ކުޅިވަރު / ޔޫރޯ 2020

"މިހާރު" ޔޫރޯ ފެންޓަސީ ލީގު ފަށައިފި؛ އެއް ވަނަ އަށް ލިޓަސް އިން ސައިކަލެއް

ފުރަތަމަ މެޗުގައި ތުރުކީ އާއި އިޓަލީ ކުޅޭ މެޗުގެ ކުރިން ކުޅުންތެރިންގެ ޓްރާންސްފާ ހަދައި ޓީމު އެކުލަވައިލުމުގެ ފުރުސަތު އޮންނާނެ

ޔޫރޯއަށް ހާއްސަކޮށް، "މިހާރު" އިން ލޯންޗް ކުރި އެޑިޝަންގައި ހިމެނޭ އެންމެ މުހިންމު ސެގްމެންޓް ކަމަށްވާ، ޔޫރޯ ފެންޓަސީ ލީގުގައި ބައިވެރިވާން، އެއް ވަނަ އިނާމަކަށް ލިޓަސްއިން ދޭ ސައިކަލަކާ އެކު ހުޅުވާލައިފި އެވެ.

"މިހާރު" ޔޫރޯ ފެންޓަސީ ލީގުގެ މެއިން ޕާޓްނަރަކީ ލިޓަސް އެވެ.

މުޅި ޔޫރޯ ނިމޭއިރު، ފެންޓަސީ ލީގުގެ އެއް ވަނައަށް ދާ މީހަކަށް ލިބޭނީ، ލިޓަސްއިން ހުށަހަޅާފައިވާ، "ހައުޖޭ 125 އެޗް" ގެ ސައިކަލެކެވެ.

ދެ ވަނައަށް ދޭ އިނާމަކީ، ރެޑް ވޭވުން ހުށަހަޅާފައިވާ، "ހައިސެންސް" ބްރޭންޑްގެ "4ކޭ ކިއުލެޑް" 65 އިންޗީގެ ސްމާޓް ޓީވީއެކެވެ. ތިން ވަނަ އަށް، ސޮނީ ސްޕޯޓްސް އިން 2،000ރ. ގެ ގިފްޓް ވައުޗާއެއް ދޭނެ އެވެ.

"މިހާރު" ޔޫރޯ ފެންޓަސީ ލީގުގައި ބައިވެރިވާން، ތިރީގައިވާ ލިންކަށް ވަދެ، ލީގުގެ ހާއްސަ ކޯޑު ޖެހުމުން ފެންޓަސީ ލީގުގައި ބައިވެރި ވެވޭނެ އެވެ. ކޯޑަކީ؛ 95UGW04R09 އެވެ.

Fantasy Football | UEFA EURO 2020 | UEFA.com

Fantasy Football | UEFA EURO 2020 | UEFA.com

The official EURO 2020 fantasy football game. Pick your dream team, play against your friends and win exciting prizes.

UEFA.com

Mihaaru Euro Fantasy league is here! Create your winning team and play along to win exciting prizes. Use code 95UGW04R09 to join the league.

ޔޫރޯ ފެންޓަސީ ލީގުގައި ބައިވެރިވާ ކޮންމެ މީހަކަށް، ފެންޓަސީ ލީގަށް ހާއްސަކޮށްފައިވާ ވެބްސައިޓް މެދުވެރިކޮށް ހިޔާލީ ޓީމެއް ހެދުމުގެ ފުރުސަތު ލިބޭނެ އެވެ. ހިޔާލީ ޓީމުގައި ހިމަނަން ޖެހޭނީ 15 ކުޅުންތެރިންންނެވެ. ޔޫރޯގެ ފުރަތަމަ މެޗުގައި ތުރުކީ އާއި އިޓަލީ ރާއްޖޭ ގަޑިން މިރޭ 12 ޖަހާއިރު ކުޅޭ މެޗުގެ ކުރިން ކުޅުންތެރިންގެ ޓްރާންސްފާ ހަދައި ޓީމު އެކުލަވައިލުމުގެ ފުރުސަތު އޮންނާނެ އެވެ.

ޔޫރޯގައި ކުޅުންތެރިން ދައްކާ ހަގީގީ ޕާފޯމަންސަށް ބިނާކޮށް، ގްރޫޕް ސްޓޭޖުގެ ކޮންމެ މެޗު ޑޭ އެއްގައި ފްރީ ދެ ޓްރާންސްފާ ހެދުމުގެ ފުރުސަތު ލިބޭނެ އެވެ.

ގުރޫޕް ސްޓޭޖަށް ފަހު ދެ ވަނަ ބުރު ފެށުމާ ދެމެދު ފްރީ ޓްރާންސްފާ ފުރުސަތު ލިބޭނެ އެވެ. ކުއާޓާ ފައިނަލުގެ ކުރިން ހެދޭނީ ފްރީ ތިން ޓްރާންސްފާ އެވެ. އަދި ސެމީ ފައިނަލުގެ ކުރިން ފްރީ ފަސް ޓްރާންސްފާ. އަދި ފައިނަލު މެޗުގެ ކުރިން ވެސް ފްރީ ފަސް ޓްރާންސްފާ އެވެ އެވެ.

ޔޫރޯއަށް ހާއްސަކޮށް، "މިހާރު"ން ލޯންޗު ކުރި އެޑިޝަންގައި ޔޫރޯގައި ވާދަކުރާ ޓީމުތަކުގެ މައުލުމާތާއި، ޔޫރޯގައި ފާހަގަކުރެވޭނެ ކުޅުންތެރިންގެ ޕްރޮފައިލާއި މެޗުތައް ކުޅޭނެ ސްޓޭޑިއަމްތަކުގެ މައުލޫމާތާއި ޔޫރޯއާ ގޫޅޭ ތާރީހީ މައުލޫމާތުތައް ހިމަނާފައި ވާނެ އެވެ.

5 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 100%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މޯޖުބެ

11 June 2021

ޢެވަނައަށްދާ މީހަކު ހޯދަނީ ކިހިނަކުން؟؟؟؟

The name is already taken The name is available. Register?

ލާސާނީ

11 June 2021

'މިހާރު' ނޫސް އަދި ލިޓަސްސައްވެސް ޝުކުރިއްޔާ.

The name is already taken The name is available. Register?

ކޯޑު މާސްޓަރު

11 June 2021

ބަލަ ތިޔަ ކޯޑު ނުބަޔޭ!

The name is already taken The name is available. Register?

ޕިރްލޯ

11 June 2021

މަ ބޭނުން ސައިކަލެއް.އެކަމަކު ދުއްވަންވެސް ނޭނގޭ.މަގޭ އަވަށްޓެރިން ހީކުރަނީ އަހަރެން މިއީ ވަރަށް މޮޅުމީހެއްކަމަށް.ނަމަވެސް އަހަރެންނަށް ނޭނގޭ ބައިސްކަލް ދުއްވަން ވެސް ނޭނގޭ.ލީގްގަ އަހަރެން ބައިވެރިވާނަން ވާނުވާ ނޭނގުނަސް.

The name is already taken The name is available. Register?

ޕިރްލޯ

12 June 2021

އެހެން މީހުންގެ ހިޔަނިން ނެއްޓިގެން ކޮމެންޓު ކުރުމަށް ގޮވާލާ ބޭފުޅާ ތިކުރާ ހިތްވަރަށް ސާބަސް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454