ބެޔާން މިޔުނިކްގެ މިޑްފީލްޑަރު ޖަމާލް މުސިއާލާ އަށް ކުރިމަތިވެފައިވާ ނާރުގެ "ބައްޔަކާ" ހެދި ވެއްޓޭ މައްސަލަ ކުރިމަތިވާން ފަށައިފި އެވެ.
އިއްޔެ ހައިޑެންހައިމްއާ ދެކޮލަށް ބެޔާން ކުޅުނު އެކުވެރިކަމުގެ މެޗުގައި ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނުކުތްތަނާ ކަހަލަ ގޮތަކަށް އޭނާ ދަނޑު މައްޗަށް ވެއްޓުނެވެ. ދެ ޓީމުގެ ކުޅުންތެރިން ވަށާލައި، އޭނާ އަށް ފަރުވާ ދިން މަންޒަރު ކެމެރާތަކަށް ނިވާކުރުމަށް މަސައްކަތް ކުރި އެވެ.
މިދިޔަ ހޮނިހިރު ދުވަހު ލައިޕްޒިގާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް އުމުރުން 23 އަހަރުގެ މުސިއާލާ ހަމައޮގޮތަށް ދަނޑު މައްޗަށް ވެއްޓުނެވެ.
ޖަރުމަނުގެ ނިއުސް އެޖެންސީ ޑީޕީއޭ އިން ބުނެފައި ވަނީ އެ ހާދިސާ އަށް ފަހު އަމިއްލައަށް ދަނޑުން ފޭބިކަމަށާއި ނަމަވެސް ހަމަ ހޭ ކަމަށް ނުފެންނަ ކަމަށެވެ. އިއްޔެގެ މެޗުގައި، އޭނާ ދަނޑުން ފޭބީ މެޑިކަލް އޮފިޝަލަކާ އެކު އެވެ.
އިއްޔެގެ މެޗަށް ފަހު މުސިއާލާ ނެރުނު ބަޔާނުގައި ބުނީ ދިމާވާ ވަގުތީ ނަމަވެސް ފަސޭހައިން ފަރުވާ ދެވޭ "އެބްސެންސް ސީޝާސް" އަށް އޭނާ ޕޮޒިޓިވް ވެފައިވާ ކަމަށެވެ.
"ނަމަވެސް އަހަރެން މި ހުރީ ވަރަށް އުއްމީދާ އެކު،" މުސިއާލާ ލިޔެފައިވެ އެވެ.
އޭނާ ބުނީ ތަޖުރިބާކާރު ސިއްހި އެހިތެރިންގެ ބެލުމުގެދަށުން އޭނާގެ ހާލަތު ދެނެގަންނަމުންދާ ކަމަށެވެ.