ސްކޫލް ގައިޑު / ސްކޫލް ގައިޑް 2018

ސްކޫލް ގައިޑް: މައެއްގެ ނަޒަރުން ސްކޫލްގެ ފުރަތަމަ ދުވަސް

ޕްރީ ސްކޫލެއްގެ ދަރިވަރަކު ސްކޫލްގެ އެންމެ ފަހު ދުވަހު

މަދަރުސީ ހަޔާތުގެ ބިންގާ އެޅިގެންދާ ގްރޭޑް އެކެއްގެ ފުރަތަމަ ދުވަސް ހުރިހާ ގޮތަކުން ވެސް ދަރިވަރުންނަށާއި ބެލެނިވެރިންނަށް ޚާއްސަ އެވެ. ޕްރީ ސްކޫލް ތައުލީމު ނިންމާ ލޯބިވާ "އާންޓީން" ދޫކޮށް "މިސް" އާއި "ސާރ" އިންނާ ބައްދަލުވާ މި ދުވަހުގެ މުހިންމުކަމާ އެއްވަރަށް މި ދުވަހަށްޓަކައި ވާން ޖެހޭ ތައްޔާރީތައް ވެސް ގިނަވެފައި ބޮޑެވެ. ތާޖުއްދީން ސްކޫލްގެ ގްރޭޑް 1 ގައި 2017 ވަނަ އަހަރު ކިޔެވި ދަރިވަރެއް މަންމަ ފާތިމަތު މިރުޒާ، އެހެން ބެލެނިވެރިންނަށް އޭނާގެ ތަޖުރިބާ ހިއްސާކުރި އެވެ.

އިނގިރޭސިންނާއި ދިވެހިން ލިޔަންކިޔަން އެނގުން ވަރަށް މުހިންމު

ދަރިވަރެއްގެ ކިޔެވުން ހަގީގަތުގައި ފެށެނީ ގްރޭޑް އެކަކާ ހިސާބުންނެވެ. އޭގެ ކުރިން ދަރިވަރުން ކިޔެވީ ހަމައެކަނި އިގިރޭސި، ދިވެހި އަރަބި އަދި ހިސާބު ފަދަ ދެތިން މާއްދާއެއް ނަމަވެސް ގްރޭޑް އެކެއް ފަށާއިރު ގާތްގަނޑަކަށް 10 ވަރަކަށް މާއްދާ، ކީ ސްޓޭޖް އެކެއްގައި ވެސް، ކިޔަވައިދެ އެވެ. މި ހުރިހާ މާއްދާތަކެއް ރަނގަޅަށް ފަހުމުވާން ބޭނުންވަނީ ކިޔަވައިދެވޭ މައި ދެ ބަސް ކަމަށް ވާ އިނގިރޭސި އާއި ދިވެހިން ރަނގަޅަށް ލިޔަންކިޔަން އެނގުމެވެ.

މިރުޒާ ބުނާ ގޮތުގައި ގްރޭޑް އެކަކަށް ވަނުމުގެ ކުރިން މިކަން ކުރެވިއްޖެ ނަމަ ސްކޫލްގައި އެކުއްޖަކަށް ރަނގަޅަށް ހިފަހައްޓާލެވޭނެ އެވެ.

ކުދިންނާ އެކީ އުޅެން ދަސްކޮށްދިނުން

ގިނަ ފަހަރަށް ނާސަރީގައި ކުދިން ގެންގުޅެނީ ވަރަށް ލޯބިންނެވެ. ނަމަވެސް ގްރޭޑް އެކަކަށް ދަރިވަރު ދިއުމުން ކޮންމެވެސް ވަރަކަށް އެކަން އެބަ ބަދަލުވެ އެވެ. މުދައްރިސުން ދަރިވަރުން ދެކެ ލޯބި ނުވަނީއެއް ނޫނެވެ. ކުދިންގެ ތައުލީމަށް އަންނަ ބަދަލާ އެކު އެކުދިންގެ ވިސްނުން ވެސް ބަދަލުވެ އެވެ. އެއާ އެކު އެކުދިންގެ އުޅުމާއި ސުލޫކު ވެސް ހަރުދަނާކޮށްދެނީ އެވެ.

