ކުޅިވަރު / ދެވަނަ ޑިވިޝަން ފުޓްބޯޅަ

ޓެންޓް ސްޕޯޓްސް އިން ޖޭޖޭ ބަލިކުރިއަސް، ސެމީގެ ޖާގަ ކުޑަހެންވޭރު ޔުނައިޓެޑަށް

ޓެންޓް ސްޕޯޓްސް އިން ބިސްބުރާ ދެކޮޅަށް ކުޅުނު މެޗުގައި ލަނޑެއް ޖެހުމަށް ފަހު. މިރޭގެ މެޗުގައި ޓެންޓް މޮޅުވި ނަމަވެސް ސެމީގެ ޖާގަ ލިބުނީ ދެވަނައިގައި އޮތް ކުޑަހެންވޭރަށް. ޓެންޓަށް ލިބުނީ ތިންވަނަ.-- ފޮޓޯ: ޓެންޓް ސްޕޯޓްސް ކްލަބް

ދެ ވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގައި ޓެންޓް ސްޕޯޓްސް ކުލަބުން ފަހު މެޗުގައި 3-0 އިން ޖޭޖޭ ސްޕޯޓްސް ކުލަބް ބަލިކުރި ނަމަވެސް، ފައިދާ ގޯލުގެ ތަފާތުން ގުރޫޕް އޭގެ ދެ ވަނަ ޓީމުގެ ގޮތުގައި ކުޑަހެންވޭރު ޔުނައިޓެޑަށް ސެމީ ފައިނަލުގެ ޖާގަ ލިބިއްޖެ އެވެ.

ޓެންޓް ސްޕޯޓްސް ކުލަބުން ރޭ ގަލޮޅު ދަނޑުގައި ޖޭޖޭ ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުޅެ ހޯދި ތިން ޕޮއިންޓާ އެކު ވަނީ ކުޑަހެންވޭރާ އެއްވަރަށް 15 ޕޮއިންޓް ހަމަ ކޮށްފަ އެވެ. ކުޑަހެންވޭރަށް ފައިދާ 16 ގޯލު ލިބިފައި ވާއިރު، ޓެންޓަށް ލިބިފައި ވަނީ ފައިދާ 13 ގޯލެވެ.

ޓެންޓް ސްޕޯޓްސް އިން ރޭގެ މެޗުގައި ލީޑު ނެގީ 21 ވަނަ މިނިޓުގައި މުހައްމަދު އިޔާން ހަސަން ޖެހި ގޯލުންނެވެ. އަދި ލީޑު ފުޅާކުރީ 42 ވަނަ މިނިޓުގައި އުޝާމަތު އިބްރާހިމް ޖެހި ލަނޑުންނެވެ. ދެ ވަނަ ހާފުގައި އެޓީމުން ލަނޑެއް ޖަހަން ކުރި މަސައްކަތް ކާމިޔާބުވީ 81 ވަނަ މިނިޓުގަ އެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ އަނީސް އަބްދުﷲ އިބްރާހީމެވެ.

މެޗުގެ އިތުރު ވަގުތުގައި ޓެންޓް ސްޕޯޓްސް ކުލަބްގެ ފޯވާޑް މުހައްމަދު އަރާޝް އައްސަދަށް ވަނީ ދެ ވަނަ ރީނދޫ ކާޑަކާ އެކު ރަތް ކާޑެއް ވެސް ދައްކައިފަ އެވެ.

ކުޑަހެންވޭރު ޔުނައިޓެޑަށް ގުރޫޕްގެ ދެވަނަ އާއެކު ސެމީގެ ޖާގަ ޔަގީންވި އިރު، މިއީ 2017 ވަނަ އަހަރު ދެ ވަނަ ޑިވިޝަނުގައި ވާދަކުރަން ފެށި ކުޑަހެންވޭރު ސެމީ އަށް ދަތުރުކުރި ދެވަނަ ފަހަރެވެ. މި ގުރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި ބުރު ސްޕޯޓްސް ކުލަބް ވަނީ ކުޅުނު ހަތް މެޗު ވެސް ކާމިޔާބު ކޮށްގެން ސެމީގެ ފުރަތަމަ ޖާގަ ޔަގީން ކޮށްފަ އެވެ.

މިރޭގެ މެޗާ އެކުމި ގުރޫޕުގެ ހުރިހާ މެޗެއްގެ ކުޅުން ވަނީ ނިމިފަ އެވެ. ގުރޫޕުގެ ހަތަރު ވަނަ ހޯދީ، އިއްޔެ ހަވީރު މާފަންނު ޓާފް ދަނޑުގައި ދިވެހި ސިފައިންގެ ކުލަބާ ވާދަކޮށް 1-0 އިން މެޗު ކާމިޔާބުކުރި ކްލަބް ޕީކޭ އެވެ.

ޕީކޭ އިން ޖެހި ހަމައެކަނި ލަނޑު މެޗުގެ 24 ވަނަ މިނިޓުގައި ޖަހައިދިނީ އަލީ ރިސްވާން އަހުމަދެވެ.

މި ނަތީޖާއާ އެކު ޕީކޭ އަށް ހަތް މެޗުން 12 ޕޮއިންޓް ލިބިފައި ވާއިރު، ފަސްވަނައިގައި ނިންމާލި ޖޭޖޭ އަށް ލިބިފައިވަނީ ނުވަ ޕޮއިންޓެވެ. ސިފައިންނާއި ބިސްބުރު ސްޕޯޓްސް ކުލަބަށް ހަ ޕޮއިންޓް ހޯދުނު އިރު، އަށް ޓީމު ވާދަކުރި ގުރޫޕުގެ ފުލުގައި ނިންމާލި ކެޕިޓަލް ސިޓީ ސްޕޯޓްސް ކުލަބަށް ޕޮއިންޓެއް ނުލިބެ އެވެ.

ޖުމްލަ 15 ޓީމާ އެކު މިއަހަރުގެ ދެވަނަ ޑިިޝަން ކުރިއަށް ގެންދާ އިރު، ގުރޫޕް ބީ އިން ސެމީގެ ޖާގަ ޔަގީން ކޮށްފައި ވަނީ ކްލަބް ޓީނޭޖެވެ. އެ ގުރޫޕުން ސެމީގެ ޖާގައަށް ދެނަ ވާދަކުރަނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބާއި އެލްޓީ ސްޕޯޓްސް ކުލަބެވެ.

އެލްޓީ ސްޕޯޓްސް އަށް ވަނީ އެޓީމުގެ ފަހު މެޗުގައި ޓީނޭޖް އަތުން ބަލިވެގެން ސެމީ އަށް ދިއުމުގެ އަމިއްލަ ބާރު ގެއްލިފަ އެވެ. މި ގުރޫޕުން ސެމީ އަށް ދާނެ ދެވަނަ ޓީމެއް ޔަގީން ވާނީ މިއަދު ހަވީރު ނިއު އާއި މަހިބަދޫ ސްޕޯޓްސް ކުލަބް ކުޅޭ މެޗަށް ފަހު އެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454