ސްކޫލް ގައިޑު / ސްކޫލް ގައިޑް 2018

ސްކޫލް ގައިޑް: މެޕްސް ކޮލެޖް، ޒަމާނީ ތައުލީމުގެ އިސް ސަފުގައި

މެޕްސް ކޮލެޖްގެ ދަރިވަރުންތަކެއް: ގިނަ ކޯސްތައް ހިންގަނީ ވަޒީފާގައި އުޅެމުން ވެސް ކިޔެވޭ ގޮތަށް.

05 ޑިސެމްބަރ 2017

happy icon 70%

މެޕްސް ކޮލެޖޭ ބުނުމުން އެއީ ދިވެހިންނަށް މިހާރު އާ ނަމަކަށް ނުވާނެ އެވެ. މި ކޮލެޖް 1999 ގައި ހުޅުވި ފަހުން އެތައް ހާސް ދަރިވަރުންނެއް ވަނީ ބިޒްނަސްގެ އެކި ރޮނގުން ތަމްރީނުކޮށް މަސައްކަތުގެ މައިދާނަށް ނެރެދީފަ އެވެ. އަދި މިއަދު ވެސް އެތައް ސަތޭކަ ދަވަރުންނެއް އެ ކޮލެޖްގައި އަންނަނީ މަތީ ތައުލީމު އުނގެނެމުންނެވެ. ހަމަ އެއާ އެކު އެ ހުރިހާ ދަރިވަރުންގެ ލޯތްބާއި އިހުތިރާމް ވެސް ހޯދާފައިވެ އެވެ.

މަތީ ތައުލީމުގެ ކުރިމަގަށް އަޅާ ފުރަތަމަ ފިޔަވަޅުން ފެށިގެން އަތުގައި ހިފައިގެން ކާމިޔާބީ އަށް ގެންގޮސްދޭން، މެޕްސް ކޮލެޖު އޮތީ، އެތަނުގެ ވެރިން ވިދާޅުވާ ގޮތުގައި، ތައްޔާރަށެވެ. ސެޓްފިކެޓް ލެވެލް އިން ފެށިގެން މާސްޓާސް ލެވެލްގެ ކޯސްތައް ހިންގަ އެވެ. މިގޮތުން ބިޒްނަސް މެނޭޖްމަންޓް، މާކެޓިން މެނޭޖްމަންޓް، ހިއުމަން ރިސޯސް މެނޭޖްމަންޓް، އެކައުންޓިން، އިންފޮމޭޝަން ޓެކްނޮލޮޖީ، ޓުއަރިޒަމް އަދި ޓީޗިންގެ ކޯސްތައް ހިމެނެ އެވެ.

މެޕްސް ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން އިނގިރޭސި ވިލާތުގެ އެސޯސިއޭޝަން އޮފް ބިޒްނަސް އެގްޒެކެޓިވްސް (އޭ.ބީ.އީ)، އެސޯސިއޭޝަން އޮފް ޗަޓަޑް ސަޓިފައިޑް އެކައުންޓަންސް (އޭ.ސީ.ސީ.އޭ)، ޕިއަސަން-އެޑްއެކްސެލް، އަދި ޔުނިވަސިޓީ އޮފް ބެޑްފަޑްޝާގެ ކޯސްތައް ވެސް، މެޕްސް ކޮލެޖުގައި ކިޔަވައިދެ އެވެ. މިއީ އަމިއްލަ ގައުމުގައި ތިބެގެން ދުނިޔޭގެ ފެންވަރުގެ ކޮލިފިކޭޝަންތައް ހާސިލްކުރަން ދިވެހިންނަށް ލިބޭ ވަރަށް ފަހި ފުރުސަތެއް ކަމަށް، އެތަނުން ބުނެ އެވެ.

