އިރާއީގެ ވޮރެންޓީއާ އެކު ކަލްކިއުލޭޓަރު ހަލާކުވެދާނެތީ އުޅޭކަށް ނުޖެހޭނެ!

ކަލްކިއުލޭޓަރަކީ ފޮތް ލިސްޓުގައި ހިމެނޭ އެންމެ އަގު ބޮޑު އެއްޗެވެ. ސްކޫލުތަކުގައި އާއްމުކޮށް ބޭނުންކުރާ ކަލްކިއުލޭޓަރެއްގެ އަގު 500 ރުފިޔާ އިން މަތިން ފެށޭއިރު، ސަރުކާރުން ހިލޭ ދޭ ކަލްކިއުލޭޓަރު މިހާރު ލިބެނީ ހަމައެކަނި ގްރޭޑު އަށެއްގެ ފޮތް ލިސްޓަށެވެ. އަށަކަށް ދާ ކުދިންނަށް ލިބޭ ކަލްކިއުލޭޓަރު ގްރޭޑު 10 ނިމެންދެން ގެންގުޅެން ޖެހެ އެވެ.

އެކަމަކު، އެހާ ގިނައިން ބޭނުން ކުރަންޖެހޭ އަދި ބޭނުންކުރާ މިންވަރު ދުވަހެއް ދުވަހަކަށް އިތުރުވާ ކަލްކިއުލޭޓަރަށް ފަސޭހަ އިން މައްސަލަ ޖެހެ އެވެ. އޭގެތެރޭގައި ކަލްކިއުލޭޓަރުގެ ބައެއް ފިތް މަސައްކަތް ނުކުރުމާއި ސްކްރީނުން އެއްޗެއް ނުފެނުމާއި އެ ނޫން ވެސް ގިނަ ޓެކްނިކަލް މައްސަލަތައް ހިމެނެއެވެ. ފުރަތަމަ އަހަރު ތެރޭގައި ވެސް ވަރަށް މަދު ކުއްޖަކަށް ނޫނީ މިކަމާ ކުރިމަތިލާން ޖެހެ އެވެ.

އެކަމަކު، އެ މައްސަލަ އަށް މިހާރު ހައްލެއް އެބަ އޮތެވެ. ފޮތް ލިސްޓާ އެކު އިރާއީ ބުކްޝޮޕުން ގަންނަ ކޮންމެ ކަލްކިއުލޭޓަރަކަށް ތިން އަހަރުދުވަހުގެ ވޮރެންޓީ ދެ އެވެ. މި ވޮރެންޓީގެ ދަށުން ކަލްކިއުލޭޓަރަށް ޓެކްނިކަލް މައްސަލައެއް ދިމާވެގެން ގެނައުމުން ކަލްކިއުލޭޓަރު ބަދަލުކޮށްދެވޭނެއެވެ. އޭގެ ތެރޭގައި ކަލްކިއުލޭޓަރު މަސައްކަތް ކުރުން ހުއްޓުމާއި ސްކްރީނުން އެއްޗެއް ނުފެނުން ފަދަ ހުރިހާ މައްސަލައެއް ހިމެނެ އެވެ. ހަމަ އެހެންމެ، ވެއްޓިގެން ނުވަތަ އެފަދަ އެހެން ވެސް ކަމަކުން ކަލްކިއުލޭޓަރަށް ދިމާވާ ފިޒިކަލް މައްސަލަތައް ފިޔަވާ ހުރިހާ ކަމެއް މި ވޮރެންޓީގެ ދަށުން ކަވަރުކުރާނެ އެވެ.

އެހެންކަމުން، ސެކަންޑްރީ ގްރޭޑުތަކުގެ ކުދިންނަށް ވެސް އިރާއީން ގަންނަ ކަލްކިއުލޭޓަރު އެއްވެސް ހާސްކަމެއް ނެތި ބޭނުން ކުރެވޭނެ އެވެ. ހަމަ އެއާ އެކު، މިކަމުގެ ސަބަބުން ބެލެނިވެރިންގެ އަތުން ކުދިންގެ ކިޔެވުމަށް ކުރަންޖެހޭ ހަރަދު ވަރަށް ބޮޑުތަން ކުޑަވެގެން ދާނެ އެވެ. އިރާއީ ބުކްޝޮޕުން ލިބެން ހުރި އޮރިޖިނަލް ކަލްކިއުލޭޓަރު ތިން އަހަރުދުވަހުގެ ވޮރަންޓީއާ އެކު ހޯދުން އެއީ ހައްލުކަން ކަށަވަރެވެ.