10 އޯގަސްޓް 2025 - 09:08
އިޒްރޭލުން ދިން ހަމަލާއެއްގައި ޝަހީދުވި ފަލަސްތީނުގެ ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ސުލޭމާން އަލް އުބޭދު އަށް ޔުއެފާ އިން ތައުޒިޔާ ކިޔައި ޕޯސްޓްކުރި މެސެޖުގައި އިޒްރޭލުން އޭނާ މަރާލި ވާހަކަ ގެނެސްފައި ނެތުމުން، ލިވަޕޫލުގެ މިސްރު ފޯވާޑް މުހައްމަދު ސަލާހު ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.
ފަލަސްތީނުގެ ޕެލޭގެ ގޮތުގައި މަޝްހޫރުވި އުބޭދު، 41، ޝަހީދުވީ، ފަލަސްތީން ފުޓްބޯޅަ އެސޯސިއޭޝަނުން ބުނި ގޮތުން ޣައްޒާގައި އިންސާނީ އެހީގެ އިންތިޒާރުގައި ހުއްޓާ އިޒްރޭލުން ދިން ހަމަލާއެއްގަ އެވެ.
އޭނާގެ ފޮޓޯއަކާ އެކު ޔޫރަޕުގެ ފުޓްބޯޅަ އިދާރާ، ޔުއެފާ އިން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ޖަހާފައި އޮތީ "ފަލަސްތީނުގެ ޕެލޭ އަށް އަލްވަދާއު" ކިޔާ ކަމަށެވެ. އަދި އެއީ ފަލަސްތީނުގެ އެންމެ އަނދިރި ދުވަސްތަކުގައި ވެސް އެތަކެއް ކުދިންނަށް އުންމީދެއް ހޯދައިދިންް ހުނަރުވެރިއެއް ކަމަށް ވެސް ލިޔެފައިވެ އެވެ.
އެ ޕޯސްޓުގެ އިބާރާތްތަކުން ގިނަ ބަޔަކަށް ސިފަވީ ސުލޭމާން މަރުވީ އާއްމު މަރަކުން ކަމަށެވެ. އެހެންވެ ގިނަ ބަޔަކު ވަނީ އިޒްރޭލުގެ ނަން ގެންނަން ޔުއެފާ އަށް ނުކުރެމުން އެކަމަށް ފާޑުކިޔައިފަ އެވެ. އޭގެ ތެރެއިން އެންމެ ފާހަގަކުރެވުނީ ސަލާހުގެ ޓްވީޓެވެ.
"އަހަރެމެންނަށް ކިޔައިދެވިދާނެތަ އޭނާ މަރުވީ ކިހިނެއްކަން، ކޮންތާކުކަން އަދި ކީއްވެ ކަން؟" ސަލާހު ލިޔެފައިވެ އެވެ.
މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ކުޅުންތެރިޔާ ފްރާންސްގެ އެރިކް ކެންޓޮނާ ވެސް ވަނީ ސޯޝަލްމީޑިއާގައި ކަންބޮޑުވުން ފާޅު ކޮށްފަ އެވެ.
"އިޒްރޭލުން މިވަނީ ފަލަސްތީނު ފުޓްބޯޅަ ޓީމުގެ ތަރިއެއް ރަފާގައި އެހީއަށް އިންތިޒާރުކުރަމުން ދަނިކޮށް މަރާލާފައި. މި ގަތުލުއާއްމު ކުރިއަށް ގެންދަން އެމީހުނަށް އަދިވެސް ފުރުސަތު ދީގެން ތިބެން ވީތަ؟ ފަލަސްތީނު މިނިވަން ކުރޭ." ކެންޓޮނާ އިންސްޓަގްރާމް ޕޯސްޓެއްގައި ލިޔެފައިވެ އެވެ.
ފަލަސްތީނުގެ ގައުމީ ޓީމަށް 2007 އިން 2013 އަށް 43 މެޗު ކުޅެދީ ދެ ގޯލު ޖަހައިދީފައިވާ އުބޭދު ޝަހީދުވި އިރު، އޭނާގެ އަންބަކާއި ފަސް ދަރިން އެބަ ތިއްބެވެ.