"މިސާލަކަށް ނާސަރީގައި ކުއްޖަކަށް ކަމެއް ދިމާވުމުން އެ ކުދިން ހީހަދާފާނެ. އެކަމަކު ގްރޭޑް އެކެއްގައި އުޅޭއިރު ކުދިން އެކަހަލަ ކަންކަމާ ދޭތެރޭ ދެކޭ ގޮތް ތަފާތުވޭ،" މިރުޒާ ބުންޏެވެ.

"އެހެންވީމަ ބެލެނިވެރިން ކިޔައިދޭންވާނެ އެހެން ކަންތައްތައް ނުކުރަން. ކުއްޖަކަށް ދެރަ ގޮތެއްވީމަ ހީނުހަދަން. އެއްޗެއް ނޭނގިގެން ކުއްޖެއް އުޅުނީމަ ދިމާކުރުމުގެ ބަދަލުގައި އެހީތެރިވެދޭން ދަސްކޮށްދޭން. އެއީ ފަހަރެއްގައި ކުއްޖެއް ދެވަނަ ފަހަރަށް މަލާމާތްކޮށްފާނެތީ ނުވެސް ކެރިދާނެ އެ ކުއްޖަަކަށް ނޭނގޭ އެއްޗެއް މިސް ކައިރިން އަހަން ވެސް" މިރުޒާ ބުންޏެވެ.

ޓޮއިލެޓަށް ދާންވީމަ މިސް ކައިރީ ބުނަންވާނެ

މިއީ ގްރޭޑް އެކެއްގައި ކިޔަވަން ފަށާ ކުދިންނަށް ފުރަތަމަ ކޮޅު ދިމާވާ އާންމު މައްސަލަ އެވެ. ޕްރީ ސްކޫލްގައި އާންޓީން ކުދިން ގޮވައިގެން ފާހަނާއަށް ގޮސް އެހީތެރިވެދިނަސް، ގްރޭޑް އެކެއްގައި ކޮންމެ ކުއްޖެއް ގޮވައިގެން ޓީޗަރު ފާހާނާއަށް ދާން ވެއްޖެ ނަމަ ކިޔަވައިދޭން ވަގުތެއް ނޯންނާނެ އެވެ.

މިރުޒާގެ ޚިޔާލުގައި މިކަމަށް ދަރިވަރުން ތަމްރީނުކުރަން ބެލެނިވެރިންނަށް އެހީތެރިވެވިދާނެ އެވެ.

"ގިނަ ފަހަރަށް ގްރޭޑް އެކެއްގައި ފާހަނާއަށް ދާން ބުނަންވީމަ ކުއްޖާ ވަރަށް ލަދުގަންނާނެ. މިސް ކައިރީ ބުނަން ނުކެރިފައި ވެސް ހުރެދާނެ. އެކަމަކު މަންމަމެން ވާނެ އެކަން ރަނގަޅަށް ކުދިންނަށް ކިޔައިދޭން. ބުނާނެ ގޮތް ނަމަވެސް. ފާހާނާއަށް ނުދެވި މާ ދެރަ ގޮތެއް ވެއްޖިއްޔާ އަދި މާ ބޮޑަށް ދަރިފުޅު ދެރަވެ ލަދުގަނޭ." .

ފޮތް ދަބަސް ތައްޔާރުކޮށްދޭން ދަސްކޮށްދިނުން

ދިރިއުޅުމުގެ ކޮންމެ ދިމާލެއްގައި ވެސް އެމީހެއްގެ މަގާމު މަތިވަމުން ދާ ވަރަކަށް އަދާކުރަން ޖެހޭ ޒިންމާތައް ވެސް އިތުރުވެ އެވެ. ގްރޭޑް އެކަކަށް ވަންނަ ދަރިވަރަކަށް ވެސް އޭނާ އަދާކުރަން ޖެހޭ ޒިންމާތައް ކިޔައިދޭންވާނެ އެވެ. ހަނދާންކޮށްދޭން ވާނެ އެވެ. މިއިން އެއް ކަމަކީ ޓައިމްޓޭބަލަށް ފޮތް ހަމަކުރުމެވެ.

