ވިކްޓަރީގެ ޗެއާމަން މުހައްމަދު އިސްމާއިލް.
31 މާޗް 2018 - 11:28
ރާއްޖޭގެ އެންމެ ކާމިޔާބު އެއް ކުޅިވަރު ކްލަބް ކަމަށްވާ ވިކްޓަރީ ސްޕޯޓްސް ކްލަބުގެ ޗެއާމަނަކަށް ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް އަދި ވައިސް ޗެއާމަނަކަށް ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް އިންތިބާކޮށްފި އެވެ.
ރޭ ބޭއްވި އެ ކްލަބުގެ އިންތިހާބުގައި ކުރިއަށް އޮތް ދެ އަހަރަށް ބޯޑަށް ކުރިމަތިލެއްވީ ކޮންމެ މަގާމަކަށް އެންމެ ކެންޑިޑޭޓެކެވެ. އެހެންވެ ނަގާފައިވަނީ ފެންނަ ނުފެންނަ ވޯޓެކެވެ.
އަލީ އާރިފް ފުރުއްވާނީ ވައިސް ޗެއާމަން، ފައިނޭންސް އެންޑް މާކެޓިންގެ މަގާމެވެ. ޓެކްނިކަލް އެންޑް ސްޕޯޓްސް ވައިސް ޗެއާމަނަކަށް އިންތިހާބުވެވަޑައިގަތީ ކުރިން ޗެއާމަންކަން ކުރެއްވި އިބްރާހިމް ނަޒީމެވެ.
ވިކްޓަރީގެ ޗެއާމަނަށް 2016 ވަނަ އަހަރު ވެސް މުހައްމަދު އިންތިހާބުވެވަޑައިގަތެވެ. އެކަމަކު އެ ޖަލްސާ ހޯމް މިނިސްޓްރީން ވަނީ ބާތިލްކޮށްފަ އެވެ. އޭގެ ފަހުން ޗެއާމަނަކަށް ވަޑައިގެންނެވީ ނަޒީމެވެ. މުހައްމަދު ރޭ ވިދާޅުވީ ތާރީހީ ކާމިޔާބުތަކުގެ ތެރޭގައި ވިކްޓަރީ ކުރިމަގުގައި ވެސް ބޭއްވުމަށް އެންމެން ހިތްވަރުލައިގެން މަސައްކަތްކުރާނެ ކަމަށެވެ.
ވައިސް ޗެއާމަން އަލީ އާރިފް ވިދާޅުވީ ރާއްޖޭގެ ފުޓްބޯޅައިގައި ރަން ވަނަތަކެއް ހާސިލްކޮށްފައިވާ މި ކްލަބަށް ކޮންމެވެސް ހިދުމަތެއްކޮށްދޭން ޖެހޭ ކަމަށާއި އެހެން މައިދާނެއްގައި އުޅުނަސް މީގެ ކުރިން ވެސް ވިކްޓަރީގެ މެޗުތައް އޮންނަ ދުވަސްތައް ބަލައި ނަތީޖާތައް ބަލާ ކަމަށެވެ.
އޭނާ ވިދާޅުވީ ވިސްނަނީ ވިކްޓަރީއަށް އެންމެ ފައިދާވާނީ ކޮން ގޮތެއްތޯ ކަމަށާއި އެގޮތުން އާ ބޯޑް އެކުލަވާލާފައިވަނީ ވެސް ވިކްޓަރީގެ އާއިލާގެ ތެރެއިން ކަމަށެވެ. އަދި ވިކްޓަރީން ހޯދާފައިވާ ތާރީހީ ކާމިޔާބީތައް އަލުން ކްލަބަށް ހޯދައިދޭން ބޯޑާ އެކު މަސައްކަތްކުރަން އޭނާ އެދިވަޑައިގަތެވެ. އަދި އެ މަސައްކަތުގައި ސަޕޯޓަރުންނާއި ކުޅުންތެރިންނާއި ބޯޑުގައި ދެން ތިއްބެވި ބޭފުޅުންގެ އެހީތެރިކަން އިންތިހާ އަށް ބޭނުންވާނެ ކަމަށާއި އޭނާ އަށް ވެވުނު ހުރިހާ އެހީތެރިކަމެއް ކްލަބަށް ދޭނެ ކަމަށް ވިދާޅުވި އެވެ. އިތުރަށް ވިދާޅުވީ ބޭނުންވަނީ ވިކްޓަރީ އަށް ހިދުމަތެއްކޮށްދޭން ކަމަށާއި މިކަމުގައި އެއްވެސް އަމިއްލަ ކަމެއް ނެތް ކަމަށެވެ.
ވިކްޓަރީގެ ބޯޑުގެ ޑިރެކްޓަރުންނަށް އިންތިހާބުވީ އަހުމަދު ނަސީރު، އިސްމާއިލް ލަތީފް، އަހުމަދު ގާލިބް، އަހުމަދު އަރީޝް (ޕަޓޭ)، އިބްރާހިމް ހިސާމް ނަސީމް، އަހުމަދު އަޔާޒް ރަޝީދު، އަހުމަދު ރިޔާޒް (ގާނާ)، އައިޝަތު އަލީފާ، މުހައްމަދު ހަމީދު (އުމަރުބެ) އަދި މުހައްމަދު ނާސިރެވެ.
ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ އަދި އެންމެ ކާމިޔާބު އެއް ކްލަބް 2012 ގެ ފަހުން އަޑިއަޅާލައި އެކަށީގެންވާ ކާމިޔާބެއް ނުހޯދެ އެވެ. އެކަމަކު މަޑުމަޑުން ކްލަބް ހާލަތު އަންނަނީ ބަދަލުވަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގޯނިބެ
01 April 2018
ތިވީގޮތުން ވިކްޓަރީގެ ސަޕޯޓަރުން މަދުވީތި. ހަމަ ގައިމުވެސް މަށާ މަގޭ ތައްޓެހިންނެއް ދެނެއް ވިކްޓަރީއަށް ސަޕޯޓު ކުރާކަށް ދަނޑަކަށް ނުވަންނާނަން. ކްލަބް ތަކުންވެސް ވިސްނަންވެއްޖެ މިކަމާ. ގަދަރުކެޑި މީހުންގެ އިހްތިރާމު ގެއްލިފައިތިބޭ މީސްމީހުން ކުލަބުތަކުގެ އިސްވެރިންނަށް ނުގެންނަން.
މެންޓަލިސްޓް
01 April 2018
ތިޔައީ މަޖިލިސްގައި ގޯނިގޯނީގައި ފައިސާ ބެހިކަމަށް ބުނާ ބޭފުޅެއްކަމަށް ވީޑިއޯތަށް ހެކިދޭ ،،،،، ދައުރު ބަދަލުވެ އިންސާފްގެ ނިޒާމެއް ގާއިމްވީދުވަހަކުން ތިޔަބޭފުޅާ ހުންނަވަން އަސްލުޖެހޭތަނަކީ މާފުށީޖަލުގެ ގައިދީންގެ ޗެއަރމަންއެއްގެގޮތުގައި ،،،،، މީއަޅުގަނޑުގެ ހުކުންއޮތްގޮތް ،،، މައައްސަލާމާ
ކައުންސެލަރު
01 April 2018
ކޮބާގޯނިބެ؟
ހެހެހެހެހެހެހެހެހެހެ
31 March 2018
ވިކްޓަރީއަކީ މިވަގުތުން ފެށިގެން ރާއްޖޭގެ އެއްމެ މުއްސަނދި ކްލަބް!!! ރާއްޖޭގެ ޓްރާސްފާރ މާކެޓުން ދެން އެކަން އެނގޭނެ! ޗެއަރމަން ވަޑައިގަންނާވާނެ ބަހަން!!
ރަދީފް
02 April 2018
ނަމަވެސް އޮންނާނީ ޓޭބަލްގެ ފުލުގަ.ލޮލް
ސަބްނަމް
31 March 2018
ތިމީހުން އަޅެ ނުވަންނަ ތަނެއް އެބަ އޮތްތަ. ހަވާލުވެގެން އުޅޭ މަސައްކަތް އެސްޓިމޭޓަށް ކުރާއިރު ތިކަންތައްވެސް ކުރވޭނެއެކޭ ބުނާކަށް ނުކެރޭނެ
ޢަބްދުﷲނާފިޒް
31 March 2018
އަނެއްކާ ދެހަޅަޖަހާ ވައި އުތުރަށް އަރާނެކަން ޔަޤީންވީބާ! ރަނގަޅު ނިވާ ފަތްގަނޑެއް ހޯދީ އުތަ.
ފޮނިޓއްޕު ހަސަން.
31 March 2018
އަދުރޭ އާއި ހަވާލުކުރަން ވީނުން ވެލެންސިއާ.
ނަފާ
31 March 2018
ކުޅިވަރާ ދުރުގަ ތިބޭށޭ... ތިޔަ ސިޔާސީ މީހުން ވަދެގެން ނެތް އެއްވެސް ކަމެއް ރަނގަޅުވެފަ.. ފުޓު ބޯޅަ ބަލާ މީހުން މަދުވެ މިއޮއްފަދަ ލޯބިވާ ޤައުމީ ރޫހު އާލާވާ ކުޅިވަރު ނެތެމުން މިދަނީ ތިޔަ ބައިގަނޑު މީގެ ތެރެއަށް ވަތްފަހުން.. މިހާރު ރާއްޖޭގެ އެންމެ ދުވަސްވީ ފަހުރުވެރި ތާރީހެއް އޮތް ކުލަބެއް ފުނޑާލަން ތިޔަ އުޅޭނީ.
ނަސީމްބެ
31 March 2018
ޓިނު ވަގަށް ވިއްކި މީހުންނާއި ފައިސާ ގޯނީގަ ބެހިމީހުންނާއި ތިހަވާލުވި ނިކަން ދެންކުޅިވަރުބަލަންތިބޭ ވާގޮތް. ޓީމު ތި ހަލާކުވީ ސަހަރޯހީވެ.
ނާއިންސާފް
31 March 2018
ހޫނ ވިޔަފާރިވެރިޔަކު ވެލެންސިއާ ހިންގި ގޮތަށް މިފަހަރު ސިޔާސީ ގުރޫޕަކުން ރަނގަޅަށް ވިކުޓަރީ ހިންގާލާނެކަން ޔަގީން!!! އެހެންވެގެން އަހަރެން ވިކްޓަރީ އަށް ކުރަމުން އައިތާއީދު މިހިސާބުން މިނިމުނީ