މެޕްސް ކޮލެޖުގައި ހިންގާ ގިނަ ކޯސްތައް، ވަޒީފާގައި އުޅެމުން ވެސް، ފަސޭހައިން ކުރިއަށް ގެންދެވޭނެ އެވެ. މިގޮތުން ކްލާސްތައް އޮންނަނީ ހަވީރާއި ރޭގަނޑުގެ ވަގުތުތަކުގަ އެވެ. އަދި ބައެއް ކޯސްތައް ބްލޮކް މޯޑަށް ވެސް ކިޔަވައިދެ އެވެ. ޕޯސްޓް ގްރެޖުއޭޓް ކޯސްތަކުގެ ކްލާސްތައް އޮންނަނީ ހޮނިހިރު އަދި އާދިއްތަ ދުވަހު އެވެ.

މިއީ އާދައިގެ ކޮލެޖެއް ނޫނެވެ. ކޮލެޖުގައި ކިޔަވައިދެއްވަނީ އެންމެ ގާބިލު، އެންމެ ތަޖުރިބާކާރު ބޭފުޅުންނެވެ. ދަރިވަރުންނަށް ކިޔަވައިދިނުމުގައި ޒަމާނީ ގޮތްތަކާއި އުކުޅުތައް ބޭނުންކުރެ އެވެ. އަދި ކްލާސްރޫމްތަކާއި، ލައިބްރަރީ އާއި ލެބޯޓްރީތަކުގެ ފެންވަރު ރަނގަޅުވެފައި، ޒަމާނީ ޓެކްނޮލޮޖީ ބޭނުންކުރެ އެވެ. މެޕްސް ކޮލެޖުގެ ކޯސްތަކުގެ އަގުތަކަށް ބަލައިލާއިރު އަގުތައް ހެޔޮވެފައި، އިންސްޓޯލްމަންޓްތަކަށް ބަހާލައިގެން ވެސް ފައިސާ ދެއްކެ އެވެ.

އުފާވެރި ހަބަރަކީ މި ހުރިހާ ވަސީލަތްތަކާ އެކު ކިޔެވުމުގެ ފުރުސަތު، އަހަރުގެ އެކި އިންޓޭކްތަކުގައި ހުޅުވާލެވޭ ކަމެވެ. މިގޮތުން ގިނަ ކޯސްތަކަށް ކޮންމެ މަހެއްގައި ވެސް އެޕްލައިކުރާނެ ފަސޭހަ އިންތިޒާމްތައް ވަނީ ހަމަޖަައްސައިފަ އެވެ.

މި އަހަރުގެ ޖެނުއަރީ އިންޓޭކްގެ ކޯސްތަކަށް އެޕްލައި ކުރުމުގެ ފުރުސަތު ހުޅުވާލަން މެޕްސް ކޮލެޖުގައި ބޭއްވި ރަސްމިއްޔާތެއްގައި ކޮލެޖުގެ ޑެޕިއުޓީ ރެކްޓާ އަބްދުލްއަޒީޒް އިބްރާހިމް ވަނީ އުފާވެރި އިތުރު ހަބަރެއް ދެއްވާފަ އެވެ. އެއީ މެޕްސް ކޮލެޖުގައި ޑިޕްލޮމާއިން މަތީގެ ކޯސްތައް ހަދަން ޝައުގުވެރިވާ ދަރިވަރުންނަށް މޯލްޑިވްސް އިސްލާމިކް ބޭންކް (އެމް.އައި.ބީ) މެދުވެރިކޮށް ފައިނޭންސިން ފެސިލިޓީގެ ފުރުސަތު ހަމަޖެހިފައިވުމެވެ.

