަމާ ބެހޭ ގޮތުން ކުންފުނީގައި ހުރި ތަކެއްޗާއި ޑޭޓާތައް ޕޮލިހާ ހަވާލު ކުރުމަށް މިނިސްޓަރު އެދިވަޑައިގަތް ކަމަށް ވެ އެވެ.

މި ސަރުކާރު ވެރިކަމަށް އައިސް، އެޕްރީލް 9، 2020 ގައި އެ ކުންފުންޏާ އެކު ބޭއްވި ބައްދަލުވުމެއްގައި، އެ ހިދުމަތް ދިނުން މެދުކެނޑިފައިވާތީ އެކަމަށް ބޭނުން ކުރި ސެޓަޕް އެތަނުގައި ނެތް ކަމަށާއި އެ ހޯދަން ވަގުތު ބޭނުންވާނެ ކަމަށް ވެސް ކުންފުނިން ވަނީ ބުނެފަ އެވެ.

ސްކޯޕް ކަނޑައެޅީ ހަގީގަތާ ނުބައްދަލު މިންވަރަށް

ލިބިފައިވާ މައުލޫމާތުތައް ހިސާބުކޮށްލުމުން މި މަސައްކަތުގެ އެޑްވާންސް ފައިސާގެ ގޮތުގައި ކަނޑައަޅާފައިވާ 500،000ރ. ހަމަކުރުމަށް އެކަނި ވެސް، 10 އަހަރުގެ ތެރޭގައި ކޮންމެ ދުވަހަކު 28 މީހުންގެ ގައިގައި ޓެގް ހަރުކުރަން ޖެހެ އެވެ.

ކޯޓު އޯޑަރަށް މޮނިކޮން ޓެގް ހަރުކޮށްފައި

ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމާއި ކުށުގެ ވެށީގެ ތަފާސްހިސާބަށް ބަލާއިރު މިކަން ކުރުމުގެ ޖާގަ ނެތް ކަން އޭރު ވެސް ސަރުކާރަށް އެނގޭނެ އެވެ. އެއްބަސްވުމުގައި ކަނޑައަޅާފައިވާ ކެޕޭސިޓީގައި މި މަސައްކަތް ކުރާ ނަމަ އެގްރިމެންޓްގެ މުއްދަތުގެ ތެރޭގައި އާބާދީގެ ގާތްގަނޑަކަށް 0.067 ޕަސެންޓް މީހުންގެ ފައިގައި ޓެގް ހަރުކުރަން ޖެހެ އެވެ. މިހާތަނަށް މި މަސައްކަތް ކޮށްފައިވާ މިންވަރަށް ބަލާއިރު އެއްބަސްވުމުގައި ކަނޑައަޅާފައި ވަނީ ހަގީގަތާ މާދުރަށް ގޮސް ހިޔާލީ އަދަދުތަކަކަށް ކަން އެނގެ އެވެ.

ޓެގް ހަރުކުރުމަކީ ކުށްވެރިން މޮނީޓާކޮށް ބެލެހެއްޓުމަށް ޓަކައި ކުރަން ނިންމާފައިވާ މުހިންމު ހަ ކަމެއްގެ ތެރެއިން އެއް ކަމެކެވެ. އެކަން ނިންމާފައި ވަނީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ސޯޝަލް ކައުންސިލުންނެވެ. އެހެން ނަމަވެސް، އޭރު ސަރުކާރުގެ ވަރަށް ބޮޑު ފަހުރަކަށް ވި ޓެގް ހަރުކުރުމުގެ މަސައްކަތްތައް ދިޔައީ ސުވާލުތައް އުފައްދަމުންނެވެ. އެކަން ނިމިގެން ދިޔައީ ވެސް ސުވާލުތަކެއް އުފައްދައިފަ އެވެ.

މިހާރުގެ ހާލަތު: މޮނިކޮން އަމުރުތައް ލިބޭ، ތަންފީޒެއް ނުވޭ

"މިހާރު" އިން ބެލިބެލުމުން ޔަގީންވި އެއް ކަމަކީ ސްޓެލްވާޓް އާ އެކު ސަރުކާރުން ހެދި އެއްބަސްވުން އުވާލައިފައިވާ ކަމެވެ. އަދި ހައި ކޯޓުން މޮނިކޮން އަމުރުތައް ކުރަމުން ދިޔަ ނަމަވެސް އެކަން ތަންފީޒު ނުވާ ކަމަށެވެ. ހައި ކޯޓުން ވަނީ މިދިޔަ މެއި މަހުގެ ތެރޭގައި ވެސް ހަތަރު މީހެއްގެ ފައިގައި ޓެގް ހަރުކުރަން އަމުރުކޮށްފަ އެވެ.

