ފްރީޓައުން (އޮގަސްޓް 16) - ސިއަރަ ލިއޯންގައި ފެންބޮޑުވެ ކިސަޑު ފޭބުމުގެ ސަބަބުން ގެއްލުނު މީހުންގެ އަދަދު 600 އަށް އަރާފައިވާ ކަމަށް ސަރުކާރުގެ ތަރުޖަމާނަކު ވިދާޅުވެއްޖެ އެވެ.

ސިއަރަ ލިއޯންގެ ރައީސް އާނެސްޓް ކޮރޮމާ ވިދާޅުވީ ފެންބޮޑުވުމުގައި ވެރިރަށް ފްރީޓައުން އެކުގައި ދޮވެވިފައިވާ ކަމަށެވެ. ފެންބޮޑުވެފައިވާ ހިސާބުތަކަށް ދަތުރު ކުރެއްވުމަށް ފަހު ރައީސް ކޮރޮމާ ވަނީ ފެންކަޅިވެ ހުންނަވާ "ގެއްލުން ހީވެސް ނުކުރާހާ ބޮޑު ކަމަށް" ވިދާޅުވެފަ އެވެ. ފްރީޓައުންގެ ރެޖެންޓް އޭރިއާގައި ކިސަޑު ފޭބުމުގެ ސަބަބުން 400 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. ކިސަޑު ފޭބި އިރު ގިނަ މީހުން ތިބީ ނިދާށެވެ. މޯޗަރީތައް ފުރުމުގެ ސަބަބުން ގިނަ ބަޔަކު އެއް ފަހަރާ މިއަދު ވަޅުލާ ގޮތަށް ވަނީ ނިންމައިފަ އެވެ.

ރައީސްގެ ތަރުޖަމާން އަބްދުލްލައި ބަރައިތައި ވިދާޅުވީ ކިސަޑުގެ ތެރޭން އަދިވެސް މަރުވެފައިވާ މީހުންގެ ހަށިތައް ފެންނަމުންދާ ކަމަށެވެ.

އދ. އިން ބުނީ ފެންބޮޑުވުމަށް ފަހު ސިއަރަ ލިއޯންގައި ކޮލެރާ، ޓައިފޮއިޑް އަދި ބޭރަށް ހިންގުން ފަދަ ރޯގާއެއް ފެތުރިދާނެތީ ކަންބޮޑުވާ ކަމަށެވެ.