ކުޅިވަރު / ބެޑްމިންޓަން

އަރްމީނިއާގައި ލައިބާ އަށް ތާރީހީ ތިން ރަން މެޑަލް

އަރްމީނިއާ މުބާރާތުގައި ލައިބާ އާއި އޭނާގެ ޑަބަލްސް ޕާޓްނަރު، ލައިބާ ވަނީ ތިން އިވެންޓުން ރަން މެޑަލް ހޯދައިފަ.-- ފޮޓޯ: ސިޑިބަރި/ އަބްދުﷲ އިޔާން

08 ޖޫން 2025 - 17:35

6 comments

ބެޑްމިންޓަން ޔޫރަޕް ޖޫނިއާ ކަލަންޑަރުގައި ހިމެނޭ އަރްމީނިއަން ޔޫތު އޯޕަން 2025 ގައި ވާދަކޮށް ރާއްޖޭގެ ޒުވާން ބެޑްމިންޓަން ކުޅުންތެރިޔާ ލައިބާ އަހުމަދު މަހުލޫފް (އެލީ) ތިން ރަން މެޑަލް ހޯދައިފި އެވެ.

އަރްމީނިއާގެ ޔެރޭވަންގައި ހުކުރު ދުވަހު ފެށި މުބާރާތުގެ 13 އަހަރުން ދަށުގެ އުމުރުފުރާއިން، އަންހެން ސިންގަލްސް އާއި ޑަބަލްސްގެ އިތުރުން މިކްސްޑް ޑަބަލްސް އިވެންޓުން ވެސް ލައިބާ ވަނީ މިއަދު ކުޅުނު ފައިނަލްތަކުން މޮޅުވެފަ އެވެ.

މިކްސްޑް ޑަބަލްސްގައި ލައިބާ ކުޅުނީ އަރްމީނިއާގެ އެރިކް އެލޮޔާންއާ އެކު އެވެ. މި ޕެއާ ވަނީ މިއަދުގެ ފައިނަލްގައި ސައިޕްރަސްގެ އަންޑްރެސް ސްޓްރޮވޮލިޑީސް އާއި އެމީލިއާ ސޮފޮކްލެއޮސްއާ ވާދަކޮށް 21-11، 25-23 އިން މޮޅުވެފަ އެވެ. އަދި ސެމީ ފައިނަލްގައި ވަނީ ސައިޕްރަސްގެ ކިރިއާކޯސް ޕަޕާޔިއާނިސް އާއި އޮސްޓްރިއާގެ އައިދާ ޔެނޯގްޔާނާ ވާދަކޮށް 21-12 އިން ދެ ސެޓުވެސް ގެންގޮސްފަ އެވެ.

މިކްސްޑް ޑަބަލްސްގައި ލައިބާގެ ޕެއާ ސީޑް ކުރެވިފައި ވަނީ ތިންވަނައަށެވެ. ނަމަވެސް ޑަބަލްސް އާއި ސިންގަލްސްގައި ސީޑް ކޮށްފައި ވަނީ އެއްވަނައިގަ އެވެ.

ލައިބާ ވަނީ އަރްމީނިއާ މުބާރާތުގެ ތިން އިވެންޓުން ރަން މެޑަލް ހޯދައިފަ.-- ފޮޓޯ: ސިޑިބަރި/ އަބްދުﷲ އިޔާން

ޑަބަލްސްގައި ލައިބާގެ ޕާޓްނަރަކީ ސައިޕްރަސްގެ އެމީލިއާ އެވެ. އެމިލިއާ އާއި ލައިބާގެ ޕެއާ ވަނީ ފައިނަލް މެޗުގައި، ސައިޕްރަސްގެ ޒޯއިއާ ކުޓުޒޯވާ އާއި ޖޯޖޮއާގެ އަނާ ސާކިސިއަންއާ ވާދަކޮށް ދެ ސެޓް ވެސް 21-11 އިން ކާމިޔާބު ކޮށްފަ އެވެ. ސެމީ ފައިނަލްގައި ވަނީ އަރްމީނިއާގެ ޕެއާއެއް ކަމަށްވާ އަނީ އެލޯޔާން އާއި ލިލީ ކިރަކޯސިޔާނާ ވާދަކޮށް 21-16، 21-17 އިން މޮޅުވެފަ އެވެ. ގުރޫޕް ސްޓޭޖުގެ ދެ މެޗު ވެސް ވަނީ ސީދާ ދެ ސެޓުން ކާމިޔާބު ކޮށްފަ އެވެ.

ސިންގަލްސް ފައިނަލްގައި ވާދަ ކުރީ އޭނާގެ ޑަބަލްސް ޕާޓްނަރު އެމީލިއާއާ ދެކޮޅަށެވެ. ސިންގަލްސް ފައިނަލްގައި ލައިބާ މޮޅުވީ 21-15، 21-11 އިންނެވެ. ސެމީ ފައިނަލްގައި ފުރަތަމަ ސެޓު އަރްމީނިއާގެ ގަވާނޭ އަވަޓިސްޔާން 21-16 އިން ގެންދިޔަ ނަމަވެސް ލައިބާ ވަނީ ޖެހިގެން އައި ދެ ސެޓު 21-19، 21-8 އިން ކާމިޔާބު ކޮށްފަ އެވެ.