ކުރީގެ ރައީސް މުހަންމަދު ނަޝީދަށް ދިން ބޮމުގެ ހަމަލާއާ ގުޅޭ ގޮތުން އެމްޑީޕީގެ "މެއި 6 ކޮމިޓީ" އަށް މައުލޫމާތު ދެއްވަމުންް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެފައި ވަނީ މޮނިކޮން ޓެގް ފުލުހުންގެ އަތުގައި ނެތް ކަމަށެވެ. އަދި އެ ވާހަކަތަކަށް ރައްދު ދެއްވައި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެފައި ވަނީ އިމްރާން ދައްކަވާފައިވާ ވާހަކަތަކަކީ ހިނި އަންނަ ވަރުގެ ވާހަކަތަކެއް ކަމަށާއި އޭނާ މިނިސްޓަރު ކަމުންް ވަކިވެވަޑައިގަތީ އެކަމާ ބެހޭ ހުރިހާ ވަސީލަތްތަކެއް ހަމަކުރައްވައިފައި ކަމަށެވެ.

ޓީވީ ޗެނަލެއްގައި އުމަރު ވިދާޅުވެފައި ވަނީ ޓެގާއި، ޖޭމަރު ވެސް އެތަނުގައި ހުންނާނެ ކަމަށެވެ. އެ ތަކެތި ނެތް ނަމަ، އެތަކެތި ފުލުހުން ވިއްކާލީ ކަމަށް ވެސް އޭނާ ތުހުމަތު ކުރެއްވި އެވެ.

“މިއަދު ޓެގެއް ނެތޭ ބުނީމަ އެއީ ހިނި އަންނަ ކަމެއް،”އުމަރު ވިދާޅުވި އެވެ.

28 ކޮމެންޓް, 11 ރިއެކްޝަންސް

icon happy icon happy 9%
icon sad icon sad 0%
icon angry icon angry 82%
icon wow icon wow 9%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޖަޒްބާތު

14 August 2021

"ލިބިފައިވާ މައުލޫމާތުތައް ހިސާބުކޮށްލުމުން މި މަސައްކަތުގެ އެޑްވާންސް ފައިސާގެ ގޮތުގައި ކަނޑައަޅާފައިވާ 500،000ރ. ހަމަކުރުމަށް އެކަނި ވެސް، 10 އަހަރުގެ ތެރޭގައި ކޮންމެ ދުވަހަކު 28 މީހުންގެ ގައިގައި ޓެގް ހަރުކުރަން ޖެހެ އެވެ".. ހިސާބު ދިމާނުވޭ.. ދުވާލަކަށް 50ރ ގެ ރޭޓުން 28ޓެގަށް ދުވާލަކު 1400ރ 1 އަހަރަށް 1400×365 ވީމާ 511000ރ. ވީމާ 1 އަހަރުން ހަމަވޭ. ކޮން 10 އަހަރެއް؟

The name is already taken The name is available. Register?

މަސްމިރުސް

15 August 2021

ކަލްކިޔުލޭޝަން އެނގުނަކަސް ލިޔެފައޮތް އެއްޗެއް ފަހުމެއް ނުވިދޯ! އެޑްވާންސް ފައިސާ ހޯދަން އޮތީ ކޮންމެބިލަކުން 10 އިންސައްތަ. އެހެންވީމާ، 511000ރ ބިލުން، އެޑްވާންސް ތެރެއިން ކެނޑޭނީ އެންމެ 51100ރ. ދެން ހިސާބު ހަދާލަބަލަ. އަދިވެސް އެއްކަމެއް. 365 އާ ގުނަ ކުރެވޭނީ އަހަރުގެ ފުރަތަމަ ދުވަހު ޓެގް އަޅުވާ 28 މީހުން އެކަނި. ދެން ފާއިތުވާ ކޮންމެ ދުވަހަކަށް ދުވަހެއް އުނިކުރަމުންގޮސް، ޑިސެންބަރުގަ ޓެގް އަޅުވާމީހުން ބިލް ކުރާނީ އެންމެ މަހަކަށް ދޯ!

