ކުޅިވަރު / ޕްރެޒިޑެންޓްސް ކަޕް

އަނެއްކާ ވެސް ޕެނަލްޓީން ޓީސީ ބަލިކޮށް ނިއު ފައިނަލަށް

ނިއުގެ ކީޕަރު ފައިސަލް މަތަކުރި ޕެނަލްޓީތަކާ އެކު އެ ޓީމު މޮޅުވުން ބަދަލު ކީޕަރު އިމްރާން (ވ) އޭނާ އަށް މަރުހަބާ ކިޔަނީ: ނިއު އެފްއޭ ކަޕް ކާމިޔާބުކުރީ ފައިނަލުގައި އިމްރާން މަތަކުރި ޕެނަލްޓީތަކާ އެކު. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ޕެނަލްޓީ ޖަހައިގެން ޓީސީ ސްޕޯޓްސް ކްލަބް ބަލިކޮށް އެފްއޭ ކަޕް އުފުލާލިތާ ތިން ދުވަސް ނުވަނީސް، ޕެނަލްޓީ ޖަހައިގެން 5-3 އިން އެ ޓީމު އަނެއްކާ ވެސް ބަލިކޮށް ޕްރެޒިޑެންޓްސް ކަޕުގެ ފައިނަލުން ނިއު ރޭޑިއަންޓް ޖާގަ ހޯދައިފި އެވެ.

މިއީ މި ސީޒަނުގައި ނިއު ޖެހިޖެހިގެން މޮޅުވި 16 ވަނަ މެޗެވެ. އަދި މިއީ މި ސީޒަނުގައި ޓީސީ އަތުން އެ ޓީމު މޮޅުވި ހަ ވަނަ މެޗެވެ.

މި މެޗުން ބަލިވިޔަސް ޓީސީ އަށް ރައީސުލްޖުމްހޫރިއްޔާގެ ވާދައިގެ ތަށްޓަށް ކުޅޭ ގައުމީ މުބާރާތުގެ ފައިނަލުން ފުރުސަތެއް ނުގެއްލެ އެވެ. އެ ޓީމަށް ޖެހޭނީ ދެ ވަނަ ސެމީގައި މިރޭ މާޒިޔާ އާއި ތިނަދޫ ކުޅެ މޮޅުވާ ޓީމަކާ އެކު ތިން ވަނަ ސެމީގައި އަންގާރަ ދުވަހު ކުޅޭށެވެ. އެ މެޗުން މޮޅުވާ ޓީމަކަށް ފައިނަލުގެ ފަހު ޖާގަ ލިބޭނެ އެވެ.

މިއަދުގެ މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު ވެސް އޮތީ 1-1 އިން އެއްވަރުވެފަ އެވެ. އެކަމަކު ނަތީޖާ ނެރެން އިތުރު ވަގުތު ކުޅުމުގެ ބަދަލުގައި، މުބާރާތުގެ ގަވާއިދުގައިވާ ގޮތުން ޖެހީ ޕެނަލްޓީ އެވެ.

ނިއުގެ ހަތަރު ޕެނަލްޓީ ވެސް، އަލީ އަޝްފާގް (ދަގަނޑޭ) އާއި އިބްރާހިމް ފަޒީލް (އޮއްޕޮ) އާއި އަކްރަމް އަބްދުލްގަނީ އަދި އަލީ ފާސިރު (ސެންޓޭ) ކާމިޔާބުކުރި އެވެ. ޓީސީގެ ފުރަތަމަ ޕެނަލްޓީ އަލާ ނާސިރު ކާމިޔާބުކޮށްފައިވަނިކޮށް އިބްރާހިމް ވަހީދު ހަސަން (އިއްބެ) ޖެހި ޕެނަލްޓީ ނިއުގެ ގޯލްކީޕަރު މުހައްމަދު ފައިސަލް މަތަކުރި އެވެ. ތިން ވަނަ ޕެނަލްޓީ އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) ވައްދާލި ނަމަވެސް ހަތަރު ވަނަ ޕެނަލްޓީ މުހައްމަދު އައްޒާމް ޖެހުމުން ފައިސަލް މަތަކުރި އެވެ.

