ކުޅިވަރު / ބޮޑީ ބިލްޑިން

މިސްޓަ މޯލްޑިވްސް ޔާންބެގެ ދެ ކިޑްނީ ފެއިލްވެ ފަރުވާއަށް އާއްމުންގެ އެހީއަށް އެދިއްޖެ

ޔާންބެ ސައުތު އޭޝިއާ މުބާރާތުގެ ކާމިޔާބަށް ފަހު ޓްރޮފީ އުފުލާލަނީ. --މިހާރު ފޮޓޯ: ނިޝާން އަލީ

31 އޯގަސްޓް 2024 - 20:21

26 comments

ރާއްޖެ އާއި ރާއްޖޭން ބޭރުގައި އެންމެ ކާމިޔާބު އެއް ދިވެހި ބޮޑީބިލްޑަރު މުހައްމަދު ޔާމީން (ޔާންބެ) ގެ ދެ ކިޑްނީ ފެއިލްވެ އޭނާ އެކަމުގެ ފަރުވާ އަށް އާއްމުންގެ އެހީއަށް އެދިއްޖެ އެވެ.

މިސްޓަ މޯލްޑިވްސްގެ މަގާމުގައި މިވަގުތު ހުރި އަދި އެ މަގާމު ހަތަރު ފަހަރު ހޯދާފައިވާ ޔާންބެ ބުނީ ކިޑްނީ ބަލީގެ އެންމެ ފަހު ސްޓޭޖުގައި އޭނާ ހުރިކަން އެނގުނީ މީގެ މަހެއްހާ ދުވަސްކުރިން ކަމަށާއި ޑޮކްޓަރުން ލަފާ ދެނީ ޓްރާންސްޕްލާންޓް ހަދަން ކަމަށެވެ.

"ޒުވާން ވީމާ ޑޮކްޓަރުން ބުނީ އެންމެ ރަނގަޅުވާނީ ޓްރާންސްޕްލާންޓް ހެދުމޭ. އެ ނޫނީ ދެން އޮންނާނީ ޑަޔަލިސް ހެދުން،" ޔާންބެ ބުންޏެވެ.

އޭނާގެ ފަރުވާ އަށް، އަމުދުން ޓްރާންސްޕްލާންޓް ހަދާ ނަމަ ވަރަށް ގިނަ އަދަދެއްގެ ފައިސާ ބޭނުންވާނެތީވެ އުފަން ރަށް ށ. ފުނަދޫގެ ބަޔަކު އިސްވެ މިއަދު ވަނީ ފަންޑްރައިޒިން އެއް ފަށައިފަ އެވެ.

"އަޅުގަނޑު އެދެން ވަރަށް ބޮޑަށް އާއްމުންގެ އެހީތެރިކަމަށް،" ޔާންބެ ބުންޏެވެ.

"އަޅުގަނޑުމެން މި ކުޅިވަރުން ރާއްޖެ އަށް ބޮޑެތި ކާމިޔާބީތައް ހޯދައިދިން ނަމަވެސް އެކަށީގެންވާ ފައިސާގެ އިނާމެއް ލިބިފައެއް ނުވޭ."

ޔާންބެ ބުނީ ކުރިން މި ބަލީގެ އެއްވެސް އަލާމާތެއް ފާހަގަކުރެވިފައި ނުވާ ކަމަށާއި، މައްސަލައެއް އުޅޭކަން އެނގުނީ ކުޑަކޮށް އުނދަގޫތަކެއް ވާތީ ހެދި ލޭގެ ޓެސްޓަކުން ކަމަށެވެ. އޭގެ ފަހުން މިވީ މަހެއްހާ ދުވަހު އޭނާ ވަނީ ވަރަށް ގިނަ ޑޮކްޓަރުންނަށް ދައްކައި އެތައް ޓެސްޓުތަކެއް ހަދައިފަ އެވެ.

"ޑޮކްޓަރުން ބުނަނީ މިހާރު ހުރީ ފަސް ވަނަ ސްޓޭޖުގައޭ. އެއީ މި ބަލީގެ އެންމެ ފަހު ސްޓޭޖް. މިއީ އަނބުރާ ދެން ރަނގަޅުކުރެވޭނެ ބައްޔެއް ނޫން،" ޔާންބެ ބުންޏެވެ.

"މިވަގުތު ކުޅިވަރާ އެއްކޮށް ދުރުގައި މިހުރީ. ފޯކަސް އޮތީ މި ކަމުން އަރައިގަތުމަށް."

