ފައިގަތަޅާ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޓީމުތަކުން ޕްރެކްޓިސް ކުރަނީ
21 ޖޫން 2022 - 21:58
ޔުނިކް ސްޕޯޓިން އާއި ސްޕޯޓްސް ކޯޕަރޭޝަން ގުޅިގެން ބާއްވާ، ފައިގަތަޅާ މުބާރާތް 38 ޓީމާއެކު މާދަމާ ފަށަން ތައްޔާރު ވެއްޖެ އެވެ
"ފައިގަތަޅާ ފޯރި" ނަމުގައި ބާއްވާ މުބާރާތުގައި އަންހެން 18 ޓީމާއި ފިރިހެން 20 ޓީމު ވަނީ ބައިވެރިވެފަ އެވެ.
ސަރުކާރު އޮފީސް އަދި ކުންފުނިތަކަށް ހުޅުވާލައިގެން ބޭއްވާ މުބާރާތުގައި މާދަމާ ކުޅޭ އަންހެން ކެޓަގަރީގެ ފުރަތަމަ މެޗުގައި ވާދަކުރާނީ ޔޫތު މިނިސްޓްރީ އާއި މުލަ މޯލްޑިވްސް އެވެ. ފިރިހެން ކެޓަގަރީގެ ފުރަތަމަ މެޗުގައި ވާދަކުރާނީ މުލަ މޯލްޑިވްސް އާއި ފެމިލީ ކޯޓެވެ.
ފައިގަތަޅާ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޓީމުތަކުން ޕްރެކްޓިސް ކުރަނީ
ދެ ކެޓގަރީން ވެސް މުބާރާތުން ޗެމްޕިއަންކަންކަން ހޯދާ ދެ ޓީމަށް ފައިސާގެ އިނާމެއްގެ ގޮތުގައި 10،000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ސޮނީ ސްޕޯޓްސްއިން ދޭ ގިފްޓް ވައުޗަރެއް ލިބޭނެ އެވެ. އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މުބާރާތުގެ މެޗުތައް ކުޅޭނީ ހުޅުމާލޭގަ އެވެ. މުބާރާތް ކުރިއަށް ގެންދާނީ އެޗްޑީސީ އާއި އާރްޑީސީގެ އެހީތެރިކަމާއެކު އެވެ. ފައިގަތަޅާ ކޯޓް ހަދާފައި ވަނީ ހުޅުމާލޭ ދެވަނަ ފޭސްގެ ހިޔާ ފްލެޓް ސަރހައްދުގައި އަތިމައްޗާ ކައިރީ ބަސް ސްޓޭޝަނާ ދިމާލުގަ އެވެ. މެޗުތައް ކުރިއަށް ގެންދާނީ ހަވީރު 4 ން ރޭގަނޑު 11 އަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަސި
21 June 2022
ކޮވިޑްގެ ހާލަތު ގޯސްވަނީ، ހަރަކާތްތައް ލަސްކޮށްލަން އިލްތިމާސް ކޮށްފި. މި ބުނާ އެއްޗަކާ ކުރާ ކަމަކާ ދިމާވާން ވާނެތާ.
ނުވާނެ
22 June 2022
ހަރަދު ކުދަކުރަން ބުނެފަ ނިންމީ ފުޅަންދުބުރު ބާއްވަން ހަރަކާތްތައް ލަސްކޮށްލަން އިލްތިމާސް ކޮއްފަ ބާއްވަނީ މުބާރާތް އާންމު މީހާ ކަމެއް ކުރަން މަނާވަނީ