މިއަދުގެ މެޗަށް ދެ ޓީމު ވެސް ނުކުތީ ބަދަލުތަކާ އެކު އެވެ. ހާއްސަކޮށް ޓީސީ އެވެ. އެގޮތުން އާއްމުކޮށް ފުރަތަމަ އެގާރައިގައި ކުޅޭ ފޯވާޑް ކޮނޭލިއަސް ސްޓެވާޓާއި އިއްބެ ވަހީދާއި ކެޕްޓަން އަބްދުﷲ ހަނީފް (ބެންޖޯ) އާއި އަހުމަދު ފައްރާހާއި ހަލީލް ޖަމާލް ނުކުޅެ އެވެ. މީގެ ތެރެއިން ސްޓެވާޓާއި އިއްބެ އެރީ ފަހުންނެވެ.

ނިއުގެ ހަމްޒާ (ކ) އަތުން ބޯޅަ ހޯދަން ޓީސީގެ އަކްމަލް މަސައްކަތްކުރަނީ: ދެ ކުޅުންތެރިން ވެސް މޮޅު ކުޅުމެއް ދެއްކި. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ނިއު އިން ނުކުތީ ކެޕްޓަން އިމްރާން މުހައްމަދާއި އަލީ އަޝްފާގް (ދަގަނޑޭ) އާއި ކަންޑޭލާ އާއި ރިލްވާން ވަހީދު (ރިލޭ) އަދި އަހުމަދު އަބްދުﷲ (ލިލީ) ނުލަ އެވެ. މީގެ ތެރެއިން ދަގަނޑޭ އާއި ކަންޑޭލާ ފަހުން އެރި އެވެ.

މެޗު ފަށައިގެން ނިއުގެ ކޮންޓްރޯލުގެ ދަށުގައި އޮތްއިރު ނުވަ ވަނަ މިނެޓުގައި ސެންޓޭ ހިލޭ ޖެހުމަކުން ފޮނުވާލި ބޯޅައެއް ގޯލް ދަނޑިއަށް އަމާޒުވި އެވެ. އޭގެ ހަ މިނެޓު ފަހުން ނިއު އިން ލީޑު ނެގި އެވެ. އަރިމަތިން ހިލޭ ޖެހުމަކުން ސެންޓޭ އޭރިއާ ތެރެއަށް ހުރަސްކުރި ބޯޅަ ބޮލުން ޖަހައި ގޯލަށް ވައްދާލީ ޒުވާން މިޑްފީލްޑަރު އަލީ ޝާމިއު އެވެ.

ނިއުގެ ގޯލާ އެކު ޓީސީ މަޑުމަޑުން ނިއު އަށް ނުރައްކާކުރަން ފެށި އެވެ. އެ ޓީމުގެ ފޭދު އިއްބެ އޭރިއާ ތެރެއިން ފޮނުވާލި ނުރައްކާތެރި ބޯޅައެއް ގޯލް މަތިން ދިޔައިރު ނާއިޒް ހަސަން (ދާދު) ގެ ޝޮޓް ފައިސަލް މަތަކުރި އެވެ. ޓީސީން އެއްވަރުކުރީ 30 ވަނަ މިނެޓުގަ އެވެ. ޒުވާން ކުޅުންތެރިއާ މުހައްމަދު މާޒިން އެވެ. ނިއުގެ ޑިފެންޑަރުންނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި އޭނާ ބޯޅަ ގޯލަށް ވައްދާލީ ކުޑަ އޭރިއާ ތެރެއިން ލިބުނު ބޯޅައެއްގަ އެވެ.

