ދިވެހިރާއްޖޭގެ ކުޅިވަރު ގާނޫނަށް އެއް ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގުކުރެއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަދައްކަވަނީ. -- ފޮޓޯ: ރައީސް އޮފީސް
19 މެއި 2025 - 14:05
ދިވެހިރާއްޖޭގެ ކުޅިވަރު ގާނޫނަށް އެއް ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގުކުރެއްވުމާ އެކު، މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަން އުވިއްޖެ އެވެ.
އެ ކޯޕަރޭޝަނަކީ 2016 ވަނަ އަހަރު އެންމެ ފުރަތަމަ ކުޅިވަރު ގާނޫނު ވުޖޫދުވިއިރު، އޭގެ ދަށުން އުފެއްދި ކުންފުންޏެކެވެ. ބޭނުމަކީ ރާއްޖޭގެ ކުޅިވަރު ވަސީލަތްތައް ތަރައްގީކުރުމާއި، އެ ވަސީލަތްތައް ބޭނުންކޮށްގެން ވިޔަފާރިކޮށް ނަފާ ހޯދައި، އޭގެ ފައިދާ ކުޅިވަރަށް ހޯދައިދިނުމެވެ.
ގާނޫނަށް ގެނައި އިސްލާހާ އެކު، ކޯޕަރޭޝަނުގެ ބަދަލުގައި އެ މަގުން ކުޅިވަރަށް ފައިދާ ހޯދައިދިނުމުގެ ދައުރު އަދާކުރާނީ ކުޅިވަރު ފަންޑުންނެވެ. އެ ފަންޑަކީ، ކުޅިވަރާއި، ކުޅިވަރު ކުޅޭ މީހުންނާއި، ކުޅިވަރުގެ ވަސީލަތްތައް ހިންގައި ބަލަހައްޓައި، ތަރައްގީކޮށް، އަދި ކުޅިވަރަށް ވަންނަ ފައިސާ ބަލަހައްޓައި، އިންވެސްޓްކޮށް ފައިދާ ނެރެން މި ގާނޫނުން ބާރު ދީފައިވާ ގާނޫނީ ޝަހުސެކެވެ.
ބިލު ތަސްދީގުކުރުމުގެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ކޯޕަރޭޝަން އުވުނު ނަމަވެސް، އެތަނުގައި މަސައްކަތްކުރަމުން އައި މުވައްޒަފުންނަށް އެހެން ގޮތްތަކެއް ހޯއްދަވައިދެއްވާނެ ކަމަށެވެ.
ސްޕޯޓްސް ކޯޕަރޭޝަނުގެ ދައުރާ، ސްޕޯޓްސް މިނިސްޓްރީގެ ޒިންމާތައް ފުށުއަރާތީ މިދިޔަ ސަރުކާރުތަކުގައި ވެސް، ކޯޕަރޭޝަނަށް އެންމެ ރަނގަޅު މަސައްކަތްތަކެއް ނުކުރެވެ އެވެ. އަދި ކޯޕަރޭޝަނަށް އެކަށީގެންވާ ބާރުތަކެއް ވެސް ދީފައެއް ނުވެ އެވެ. އެގޮތުން އެމްޑީޕީ ސަރުކާރުގައި، އޭރުގެ ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފު ވަނީ ކޯޕަރޭޝަން އުވާލަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.
މިއަދު ފާސްކުރި ބިލާ އެކު، ރާއްޖޭގެ ކުޅިވަރު ހިންގުން ލާމަރުކަޒީވެގެންދާއިރު، އޭގެ ސަބަބުން އިތުރު ވަސީލަތްތަކެއް ބޭނުންވާނެ އެވެ. ކޯޕަރޭޝަން ނެތުމަކީ، އިންފްރާންސްޓްރަކްޗާ ގާއިމްކުރަން އޮތް ހުރަހަކަށް ނުވާނެ ކަމަށް އިޝާރާތްކުރައްވައި މިއަދު ރައީސް ވިދާޅުވީ މުޅި ރާއްޖޭގައި ކުޅިވަރު ވަސީލަތްތައް ގާއިމްކުރުމަކީ ސަރުކާރުގެ މުހިއްމު ޒިންމާއެއް ކަމަށެވެ.
އެގޮތުން މިއަހަރާއި، ކުރިއަށް އޮތް އަހަރުތަކުގެ ބަޖެޓުގައި ވެސް އެކަމަށް ފައިސާ ހުންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި މިހާރު ވެސް އިންފްރާންސްޓްރަކްޗާ ގާއިމްކުރުމަށް އެކި ފަރާތްތަކާ ހަވާލުކުރެވިފައިވާ ކަމަށާއި، ބައެއް މަސައްކަތްތައް ހުރީ ފެށުމުގެ މަރުހަލާގައި ކަމަށް ރައީސް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަނު
20 May 2025
މަ ވެސް ގޯއްޗެއް ގަނެ އެތާ އިމާރާް ހަދާނެ ޕްލޭން ކޮށް ނިމިއްޖެ.. އެކަން ކުރާނެ ލާރި އެކަނި މަދުވަނީ...
