31 ޖުލައި 2025 - 12:43
ހަނގުރާމަ އާއި ދާހިލީ ހަމަނުޖެހުމެއްގެ ތެރޭގައި އޮންނަ ކޮންގޯއާ އެކު ބާސެލޯނާއި 46 މިލިއަން ޑޮލަރުގެ ސްޕޮންސާ ޑީލެއް ހަދައިފި އެވެ.
ދާހިލީ ހަނގުރާމަ ހުއްޓާލަން މިދިޔަ މަހު އެއްބަސްވުން ހެދުމަށް ފަހު ކޮންގޯއިން ދަނީ އެ ގައުމުގެ ސޫރަ ރީތީ ކުރުމަށް މަސައްކަތް ކުރަމުންނެވެ. އިންސާނީ ހައްގުތަކަށް އަރައިގަތުމުގެ ޖަރީމާ ހިންގާކަމުގެ ތުހުމަތުތައް ކޮންގޯގޭ ސަރުކާރަށް އޮތީ އަމާޒުވެފަ އެވެ.
އެ ގައުމުގެ ސްޕޯޓްސް މިނިސްޓްރީން ހުށަހެޅި އެއްބަސްވުމަށް ބާސާއިން ދީލާލުމުން އެ ކްލަބަށް ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފަ އެވެ.
ފައިސާ ލިބޭ ސްޕޮންސަރެއް ނުޖެހުމުގެ ސަގާފަތެއް މީގެ 10 އަހަރުތަކެއް ބާސާއިން ގެންގުޅުނީ އެ ކްލަބުން ގާބޫލުކުރާ ވަކި ހަމަތަކެއް ހުރުމުންނެވެ. އޭރު ޖޯޒީގެ ކުރިމަތީގައި ބާސާއިން ޖެހީ ޔުނިސެފްގެ ލޯގޯ އާއި ނަމެވެ. އަދި ސީދާ ބާސާއިން ޔުނިސެފަށް ފައިސާ ދޭން ފެށި އެވެ.
ބާސާގެ ޕްރެކްޓިސް ޖޯޒީގައި ކޮންގޯގެ އިސްތިހާރު ޖަހާނެ ގޮތުގެ ރަމްޒެއް
އެކަމަކު މާލީ ބޮޑެތި ގެންޖެހުންތަކެއް ކުރިމަތިވެ، އެ ކްލަބުން ގަބޫލުކުރާ ރީތި ހަމަތައް ވެސް ބާސާއިން ދޫކޮށްލި އެވެ. އިންސާނީ ހައްގުތަކަށް އަރައިގަތުމުގެ ތުހުމަތު ކޮންގޯގެ ސަރުކާރަށް އަމާޒުވި ނަމަވެސް، ބާސާއިން އެކަންކަމަށް ސަމާލުކަމެއް ނުދިނެވެ.
ކޮންގޯގެ ނަމާއި ލޯގާ ބާސާގެ އަންހެން ޓީމާއި ފިރިހެން ޓީމުގެ ޕްރެކްޓިސް ޖޯޒީގެ ކުރިމަތިން އަރިމަތީގައި ޖަހަން އެ ކްލަބުން ވަނީ ސްޕޮންސާޝިޕްގައި ސޮއި ކޮށްފަ އެވެ. ހަތަރު އަހަރުގެ އެއްބަސްވުމުގެދަށުން ފުރަތަމަ އަހަރަށް ދައްކަންޖެހޭ 10 މިލިއަން ޔޫރޯ ވެސް ކޮންގޯއިން ވަނީ ބާސާގެ އެކަންއުޓަށް ޖަމާކޮށްފަ އެވެ.
އެ ފައިސާ ލިބުމުން، ބާސާއިން ވަނީ އެ ކްލަބްގެ ސްޓޭޑިއަމް އިމާރާތް ކުރުމުގެ މަސައްކަތް އިތުރަށް ހަލުވި ކޮށްފަ އެވެ. ކުރިން އެކުލަވާލާފައިވާ ޕްލޭނަށް ވުރެ އަވަހަށް ބާސާއިން ކޭމްޕްނޯ ސްޓޭޑިއަމަށް ވަންނާނެކަން މިހާރު ވަނީ އިއުލާންކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހރނކރ
31 July 2025
ކޮންގޯ،ރަސިޔާ، ޗައިނާ، އީރާން ވީމަ ގޯސް. އިންސާނީ ހައްގު، ގަދަކަމުން ތަންތަނަށް އަރައިގަންނަނީ، ބާކީ ކުރަންވީ، މުބާރާތް ތަކުގަބައިވެރި ނުކުރަންވީ. އީޔޫ ގައުމުތައް، އެމެރިކާ، އިޒްރޭލް، ޔޫކްރޭންވީމަ ރަންގަޅު، އެމީހުންނާދިމާލައް އިނގިލި ދިއްކުރަނީ ނަފްރަތު އުފައްދަން، އިނގިލި ދިއްކުރާމީހުން ހޯދައިގެން ދަތިކުރުމުގެ ފިޔަވަޅުއަޅަންވީ، ނޫނީ މަރަންވީ!!!!!
ީިއިބްރާހިމް
31 July 2025
ވަރަށް ފަޅު ހިޔާލެއް