އެ ރަސްމިއްޔާތުގައި މެޕްސް ކޮލެޖުގެ ޑެޕިއުޓީ ވައިސް ރެކްޓާ ފޯ ރިސާޗު އެންޑް ޑިވެލޮޕްމަންޓް ޑރ. އައިޝަތު ޝެހެނާޒު އާދަމް ވިދާޅުވީ ރާއްޖޭގެ އެކި ހިސާބުތަކުގައި ކެމްޕަސްތަކެއް ގާއިމްކުރަން ނިންމާފައިވާ ކަމަށެވެ. އެގޮތުން މިއީ ރަށުގައި ތިބެގެން ފެންވަރު ރަނގަޅު މަތީ ތައުލީމުގެ ފުރުސަތުތައް ދިވެހިންނަށް ފަހިކޮށްދިނުމުގެ އަޒުމުގައި ކުރިއަށް ގެންދާ ބޮޑު މަޝްރޫއެއް ކަމަށާއި މިހާރުވެސް ބައެއް އަތޮޅުތަކުގައި މި މަސައްކަތް ފަށާފައިވާކަމަށް ވިދާޅުވި އެވެ.

ދެން ވެސް އޮތީ، މެޕްސް ކޮލެޖުން ބުނާ ގޮތުގައި، އުފާވެރި ހަބަރެކެވެ. ޕޯސްޓްގްރެޖުއޭޓް ދަރިވަރުންނަށް އިންޓާންޝިޕް ފުރުސަތު ހޯދާދިނުމާއި އެ ކޮލެޖުން ކިޔަވައި ނިންމާ ދަރިވަރުންނަށް އެންމެ އެކަށީގެންވާ ވަޒީފާގެ ފުރުސަތުތައް ހޯދައިދެވޭނެ ގޮތްތަކަކީ ކޮބައިތޯ ބަލަމުން އަންނަ ކަމަށް ޝެހެނާޒު ވިދާޅުވި އެވެ.

މެޕްސް ކޮލެޖުން ވަނީ ފާއިތުވީ 18 އަހަރުގެ ތެރޭގައި ވަރަށް ގިނަ ކާމިޔާބީތައް ހާސިލްކޮށްފަ އެވެ. ޔޫކޭގެ ކޮލިފިކޭޝަންތައް އެންމެ ފުރަތަމަ ރާއްޖެއަށް ތައާފަރުކުރީ މެޕްސް ކޮލެޖުންނެވެ. ކޮލެޖުގެ ދަރިވަރުން ވަނީ ގައުމީ ފެންވަރާއި، ދުނިޔޭގެ ފެންވަރުގައި އެތައް ކާމިޔާބީއެއް ހޯދާފަ އެވެ.

މެޕްސް ކޮލެޖު ވެސް ވަނީ އެތައް އެވޯޑެއް ހާސިލްކޮށްފަ އެވެ. އެގޮތުން މިހާރު މެޕްސް ކޮލެޖަކީ އޭސީސީއޭގެ ގޯލްޑް ސްޓޭޓަސް ލިބިފައިވާ، އޭސީސީއޭ އެޕްރޫވްޑް ޓިއުޝަން ސެންޓަރެކެވެ. ރާއްޖޭގެ މަތީ ތައުލީމަށް ހިދުމަތް ކުރުމުގެ ރޮނގުން އާންމު ހިދުމަތުގެ އިނާމު 2008 ގައި މެޕްސް ކޮލެޖަށް ވަނީ ލިބިފަ އެވެ. މިކާމިޔާބީތަކުގެ އިތުރުން މެޕްސް ކޮލެޖު އެންމެ ފަހުރުވެރިވާ ކަމެއްގެ ގޮތުގައި ފާހަގަކުރަނީ ކޮލެޖުގެ ދަސްވެނިން ގައުމު ބިނާކުރުމަށް، އިސް ސަފުގައި ކުރަމުން އަންނަ މަސައްކަތްތަކެވެ.

0 ކޮމެންޓް, 10 ރިއެކްޝަންސް

icon happy icon happy 70%
icon sad icon sad 0%
icon angry icon angry 30%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

Share your opinion about "Mihaaru" new website

"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް

ނަން އަދި ޚިޔާލު ޖައްސަވާ!
Please fill in name and opinion.
ތިޔަ ޚިޔާލު ލިބިއްޖެ. ޝުކުރިއްޔާ!
We have recieved your message. Thank You!