The name is already taken The name is available. Register?

ދަރަނި

14 August 2021

މޯލްޑިވިއަން ޖޮއިންޓްވެންޗަރ އޭކިޔާފަ ބަޔަކު ހޯދަނީ އަހުންނަށް ހީވަނީ އަނެއްކާވެސް ޖީއެމްއާރ ގެންނަން މަސައްކަތް ކުރަނީހެން .ބަލަން ތިބެމާ ވަރަށް އަވަހަށް އެއަރޕޯރޓް ވެސް ބަޔަކށް ދޫކޮށްލާތަން ފެންނާނެ.

The name is already taken The name is available. Register?

ރަނާ

14 August 2021

ޚަބަރު ވާނީ ސުމަކަށްނު. ބޭނުމަކީ އެކަނި ކުރީ ސަރުކާރުގެ ދޯދިޔާކަން ދެއްކުން. އެކަމަކު ބާލާދެވުނީ މިސަރުކާރުގެ ސޯޓް.

The name is already taken The name is available. Register?

ހެޔޮދިޔަ

14 August 2021

އެއިރު ޓެގް ހަރުކުރަން އުޅުނީމަ އެކަން މައްސަލައަކަށްވެ ސިޔާސީކުރި މީހުން އެއިރު އެކަން ނުކުރިކަމަށް ކިޔައި ގޯސްކުރަން މިހާރު ތިއުޅެނީ.

The name is already taken The name is available. Register?

އަވަހޭ

14 August 2021

މިސަރުކާރު ވެރިކަމަށް 2018ގެ ނޮވެމްބަރުގަ އައިސް 9 އޭޕްރިލް 2020ގައި އެމީހުންނާ ބައްދަލުކުރީމަ ކަމުގެ މުހިއްމުކަން ދެކޭ ވަރާ މި ވެރިކަމުގެ މަސައްކަތުގެ ސްޕީޑް އެބަ މާ ބޮޑަށްވެސް ސާފުވޭ. އެއްޗެހި ގެއްލުނުވަރާ ނެތުނުވަރު ކުޑަ އަދި އެހެންވީމަ.

The name is already taken The name is available. Register?

ނެތީމޭނެތީމޭ

13 August 2021

މިސަރުކާރު ހަވާލުވިއިރު ހުރި މޮނިކޮމް ޓެގްސް ތަކަށް ހެދީ ކިހިނެއްތޯ ބަލަން މަމެން އޭސީސީ އަށް ގޮވާލަމޭ ބުނަން މަމެން ނެތީމޭ...

The name is already taken The name is available. Register?

ސުމެއް

13 August 2021

ސުމެއް ގެ ޚަބަރެް

The name is already taken The name is available. Register?

ގޯސް ތި

13 August 2021

ގޯސް ވި ކުރީ ސަރުކާރު. ބުއްދި ނެތް ބަޔަކަށް ބއްދީގެ ހަމަޔަކުން ނޭނގޭނެ.

The name is already taken The name is available. Register?

ކަކުނިބޯ

13 August 2021

ގަވާއިދާހިލާފަށް އުޅޭ ބިދޭސިންގެ އަޅުވާ އެމީހުން މަސައްކަތުފޮނުވާށެ

The name is already taken The name is available. Register?

ށަމީރު

13 August 2021

ޓެގް އެއީ ހަމައެކަނި މޮނިކޮން މީހުންގެ އަޅުވަން ގެނއި އެއްޗެއް ނޫން. ނަމަވެސް ޖަލަށްލުމުގެ ބަދަލުގައި ކުދި ކުށްތައް ކުރާ ފަރާތްތަކާއި، ހެކި ނެތް ގޭންގް ކުދިންގެވެސް އަޅުވަން ގެނައި ސިސްޓަމެއް. މިހާރުވެސް މަސްތުވާތަކެތީގެ މއްސަލަތަކުގައި ޖަލަށް ގެންދަންޖެހޭ 1500 އެއްހާ މީހުން ޖާގަ ނެތި ދޫވެފަ އެބަ ތިބި. ޢަދަދު އެހެނވީމަ ދެކޮޅު ޖެހޭ. ދެކޮޅު ނުޖެހެނީ ކޮންމެ ކަމަކުންވެސް ސިޔާސީ ކްރެޑިޓް ނަގން އުޅޭ މޮޔައިނ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454