ފައިނަލުގެ ކާމިޔާބަށް ފަހު ލެގޫންސް އިން ތިންވަނަ ޑިވިޝަންގެ ތަށި އުފުލާލަނީ: ފައިނަލުގައި އެ ޓީމާ ދެކޮޅަށް ނުކުތީ މަސްއޮޑި --- ފޮޓޯ: ނިޝާން އަލީ | މިހާރު
12 ޑިސެމްބަރ 2022 - 06:29
ފައިނަލުގައި މަސްއޮޑި ސްޕޯޓްސް ކްލަބްގެ މައްޗަށް 2-1 ނަތީޖާ އަކުން ކާމިޔާބު ހޯދައި، އެފްއޭއެމް ތިންވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ލެގޫންސް ސްޕޯޓްސް ކްލަބުން ހޯދައިފި އެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި ރޭ ކުޅުނު ފައިނަލު މެޗަށް ދެ ޓީމު ވެސް ދަތުރު ކުރީ ކުޅުނު ހުރިހާ މެޗެއް ވެސް ކާމިޔާބު ކޮށްގެންނެވެ. ފައިނަލުގެ ޖާގަ ކަށަވަރު ކުރުމުން ލެގޫން އާއި މަސްއޮޑި ވަނީ ދެވަނަ ޑިވިޝަނަށް ކޮލިފައި ވެފަ އެވެ.
ދެ ޓީމުގެ ކުރިމަތިލުމުގައި ފުރަތަމަ ލީޑް ނެގީ ވެސް ލެގޫންސްއިންނެވެ. އެ ލަނޑު މެޗުގެ 24 ވަނަ މިނެޓްގައި ޖެހީ މުހައްމަދު ޝިފާން މުހައްމަދު ނަޒީރު އެވެ.
މެޗުގެ އަނެއް ދެ ލެނޑު ވެސް ފެނުނީ ދެވަނަ ހާފުގެ ފަހުކޮޅުގަ އެވެ. ޝިފާން ވަނީ އަނެއކާ ވެސް ލަނޑެއް ޖަހައިދީ ލީޑް ފުޅާކޮށްފަ އެވެ. މަސްއޮޑި އަށް ވީ ވަރަކީ މެޗުގެ އިތުރު ވަގުތުގެ ދެވަނަ މިނެޓްގައި ސުން ކަނޑުވާލުމެވެ. އެ ޓީމުގެ ލަނޑު ޖެހީ ހުސައިން ޝަރީފް އެވެ.
މުބާރާތުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ލެގޫންސް އަށް ކުޅުނު ސްރީ ލަންކާގެ މިޑްފީލްޑާ މުހައްމަދު އަމާން މުހައްމަދު ފައިޒާ އެވެ. އެންމެ މޮޅު ގޯލް ކީޕަރަކަށް ހޮވުނީ ލެގޫންސްގެ ޖިނާހް ހާރޫން އެވެ. މުބާރާތުގެ ފެއާޕްލޭ ޓީމަކީ، އަނަކީ ސްޕޯޓްސް ކްލަބެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަސްބެ
12 December 2022
ނަސީބެއް މަސްއޮޑި މޮޅުނުވިކަން
ޑެނީ
12 December 2022
ކޮންމެ އޮޑިއަކަސް ފުޓްބޯޅަ ކުރިއަށް ދާން ތިބި ޒުވާނުންނަށް ލިބޭ ފުރުސަތެއް ކުޅުންތެރިން ބަލަން ޖެހޭ ކަންކަން އެބަފެނޭ އެކުދިން ހުނަރު ވަރަށް އުޖާލާ އިތުރު ދަނގަޑޭ ތަކެއް އެބަ ދޭ ކުރި އަރަމުން ދަނީ
ޟފހ5
12 December 2022
މަސްއޮޑި ގޭންގަށް ތިޔާ ކާމިޔާބު ނުވިކަން ހަމަ ނަސީބު.. ފަހަރަކު ކަމެއްގެ ތެރޭ ފުޅާކޮށް، ގޭންގު ބާރުގަދަކުރަމުންދާކަމަށް ވަރަށް ފާހަގަވޭ އެބަ
ހޭޓާ
12 December 2022
ދެވަނަ ޑިވިޝަން ކުޅޭނެ. ދެން ލަަލަލާ
ގުލްޒާރު
12 December 2022
މިގައުމުގާ ތިންވަނަ ޑިވިޝަނެއްވެސް އޮވޭތަ؟ މީ ދެމީހުންނާ ފަޅި އުޅޭ ގައުމެއް.