އޭގެ ފަހުން ނިއުގެ އަހުމަދު ނުހާދު (ގުއްޕެ) އަށް ހެދުނު ގޯހަކުން ޓީސީ އަށް ލީޑު ނަގަން ރަނުގެ ފުރުސަތެއް ލިބުނެވެ. އެކަމަކު ގުއްޕެ ފަހަތަށް ޖައްސާލި ބޯޅަ ހޯދައި ފޭދޫ އިއްބެ ޖެހި ބޯޅައިގައި ބާރެއް ނެތުމުން ފައިސަލް އެ ބޯޅަ ނެގި އެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ނިއުގެ ހަމްޒާ މުހައްމަދު (ހަމްޕު) ފޮނުވާލި ބާރު ބޯޅައެއް ޓީސީގެ ގޯލްކީޕަރު ކިރަން ކުމާރު މަތަކުރި އިރު މެދުތެރެއިން މުހައްމަދު ރަޝީދު (ހޮކޭ) އޭރިއާ ތެރެއަށް ވައްޓާލި ބޯޅަ އޭރިއާ ތެރެއިން ހަސަން އަދުހަމް (ސަޑޭ) އެއް ފަހަރުން ޖެހުމުން ދިޔައީ ގޯލް މަތިންނެވެ.

ދެ ވަނަ ހާފުގެ ކުރީކޮޅު ވެސް އޭރިއާ ތެރެއިން ސަޑޭ އަށް ހުސް ފުރުސަތެއް ލިބި ބޭކާރުވި އެވެ. ފަހަތުން ޓީސީގެ އެޓޭކެއް ހުއްޓުވައި ގުއްޕެ ދިން ބޯޅަ މިދުހަތު ފަހުމީ (ބިޗަޑް) އޭރިއާ ތެރެއަށް ހުރަސްކުރުމުން، ސަޑޭ އެ ބޯޅަ ކޮންޓްރޯލްކުރަން ޖެއްސުމުން ދިޔައީ ބޭރަށެވެ. އޭގެ ފަހުން ދަގަނޑޭ އަރައި ފޮނުވާލި ނުރައްކާތެރި ބޯޅައެއް ޓީސީ ކީޕަރު މަތަކުރި އެވެ.

މެޗުގެ ފަހު ފަސް މިނެޓުގެ ތެރޭގައި ޓީސީ އަށް ވަރަށް ހުސް ދެ ފުރުސަތު ލިބުނެވެ. އެގޮތުން 85 ވަނަ މިނެޓުގައި ބަދަލު ކުޅުންތެރިއާ ކޯނޭ ފޮނުވާލި ބާރު ބޯޅަ ފައިސަލް ދިފާއުކުރި އެވެ. ދެން އިއްބެ އަށް ލިބުނީ މެޗެއްގައި ލިބޭނެ އެންމެ ހުސް އެއް ފުރުސަތެވެ. ނިއުގެ ކުޅުންތެރިންގެ އޮފްސައިޑް މަޅިން ނެއްޓި އޭނާ އެކަނިމާއެކަނި އަރައި ގޯލަށް ޖަހަން ލިބުނު ބޯޅަ ފޮނުވާލުމުން ދިޔައީ ދަނޑި ކައިރިން ބޭރަށެވެ.

ނިއުގެ ކޯޗު އޮސްކާ ބްރުޒޮން ބުނީ ލިބުނު ފުރުސަތުތަކާއި ކުޅުމަށް ބަލާއިރު 90 މިނެޓުގެ ތެރޭގައި އޭނާގެ ޓީމު މޮޅުވުން ހައްގު ކަމަށެވެ. އޭނާ ބުނީ ޓީސީން ފުރަތަމަ ހާފުގައި އުފެއްދީ އެންމެ ހަމަލާއެއް ކަމަށާއި އެ ހަމަލާ އިން ޖެހި ގޯލާ އެކު އޭގެ އަގު ނިއު ދައްކަން ޖެހުނު ކަމަށެވެ.

"އަހަރެން ޓީސީއަށްޓަކައި މާޔޫސްވޭ. ސަބަބަކީ ޖެހިޖެހިގެން ދެ ވަނަ ފަހަރު ޕެނަލްޓީ ބަލިވުމަކީ ހިތްދަތިވާނެ ކަމެއް. އެކަމަކު އަހަރެމެންނަށް މިއަދު ހައްގު ޕެނަލްޓީއަށް ނުގޮސް މޮޅުވާން ވެސް. އެކަމަކު ވަރަށް އުފާވޭ ސީޒަނުގައި ޖެހިޖެހިގެން 16 މެޗުން މޮޅުވުމުން. ދެން އޮތީ ފައިނަލް. ވަރަށް ރަނގަޅަށް ތައްޔާރުވާން،" އޮސްކާ ބުންޏެވެ.

ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނީ ޕެނަލްޓީއާ ހަމައަށް ގޮސް ބަލިވަނީ ނަސީބު ނެތިގެން ނޫން ކަމަށާއި އެހިސާބުން ތަޖުރިބާގެ މައްސަލަ ދިމާވާ ކަމަށެވެ. އެކަމަކު އޭނާ ބުނީ ޖެހިޖެހިގެން ދެ މެޗުން ބަލިވިޔަސް މާޔޫސްނުވާ ކަމަށާއި ޓީސީން ދެން ވެސް ނުކުތީ ހިތްވަރާ އެކު ކަމަށެެވެ.

"ބައެއް މީހުން ބުނި އެފްއޭ ކަޕް ފައިނަލުން ބަލިވުމާ އެކު ޓީސީ ސޮހޭނެޔޭ. އެކަމަކު މިއަދު އެކަމެއް ނުފެނޭ. ޒުވާން ގިނަ ކުޅުންތެރިންތަކެއް އަރައި ވަރަށް ހިތްވަރާ އެކު ކުޅެފި. ދެން ވެސް ޓީސީ ނުކުންނާނީ އެގޮތުގައި،" ނިޒާމްބެ ބުންޏެވެ.

އޭނާ ބުނީ މި ދެ މެޗުގައި ވެސް މޮޅުވުން ފިޔަވައި އެހެން ހުރިހާ ކަމެއް ދިޔައީ ރަނގަޅަށް ކަމަށާއި އޭނާގެ ޓީމަށް ބޭނުންވަނީ އެންމެ ދުވަހެއް ކަމަށާއި އެހިސާބުން ދެން ހުރިހާ ކަމެއް ވެސް ދާނީ ރަނގަޅަށް ކަމަށެވެ.

11 ކޮމެންޓް, 48 ރިއެކްޝަންސް

icon happy icon happy 92%
icon sad icon sad 2%
icon angry icon angry 6%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސަހާ

10 December 2017

ހޫން ދެން މިނަ އުޅޭ ފާޑެއް ޝަހާދަތް....މީ ރެއަލް މެޑްރިޑް ވިއްޔަ ބަޔަކު ސިހި ލޮލަށް ބޮލަށް ފަޔަށް ހިނިއަރަން...ހެވެނީ ހަމަ މި ނިއު ސަޕޯޓަރުން އުޅޭ ފާޑުން...މާ ރީއްޗެއް ނުވާނެ އަވަށްޓެރި ބާންގާޅީ ޓީމެއް އައިސް ކަލޭމެން ކުރިމަތިން ލަނޑު ގޯއްޏެއް އޮއްސާލާ ލަދުގަންނުވާލާފަ ދާއިރު....މަށަށް ޔަގީން ކަލޭ ދަނޑުން ފައިބައިގެން ދުވާނެ މެޗުނުނިމެނީސް...މީގެ ކުރިންވެސް ނިއު ސަޕޯޓަރުން ހެދީ އެހެން....ހެހެހެ...

The name is already taken The name is available. Register?

ރަދީފް

11 December 2017

ރެއާލް ވެސް ބަލިވޭ ދޯ ޓޭބަލްގެ ފުލުގަ އޮންނަ ޓީމްއަތުން.

The name is already taken The name is available. Register?

ޕްރައިޑް އޮފް ހެންވޭރު

10 December 2017

ދެންފަހަރަކުން ޓީސީ ބަލިކުރާނެ ނިޔު...!! ނިޒާމްބެ އަށް އޭރު އޮންނާނީ ނިޔު ބަލިކުރާނެ ފޯމިއުލާ ދަސްވެފަ.... އެމީހުން ބަލިވެގެން މިކަން ނިމޭނީ އިންޝާ ﷲ

The name is already taken The name is available. Register?

