ނޭޕާލްގެ ކަތަމަންޑޫގައި މިހާރު ކުރިއަށްދާ ކާވާ އަންހެން ވޮލީބޯޅަ ޗެމްޕިއަންޝިޕްގައި ވިދިވިދިގެން ދެ މެޗުން ބަލިވެ ދުނިޔޭގެ ރޭންކިންގައި ރާއްޖޭގެ ގައުމީ އަންހެން ވޮލީ ޓީމު ތިން ދަރަޖަ ފަހަތަށް ޖެހިއްޖެ އެބެ.
މި މުބާރާތް ފެށުމުގެ ކުރިން، ހުކުރު ދުވަހު ދުނިޔޭގެ ވޮލީބޯޅައިގެ މައި އިދާރާ (އެފްއައިވީބީ) އިން ނެރުނު ދުނިޔޭގެ ފުރަތަމަ ވޮލީ ރޭންކިންގައި ރާއްޖެ އޮތީ 63 ވަނައިގަ އެވެ.
އޮތް ނަމަވެސް، މިހާރު ރާއްޖެ ވަނީ 66 ވަނަ އަށް ތިރި ވެފަ އެވެ.
ރޭންކިންއިން ރާއްޖެއަށް މި ދަށްވުން އައީ މުބާރާތުގެ ފުރަތަމަ މެޗުގައި ކިރިގިސްތާން އަތުން ސީދާ ތިން ސެޓުން ބަލިވުމުންނާއި، އޭގެ ފަހުން އިއްޔެ ކުޅުނު މެޗުގައި އިންޑިއާ އަތުން ވެސް ސީދާ ތިން ސެޓުން ބަލިވުމުމުންވެ.
އެފްއައިވީބީން ދުނިޔޭގެ ރޭންކިން ސިސްޓަމް ތައާރަފް ކުރީ ވަގުތުން ވަގުތަށް ޕޮއިންޓްތައް ނަތީޖާ ހިސާބުކުރާ އުސޫލު ދަމަހައްޓާ ގޮތަށެވެ. ކޮންމެ މެޗެއް ނިމުމާއެކު ލިބޭ ޕޮއިންޓްތައް ވަގުތުން ހިސާބުކުރެ އެވެ. އަދި މެޗުތަކުން ސީދާ ތިން ސެޓުން ބަލިވުމުން ޓީމުގެ ޖުމްލަ ޕޮއިންޓުން ބޮޑު އަދަދެއް އުނިވެގެންދެ އެވެ.
އިއްޔެ ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗުގައި އިންޑިއާގެ ޓީމުން ވަނީ ވަރަށް ވަރުގަދަ ކުޅުމެއް ދައްކައި، ފުރަތަމަ ސެޓް 25-9 ގެ ބޮޑޔ ތަފާތަކުން އަދި 25-14، 25-17 އިން ސެޓުތައް ކާމިޔާބުކޮށްފަ އެވެ.
މުބާރާތް ފެށުމުގެ ކުރިން އިންޑިއާ އޮތީ ރާއްޖެއަށް ވުރެ ދެ ދަރަޖަ ފަހަތުގައި، ރޭންކިންގެ 70 ވަނައިގަ އެވެ. ނަމަވެސް، ފުރަތަމަ މެޗުގައި ނޭޕާލް އަތުން މޮޅުވެ އަދި އިއްޔެ ރާއްޖެ ސީދާ ތިން ސެޓުން ބަލިކޮށް އިންޑިއާއިން ރޭންކިންގެ ކުރިއެރުމެއް ލިބި، ފަސްދޮޅަސް ހަތަރުވަނައަށް ޖެހިލާފަ އެވެ.
ރާއްޖޭގެ ޓީމަށް ދެން އޮތީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި މުބާރާތް ބާއްވާ ގައުމު، ނޭޕާލާ ދެކޮޅަށް ކުޅޭ މެޗެވެ. އެ މެޗުން ރަނގަޅު ނަތީޖާއެއް ހޯދައިގެން ރޭންކިންގައި އަލުން މައްޗަށް ދިއުމުގެ ފުރުސަތު ރާއްޖެއަށް އެބައޮތެވެ.