ޔާންބެ އެންމެ ފުރަތަމަ މިސްޓަ މޯލްޑިވްސްގެ މަގާމު ހޯދީ 2017 ގަ އެވެ. އޭގެ ފަހުން 2021، 2022، އަދި 2023 ގައި ހޯދައި ޖުމްލަ ހަތަރު ފަހަރު ކާމިޔާބުކުރި އެވެ. އޭނާ ވަނީ ބައިނަލްއަގްވާމީ ބޮޑެތި ކާމިޔާބީތަކެއް ވެސް ހޯދައިފަ އެވެ. އެގޮތުން މިދިޔަ އަހަރުގެ އޭޝިއާގެ ބޮޑީބިލްޑިން އަދި ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕުގެ 85 ކިލޯގެ ކެޓަގަރީން ރަން މެޑަލް ހޯދި އެވެ. އަދި އޭނާ ވަނީ 2022 ވަނަ އަހަރު ބޮޑީ ބިލްޑިން ވޯލްޑް ޗެމްޕިއަންޝިޕްގެ އެންމެ ޗެލެންޖް ބޮޑު އެއް ކެޓަގަރީ ކަމަށްވާ ސުޕަ 90 ކިލޯގެ ކެޓަގަރީގެ ފައިނަލުގައި ވާދަކޮށް ލޯ މެޑަލް ހޯދައިފަ އެވެ.

26 ކޮމެންޓް, 83 ރިއެކްޝަންސް

icon happy icon happy 1%
icon sad icon sad 95%
icon angry icon angry 4%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދޮހޮއްތުބެ

02 September 2024

އެތްލީޓުންގެ ރައްކަލައް ސްޕޯރޓްސް މިނިސްޓްރީން ހެލްތްސްކުރީން ކުރަން ނުވޭތޯ

The name is already taken The name is available. Register?

ފިނރުޓޭ

02 September 2024

އަޑު އިވެނީ މި އުޅޭ ޖިމްއަށް ގޮސް ބޮޑީ ކުރާ ކުދިންތައް އިސްޓެރޮއިޑް ޖަހާލައޭ ޗޭންޖިން ރޫމަށް ވަދެލާފަ ހަމަ! އަޑު އިވެނީ މީ ހަށިގަނޑަށް އެހާ ރަގަޅު އެއްޗެއް ނޫނޭ! ގުދްރަތީ ގޮތުން ބޮނޑީ ކޮށްލެވޭނެ ނޫންހޭ މި ބުނީ! އެހެން މި ބުނީ މަސް އޮޑިފަހަރުގަ އުޅޭ ކުދިންގެ ހަށިގަޑު ފިސާރި ރީތި ކޮށް ހުންނަނީ! މިބުނީ ހަމަ ބަނޑުގަ ޅިޔަ އަޅާފަ ހުންނަ ގޮތަށް ގޮއް މަސް އަރުވާލާފަ އަތަށްވެސް ހުންނަނީ! ޔާމްބެއަށް މިހެން މިވީކީ އިސްޓެރޮއިޑް ނަގައިގެންނެކޭ ނޫން މި ބުނީކީ އެއް!

The name is already taken The name is available. Register?

މަގޭ ހިޔާލު

01 September 2024

ވަރަށް ދެރަ ހަބަރެއް. ޒުވާނާށް އަވަސް ޝިފާއެއް މިންވަރު ކުރައްވާށި.

The name is already taken The name is available. Register?

ދަލޭކަ ދައިތަ

01 September 2024

ބައްޔަކާ ގުޅިގެން ޑޮކް ބުނީމަވެސް ސްޓޮރޮއިޑެއް، އެންޓިބައޮޓިކެއް، ޕެއިންކިލާއެއް ނަގަން ނުކެރިގެން އަހަރެމެން މިއުޅެނީ. މިކުދިން ނަލަވެލަން މެޓާ ކާހެން މިއެއްޗެކި ކާލަނީ. ކުދިންނޭ ކާމިޔާބީ ހާސިލް ކުރަންވެސް ކާންވާނީ އިހަށްނުވި ރައްކަލެއް ފަހަކުން ނުވެވޭނޭ ބުނާވާހަކަ ހަދާންކޮށްފައި.

The name is already taken The name is available. Register?

އެޑަމާ

01 September 2024

ރާއްޖެ ތަމްސީލްކުރާ މިފަދަ އެތްލީޓުންނަށް ދިމާވާ މިކަހަލަ ޞިއްހީ މައްސަލަތަކުގައި ސަރުކާރުން ޒިންމާނެގުން އެންމެ ރަގަޅު ކަމަށް ފެނޭ. ރާއްޖެ އަށް ރީތި ނަން ހޯދާ ދެއްވި ބޮޑީ ބިލްޑަރ ޔާމިން އަށް ދިމާވި މިހިތްދަތި ހާދިސާ ގައި ހިތާމަކުރަން . ޔާމިން އަށް އަވަސް ޝިފާއަކަށް އެދެން.

The name is already taken The name is available. Register?

ބަބްސް

01 September 2024

އެއްވެސް ކަމެއް ހައްދުން ނެއްޓޭވަރަށް ކޮއްގެން ނުވާނެ. ފިޓްނަސް ވަރަށް ވަރަށް މުހިންމު. އެކަމަކު މިއީބޮޑުވަރު. ބޮޑީބިލްޑިންގް އެއީ ރަނގަޅު މުހިންމު ކަމެއް. މައްސަލަ އަކީ ދެންކުންތެރިކަން އޭގެ ތެރެއަށް ވަންނާތީ ...

