ބައިނަލްއަގްވާމީ ޓީޓްވެންޓީ ކްރިކެޓް މެޗެއްގައި 8 ވިކެޓް ނަގައި، ބޫޓާނުގެ ސޯނަމް ޔެޝޭ ދުނިޔޭގެ ރެކޯޑެއް ހަދައިފި އެވެ.

މިޔަންމާ އަތުން ބޫޓާން މޮޅުވި މެޗުގައި އޭނާ 8 ވިކެޓް ނެގީ ހަތަރު އޯވަރުގެ ތެރޭގައި ހަތް ލަނޑަށެވެ.

މީގެ ކުރިން ފިރިހެނުންގެ ރެކޯޑް އޮންނަނީ ޗައިނާއާ ދެކޮޅަށް ހަތް ވިކެޓް ނެގި މެލޭޝިއާގެ ސައިޒްރުލް އިދްރުސް އަތުގަ އެވެ. އަންހެނުންގެ ރެކޯޑް އޮންނަނީ މޮންގޯލިއާއާ ދެކޮޅަށް އެ އަދަދަށް ވިކެޓް ނެގި އިންޑޮނީޝިއާގެ ރޮހްމަލިއާ އަތުގަ އެވެ.

ޔެޝޭ މި ރެކޯޑް ހެދީ މިޔަންމާ އަތުން 82 ލަނޑުން އިއްޔެ ބޫޓާން މޮޅުވި މެޗުގަ އެވެ. ބޫޓާނުގައި ކުޅުނު މި މެޗުގައި އެ ޓީމުން ނުވަ އޯވަރުގެ ތެރޭގައި 127 ލަނޑު ހެދި އެވެ. މިޔަންމާ ކުޅެން އަރައި ހެދުނީ 45 ލަނޑެވެ. ބޫޓާނުން އެ ޓީމު އެއްކޮށް ނުބައިކޮށްލީ އެވެ.

އުމުރުން 22 އަހަރުގެ ޔެޝޭ އަކީ 2022 ވަނަ އަހަރު ޓީޓްވެންޓީ ފޯމެޓަށް ކުޅެން ފެށި ކުޅުންތެރިއެކެވެ. އޭނާ ވަނީ އޭގެ ފަހުން އޭނާ ވަނީ 35 މެޗުން 38 ވިކެޓް ނަގައިފަ އެވެ.

ބޫޓާނަކީ ކްރިކެޓުގައި މިހާރު ވަރަށް ބޮޑަށް ކުރިއެރުން ހޯދަމުން އަންނަ ގައުމެކެވެ. އެކަމަކު އެއީ އަދި އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލް (އައިސީސީ) ގެ ފުލް މެމްބަރެއް ނޫނެވެ. ގިނަ ކުޅުންތެރިން ކްރިކެޓް ކުޅެނީ އެހެން ވަޒީފާތަކުގައި އުޅެމުންނެވެ.