ކުޅިވަރު

ސްކޮޓްލެންޑް ބަލިކޮށް ޔޫކްރޭން ވޯލްޑް ކަޕާ ގާތަށް

ސްކޮތްލެންޑާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބު ކުރުމަށް ފަހު ޔޫކްރޭނުގެ މިޑްފީލްޑަރު ޒިންޗެންކޯ.-

ގްލާސްގޯ (ޖޫން 2) - މި އަހަރު ގަތަރުގައި ބާއްވާ ފީފާ ވޯލްޑް ކަޕުގެ ޔޫރަޕުގެ ކޮލިފައިން ޕްލޭއޮފް ސެމީ ފައިނަލުގައި ސްކޮޓްލެންޑާ ވާދަކޮށް 3-1 އިން މެޗު ކާމިޔާބުކޮށް ޔޫކްރޭން ޕްލޭއޮފް ފައިނަލުން ޖާގަ ހޯދައިފި އެވެ.

މިދިޔަ މާޗު މަހު ކުޅެން އޮތް ޕްލޭއޮފް މެޗުތައް، ޔުކްރޭން ހަނގުރާމައިގެ ސަބަބުން ފަސްކުރި ނަމަވެސް ދެން އޮތް ސެމީ ފައިނަލުގައި އޮސްޓްރިއާ ބަލިކޮށް ވޭލްސް ވަނީ ފައިނަލުން ޖާގަ ހޯދައިފަ އެވެ. މިއާ އެކު ވޯލްޑް ކަޕުގެ ޖާގައެއް ލިބޭނީ އަންނަ އާދިއްތަ ދުވަހުގެ ރޭ ޕްލޭއޮފް ފައިނަލުގައި ވޭލްސް އާއި ޔޫކްރޭނާ ބައްދަލުކޮށް މޮޅުވާ ޓީމަކަށެވެ.

ސްކޮޓްލެންޑުގައި ކުޅުނު މެޗުގައި ޔޫކްރޭނުން މޮޅަށް ކުޅުނު އިރު އެ ޓީމަށް ލީޑު ނަގައިދިނީ ވެސްޓް ހޭމް ޔުނައިޓެޑަށް ކުޅޭ ފޯވާޑް އަންޑްރޭ ޔަރްމޮލެންކޯ އެވެ. މެޗުގެ 33 ވަނަ މިނިޓުގައި ގޯލްކީޕަރު ބޯ މަތިން ފޮނުވާލި ރީތި ބޯޅައިން ލީޑު ނެގި އިރު، ދެވަނަ ހާފު ފެށިގެން ހަތަރުވަނަ މިނިޓުގައި ރޯމަން ޔަރެމްޗުކް ވަނީ ދެވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްދީފަ އެވެ.

ޔަރްމޮލެންކޯ، ޔޫކްރޭނުގެ ފުރަތަމަ ލަނޑު ޖަހަނީ.--

މެޗުގެ ފުރިހަމަ ވަގުތު ހަމަވާން 10 މިނިޓަށްވެފައި ވަނިކޮށް ސްކޮޓްލެންޑުގެ ކެލަމް މެގްރެގާ އެޓީމަށް ލަނޑެއް ޖަހައި އުންމީދެއް ހޯދައިދިނެވެ. އޭނާ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާ ޔޫކްރޭނުގެ ޓަރަސް ސްޓެފަނިންކޯ ލައިން މަތިން ދިފާއު ކުރި ކަމަށް ހީކުރެވުނަސް ބޯޅަ ވަނީ ގޯލް ލައިން ހުރަސް ކޮށްފަ އެވެ.

ޔޫކްރޭނުގެ ފަހު ލަނޑު ޖެހީ މެޗުގެ ފަހު ފުރުސަތުގަ އެވެ. އިތުރު ވަގުތުގެ ފަސްވަނަ މިނިޓުގައި އޮލެކްސަންޑަ ޒިންޗެންކޯގެ އެހީތެރިކަމާ އެކު މި ލަނޑު ޖެހީ، މިދިޔަ އަހަރުގެ ޔޫރޯ މުބާރާތުގެ ނޮކައުޓް ބުރުގައި ސްވިޑެން އަތުން ހަމަ މި ދަނޑުގައި ޔޫކްރޭން މޮޅު ކޮށްދިން ޒުވާން ފޯވާޑް އާޓެމް ޑޮވްބީކް އެވެ.

މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު ޒިންޗެންކޯ ބުނީ، ވޯލްޑް ކަޕް ކޮލިފައިން ޕްލޭއޮފް ފައިނަލުގައި ވޭލްސް ބަލި ކުރަން ޖެހޭ ކަމަށާއި، އެހެން ނޫން ނަމަ ސްކޮޓްލެންޑް އަތުން ހޯދި މޮޅުގެ އެއްވެސް ބޭނުމެއް ނެތް ކަމަށެވެ. މެޗުގެ ކުރިން އޮތް ޕްރެސް ކޮންފަރެންސްގައި ވެސް ޒިންޗެންކޯ ވަނީ ޔޫކްރޭން މި އަހަރު ގަތަރަށް ދިޔުމުގެ ހުވަފެން ދެކޭ ކަމަށާއި މި ހަފްތާގައި އެ މަސައްކަތް ނިންމަން ޖެހޭ ކަމަށެވެ.

"ޔޫކްރޭންގެ ހާލަތު އެންމެންނަށްވެސް އެނގޭ، ކޮންމެ މެޗަކީ ވެސް އަހަރެމެންނަށް ފައިނަލެއް. ޓީމެއްގެ ގޮތުގައި އަހަރެމެން ދެކޭ ހުވަފެނެއް އެބަ އޮތް ވޯލްޑް ކަޕަށް ދާން. ބާކީ އަދި އެއް މެޗު އެބަ އޮތް. އެއީ ފައިނަލް މެޗު. އެއިން މޮޅު ވާން ޖެހޭ. އެހެން ނޫން ނަމަ މި މެޗުގެ (ސްކޮޓްލެންޑް އަތުން މޮޅުވުމުގެ) ނަތީޖާގެ އެއްވެސް މާނައެއް ނެތް،" މެންޗެސްޓާ ސިޓީ އަށް ކުޅޭ ޒިންޗެންކޯ ބުންޏެވެ.

ޒިންޗެންކޯ މެޗަށް ފަހު ސްކޮތްލެންޑުގެ ރޮބާޓްސަން އާއެކު.--

"ސްކޮޓްލެންޑުގެ ކޮންމެ ޑިޕާޓްމަންޓެއްގައި ވެސް ވަރަށް މޮޅު ކުޅުންތެރިން ތިބި. އެކަމަކު ވެސް އަހަރެމެން ވަރަށް ރަނގަޅަށް ކުޅުނު. ވޭލްސް މެޗަކީ ބޮޑު މެޗެއް. އަހަރެމެންގެ އެންމެ ރަނގަޅު ޕާފޯމަންސް ދައްކަން ޖެހޭނެ."

ޔޫކްރޭން މިހާތަނަށް ވޯލްޑް ކަޕުގައި ކުޅެފައި ވަނީ އެންމެ ފަހަރަކު އެވެ. އެއީ 2006 ވަނަ އަހަރު ޖަރުމަނުގައި ބޭއްވި މުބާރާތުގަ އެވެ. އެ ފަހަރު ޔޫކްރޭން ވަނީ ކުއާޓާ ފައިނަލާ ހަމައަށް ދަތުރު ކޮށްފަ އެވެ.

ސްކޮޓްލެންޑަށް ވަނީ 1998 ވަނަ އަހަރަށް ފަހު އެޓީމު ވޯލްޑް ކަޕަށް ކޮލިފައިވާން މިހާތަނަށް ކުރި އިންތިޒާރު އަނެއްކާވެސް ދިގުވެފަ އެވެ. ސްކޮޓްލެންޑުގެ ކެޕްޓަން، ލިވަޕޫލަަށް ކުޅޭ އެންޑީ ރޮބާޓްސަން ބުނީ މި މެޗަށް ވަރަށް ދިގު އިންތިޒާރެއްކުރި ކަމަށާއި، މި މެޗުގައި އެޓީމުގެ ކުރީ މެޗުތަކުގެ ކުޅުމާ ގާތަށް ވެސް ނާދެވުނު ކަމަށެވެ.

"ޔޫކްރޭނުން އަހަރެމެންނަށް ވުރެ އަަވަހަށް ގޭމުތެރެއަށް ވެދެފި. އެކަން ވަރަށް ބޮޑަށް ފެނުނު. އެކަމަކު އަހަރެމެންނަށް ވަރަށް މަސައްކަތުން ފަރަގު ކުޑަ ކުރެވުނު. ނަމަވެސް ކައުންޓާ އެޓޭކްތަކުގައި މުޅިން ދޫކޮށްލާފައި ތިބެވުނީ. މިއީ އުންމީދުކުރި ގޮތެއް ނޫން،" ލިވަޕޫލަށް ކުޅޭ ފުލްބެކް ބުންޏެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454