The name is already taken The name is available. Register?

ބނގލ

01 September 2024

ރާާއްޖެއަށް ރީތިނަންހޯދާދޭ ފަންނާނުން އެމީހުންގެފުރާނައަށް ނުރައްކާވާފަދަ ބައްޔެއްވީމާވެސް މިޖެހެނީ ޢާންމުންގެ އެހީތެރިކަމަށްއެދެން.. މިވަރުން މިކަންވެތަ

The name is already taken The name is available. Register?

ކިއްލާ2222

01 September 2024

ލަރި އެއ ނުލިބޭ ރާއްޖޭގަ ސިޔާސީ މީހުން ނަށް ނޫނީ! ފިލމް ކުޅޭ މީހުން ވެސް މި ހާލު! ދުނިޔޭގެ އެއްމެ ނިކަމެތި ގައުމު މި ގޮތަށް ބަލަންޏާ

The name is already taken The name is available. Register?

ޥެކްސިންގ

01 September 2024

ޥެކްސިންގ

The name is already taken The name is available. Register?

މޮޔަވާހަކަ

01 September 2024

ކޮންމެ ކަމަކާ ވެކްސިން އާ ގުޅުވާތި. ރިހާކުރެ ކިޔަންވީނުން

The name is already taken The name is available. Register?

ކަރިމްބެ

01 September 2024

ބޮޑީ ކުރާ މީހުން ސްޓެރޮއިޑް އަދި ޕްރޮޓީން ސަޕްލިމެންޓް ނަގާއިރު ވަރަށް ބަލަންޖެހޭ އަދި މެޑިކަލް ޓެސްޓް، ކިޑްނީ ފަންކްޝަން ޓެސްޓް ރެގިއުލަރ ކޮށް ހަދަންޖެހޭ

The name is already taken The name is available. Register?

ރިއުޝަން

01 September 2024

ކިޑްނީ ބަލި ޖެހިދާނެތީ ސްޓްރޮއިޑް އެންޑް ޕްރޮޓެއިން ސަޕްލިމެންޓް ނގަން ބިރު ގަންނާތީ ވެއިޓް އުފުލިޔަސް ބިގް ޗެސްޓް ބޭނުން ވިޔަސް އހަރމެން ނުކުރަނީ! ރާއޖެ ކަހަލަ މޭވާ ތަރުކާރީ އާއްމު ކޮށް ބޭނުން ނުކުރާ ގައުމެއް ގަ ސްޓްރޮއިޑްސް( ޓެސްޓެސްޓޯން އެންޑް އެސްޓްރޯޖަން ޙޮމޯން ) އަދި ޕްރއޮޓެއިން ސަޕްލިމެންޓް ބޭނުން ކުރަންޏާ ނިއިޓްރިޝަން އަކާ އެކް ކުރާ ނަމަ ތިހެން ނުވީސް އެކމް ވާން ހުރި ކަމެއް ވާނެ! ސޭޑް ފޯ ޔޫ

The name is already taken The name is available. Register?

މިހާލު

01 September 2024

ތިމާގެ ހަށިގަނޑު ކެމިކަލް ތަކައް ކެއްވާނި ވަކިވަރަކައް.އަވަސް ޝިފާއަކައް އެދެން .ފާޑުފާޑު ބޭސް ބޭނުންކުރުން ހުއްޓުވަންޖެހޭ.

The name is already taken The name is available. Register?

ނޭނގޭ

01 September 2024

މާމޮޅު ޑޮކްަތަރަކަށް ވެގެން ކޮމެންަޓު ކުރާއިރު ތިބުނާ ކެމިކަލް ތަކަކީ ކޮބާކަންވެސް ތިމާއަށް ނޭނގޭ. ބޮޑީ ބިލްޑް ނުކުރާ ކިތައްމީހުންތޯ ކިޑްނީ ފެއިލްވަނީ؟ މޮމެންޓު ޖުރާއިރު ތީނީ ސިނގިރެޓެއް ބޯން، ކޮންމެސް ތެޔޮހެދިކާތަކެއް ކައިގެން މިހުރިހާ ކަމަކީވެސް ހަށިގަނޑަށް ގެއްލުންވާ ކަންކަން.

The name is already taken The name is available. Register?

މިހާލު

01 September 2024

ޙަޖަމު ނުވިޔަސް މީ ހަގީގަތް . މީ މިރާއްޖޭގަ އެކަނި ވާކަމެއް ނޫނޭ

The name is already taken The name is available. Register?

raajje

02 September 2024

ނޭނގޭ: ހާދަހާރުޅިގަދަވަނީތި!، ދެންކޮންމެޔަކަސް ހަގީގަތުގައި ދިވެހިންނަކަށް ހެލްތީކޮށްކެވޭނެގޮތެއްނެތް، ވަރަށް އަންހެލްތީކޮށް ކައިބޮއި އުޅޭބައެއް ދިވެހިންނަކީ!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454