"ފުރަތަމަ ދެތިން މަހަކު ބެލެނިވެރިން ވާނެ ކައިރީގައި ހުންނަން. ގިނަ ފަހަރަށް ކަންނެތްވެފައި، ނޫނީ ދަބަސް ބަރުވާތީ ވެސް ބޭނުންވާނެ ފޮތްތައް ނުގެންދަން،" މިރުޒާ ކިޔައިދިނެވެ.

"އެކަމަކު ދަރިން ލައްވާ އެކަން ރަނގަޅަށް ކުރަން ދަސްކޮށްދީ ޗެކްކުރަންވާނެ. އެމީހުން ލައްވާ ނުކުރާ ނަމަ ފަހުން ވެސް ބޭނުންވާނީ އަބަދު މަންމަ އެކަން ކުރަން."

ގޭގައި ވެސް ކިޔެވުމަށް ވަގުތު ހުސްކުރުން މުހިންމު

ޕްރީ ސްކޫލްގައި އުޅުމާ ޚިލާފަށް ގްރޭޑް އެކަކަށް ވަނުމުން ގޭގައި ކުދިން ކުރަން ޖެހޭ މަސައްކަތްތައް ވެސް އިތުރުވާނެ އެވެ. ހޯމްވޯކްތައް ނިންމުމާއި، ދުވަހުން ދުވަހަށް ފިލާވަޅުތައް ދަސްކޮށް މުތާލިއާ ކުރުން ވެސް މުހިންމެވެ.

"ޗުއްޓީގައި ކުދިން ލައްވާ ވާހަކަ ކިޔުއްވުމާއި، ގްރޭޑް އެކެއްގެ ފެންވަރުގެ ކުދިކުދި ފިލާވަޅުތައް ހެއްދުން ވަރަށް މުހިންމު. އަދި ސްޕީޑް އަވަސްކުރުމަކީ ވެސް ވަރަށް މުހިންމު ކަމެއް. ގިނަ ފަހަރަށް ލިޔަން ސްލޯވެއްޖިއްޔާ ޓީޗަރު ބޯޑުގައި ލިޔާ ފިލާވަޅު ވެސް އޮންނާނީ ނުނެގިފައި،" މިރުޒާ ކިޔައިދިނެވެ.

1 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކުބްރާ

26 November 2017

ގްރޭޑް1، 2، 3، ނިމުނުއިރު އަޅުގަނޑުގެ މާބޮޑު ނުތަނަވަސް ކަމެއް ނެތެވެ. ނަމަވެސް ގްރޭޑް4 އަށް ދިޔަ ހިސާބުން ބްލީގެ މައްސަލަ ފެންމަތި ވެއްޖެއެވެ. ގްރޭޑްގެ ކްލާސްތަކަށް އޭބީސީޑީ ތަރުތީބުން ނަން ކިޔުން މުހިންމުތޯއެވެ. 4ޑީ އަށް އަޅުގަނޑުގެ ދަރިފުޅު ދިޔުމާއެކު "ފޮޑި" ކިޔާ މަލާމާތް ކުރަން ފަށައިފިއެވެ. ކޮންމެ ސްކޫލަކަށްވެސް އެ ގްރޭޑެއްގައި ކްލާސްތައް ހުރި ޢަދަދު އެނގިލައްވާނެއެވެ. އެހެންކަމުން 4ޑީގެ ބަދަލުގައި އެހެން އިނގިރޭސި އަކުރެއް ދީގެން ކްލާހުގެ ނަން ބަދަލުކުރުމަކީ މައްސަލައެއް ކަމަކަށް ނުދެކެމެވެ. ސްކޫލުގެ މާޙައުލު އޮންނަންވާނީ ނިޒާމު ހަމަޖެހިފައިވާ ގޮތުގެ ސަބަބުން ބްލީ ކުރުމެއް ނާންނާނެ ގޮތަކަށް ބައްޓަންކުރެވިފައި ކަމުގައި ދެކެމެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

Share your opinion about "Mihaaru" new website

"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް

ނަން އަދި ޚިޔާލު ޖައްސަވާ!
Please fill in name and opinion.
ތިޔަ ޚިޔާލު ލިބިއްޖެ. ޝުކުރިއްޔާ!
We have recieved your message. Thank You!