އިޒްރޭލުން އޮކްޓޫބަރު 2023، ގައި ފެށި ފަލަސްތީނުގެ ނަސްލު ނައްތާލުމުގެ ހަމަލާތަކުގައި މިހާތަނަށް ޣައްޒާގައި 800 އަށް ވުރެ ގިނަ ކުޅިވަރު ކުޅުންތެރިން ވަނީ ޝަހީދު ކޮށްލައިފަ އެވެ. މީގެ އިތުރުން ފަލަސްތީނުގެ ކުޅިވަރު ވަސީލަތްތައް ވެސް ވަނީ ބިމާ ހަމަކޮށްފަ އެވެ.
އެގޮތުން އުބޭދަކީ އިޒްރޭލުގެ ޝިކާރައަކަށް ވި ކަމަށް އެންމެ ފަހުން ރިޕޯޓް ކޮށްފައިވާ އެތުލީޓެވެ. އޭނާ ގޮތަށް އިންސާނީ އެހީގެ އިންތިޒާރުގައި ތިބޭ ޣައްޒާގެ ރައްޔިތުންނާ އަމާޒުކޮށް އިޒްރޭލުން އަންނަނީ އާއްމު ގޮތެއްގައި ހަމަލާ ދެމުންނެވެ.
ޣައްޒާއަށް އެހީ ފޯރުކޮށްދޭ މަގުތައް އިޒްރޭލުން ބަންދު ކޮށްފައި ވާއިރު އދ. އިން ހާމަ ކުރާ ގޮތުގައި މި އަހަރުގެ މެއި 27 އިން ފެށިގެން މިހާތަނަށް ފަލަސްތީނުގެ 1373 ރައްޔިތުން ވަނީ ޝަހީދު ކޮށްލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮއްކޮބެ
11 August 2025
ލިވަޕޫލަކީވެސް ޔަހޫދީ ވިޔަފާރިވެރިންކޮޅެއް ހިއްސަާ އޮންނަ ކުލަބެއް. ސަލާހައް ތިލިބޭ ބޮޑު މުސާރައިގަ ޔަހޫދީ ފައިސާވެސް އެކުލެވޭނެ. ދެނޯ؟ ސަލާހު ލިވަޕޫލުން ކެނޑިގެން ކޮންމެސް ސައްތައިން ސައްތަ އިސްލާމީ ގައުމެއްގެ ފުޓުބޯޅަ ކުލަަބަކާ ގުޅެން ކެރިދާނެތަ؟؟!
ސޯލިހު
10 August 2025
ސަލާހު މާރަނގަޅު ވާނެ ގައުމީ ޓީމަށް ކުޅުން ހުއްޓާލާފަ މިސްރުގެ ރައީސް އަށް ސުވާލެއް ކުރިއްޔާ.
ކޮރަލް
10 August 2025
އިޒްރޭލް އަށް ޔޫރަޕް މުބާރާތުގަ ކޮލިފައިންގަ ވެސް ކުޅެވެ އެވެ. އެކަމު އެސަރަހައްދު އެހެން ގައުމަކަށް ނުކުޅޭވެ އެވެ. ދެފުއް ދެގޮތެވެ.
ކުރުމުޑަނަ
10 August 2025
ސަލާހުއަށް އަމާޒުވާ ފާޑުކިއުމަށް ތިވަރުން ނިމުމެއް ނާންނާނެ. ލަދުފިލުވަން ޖާގައެއް ހޯދީ. ފުޓުބޯޅަ ކުޅުންތެރިއަކު މަރުވީމަ އެކަންޏެއްނޫން ކަންބޮޑުވާންވީ. ފުޓުބޯޅައިގެ މައިދާނުގައި އުޅޭ އެތައް ބަޔަކު އެކަމާ ކަންބޮޑުވުން ފާޅުކުރާއިރު، ޞަލާޙު ނިސްބަތްވާ މިޞްރުގެ އިހުމާލު އެހާ ބޮޑުއިރު ސުވާލެއް ކޮށްލަން ނުކެރި ތިޔަހުރި ހުރުމަކީ ޚިޔާނާތެއް!
މަ ބުނީ
10 August 2025
ސަލާހް ރަގަޅު މިސްރުގެ ރައީސް އަށް ސުވާލު ކުރަަން އެވަރަށް އިޒްރޭލަަށް ވާގިވެރިވަނީ ކޮންކަމެއް ހާސިލް ކުރަންތޯ