ސިންގަލްސްގެ ކުއާޓާ ފައިނަލުގައި އިއްޔެ ލައިބާ ވަނީ ޖޯޖިއާގެ މަގްދާ ޝަހްބަޒްޔާނާ ދެކޮޅަށް ވާދަވެރި ކުޅުމަކަށް ފަހު 22-20، 18-21، 21-13 އިން ކުރި ހޯދައިފަ އެވެ. ގުރޫޕް ސްޓޭޖުގައި ވެސް ވަނީ އަރްމީނިއާގެ ދެ ކުޅުންތެރިއަކާ ވާދަކޮށް ފަސޭހަ ކަމާއެކު ދެ މެޗުން ވެސް މޮޅުވެފަ އެވެ.

މިއީ އިންޓަނޭޝަނަލް ސްޓޭޖުގައި ލައިބާ ރަން މެޑަލް ހޯދި ފުރަތަމަ ފަހަރެވެ. މިދިޔަ އަހަރުގެ އަރްމީނިއާ މުބާރާތުގައި ލައިބާ ވަނީ ޑަބަލްސް އިވެންޓުން ރިހި މެޑަލް އަދި މިކްސްޑް ޑަބަލްސް އިން ބްރޯންޒް ހޯދައިފަ އެވެ.

މިއީ ލައިބާ މި އަހަރު ވާދަކުރި ބެޑްމިންޓަން ޔޫރަޕް ޖޫނިއާ ކަލަންޑަރުގައި ހިމެނޭ ތިންވަނަ މުބާރާތެވެ. އޭނާ ވަނީ މޮލްޑޯވާގެ މުބާރާތުން މިކްސްޑް ޑަބަލްސް ރިހި މެޑަލް އަކާއި ޑަބަލްސް އިން ބްރޯންޒް މެޑަލް އެއް ހޯދައިފަ އެވެ. އަދި އިޓަލީގައި އޮތް މުބާރާތުން ވަނީ ޑަބަލްސް އާއި މިކްސްޑް ޑަބަލްސް އިން ބްރޯންޒް މެޑަލް ހޯދައިފަ އެވެ.

6 ކޮމެންޓް, 38 ރިއެކްޝަންސް

icon happy icon happy 39%
icon sad icon sad 3%
icon angry icon angry 8%
icon wow icon wow 3%
icon inlove icon inlove 47%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޖުލައި2021

09 June 2025

އަރްމޭނިޔާ މީ ވޯލްޑުރޭނކިންގ އަށް ނުވެސް އަރާ ގައުމެއް. މިސާލަކަށް މަޑަގަސްކަރައިގެ ކަންމަތީ ޓޯނަމެންޓެއްގަ ކުޅެގެންވެސް ރަން މެޑެލް ލިބިދާނެ. އެނުވާނެދޯ އަދި ފާހަގަ ކުރެވޭ ބޮޑު ކާމިޔާބަކަށް

The name is already taken The name is available. Register?

މަރުހަބާ

09 June 2025

މި މުބާރާތުގައި ހަމައެކަނި ބައިވެރިވީ އަރުމީނިއާ، ސައިޕްރަސް، ޖޯޖިއާ އަދި ރާއްޖެ. މުބާރާތް އިންތިޒާމް ކުރީ މި ޤައުމުތަކުގެ ކުދިންތަކެއްގެ ބެލެނިވެރިން ގުޅިގެން. ހޯދި ކާމިޔާބީއަށް މަރުހަބާ. އެކަމަކު ދުނިޔޭގެ ބޮޑު މުބާރާތަކަށް ހަދައިގެން ހަޤީޤަތް އޮޅުވާ ނުލާ!

The name is already taken The name is available. Register?

ގައިމް

09 June 2025

ރަނގަޅު ވާހަަކައެއް ހޭންޑް ބޯޅަ ކޯއްޗެ ހޯދައިގެން އައިސް ވީއަޕީ ދިނީ މިސަރަހައްދުން 18 އަހަރުން ދަޟުގެ އޭޖް ގުރޫޕުން 4 ޓީމް ބައިވެރި ވެގެން 3 ވަނަ ލިބުނީނަ ވީއައިޕީ

The name is already taken The name is available. Register?

ގައުމީ ދަރިން

09 June 2025

ސާބަހޭ ލައިބާ ގައުމަށް ބޭނުންވަނީ ތިކަހަލަ ހިތްވަރުގަދަ ދަރިން.

The name is already taken The name is available. Register?

ماشاء الله تبارك الله

09 June 2025

ލައިބާ ތި ހޯދި ފަޚްރުވެރި ކާމިޔާބަށް ވަރަށް ހޫނު މަރްޙަބާ އެއް ކިޔަމެވެ! ލޯބިވާ ދަރިފުޅު ކާމިޔާބު ކުއްޖަކަށް ހެދުމަށް އަގުނުކުރެވޭ ފަދަ ސަޕޯރޓެއް ދެމުންދާ، ބައްޕަ އަކާއި މަންމަ އެއް، ލައިބާގެ ނުހަނު ގާތުގައި ތިބުމަކީ ލައިބާ އަށް ﷲ ދެއްވާފައިވާ ވަރަށް ބޮޑު ނިޢުމަތެކެވެ. މަޚްލޫފް އާއި ނަޒްރާ އަށް ވެސް ހޫނު މަރްޙަބާއެއް ފޮނުވަމެވެ! ތިއީ ނަމޫނާ ބެލެނިވެރިންނެވެ!

The name is already taken The name is available. Register?

ސަފިއްޔާ

08 June 2025

ސާބަހޭ ދަރިފުޅާ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454