މިދިޔަ ސީޒަނަށް ފަހު ކުޅުން ހުއްޓާލި އިނގިރޭސި ކުރީގެ މިޑްފީލްޑަރު ޖޭމްސް މިލްނާ، އިއްޔެ ބޭއްވި ނިއުރޯކް މެރަތަން ތިން ގަޑިއރުން ނިންމައިފި އެވެ. 

އޭނާގެ ފުޓްބޯޅަ ކެރިއާގައި 24 އަހަރުތެރޭ މިލްނާ އެންމެ ބޮޑު ނަގުބޫލުކަމެއް ހޮދީ ލިވަޕޫލާއި މެންޗެސްޓާ ސިޓީގަ އެވެ. މިދިޔަ ސީޒަނުގައި ބްރައިޓަން އަށް ކުޅުމަށް ފަހު ވެސް އޭނާ ދަނީ ފިޓްނަސް ހިފެހެއްޓުމަށް ޗެލެންޖްތައް ނަގަމުންނެވެ. 

ނިއުޔޯކް މެރަތަން އޭނާ ފުރިހަމަކުރީ 3 ގަޑިއިރާއި 09 މިނެޓް 04 ސިކުންތުންނެވެ. ކުޅުނު ދުވަސްވަރު ވެސް ފިޓްނަސް ޓެސްޓުތަކުން އަބަދުވެސް އެއްވަނަ ހޯދާ މިލްނާ ވަނީ މެރަތަންގައި (1.6 ކިލޯމީޓަރުގެ ރާސްތާއެއް 7 މިނެޓާއި 13 ސިކުންތުން ފުރިހަމަކޮށްފަ އެވެ. 

މެރަތަންގެ ހާފް މެރަތަން (21 ކިލޯމީޓަރު) 1 ގަޑިއިރާއި 31 މިނެޓުން ފުރިހަމަ ކުރި އެވެ. އެއަށް ފަހު 13 މައިލް އޭނާ ނިންމާލީ 1 ގަޑިއިރާއި 38 މިނެޓުންނެވެ.