23 ނޮވެމްބަރ 2025 - 10:16
އުތުރު މެރިއާނާ ޖަޒީރާ އަތުން ބަލިވެ ޑޭވިސް ކަޕްގެ އަނެއް ޑިވިޝަނަށް ރާއްޖެ ޕްރޮމޯޓް ނުވެ މަޑުޖެހިއްޖެ އެވެ.
ޓެނިހުގެ ޓީމު އިވެންޓްގެ ދުނިޔޭގެ އެންމެ ބޮޑު މުބާރާތުގައި ރާއްޖެ އޮތީ ފަސްވަނަ މަރުހަލާ ނުވަތަ ޑިވިޝަނުގަ އެވެ. އެ ޑިވިޝަނުގައި ރާއްޖެ ކުޅުނު ގުރޫޕް ޑީގެ އެއްވަނަ ހޯދައި ޕްލޭއޮފް މެޗުން ޖާގަ ހޯދި އެވެ.
ގުރޫޕް ޑީގައި ކުޅުނު ތިން މެޗުގައި ތަޖިކިސްތާން، ޔުނައިޓެޑް އަރަބި އެމިރޭޓްސް އަދި މަކާއޯގެ މައްޗަށް ކުރި ހޯދައި ގުރޫޕްގެ އެއްވަނަ މަގާމާ އެކު ރާއްޖޭން ތިބީ އަނެއް ޑިވިޝަނަށް ކޮލިފައިވުމުގެ ބޮޑު އުއްމީދެއްގަ އެވެ. ޑޭވިސް ކަޕްގައި ގުރޫޕްގައި ކުޅުނު ތިން މެޗު ވެސް ކާމިޔާބުކޮށް ރާއްޖޭން ގުރޫޕްގެ އެއްވަނަ ހޯދީ މުޅިން އަލަށެވެ. އެ މުބާރާތުގައި ރާއްޖޭން އެންމެ ފުރަތަމަ ވާދަކުރަން ފެށީ 2022 ގަ އެވެ.
އެކަމަކު ގުރޫޕް އޭ ގެއެއްވަނަ ހޯދި މެރިއާނާ އަތުން ދިވެހި ޓީމު ބަލިވީ ސީދާ ތިން ގޭމުންނެވެ.
އެ ނަތީޖާއާ އެކު އޯޝޭނިއާ ބައްރުގެ ކުޑަކުޑަ ޖަޒީރާ ގައުމުން ވަނީ ހަތަރުވަން ޑިވިޝަނަށް ޕްރޮމޯޓް ވެފަ އެވެ. އަންނަ އަހަރުގެ މުބާރާތުގައި އެ ޓީމު ވާދަކުރާނީ ހަތަރުވަނަ ޑިވިޝަނުގަ އެވެ. ރާއްޖެއަށް އޮތީ އަނެއްކާވެސް އަންނަ އަހަރު ފަސްވަނަ ޑިވިޝަން ސުމަކުން ފެށުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އައިނަ
23 November 2025
ފާއިމެން ސާއިމެން ގޮސް އެމީހުންނަށް ވާވަރުކޮށްފަ އެއައީ. އެއީ އެމީހުންގެ އަމިއްލަ ޓެލެންޓް. ޓެނިހުގަ އެޝޯސިއޭޝަން ހަދައިގެން އެކްސްކޯ ހިސޯރުކޮށްގެން އުޅެނީ ހަވީރު ފިންޏަށް ކޯޓުތައް އަތުލައިގެން ކުޅެން އުޅޭ ގްރޫޕެއް. ކޯޗުންނޭ ކިޔާފަ ކުޑަކުދިން ކައިރިއަށް ފޮނުވަނީ ހިޓަރުންތަކެއް. ތި އެސޯސިއޭޝަނުން ކުރާ ކަމެއް ޔޫތް މިނިސްޓްރީ އިން ބަލާ ރަނގަޅު އޮޑިޓެއް ހިންގުމަށް ގޮވާލަން.
ހުސްނައިން
23 November 2025
އެކަޑަމީތައް ހިންގާނެ އާބަޔަކުބޭނުންވޭ. މިހާރުތިބިމީހުނަށް އަދި 100 އަހަރަށްދިނަސްވާނެ މޮޅެއްނެތް.
ހައްލުން
23 November 2025
ޓެނިސް އެސޯސިއޭޝަނުން ދައްކަނީ ހުސްކުލަވަރު. މައިގަޑު އަސާސަކީ ކޯޓުތައް ހިފެހެއްޓުން. ކުޅުންތެރިންނެއްނޫން.
ޢިންސާފް
23 November 2025
ކިހިނެތް ކޮލިފައިވާނީ އެވަރުގެ ޓްރެއިނިންގ އެއް ނުދީ.
ސަމާލުކަން
23 November 2025
ޙަމަ ނުވޭތަ.އެކަމަކު ފެޑެރޭޝަނުން ހީވަނީ މުބާރާތް ކާމިޔާބުވީހެން. މިނިސްޓަރ ގޮވައިގެން މާފަތި އަޅަން އެއާޕޯޓަށް ދާން ޢެބަރާވާ.
ޓެނިސްޓެނިސް
23 November 2025
ޢެސޯސިއޭޝަނުން ތިކަމާ ކަންބޮޑުވާހެނެއް ހިޔެއްނުވޭ. ޢެމީހުން އެކަމާ ކަންބޮޑުވާނަމަ ފެންވަރުދައް ކޯޗުން ގެނެސްފައި ނުތިބޭނެ ދޯ.
ހައްގު ތެދު
23 November 2025
އެސޯސިއޭޝަނަށް ކޯޗުންނޭ ކިޔާފަ ގެނެއްސަ ތިބި ގްރޫޕް އަތުގަ ކޯޗިން ސަޓިފިކެޓް އޮތްތޯ ބަލާ. އެފެންވަރުގެ މީހުން ކުދިން ތަމްރީން ކުރަން އެސޯސިއޭޝަނުން ގެނެސްގެން އުޅެނީ ކީއްވެތޯ ބަލާ އެކްސްކޯ ޖަވާބުދާރީ ކުރުވަން މާބޮޑަށްވެސް ލަސް ވެއްޖެ. އަނެއް ޗީލު އެއޮއް ހަލާކުކޮށްލަނީ. ކޮންމެސް މީހަކު ރާއްޕެމެން ނަށް މި ވާނުވާ އަންގާލަ ދީބަލަ.
ސަމަރޭމެން
23 November 2025
ނުވާނެއެއް ނޫން އެކަޑީމީތައް ހަދައިގެން ތިބެ ފެންވަރެއްނެތް ކޯޗުން ލައިގެން ތިބެ ބެލެނެވެރިން އަތުން ފައިސާނަގައިގެން ތިބެ ކުޅުންތެރިންގެ ދުވަސް ދުއްވާލަނީ. ޢެކަމާ އެސޯސިއޭޝަނުން އަޅައެއްލަނީ އަކީ ނޫން.
ރަދީފްއޮފިޝަލް /
23 November 2025
އަނެއް ޑިވިޝަން އެއީ ކޯޗެއް؟؟ އަނެއް
ރާއްޕެ
23 November 2025
4 ވަނަ ޑިވިޝަން