ރަދީފް

10 December 2017

''އެމީހުން ބަލިވެގެން މިކަން ނިމެންއޮތީ'' މިހެންވެސް ބުނި އެމީހާ. މަރުހަބާ ދިވެހި ފުޓްބޯޅައިގެ ރަސްގެފާނު.އާދެ އެއީ ކޮން ޓީމެއްތޯ؟؟ އެއީ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް އިނގޭތޯ.ނިއު އިނގޭތޯ.ދަ ޕްރައިޑް އޮފް މޯލްޑިވިއަން ކްލަބް ފުޓްބޯޅަ. އެހެން ޓީމް ތައް އަދި ބޭނުންވާނެ އިތުރު 45 އަހަރު ނިއުއާއި އަރާ ހަމަ ކުރަން. (ފައިނަލްގަ ނިއު / ޓީސީ ، މާޒިއާ) މެޗުން ނިއު މޮޅުވާނެ.އިންޝާﷲ. އާމީން

The name is already taken The name is available. Register?

ރަދީފް

10 December 2017

މަރުހަބާ ނިއު.

The name is already taken The name is available. Register?

އަހަންމާ

09 December 2017

ﷲގެހެޔޮރަހްމަތާއެކު އިރާދުފުޅުކުރެއްވިއްޔާ މިއަހަރަކީ މިއީނިއުގެއަހަރެއް

The name is already taken The name is available. Register?

ސައްކެޔޮ

09 December 2017

ޝާމިއު އަށް ނިއު އިން އިތުރަށް ފުރުސަތު ދޭން ޖެހޭ. ޒުވާން ކުޅުންތެރިން އޮއްސެނީ ޗާންސް ނުދޭތީ.

The name is already taken The name is available. Register?

އައްމި

09 December 2017

ގިނަ ބަދަލު ތަކަކާއެކު ނުކުމެފަވެސް ވަރަށް ކޮންފިޑެސް އައި އެއްކޮށް ނިއު ކުޅުނީ. ގޯލްޖަހާނެ އެތަކެއް ޗާސްއެއް ލިބި ނާކާމިޔާބު ވިޔަސް ފެނަލުޓީގަ ހުޝިޔާރު ކީފަރުގެ ހިތްވަރުން ހިތްވަރު ލިބި ކުޅުންތެރިން ޖެހި ހުރިހާ ފެނަލުޓީ ވައްދާލީ ޖޯޝާ ފޯރީގައޭ ބުނެވޭނީ..

The name is already taken The name is available. Register?

އާރީ

09 December 2017

ނިޒާމްބެ މިއަދު ދެއްކީ ވަރަށް ރީތި ނަމޫނާއެއް އިސްވެ އައިސް ކޯޗާ ކުޅުންތެރިންނަށް ސަލާން ކުރީ ހިނިތުން ވުމާއެކު. ނާކާމިޔާބީގަ ހިތް ތިރިކުރަށް ވެސް ވާނެ..

The name is already taken The name is available. Register?

ހޯރަ

09 December 2017

ފުޓްބޯޅާގެ ރަސްގެފާނޭ ކިޔަނި ސަބަބުތަކެއް ނެތިއެއްނޫން ނިއު އަށް އޭއެފްސީ ޖާގަ ކަށަވަރުވީ ހިސާބުން މިސަރަހައްދުން ނިއު އާއި ވާދަ ކުރަށް ޖެހޭ ޓީމްތައް މޭކަރަށް ފަށައިފި. ސަރަހައްދުގެ ނޫސްތަކާއި ސަރަހައްދުން ބޭރުގެ ނޫސްތަކުގެ ފަލަސުރުހީތަކަަށް ނިއުގެ ނަށް ލިޔެވެންފަށައި. އެއްބައި ކޯޗުން އެބައުޅޭ ފަޔަށް ހިނިއަރާގެން އުޅޭހެންވެސް..

The name is already taken The name is available. Register?

އަލީ ސަމީމު

10 December 2017

ފުޓްބޯޅަ ކުޅޭތަ ރާއްޖޭގަ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454