އެއްތާކު1
20 May 2025
ފަންޑަކީ ގާނޫނީ ޝަޚްޞެއް. ދެން ފަންޑު ހިންގަނީ ވަކި މެނޭޖެމަންޓަކުން ވަކި އޮފީހެއްގައި ވަކި ގަވަރނިން ބޯޑެއްގެ ދަށުން ނަމަ، ކުންފުނި ކިޔަސް ފަންޑު ކިޔަސް އެޖެހުނީ އެއްތާކު. މިޚަބަރުން އެބައި ސާފެއްނުވޭ.
އަދިއްޕެ
20 May 2025
މޮޅެތި ގާނޫނު ހަދައިގެން އެކި ނަން ނަމުގައި ތަންތަން ހަދައިގެން ކަމެއް އިސްލާހުވާތަނެއް ނުފެނޭ! ދިވެހިންގެ ލަދު ހަޔާތްކުޑަކަމުން މި ގައުމުގައި ހުރި ހުރިހާ އެސޯސިއޭޝަން ތަކުން ކުރަނީ ވައްކަން. މުޅި ދުނިޔެއަށް ބަލާލިޔަސް މިހާ ބޮޑަށް ވައްކަމާއި ފަސާދަ އޮތް ކުޅިވަރު ޖަމުއިއްޔާތަކެއް ނެތް. ދިވެހިން ހަމަ އަތްޖަހާލަ ޖަހާލަ. ތަހުޒީބުގެ ކަންފުޅެއްވެސް ނެތް ގައުމެއްގެ ގޮތުގައި މިއަދު ދިވެހިރާއްޖެ ބޭރުދުނިޔެއަށް ސިފަވަނީ
ރިމާހް އަލީ
20 May 2025
ގައުމަށް މިހާރު މުހިންމު ނޫން ހުރިހާ މުސްކުޅި އޮނިގަނޑުތައް ބަދަލް ކުރަން ޖެހިފަ މިހުރީ. ކަމަކީ ރަނގަޅު ކަމެއް ގޮތުގަ ފެންނަނީ
މަތީންް
20 May 2025
ކޯޕަރޭޝަންގެ ކުރީގެ މުވައްޒަފުންނަށް ވަޒީފާގެ ފުރުސަތުތައް ސަރުކާރުން ކަށަވަރުކޮށްދޭކަމީ ވަރަށް ސަޅި ކަމެއް.
އިއްބެ އިއްބެ
20 May 2025
މިކަމުން ދައްކުވައިދެނީ ލީޑަރޝިޕްގެ ސާފު ތަސައްވުރެއް. ރައީސް މުއިއްޒު މީ މޭން އެކޭ. މާޒީގަ އެހެން ވެރިން ހަދާފަ ހުރީ ހުސް މިސްޓޭކްތައް
ހާމިދް
20 May 2025
މަރުކަޒީ ފަންޑެއް މެދުވެރިކޮށް ކުޅިވަރު ތަރައްގީ ސްޓްރީމްލައިން ކުރުމަކީ ފުރިހަމަ މާނައެއް އޮތް ކަމެއް ކަމަށް ފެންނަނީ. ބިއުރޯކްރެސީ މަދު، ފިޔަވަޅު އިތުރު.
ވިޔަފާރިވެރިން
19 May 2025
ތިޔަކަންކުރިޔަސް އެސޯސިއޭޝަންތަކުގެ ވެރިންނަށްތިބި ވިޔަފާރިވެރިން ތިބިހާ ހިދަކު އެސޯސިއޭޝަންތަކުން ކުރާނީ ވިޔަފާރި.
މޯދީ ޝިއުނާ ފުތް މަލްޝާ
19 May 2025
ޕްލޭނިންގ މިނިސްޓަރކަން ދޭންވީ އައްޑޫ އޮނަރަބްލް އަފީފްދީދީ އަށް.
ސައިދުބެ
19 May 2025
ރައިސް, ބޯހިޔާ ވެހިކަން އެންމެ އިސްކަންދޭ ކަމޯ ބުނީ, ކުރިން ބުނި އެތި ކެންސެލްތޯ? ދެންވެސް މުޒާހިރާ ކުރީމަތޯ އަޕްޑޭޓެއް ދޭނީ. ކީއްވެތޯ ހަނު ހުންނަނީ?
ރާއްޕެ
20 May 2025
އަދިވެސް ހަމަ އެގޮތަށް އޮތީ. ބޯހިޔާވަހިކަމަށް އިސްކަން ދޭނެ މި ސަރުކާރުގަ. ކޮންމެހެން މުޒާހަރާ ކޮށްގެންނެއް ނޫން ކަންކަމުގެ އަޕްޑޭޓް ލިބެނީ. ހަނު ހުންނަ ރައީސްއެއް ނަމަ 14 ގަޑި އިރު ވަންދެން ނުހުންނާނެ މީޑިއާތަކުން ކުރާހާ ސުވާލު ތަކަށް ޖަވާބު ދީ ދީ