މި އަހަރުގެ ޖެނުއަރީގައި ރިލީޒް ކުރި "ދަ ޑާޓީ ގްރޭންޑް ޕާ" އަށް ފަހު ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ރޮބަޓް ޑެ ނީރޯ އަނެއްކާވެސް ގްރޭންޑް ޕާއެއްގެ ރޯލުން ފެނުމުގެ ފުރުސަތު ބޮޑުވެއްޖެ އެވެ.

ރޮބަޓް ކިނެލް ސްމިތުގެ ވާހަކަ "ދަ ވޯ ވިތު ގްރޭންޑް ޕާ" އަށް ބިނާކޮށް ހަމަ އެ ނަމުގައި ޓިމް ހިލް ޑައިރެކްޓް ކުރާ ފިލްމް ޑެ ނީރޯ އަށް ވަނީ ހުށަހަޅައިފަ އެވެ.

ޓިމްއަކީ އަލްވިން އެންޑް ދަ ޗިޕްމަންކްސް (2007) އާއި ހޮޕް (2011) ގެ ޑައިރެކްޓަރެވެ.

އޮސްކާ ވެސް ހާސިލްކޮށްފައިވާ ޑެ ނީރޯ އަށް "ދަ ވޯ ވިތު ގްރޭންޑް ޕާ" ގެ އެންމެ މުހިއްމު އެއް ރޯލް ހުށަހަޅާފައިވާކަން އެ ފިލްމް ޕްރޮޑިއުސް ކުރާ ޑައިމެންޝަނުން ކަށަވަރުކޮށް ދިން ނަމަވެސް ފިލްމާ ބެހޭ އިތުރު ތަފުސީލެއް ހާމައެއް ނުކުރެ އެވެ.

ކިމެލް 1984 ވަނަ އަހަރު ގެނެސް ދިން ވާހަކައިގައި ކިޔައި ދެނީ ކާފަ ދަރިއަކާއި ކާފައަކާ ދެމެދު ހިނގާ ހެއްވާ މަޖާ ހާދިސާތަކެކެވެ.

ޑެ ނީރޯގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރެއިން ދެން އެންމެ އަވަހަށް ބެލުންތެރިންނާ ހަމައަށް އަންނާނީ އަންނަ އޮގަސްޓް މަހުގެ 26 ގައި ރިލީޒް ކުރާ "ހޭންޑްސް އޮފް ސްޓޯން" އެވެ.

ޑައިރެކްޓަރު ޓިމް ހިލް: ވޯ ވިތު ގްރޭންޑް ޕާ ޑައިރެކްޓް ކުރާނެ.
ޑައިރެކްޓަރު ޓިމް ހިލް: ވޯ ވިތު ގްރޭންޑް ޕާ ޑައިރެކްޓް ކުރާނެ.

މީގެ އިތުރުން އޭނާ އަންނަނީ "ދަ ކޮމީޑިއަން" އާއި މާޓިން ސްކޮސިސް ޕްރޮޑިއުސް ކުރާ "ދި އައިރިޝް މޭން" ގައި ވެސް މަސައްކަތް ކުރަމުންނެވެ.

"ސިލްވަލައިނިންސް ޕްލޭބުކް" އާއި "މީޓް ދަ ފޮކާސް" ފަދަ މަޝްހޫރު ފިލްމްތައް ކުޅެފައިވާ ޑެ ނީރޯ، 72، ގެ ދެ ފިލްމެއް ޖެނުއަރީ މަހު ރިލީޒްވި އެވެ.

އެއީ "ދަ ޑާޓީ ގްރޭންޑް ޕާ" އާއި "ޖޯއި" އެވެ.